ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަސް ދުވަަސް ވެގެން ދިޔައިރު ވެސް ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ ގިނަ ބަޔަކު މީސް މީޑިއާ މެދުވެރިކޮށް މައުމޫނާއި ސުވާލުތައް ކުރިމަތިކުރަން ފަށައިފިއެވެ.

ލުތުފީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގެ އެމްބަސީ އަށް ހާޒިރުވުމުން އޭނާ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި އެބަހުރި ކަމަށް ފުލުހުން ވިދާޅުވީ މެއި 24 ވަނަ ދުވަހު އެވެ. ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް އޭނާ ރާއްޖެ ގެނެސްފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ލުތުފީ އަށް ދިވެހި ސަރުކާރުން އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދެމުން ގެންދާއިރު އޭނާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެތޯ ޓްވިޓާ މެދުވެރިކޮށް ގިނަ ބަޔަކު މައުމޫނާއި ސުވާލު ކުރަމުން ގެންދިޔަ ނަމަވެސް މައުމޫން އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ލުތުފީ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވާތީ ބައެއް މީހުން ވަނީ މައުމޫން ވެސް ބޭނުންފުޅުވަނީ މިހާރު ލުތުފީ އަށް މަޢާފް ދެއްވަންތޯ ސުވާލު ކޮށްފައެވެ.

ބާޣީ ލުތުފީގެ މައްސަލައިގައި މައުމޫން ހަނު ހުންނަވަނީ މިސަރުކާރަކީ މައުމޫންގެ ތާއީދާއި އެކު ގެނެސްފައިވާ މައުމޫން ވެސް ބައިވެރިވާ ސަރުކާރަކަށް ވާތީ، ސަރުކާރުން ކުރާ އެއްވެސް ކަމެއް ގޯސް ކަމަށް ދެކެވަޑައިނުގަންނަވާތީތޯ ވެސް ބައެއް މީހުން ކުރި ޓްވީޓްތަކުގައި ބުނެފައި ވެއެވެ.

ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް އިއްވީ މަރުގެ ޙުކުމެވެ. ނަމަވެސް މައުމޫން ވަނީ މަރުގެ ޙުކުމް އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކޮށްފައެވެ. ލުތުފީ ފިލައިގެން ނުގޮސް ހުރިނަމަ މިހާރު އޭނާގެ ޙުކުމް ތަންފީޒުކޮށް ނިމި، މިނިވަން ވެދާނެއެވެ.

ޖޫން މަހު ލަންކާ އަށް ވަޑައިގެންނެވި ގޮތައް މައުމޫން އަދިވެސް ހުންނެވީ ލަންކާގައެވެ. ލަންކާގައި އެމްއާރްއެމް އަށް މެންބަރުން އިތުރު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން ބައެއް އެހެން އިވެންޓްތަކުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެއިވެންޓްތަކުގެ މައުމޫމާތު ހާމަކުރައްވަން ޓްވީޓް ވެސް ކުރައްވާފައިވެއެވެ.

ލުތުފީ ގެނައުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަތާ ދެމަހަށް ވުރެ ވެސް ގިނަ ދުވަސް ވެފައި ވާކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ލުތުފީ ރާއްޖެ ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ޑްރީމް

    ބާޣީ ލުތުފީގެ މައްސަލަ – ސަރުކާރުން ހެދީ ގޯސް، އަދިވެސް ހަދަނީ ގޯސް ކަމަށް މަމެން ގަބޫލު ނުކުރަމޭ މަމެން ގަބޫލު ނުކުރަމޭ ލުތުފީ އަކީ އެއީ ދުވަހަކު ވެސް ބާގީ އެއް ކަމަށް ލުތުފީ ރާއްޖޭގައި އޮތް އަނިޔާވެރި ޚުދު މުޚުތާރު ވެރިކަމެއް ބަދަލު ކުރަން އޭނާ އަށް ފެންނަ ގޮތަށް މަސައްކަތް ކުރުން އެއީ އޭނާ މާލޭ މީހަކަށް ވެ ހުރެ އޭނާ ކުރަން ޖެހޭނެ ކަމެކޭ އެއީ މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ މީހުން މަރުވެސް ވާނެއޭ ބޮޑެތި ކަންކަން ގައުމު ތަކުގައި ހިނގާއިރު މަމެންވެސް މަރުވާނެއޭ ތަމެން ވެސް މަރުވާނެއޭ އެއީ އެއްވެސް މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ ލުތުފީ ޖެހޭނީ މިހާރު ދޫކޮށްލަންއޭ އެއީ ކުށްވެރި އެއް ކަމަށް މަމެން ނުދެކެމޭ އޭނާ އަށް ޖެހޭނީ މާފުކުރަންއޭ އައްޑޫ ސަގަރޭ އަށް މާފުކުރި ގޮތަށް ލަންކާ މީހުންނަށް މާފު ކުރި ގޮތަށް ހަމަ އެއް މިންގަނޑަކުން ލުތުފީ ވެސް ޖެހޭނީ ދޫކޮށްލަންއޭ ލުތުފީ އަކީ އެއީ މާލޭ މީހެކޭ އޭނާ އަކީ އޯޕަން މައިންޑްގެ އަހުލު ވެރިއެކޭ އޭނާ އަށް މަމެން ރެސްޕެކްޓް ކުރަމޭ އޭނާ ޖެހޭނީ ދޫކޮށްލަންއޭ މަމެން ދެކޭ ގޮތުގައި އިފް ޔޫ ސީ ދަ ވޮންޑަރ އޮފް ހިޒް އެކްޝަންސް ޔޫ ކޭން ޓޭކް ޔުއަރ ފިއުޗަރ ފްރޮމް އިޓް ސަމްތިންގް އިޒް ރިއަލީ ވެރީ ގުޑް އިން އިޓް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޯއް ޔޭއް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އައި ހޭވް އަ ޑްރީމް އޮފް ފެންޓަސީ...

