ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ގާތްގަނޑަކަށް 456 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ.

ވޯލްޑް ބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުން ރާއްޖޭގައި ދެ އޮޕަރޭޝަނެއް ހިންގުމަށް ނިންމާފައި ވެެއެވެ. އެކަން އެ ބޭންކުން ވަނީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އަށް އަންގާފައެވެ.

ވޯލްޑް ބޭންކުން ބުނީ އެ ބޭންކުން ރާއްޖެ އަށް އެހީތެރިކަން ދެނީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ބަޖެޓުގެ ހަރަދުތައް ދެމެހެއްޓުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ރާއްޖެއަށް ލިކުއިޑިޓީ ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

އެ ބޭންކުން ރާއްޖެއަށް ދޭން ނިންމި މި ފައިސާގެ އެހީގެ ތެރޭގައި ލޯނާއި ހިލޭ އެހީ ހިމެނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތީގެންވެސް ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއްނެތް. ބޮޑުންގެ ޖީބުތައް ފުރުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ލާރިގަނޑު ތަޅާބުރުވޭތޯ ލާދީނީ ބައިގަނޑުގެ ސަރުކާރުން ކުރާނެ ކަމަކީ.

    10
  2. ޢަބްދުﷲ

    މުސާރަ ނުދެވިގެން އުޅޭއިރު، ލިބޭހައި އެއްޗެއް ޚަރަދުވަނީ މުސާރަ ދިނުމަށް. މަތިބަރުވުމުން މުސާރަ ދީފައި ބާކީއެއް ނުހުރޭ،