އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިހް (އިބޫ) އަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ފުލުހުންގެ ބަންދުން އިބޫ މިއަދު ދޫކޮށްލުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"އެމްޑީޕީ ރިޔާސީ ޓިކެޓް އެންމެ ހައްގު ފަރާތަކީ އިބޫ ކަމާމެދު ޝައްކެއް ނެތް" ނިހާން ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނިކުންނާނެ ބޭފުޅަކު ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީން މީގެކުރިން ވަނީ ބުނެފައެވެ. އެމްޑީޕީގެ ފަރާތުން މިހާތަނަށް އިންތިހާބަށް ނިކުންނަން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.

ރައީސް ނަޝީދު އިންތިހާބަށް ނިކުންނަން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ޖަލުހުކުމާ އެކު، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތެއް އެމަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.

މިހާރު ރައީސް ނަޝީދު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ.

ރިޔާސީ އިންތިހާބަށް މިއަހަރު ބާއްވާއިރު އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ޔަގީންވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރިޒާ

    މީ ދެންކަކު ކެނޑިޑޭޓުން ކަނޑައަޅަން

  2. ބަނީޒް

    އެސޮރަށް ޙުކުމްގަޑެއް ތިޔަޤީންވީ..

    • ޠ

      ޔަގީން .. މުޖައްރިބު

  3. ބޮކަރ

    ނިހާނުމެން ގުއި އުދުޅި ނުބާނާ ތަނެއް ހަމަ ނެތީއޭދޯ.. ޕީޕީ ކުދިން އެހެން ޕާޓީތަކުގެ ކަންކަމާ ނުބެހި ޕީޕީތެރޭ އޮތް ބައިބައިވުން ހައްލުކުރަން މަސައްކަތް ކޮށްބަލަ.. އެހެން މީހުންވެސް ދިރިއުޅުނަދީބަލަ..

  4. ޓިނު

    ތީކާކު ؟

  5. ނައިބޮލި

    ކަލެއަށްތަ އެނގޭނީ ނިކުންނަންވީ މީހަކު .މިހިރަ ނިހާނާ.

  6. އަން

    މީނަޔާ ކީތް މޑޕ ޓިކެޓް ކޮންމެ މީހަކަށް ލިބުނަސް.

  7. އަލީ

    އިބޫއަށް ހައްގޭ އެކަމް ނިހާނޫ ކަލެއަކަށް ހައްގެއްނޫން

  8. ކިޔުންތެރިއެއް.

    އެއީ ކުއްވެރިއެއް ނޫންތޯ މަނިއްޕުޅާ.

  9. އަލީ

    ނަޝީދުބުނީ އެމްޑީޕީން އޭނަ އިންތިހާބައް ކުރިމަތިނުލެވެންޏާ އެޕާޓީން އެއްވެސް މީހަކު ކުރިމަތިލިޔަކަ ނުދޭނަމޯ

  10. ހުނު

    ނިހާނު ނުބެހޭކަންތަކާނުބެހި ހުރެބަލަ އެމް.ޑީ.ޕީން ނެރެން ބޭނުން ކެނޑި ޑޭޓަކުނެރޭނެ މިވެރިކަން ދާދިއަވަހަށް ނިމި ހިނގައިދާނެ. އޭރުން ގުއިކާޅެއްހެން ތިގޮވާގޮވެލިފަތި ގޮވަން ޖެހޭނި މަހަށްދާން. ދެންއަތްޖަހާ!

  11. ގޮމަގޮމަ

    އެމްޑީޕީ ޓިކެޓް ދޭންވީމީހެއް ނިހާނަކައް ނޭންގޭނެ އެކަންނިންމާނީ އެމްޑީޕީމެންބަރުން