    4
    90
    • ތަކުރު

      ކަލޭހަމަތަ؟ ނިކަން ކެރިގެން ދޫކޮށްބަލަ.

      81
      1
    • އުޙްތީ

      ކަލޭގެ އާއިލާ މީހަކު މަރުވިނަމަ ކަލޭ ނުބުނާނެ ތިހެންއެއް

      47
      1
    • ޢަހުމަދު

      ޚިނދުކޮޅުގަތަ؟

  2. އ. ޖ. އ

    އޮޅުވާލަން ނޫޅޭ.. އެދުވަހު ގައުމު ސަލާމަތްވީ މައުމޫނާ އިންޑިޔާ ސިފައިންގެ ސަބަބުން.. ޔޫސޭ އާ އާދަމް ނަވާޒުގެ ސަބަބުންނެއް ނޫން..

    17
    69
  3. މޑޕ

    " ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ ............" އެއްނޫން ލިޔާނީ، ނޮވެމްބަރ 03 ގައި ބާޣީން ހިންގި ބަޣާވާތް. މިހެން

    61
  4. ދޫކޮށްލާށޭ

    ލުތުފީ އަކީ ބާގީއެއް ނޫން ދުވަހަކު ވެސް އެއީ މާލޭން އުފެދުނު ދިވެހި ހީރޯ އެެއް ކަމަށޭ މަމެން ގަބޫލުކުރަނީ ލުތުފީ ހަމަ މިހާރުން މިހާރަށް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ...

    4
    101
  5. ފެންކުރި

    އެބޭފުޅާ ނިގޫފިތިފަ ހުރިވަރުން ވާނީއެހެންދޯ އަމިއްލަ އެދުމާއިގެން މޮޔަފުޅުވެފަ ކީއްކުރާނީ މިގައުމުގައި ގިނައި އޭގެ ބޭފުޅުން ނެއްނޫންތޯ

    78
    3
    • މައުމޫން

      އެޔައްވުރެން ބޮޑެތި ޖަރީމާތަށް މިފަހުގެތާރީހުގާ މިވަނީ ހިގާފަ. މިސާލަކަށް އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމާ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތަހާބުގާ ފާހަގަ ދިޔާވެގެން ފޭބުންފަދަ އެތައް ކަމެއް މިވަނީ ހިގާފަ.

      6
      39
      • އއ

        އެމްއެމް ޕީއާރސީގެ މައްސަލައަށްވުރެވެސް ބޮޑު މައްސަލައެއް އަންނި ދޮގުވާހަކަ ދައްކައި އާދޭސްކޮށްގެން ޔޫރަޕުން ރާއްޖެއަށް ދޫކޮށްފައިވާ މަސްކޯޓާ ކެންސަލްކުރުން .މި ވޭތުވެދިޔަ އަށެއްކަ އަހަރުތެރޭގައި ކިތަށް ބިލިއަން ގެއްލުންތޯވީ ދިވެހި މަސްވެރިންނަށް.

        37
        3
  6. ބަރުގޮނު

    މައުމޫނު ހަނުހުންނެވުމަކީވެސް ސިއްރުން ވިދާޅުވާ ބަސްފުޅެއް. ރޯދިމަށް އެބަ ފެނިވަޑައިގަންނަވާ ދިވެހި ޤަވްމަށާ ރަޢިއްޔަތުންނާ މިފަސްގަޑުގެ ވައިފެނަށް ޚިޔާނާތްތެރިވި ރަތްލާޖެހި ބޮޑު ބާޣީއަކަށް މާފުދީ ރާއްޖެގެންނަށް މުޅި ސަރުކާރުގެ އޮތް ހަމައެކަނި މަސައްކަތަށް ހަދައިގެއް އުޅޭ މަންޒަރު. 19 ވަނަ ރަޢިއްޔަތުންގެ މަޖްލިސް އެބާޣީގެ ޙިމާޔަތަށްޓަކައި ތެޅިފޮޅޭތަން. އެ ހުންނަވަނީ ހަމަ ޙައިރާންވެ އަންތަރީސްވެ ވަޑައިގެންފައި.

    46
    1
  7. އިހުމާލު

    މަޢުމޫނުގެ ސަބަބުން މިއަދު މިދުވަސް އައިސްފަ މި އޮތީ، މިކަމުގަ އެންމެ ބޮޑު ޒިންމާ ވާނި މަޢުމޫނު ދެން ނަޝީދު.. މަޢުމޫނާ ހެދި އޭނާ ރާއްޖެ އަރައި މީހުން މެރީ އެކަމު ހައިކޯޓުގެ ހުކުމާ ދެކޮޅަށް އަދި ވާރިސުންގެ ބަހެއްވެސް ނުހޯދާ މަޢުމޫނު އޭނާގެ އަދަބު މަފުކޮށް ލުޢިކޮށްދީ ޖަލަށް ބަދަލުކުރީ، ނަޝީދާ ހުރެ އޭނާ ފިލައިގެން ރާއްޖެއިން ބޭރުގަ އުޅެން މަގު ފަހިވީ.. ދުންޏާ މަޢުމޫނު ކިތަންމ ެމޮޅު ވާހަކަ ދެއްކިޔަސް ބައްޕާޅުަށްވުރެއް ބޮޑަށް މިކަމުގަ ވަކި އިހުމާލުވީ މީހަކު ނެތް

    54
    2
  8. މޯދީ

    މައުމޫނުބެސް ނަޝީދުވެސް އަދި ދެން ތިބިބަޔަކު ެސް މިއުޅެނީ ދިވެހި ގައުމާ ރައްޔިތުންނަކަށްޓަކާނޫނޭ! އަމިއްލަ އެދުމުގައި! މައުމޫނުބެވެސް އެހެރީ ބަނދެލާފަ އެއިގެ މޭސްތިރިޔަކީ ނަޝީދު!

