މިމަހުގެ 16 ވާ ހުކުރު ދުވަހު އޮންނާނީ ބޮޑު އެއްވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދިއުމަށް ފަހު އެދުވަހު ބާއްވާނީ ބޮޑު އެއްވުމެއް ނޫން ކަމަށް ބުނެ ކުއްލިއަކަށް ރާގު ބަދަލުކޮށްފިއެވެ.

16 ވަނަ ދުވަހުގެ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވަނީ މިރޭ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ މިމަހު 16 ވަނަ ދުވަހު އޮންނާނީ ބޮޑު އެއްވުމެއް ނޫން ކަމަށާއި އެމްއެންޑީއެޕް ބޭފުޅުން ރީއްޗަށް ތިއްބެއްވުން އެދޭކަމަށެވެ.

"16 ވަނަ ދުވަހު އޮންނާނީ ބޮޑު އެއްވުމެއް ނޫން, އެމްއެންޑީއެޕް ބޭފުޅުން ރީއްޗަށް ތިއްބައްވާ އިންޓެލްއަށް އޮޅުވާލާއިގެން ނޫން މިކަން ކުރާނީކީ. ބޮޑު އެއްވުން އޮންނަ ދުވަސް އަޅުނޑުމެން އިއުލާން ކުރާނަން" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ މިމަހުގެ 16 ވާ ހުކުރު ދުވަހު މުޅިރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ އެއްވުމުގައި ޤާނޫނާއި ހިލާފުކަމެއް ނުހިންގާނެ ކަމަށާއި، އެއްވުން ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށާއި އެއްވުން ނުހުއްޓުވޭނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވަނިކޮށެވެ.

އިދިކޮޅުގެ ވާހަކަތައް މިރޭ ބަދަލުވެފައި މިވަނީ މިއަދު ހަވީރު ފުލުހުންނާއި ސިފައިން މިއަދު ގުޅިގެން ދިން ބަޔާނެއްގައި 16 ވަނަ ދުވަހުގެ މުޒާހަރާގައި ޤާނޫނާއި ހިލާފު ތަންތައްތަކެއް ހިންގާ ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން ނިންމާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ޤާނޫނާއި ގަވާއިދާ ހިލާފަށް ރަށްރަށުން މީހުން މާލެ ގެނެސް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންނާއި ސިފައިން ވިދާޅުވެފައި ވަނިކޮށެވެ.

16 ވަނަ ދުވަހުގެ އެއްވުން ބޭއްވިޔަ ނުދޭނެ ކަމަށާއި އެއްވުން ހުއްޓުވާނެކަމަށް ވެސް ފުލުހުންނާއި ސިފައިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އއއ

    ޥަގުން ހައްޔަރު ކުރޭ

  2. ހައި

    މަހުލޫފު މިއީ އަދި ރަނގަޅަށް ބީތާ އަރާނެ މީހެއް.

  3. އިއްމަ

    16 ވަނަ ދުވަހު އިންޑިއާ މަނަވަރު ތައް ތިބޭނީ ފުރަމާލެ އަލި ފެންނަ ހިސާބުގަ...!!! ލައްކަ ވާހަކަ މިބުނީ.....

  4. ނުރަބޯ

    ރީނދޫ ލާދީނީ ބާޣީން ބޮޑު ކިތައްމެ އެއްވުމެއް ދިވެހިރައްޔިތުން ވަނީ ދެކެފައި....!!!

  5. ޙެހެ

    އެއި ޔޫމެން ގުނބޯ ހައްދަން ކީއެއްޗެއް. ޙެހެހެ

  6. އަމުރު

    މިގައުމުގެ ޝަރަފު، ހުލުހުންނާ ސިފައިން.

  7. ދދ

    ގާނޫނާޚިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު
    އެޅުމަށް ތާއީދުކުރަން

  8. Anonymous

    ފެބްރުއަރީ 16 ކުޑަ ވާނެ" ކަމަށް އެއްބަސްވެ އިދިކޮޅުގެ ރާގުބަދަލުވީ އެއީ އަންނީއާއި ރީލޯޑު މަޚުލޫފުގެ ހިކުމަތްތެރިކަމުގެ ދަށުން ބާއްވަން އުޅުނު ބިޔަ ލަޝްކަރެއްފަދަ ޢެއްވުމެއް، އެހެންނަމަވެސް އެފަދަކަމަކަށް ފުދޭމިންވަރަށް ރީލޯޑު ނުވީމަ ޕަވަރ ދަށްވެގެންދިޔައީ، ވީމާ ރަށްރަށުންވެސް މީހުންގެނެވޭވަރުގެ ޕަވަރަށްނެތް، އަންނަންތިބި މީހުނަށްވެސްއެގިއްޖެ އައިސްފިއްޔާ ސަލާމަތުން އެނބުރި ނުދެވޭނެކަންވެސް