    56
    2
  9. ތަކުރު

    ކޮން ޖަވާބެއް ދޭން އޮންނާނީ. މީމިގައުމުގެ ހަލާކުގެ ތެރެޔަށް ވައްޓަން އެންމެ ބޮޑަށް މަސައްކަތްކުރި އެކަކު. އަރުމެންގެ ދަރިންވެސް މާފެއްނުކުރާނެ.

    47
    2
  10. ދޫކޮށްލާށޭ

    ލުތުފީ އަކީ އެއީ ބާގީއެއް ކަމަށް އެއްގޮތަކަށް ވެސް މިހާރު މަމެން ގަބޫލު ނުކުރަމޭ ނުކުރަމޭ ލުތުފީ އެވަނީ އޭނާ އަށް ކުރި ހުކުމް ތަންފީޒު ކޮށްފައޭ އޭނާ ނުމަރާ ޖަލަށް ހުކުމް ކުރުމުން އެކަން އޭނާ ވަނީ ފުރިހަމަ ކޮށްފައޭ އޭނާ ދޫކޮށްލާށޭ ހަމަ މިހާރުން މިހާރަށް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ...

    2
    49
  11. މުހައްމަދު

    މީނާހިފާ ހައްޔަރުކުރޭ.

    30
  12. ރެފްރީ

    ލުތުފީއަކީ ބާޣީއެއްނޫންކަމަށްހަދަން ބަޔަކުކިތަންމެމަސައްކަތެއްކުރިއަސް އެއީބާޣީއެއްނޫންކަމަކަށް މައުމޫނުނުނިންމަވާނެ ... ވީމާ މައުމޫނުހުންނަވާނީ ހަނުނޫންތޯ ؟

    25
    1
  13. ޔައުގޫބް

    ދެމީދާފެހިބުޅަލަށްވީވަރުވެސްނުވި ދެންކީއްކުރާނީދޯ އެއްސަހަރެއްގައުޅު ހިޔަޅަކާއި ހިމާރަކީ ވަރަށްބޮޑުދެރަހުމަތްތެރިންނެވެ. މިދެމީހުންހަވީރުހިނގަމުންދަނިކޮން ގެއެއްގެބަދިގެތެރޭންފެނުނު ބޯކިބާއެއްނަގައިގެން މިބަހާނެގޮތަކާއިމެދު ސައްލާކޮށް ބޯކިބާ މެދުންދެފަޅިކޮށްލާއިފިއެވެ. އެއްފަޅިއަށް ކުޑަކޮންބޮޑުހެންހީވިއެވެ. މިކަމާމެދު ވަރަށްގަދައަށްޒުވާބުކޮރަމުންދަނިކޮން އެތަނަށް ރާމާމަކުނެއްއަތުވެއްޖެއެވެ މިބަހާނެގޮތަކާއިމެދު މަސްވަރާކުރުމަށްފަހު ތިލަފަތެއްހިފައިގެންއައިސް ދެފަޅިބޯކިބަ ތިލަފަތުގެދެކޮޅަށްލީއިރު އެއްކޮޅަށްބަރުވެއްޖެ ބަރުވިކޮޅުންއެއްބުރިކާލައިފައިލީމަ އަނެއްކޮޅަށްބަރުވެއްޖެ މިހެންކިރަމުންގޮސް ބޯކިބާ ހުސްވިއިރުވެސް ދެބައިމީހުން ހިންހަމަނުޖެހުނެވެ. ބާކީ މާދަމާލިޔާނަށް

    17
  14. ނަމަ

    އެއުލޭ ޖާބިރު ކައިރިން ދަސްކުރީތޯޗެއް

    15
  15. އިކްލީލް

    މި ސަރުކާރުން ކޮންމެ ފަދަ ޖަރީމާތަކެއް ހިންގިޔަސް މީނައަކަށް ބުނެވޭނޭ އެއްޗެއް ނެތެވެ. އިދިކޮޅަށް އެއްޗެއް ބުނެފިނަމަ ނަގާ ހޫރާލާނޭކަން މީނައަށްވެސް އެގޭނެއެވެ. މީހަގައި ޗަސްޕެއް އޮއްޓަރެއް ނެތަސް އޭނަޔަށް ރަގަޅުވާނީ ހަނުހުރުމެވެ.

    16
  16. އައްޑޫސިޓީ

    މުޅި ގައުމުގައި ބާޣީ ލުތުފީގެ ވާހަކަ، ނަމަވެސް މައުމޫން ހުންނަވަނީ ހަނު.
    މައުމޫނު އަކީ މިގައުމުގެ ފަހުރުކަމަށް ދެކިގެން އަހަރުމެން ތިއްބާ މައުމޫމުއަމިއްލަފުޅައް ތިހިސާބަށް ވެއްޓުނީމަ ދެންހަނުހުރުންފިޔަވާ އިތުރުގޮތެއް ނެތެއްނޫންތޯ؟ ނަޝީދުއާއެކު ބިރުފަހަނަޅާ ދިޔަގޮތައް މިހާރު މައުމޫނު އެހުންނެވީ 3ނޮވެމްބަރ1988 ވަނަދުހުގަތް ބިރަށްބުރެ ބޮޑުބިރުވެރިކަމެއްގަކަމާ ދޭތެރޭ އެއްވެސް ޝައްކެތް އައްޑޫސިޓީ އަކުންނުކުރަން! ނަޝީދު މިހާރުކުޅެމުން އެދާ ފަނޑިޔާރުގޭގެކުޅި ނަޝީދު ބޭނުންފުޅުވާގޮތައް ކުރެވިއްޖެނަމަ 7ފެބުރުއަރީ2012އިގެ އިސްތިއުފާ ބަޤާވާތަކަށް ބަދަލުވެތަހުގީގުކޮށް މައުމޫނާ ގާސިމާ ކާނަލް ނާޒިމްއާ ރިޔާޒް އަދި އިމްރާން ވެސް ޖަލައްދާންޖެހުމަކީ ދުރުކަމެއް ނޫން.

    19
    1
  17. ކާފަބޭ2019

    ލުތުފީއަކީ ބާޣީއެއްނޫން! ދެންއެފުރާނަދޫކުރިމީހުން އަމިއްލައަށްތޯފުރާނަދޫކުރީ! ކޮންމެގޮތެއްވިޔަސް ތަމަޅަހަގުރާމަވެރިންނާއެކުހަތިޔާރުހިފައިގެން މާލެއަރާހަމަލާދިނުމުގައިބައިވެރިނުވާކަމަކަށްނުވާނެ ގަދަބާރުންވެރިކަންބަދަލުކުރަންއުޅުން މާލެތެރޭން ޝަހީދުވިއެންމެންގެޒިންމާ އެކަމުގައިއިސްކޮށްހުރި މީހަކުއުފުލަންޖެހޭނެ ބޯޓުގެބޯރުދޫމައްޗަށްނެރެ އަބުދުއްސައްތާރުގެބޮލަށްބަޑިޖެހީ ލުތުފީކަމުގައި ނުވެހިގައިދާނެ އެހެންނަމަވެސް ލުތުފީހަމައެއްވެސް ގޮތަކަށް މިނިވަންކުރެވިގެންނުވާނެ އެއީ ހަމަ ދިވެއްސަކަށްއެބަޣާވާތުގައި އިސްކޮށްއުޅުނީ ބާޣީލުތުފީކަމަށް އަމިއްލައިއުތިރާފުއޮތީމަ

    9
    8
  18. ރައީސް މަޢުމޫނުގެ ވަކީލު

    ރައީސް އެއްޗެއްވިދާޅުވާންވީމަ އިނގިލަށްވާނީ ރައީސްއަށް! އެއީ އެހެންމީހުން ބަސްބުނަންވީކަމެއްނޫން! ތިޔަ ދަންނަވާމައްސަލާގަ، އުދުވާން ހިންގިމީހުންވަނީ އިންސާފުގެ ކުރިމަށްޗަށްގެނެވި އެއިރުގެ ޤާނޫނުއަސާސީން ކަނޑައެޅިފައިވާ ހުދޫދުގެ ތެރެއިން އަދި އެހާލަތާ ވަގުތާ ޒަމާނަށް އެކަށޭނެ އަދަބުދީފައި. މިގޮތަށް އުސޫލުގެމަތިން ކަންކަން ކޮށްފައިވާނީ މީހުންގެ ފުރާނަޔާ މުދަލާ އަދި ދިވެހި ޤަޢުމުގެ މިނިވަންކަމާ ކަރާމަތާ ޝަޚްސް ހިމާޔަތް ކުރުމަށާއި މާތްވެގެންވާ އިސްލާމުދީން ހިމާޔަތްކުރުމަށާއި އާންމު އަދި މުޖުތަމަޢުގެ އިންސާފްގާއިމުކުރުމަށާއި ދިވެހިންގެ އަމިއްލަ ވަތަނާއި އަދި ވެރިކަން ދިފާޢު ކުރުމުގެބޭނުމުގައެވެ. ޝުކުރިއްޔާ

    10
    1
  19. ރައްޔިތުން

    ލުޠުފީއަކީ ގައުމީ ބަޠަލެއް އެކަން އެމް.ޑީ.ޕީ އިން ނިންމާނެ

    3
    12
  20. ޔޫއެންގަރމީ

    ދިވެހިރައްޔިތެއްގެހައިސިއްޔަތުން މައު.ޫނަކަށް ނަޝީދަކަށް ދުވހަކު ވެސް މައާފެއްނުކުރާނަން. އަދި ލުތުފީއަކަށް އަމުދުން މައާފެއްނުރާނަން. މައުމޫނަކީ މިގައުމުގެރައްޔިތުން ނައްޚިދްމަތްތަކެއްކޮށްދެއްވިނަމަވެސް މިއަދު މިގައުމު މިއޮތް ދެއުޅިއެއްނުވާ ސަރުކާރުގެނެސް ރައީސްޔާމީނައްރައްޔިތުންދިން ދިންވޯޓުންވައްކަންކޮށް މިވެރިކަން ގެނައުމުގެވާގިވެރިއެއް. ނަޝީދަކީ ލުތުފީއަށް ފިލަން ވާގިވެރިވެ ފިލުވި ގައްދާރެއް . ލުތުފީއްކީ މިގައުމުގެ ރައްތުން މަރާ ޝަހީދުކޮށްލި ނުބައިނުލަފާ ބާޣީއެއް . ޟިސަބަބުތަކަށްޓަކާ ތިންމީހުންކުރެއެކަކަށްވެސް މައާފެއްނުކުރާނަން.

    16
    2
  21. ނަފާ

    މީނަގެ ކޮއްކޮއާ ދޭތެރޭ މީނަގެ ހިތުގަ އޮތް ހަސަދަވެރިކަމާހެދި ޖާހިލުންނާ ބައިއތުހިފައިގެން މީނަކުރި ކަންތައްތަކުގެ ނަތީޖާ މިފެއްނަނީ. އަގައިން ބނަން ކެރޭނެތަ. މިވަރުގެ ބޮޑު ހަސަދަވެރިކަމެއް ފާޅުގަ ގެންގުޅުނު މީހަކު ހަޔާތުގަވެސް ނުދެކެން.

    18
    4
  22. ޕީޕް

    މައުމޫނަށް ހުންނެވޭނީ ހަނު. އެމްޑީޕީއާ އިދިކޮޅަށް އެއްޗެއް ބުނެވޭކަށް ނޯންނާނެ މިހާރަކު. އަނގައިގަ ޓޭޕްއެޅިފަ އެހެން ހުންނެވުން ނޫން ގޮތެއް މިހާރަކު ނެތް. އަމިއްލަ ކޮއްކޮއާ އިދިކޮޅަށް ތިމާގެ ހަތުރުންނާ އެއްކޮޅަށް ގައުމުގައި ނިކުމެ ނިކަން ރަގަޅަށް ފިތިފައި އެ ހުންނެވީ. އެއްވެސް މިނިވަންކަމެއް ނެތިފައި، ބޭނުންވާ މަގްސަދު ހާސިލުކުރަން ހޮވުނު ބައިވެރިންގެ ސަބަބުން މިއަދު އަނގަ ހުޅުވާލާ ދެއްކޭނެ ވާހަކައެއް ނެތް. އިޚްލާސްތެރިކަން ގެއްލިފައި ދެފުއްކެހެރިކަމާއެކު ހަނުހުރުން މިއަދު އޮތީ.

    22
    1
  23. އަޅުގަނޑު ޢާރިފް

    މައުމޫނު ބުނަންވީ ކީކޭތަ! 1. މައުމޫނު ވެރިކަމުގަ ހުއްޓާ ހިނގި ހާދިސާގައި ކުއްވެރިވާ މީހުންނަށް ދޭންޖެހޭ އަދަބު ދިނުމަށް ހުކުމް ކުރި. 2. މަރަން ހުކުމްކުރި އެންމެންގެ ހުކުމް ޢުމުރަށް (25) އަހަރަށް ލުއިކުރި. 3. ވެރިކަމުން ފޭބިފަހުން ދެން ހަވާލުވި މީހުން ލުތުފީ ބޭހަށް ފޮނުވި. 4. އޭގެފަހުން އައި އެއްވެސް ވެރިކަމަކުން އެކަމަކާ އަޅައެއް ނުލި. 5. މިހާރު ތި ހުރިހާވާހަކައެއް އެކިފަހަރު އެކިގޮތްގޮތަށް އަނބުރައިގެން ތިދައްކާ މީހުންނާކާ މައުމޫނަކާ ގުޅުމެއް ނެތް. 5. މައުމޫނު އެއްޗެއްބުންޏަސް ނުބުންޏަސް ލުތުފީއަށް ކުރަންޖެހޭ ކަމެއް ކުރެވޭނީ އެކަން ކުރަން ހަވާލުވެތިބި ބަޔަކަށް. ދެން މައުމޫނު ލައްވާ ބުނުވަންވީ ކީކޭ.

    2
    15
  24. ހޯހޯ

    ބައެއްމީހުން ވައްކަމާ މީހުންގެ ފުރާނައާވެސް އެބަ އެއްވަރުކުރޭ ބަލަގަ އެއީ ދުވަހަކުވެސް އެއްވަރުވާނެ ދެކަމެއްނޫން މީހުންގެ ފުރާނަ އެއަށްވުރެ މާމަތިވެރި. ދެން ތި ލުތުފީއެއް ބާުޣީއަކަށް ނުވާނެ ގޮތެއް ނޮއޮންނާނެ މީހުން މިހާރު އޭނަދެކެ ކިތައްމެ ލޯތްބެއް ވިޔަސް ހަމަ ބޮޑު ބާޣީ މީހާރު ޥެރިކަމުގަވެސް ބާޣީން

    13
    1
  25. މޫނިމާ

    ޣާޒީން ނާއި ބާޣީން ނަކީ ތަފާތު ބައެއްކަމުގައި ވަންޏާ ބާޣީންނޭ ކިޔައިގެން ކިތަންމެ ވަރަކަށް ހަޅެއްލެއްވިޔަސް ޣާޒީންނަކާ ކޮންބެހޭ ކަމެއް !

  26. ީހަގީގަތް

    ލުތުފީ ކުރިކަންތަށް ނިމި ހިނގައްޖެ. އަބަދުމެ ޝަހީދުވި ބަތަލުންގެ ޒިކުރާއާކުރާނެ. ހާލަތާއި ވަގުތު ބަދަލުވެއްޖެ. މިއަދު ދެން އޭގައި ހިފާ ދެމުމުގެ ބޭނުމެއްނެތް. އިތުރަށް އުފެދޭނީ ފިތުނަ. މިއަދު ލުތުފީއަކީ މުސްކުޅި ހާލުގައި ހުރި ބަލިމީހެއް. ދަރުމަ ހުރީ މަޢާފު ކުރާމީނުންނަށް. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ، ތަޢުބާ އަކީ ލައްވަވާފައިވާ އެއްޗެއް . ގިނަގިނައިން މަޢާފު ކުރާމީހާ ﷲ ސުވަރުގެވައްދަވާނެ. ލުތުފީއަށް މަޢާފު ކޮއްދިނުމަކީ ސަރުކާރާއި، ގައުމުގެ ހާލަތަށް ބަލާފައި އެންމެ ރަނގަޅުގޮތް ކަމުގައި ދެކެން. އަޅުގަނޑުގެ ބޮޑުބޭބެ ވަނީ ލުތުފީގެ އައުވާނުންގެ އަތްދަށުގަ ޝަހީދުވެގޮސްފަ. އެދުވަސް ހަނދާންވެ ދެރަވެ ހިތާމަކުރަން. ޢެކަމު ނަފްރަތާއި ރުޅިވެރިކަން ހިތުގައި އަޅައިގެން އުޅުމަކުން، ޝަހީދުވެފައިވާ ބޮޑުބޭބެ އަނބުރާ ދުނިޔެ ގެނެވޭހެއްޔެވެ؟ އިންސާފު ގާއިމް ވާނީ މަހުޝަރުދުވަހުން.

    4
    15
  27. ބުއްދި

    އިތުރަށް ކިޔާނެ އެއްޗެއް ނެތް އެއްވެސް މީހެއް ނުވިސްނާ ދޯ ޝަހީދުވި މީހުންގެ ޢާއިލާ ތަކުން ވާނެ ދެރަ، މީ މި ޤައުމުގެ ހާލަތު މިހާރު އޮތް ގޮތް، ދެން ރަންގަޅުވާނީ މައުމޫނު ވެސް ކޮންމެވެސް ޕޯޑިއަމަކަށް އަރާ ގޮވީޔާ ލުތުފީ އެއީ ބާގީއެއް ނޫންނޭ، ނަޝީދު ޕޯޑި އަމަކަށް އަރާ ގޮވަންވީ އޭނާ ހުރީ ހިންދުކޮޅުގައޭ،

    12
  28. ތަކުރު

    ލުތުފީއަކީ ބާޢީއެއް ޚާއިނެއް ޣައްދާރެއް ޤާތިލެއް އެއީޣާޒީއެއްނޫން ބަޔަކުކޮންމެއެއްޗެއްކިޔަސް

  29. ބުރޯ

    ހުވަފެނަކުން ވާހަކަ ލިއުނަކަސް ހުދު މުހްތާރު ބަދަލު ކުރަންޖެހެނީ ބޭރުގެ ކުލީ ޓެރަރިސްޓް ޖަމާ އަތަކުން މީހުންގެނެސް ދިވެހިން މަރާފައެއް ނޫން. އެ ހުދު މުހްތާރު 2008 ގަ ބަދަލުކުރީ ބަޑިން ނޫނީ ކަނޑިން ތޯ ؟ ވެރިކަން ބަދަލުކުރާށޭކިޔާ ދިވެހިގައުމު ސީރީޔާ އާ އިރާގަށް ހަދަންވެއްޖެ ނަމަ ބަދަލުކުރަން އެއުޅެވެނީ ގައުމަށް ހެޔޮއެދޭ އިހްލާސްތެރި ހިތަކުންނޫން. އަމިއްލަ އެދުމެއް އޮތީމަ. ގައުމުގެ މަންފާ އަމިއްލަ ޖީބަށް ވަންނަ ވަރު މަދުވެގެން.

  30. އަބޯ

    ލުތުފީ ކިތައްވަނަފަހަރު އެއީ ކުރިން އުޅުނީ ހުދުމުހްތާރު ނާސިރު ވެރިކަން ބަދަލުކުރަން އެފަހަރު ކެރަފާ އާއިލާގެ ބައިވެރިވުމާއެކު ފުރަތަމަ ފަހަރު ދެވެނަ ފަހަރު ސިއްކަ އާއިލާގެ ބައިވެރިވުމާއެކު. މައުމޫނުގެ ހުދު މުހްތާރު ބަދަލުކުރަން. ހުދުމުހްތާރު ނުވާމީހަކަށް ހުރީ ލުތުފީއާ ކެރަފާސިއްކަ ތޯ ؟ދަވްލަތުގެ ހަޒާނާގެ ރަހަ ކަރުތެރޭގަ ލައިފިނަމަ އަބަދުވެސް ބެލޭނީ ހަޒާނާ އަތުތެރޭ ގަ ލުމަށް ގައުމުގަ ބަގުޑިބައްދަން. ކޮންމެހެން ގައުމަށް އިހްލާސްތެރި ވެގެނެއްނޫން.

  31. ގ ޝުޢޫރު

    މައުމޫނަކީ ރާއްޖޭގެކަންކަން ވަރަށް ދަތިހާލުގައި
    އޮތްޒަމާނުގައި ރާއްޖެ ކޮޅަށް ޖެހުމަށް ވަރަށްގިނަ
    އަދި މުހިއްމު މަސައްކަތްތަކެއް ކުރެއްވިބޭފުޅެކެވެ
    އެހެންނަމަވެސް މޑޕ އާ ގުޅިގެން ރ ޔާމީންގެ
    ސަރުކާރު ވައްޓާލަން ކަމަރުބަންނަވައިގެން ނުކުނެވުމަކީ އެމަނިކުފނު ކައްޗަށް އެޅުއްވި
    ފިޔަވަޅެކެވެ އެފިޔަވަޅުގެ ސަބަބުން މައުމޫން
    މިގައުމަށް ކޮށްދެއްވި ޚިދުމަތްތައްވެސް ވަނީ
    ފަނޑުވެގެން ގޮސްފައެވެ އަދި އެއްވެސް އަގެއް
    ނެތްގޮތެއްގައި މައުމޫންގެ ސިޔާސީ ކެރިއަރު
    ވެސް ވަނީ ވީރާނާ ކޮށްލެވިފައެވެ މިއީ މޑޕ
    އަށް ވެރިކަން ހޯދައިދިނުމަށް ނުވަތަ މައުމޫން
    ވެރިކަމަށް ވަޑައިގަތުމަށް ޖެއްސެވި މަރުފަލީގެ
    އުޖޫރައެވެ.

  32. ރަޙްމާ ޢަލީ

    "ގ ޝުޢޫރު" ގެ ނަމުގައި ކޮމެންޓްކުރި ބޭފުޅާގެ ބަސް ތެދެވެ. އެމްޑީޕީ އުފެދިގެންއައީ މައުމޫނާ ދެކޮޅު ޙަރަކާތެއްގެގޮތުގައެވެ. އެއިރުއްސުރެ އެމީހުންގެ ލަނޑުދަނޑިޔަކީ މައުމޫނު ބާކީކޮށްލާ އެ ޢާއިލާވެސް ނިކަމެތިކުރުމެވެ. ޚާއްޞަކޮށް މައުމޫނައި މައުމޫނުގެ ދަރިންގެ ވަސްވެސް ސިޔާސީ ގޮތުން ފިލުވައިލުމެވެ. ދުވަސްތަކެއްފަހުން ސީދާ މައުމޫނުލައްވާ އެކަންކުރުވައި ސީދާ މައުމޫނު ނުކުމެ މައުމޫނާއި ޢާއިލާގެ ވަސް ފިލުވާލަފިއެވެ. މިއޮތީ އެމޑީޕީގެ ލަނޑުދަނޑިއަށް ވާޞިލުވެވިފައެވެ. ހިސާބަށްވުރެ އަމިއްލައެދުން ބޮޑުވީމާ ވާނޭ ހަޔެތި އެއޮތީ މައުމޫނަށް ވެފައެވެ.

    10
  33. އަޙްމަދް

    މިބޭގެ މިސާލަކީ ޖާބި ޖަހާ ބުދެއްގެ މިސާލެވެ.
    ނޫސްތަކުން މިބެއަށް އަމާޒު ކޮށް ކޮންމެވެސް އެއްޗެކޭ ބުނާއިރަށް މިބޭ ކޮންމެވެސް އަންގައެއް ތަޅުވާލަފާނެތެވެ،!

  34. ސަންތިމަރިޔަބު

    މިއަދުގެ ހާލަތަކީ އެމަނިކުފާނުގެ ދެ އަތްޕުޅާއި ދެފާންޕުޅު އަދި އަނގަޕުޅުގާއި ވަނީ ކަސްތޮޅުއެޅި ހައްޔަރުވެފައެވެ. ސަބަބަކީ ނުޖޫމީގޮތުން ހިފި މާސިންގާބޮޑު ބިޔަ ހަނދު ކޫތައެވެ. ކިރިޔާވެސް ނުވަތުބުރެއް އަޅާނަމަ ހަނދުކޭތާއިގެ ދޯދިތަކުގެ އަސަރު ފިސާރި ރަގަޅަށް ކޮއް ފަލީޙަތް ކޮއްލާނެއެވެ. މިހާރު ހަމައޮތްގޮތަކީ އާދެ އާދެ މިހެން ވިދާޅުވެލަށްވާހުންނެވުމެވެ. ގައުމު ވިއްކާލާއި މުސްލިމް ދިވެހި ރައްޔިތުން ގެ މައްޗައް ހުކުމް ކޮއް އަދަބު ދިނުމަށް ދޫކޮއްލާއިރުވެސް އާދެ އާދެ މިހިރީޔެ ހާލަކީ އުޅޭ ކިނެއްތަ ދެންހާދާނީ
    މިހިރަ އުމުރުން އަށްޑިހަފަހަނައަޅާ ދަނީ
    މިހާލުގާވެސް ވެރިކަމުގެއިއްޒަތާއި ލައްޒަތްހަދާންވަނީ

    7
    1
  35. އައްޑެ

    ލިތުފީ ދިވެހި ސަރުކާރު ވައްޓާލަން އައީ ކީއްވެތޯ މައުމޫނު އަރިހުން އައްސަވާ.
    ކިތައް ކިތައް ވިޔަފާރި އެބޭފުޅާ ފެއްޓެވިތޯ ؟ މައުމޫންގެ ފިއްތުން ތަކުގެސަބަބުން ބަނގުރޫޓްކޮށްލީ..

  36. ސިމް

    އޭނަ އަކީ މިހާރު ބާޢީންގެ ސައިޑްގެ ހުރިމީހެއް. އަނަގަހުރީ ބަންދުވެފަ. ރާއްޖެއަށް ކޮންމެ ކަމެއްވިޔަސް އެޭނަ އަށް މިހާރު ހެޔޮ

  37. ބެއްޔަގެ ފުތާ

    "އިސްލާމީ ޝަރީޢަތުގައި، މީހަކު މަރާފައިު ހުންނަ މީހެއްގެ ޙުކުމަކީ ޤިޞާޞްގެ ޙުކުމެވެ. އޭނާ އަށް މާފު ދެވޭނީ ވާރިސުން މާފުދީފިނަމަ އެކަންޏެވެ. ވެރިޔާ (ރައީސުލްޖުމްހޫރިއްޔާ) އަށް ވެސް ވާރުތަވެރިންގެ ރުހުމާއި ނުލައި އެޙުކުމް މުގުރައި ނުލެވޭނެ ކަމަށެވެ. ނަމަވެސް ޙުކުމް ސާބިތުވީމާ ތަންފީޒުކުރާނީ ދައުލަތުންނެވެ."

  38. ޕައްލަންބެ

    ގޮޅާ އުޅެނީ ޕާޓީހަދަން މީހުން ހަމަނުވެގެން މާލޭން މީހުން ނުލިބުނީމަ މިހާރު ލަންކާގަ އަތްފުނާ އަޅަނީ

  39. ދަފީލިންގް

    ހާޖަރާގެ ލުތުފީ އެއީ މިހާރު ބާގީ އެއް ވެސް ނޫން އަދި ކުށްވެރިއެއްވެސް ނޫނޭ އޭނާ ޖެހޭނީ ސަރުކާރުން ދޫކޮށްލަންއޭ ސަބަބަކީ އޭނާ ވަނީ އޭނާގެ އުމުރު އެއްކޮށް ދިވެހި ރައްޔިތުންނަށް ޓަކައި ހޭދަ ކޮށް އަދި ޖަލަށް ވެސް ގޮސް ޖަލުގެ ތޭރި ތަކުގެ ފުރަގަހަތުގައި ލައިފް ޓައިމް އެއްކޮށް ހޭދަ ކޮށްފައޭ އޭނާ ޖެހޭނީ މަޖްލީހުން ގާނޫނެއް ހަދައިގެންނަމަވެސް ދޫކޮށްލަން ޖެހޭނެއޭ ނޮވެމްބަރު ތިނެއް ގެނައުން އެއީ ހަމަ ރަނގަޅު ކަމެއް ކަމަށޭ މަމެން މިދެކެނީ އެއިރު ރާއްޖޭގެ ސިޔާސީ ސިޗުއޭޝަން އަށް ބަލާފައި ހައްޔަރު ކުރަންނާ ތަމެން ގޮޅާބޯ ހައްޔަރު ކުރާށޭ ލުތުފީ ޖެހޭނީ ދޫކޮށްލަންއޭ އޯލް ހީ ޑިޑް އިޒް ވެލް ޑިޒާރވްޑް އަ ނެޝަނަލް އެވޯރޑް ދިސް އިޒް ދަ ފީލިންގް ގިވް އިޓް ވެން އައި ވޯންޓް އިޓް ޓޯކް ޓު މީ ލައިކް އަ މޭން ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންްސް ޑާންސް ޑާންސް ޑާންސް...

  40. މަލިކުރުވާ މާ

    ކޮން މަމެން ތަމެންނެކޭ ކިޔާކަށް ތަ ލިޔެބަލަ ތަ އެކަނި ކޮމެންޓް

  41. މޮހޮ

    މައުމޫނަށް ވެސް އެގިދާނެ، ލުތުފީއަށް ވެސް އެގިދާނެ،އިންޑިއާގެ ރޯ އަށްވެސްއެގިދާނެ...އަދި މިނޫން ދިވެހިންނަށްވެސް އެނގިދާނެ... މައުމޫނަށް ކޮންމެ 5 އަހަރަކުން އިންސިޑެންޓެއް ހިގާކަން ފާހަގަ ވޭބާ...ރާއްޖެ އައި އިންޑިއާގެ ސިފައިން... ޕޫނޭގަތިބިބައެއް...ކީއްވެބާއެވެ ޓްރިވެންޑްރަމްއަށް އެމީހުން ގެނެސް ތިބީ؟؟މިކަހަލަ އެތަށް ސުވާލެއް ކުރެވިދާނެ...

  42. ސޯކާބެ

    ރައްރަށުގެ މީހުންނަށް ހިލޭ ބިން ދޫކޮއްފައި މާލޭގެ މީހުން މިޖެހެނީގަންނަން މީކޮންގާނޫނެއްގެ ދަށުންތޯ މީއެދުގުރާސްތާ 30އަހަރުންފެއްޓި ރައްޔަތުން އަޅުވެތި ކުރުމުގާހިންގާ ޖަރީމާއެއ ރަށްޔަތުންނަށް ގެސްޓުހައުސްނަމުގައި ފުލެޓް އަޅައިގެން ވިއްކުމަށް ވުރެ މާގިނަ ރުފިޔާލިބޭނެ ރިސޯޓ ތަރަށްގީ ކޮއްގެން ފައިސާހޯދިއްޔާ ރަށްޔަތުންދެކެ ލޯބިވާކަމައް ވިދާޅުވަންޏާ ބުރަމަސްއް ކަތުން ހޯދާ ފައިސާކޮޅު ސަރުކާރަށް ފުލެޓް ކުލިދައްކަން އަޅުވެތިކަން ޑިމޮކްރަސީއޭ ކިޔާފަ ދެނން ކޯންޗެކޭކިޔާނީ އެދިގުރާސްތާ 30އަހަރު ބިންތައް ހިސޯރު ކޮއްގެން މާލޭގެ ރަށްޔަތުންނަށްގޯތި ނުދީ ވިފައިދާއެއްނެތް ކާފަދަރިޔަކަށްވެސް ނުލިބޭ އެބިންތައްވީ ބޮޑުފިތުނައަކަށް އޭގެބަދަލުގައި ލިބެނީ ރަށްޔަތުންގެ ބަދުދުއާ އާއި ނަފްރަތު މީސްތަކުންގެ ލައުނަތް އިހުތިރާމްގެ ބަދަލުގައި ވިސްނާ ބަޔަކަށް އިބުުރަަތެއްް މިމީހުން ނަށް ހީވަނީީ ދުނިޔެ އުމުރަށް މުސްކުޅިނުވެ ހަަމަ އެބާރުވެރިކަމުގައި އުޅެވިދާނެކަމަށް އާޙިރުގަައި އަޅުުވެތި މިވަނީ ރަށްޔަަތުން އެކަންްޏެއްް ނޫން ޙުދުތިމާާގެ ދަރިންވެސް އަދި ކާފަ ދަރިންވެސް އަޅުވެތިި

  43. އަބޯ

    މައުމޫނު ލައްވާ ގޯސްހެއްދުވީ ކާކު ؟މައުމޫނު ހައްދަވައިގެ އުޅުއްވި ޕާޓީ އަކަށް ޖޮއިން ކުރުވައިގެން ޔާމީނު ރައީސަކަށް ހޮވާދިނީ ކާކު ؟ޕާޓީން މައުމޫނު ދުރަށް ދިޔައީތަ ؟ނުވަތަ ޕާޓީން މައުމޫނު ވަކިކޮށްފަ ހޫރާލީތަ ؟ދުސްމަނު ވެއްޖެނަމަ ދުސްމަނަކާ ދެކޮޅޮޅަށް ނިކުތުމަށް އަނެއް ދުސްމަނާގެ އަތުގާ ހިފުމަކީ ގޯހެއްނޫން. ހުރިހާ ގޯހެއް ހެއްދެވީ ހަމަ ޔާމީނު މައުމޫނާ ގާސިމަށް ހެއްދެވިގޮތް ފެނުނު މީހަކު އެކަމާ ދެރަވާނެ. ގައުމަށް މިލިބުނު ދެރަ ނިކަމެތިކަމަކީ އެއީ