  9. އޯއްޔޭއް

    ސިވިލް ސާވަންޓުންގެ ފްލެޓަށް 2،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެމެން ރަންރީނދޫ ބޮޑޭ މެން ވެރިކަން ކުރިއިރު ސިވިލް ސާރވިސް މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށް ނުދީ އެމެން ގައިގައި ދުއްރާ އިން އެމެން ތެޅީ އޭ. އެއާއި ޚިލާފަށް މަމެން ޕިންކީން މިބަލަނީ ހުރިހާ ސިވިލް ސާރވެންޓުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭން އޭ އެންމެ 2000 މީހުން މާ ބޮޑަށް މަދޭ އަދި އެދެންވީއޭ ލާރޖް ކޮށް 15 ހާސް ސިވިލް ސާރވެންޓުން އެއިރަށޭ މިކަން ލާރޖް ކޮށް ޖެއްސޭނީ. ޔޫ ގޮޓް ދަ ޓަޗް ޔޫ ގޮޓް ދަ މެޖިކް. އައި ވިލް ލެޓް ޔޫ ހޭވް އިޓް. ނާނާނާ ނާނާނާ ނާނާނާ އައި ވުޑް ހޭޓް ޓު ބްރޭކް ޔުއަރ ހާރޓް. ބަޓް އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައި ލައިފް ލައިފް ލައިފް. ޑޯންޓް ބައި މީ ފްލާރވަރސް އައި ރިއަލީ ހޭޓް ޓު ކެރީ ދެމް...

  10. ދަވޭ

    ފެބްރުއަރީ 16 ކުޑަވާނެ ކަމަށް ޖެއިލް ބޯއި ބުނި ނަމަވެސް އެއީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ސޯމާލިޔާނޭ ދަ ގައްދާރޭ މެން މަކަރާއި ހީލަތުގެ ދަށުން ރާވާ ނުބައި ގައުމަށް ގައްދާރުވާ ރޭވުމެކެވެ. ރަންރީނދޫ ޓްވިޓަރޭ މެން ނަކީ އެއީ ބޯރން ޓު ބީ ގައުމަށް ގައްދާރުވާ ގޮތަށް އުފެދިފައިވާ ބަތާހަރާމީން ތަކެއް ކަމަށް ވުމުން އެމެން ދައްކާ ވާހަކަ އެއް ގޮތަކަށް ވެސް އަޑު އަހައިގެން ނުވާނެއޭ އެމްޑީޕީ ހަރުގެ ބަންދު އަދި އެމްޑީޕީ ސެކްރެޓޭރިއެޓް ވެސް ބަންދު ކޮށްލަންވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތްވާ. އެއީ މީގައި އެންމެ ރަނގަޅު ގޮތަކީ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އިޓްސް ގޮނާ ސަކް ވާނެ އެނޫނިއްޔާ. ރަންރީނދޫ ޓްވިޓަރޭ މެން ރިޗަރޑް ބްރެންސަނޭ މެންނަށް ސަކް ޖައްސައިގެން ރާއްޖޭން ބޭރުން ޕްރެޝަރު ކޮށްގެން އެމެން ބަލަނީ މަމެންގެ ވެރިކަން ވައްޓާލެވޭނީ ކިހިނެއްތޯއެވެ.

  11. ޖޮއްބެ

    ފެބްރުއަރީ 16 "ކުޑަ" އެކަންޏެއް ނޫންވާނީކީ " ކަޑަ" ވެސްވާނެ.

  12. މުހައްމަދު

    ރިލޯޑް ބޭބެ ބިރުގަތީ ދޯ؟.... ހެހެހެހެ ތީ ތިވާވަރަކީ އެންމެ އެއްޗެއް ބުނާ އިރަށް ސައިޗް ވެއްޖެ

  13. ކޮލެޖް

    މަޚްލޫފްގެ ފޮޓޯގަ އޭނާއެއޮތީ ފެބްރުއަރީ 16 ގަ ބާރައް ހިފަހައްޓައިގެންތަ.

  14. އަހަންމާބެ

    އޮޅުވާލަންވެގެން ރާގު ބަދަލުކޮށްލީ!

  15. ޖަޑިބެ

    ބިރުގަނެއްޖެ މިހާ އަވަހަށް ، މައިދާން ދޫކޮށް ފިލާގެންގޮސް ހުރި ފިނޑިޔެއްގެ ބަހަށް ބަޔަކު ހަމަ ރަނގަޅަށް ވެސް ހޭބަލިވޭ އެބަ

  16. ޕްރައިވެޓް ޙައްސާނު

    "މަހުލޫފު" އޭ މިކިޔަނީ ކާކަށް..؟ ފުލުސް މީހާއާއި ދިމާކޮށްތިހިރީތަ އެމީހަކީ، މޫނު ރަގަޅަށް ނުފެންނާތީ ކަންނޭގެ ކާކުކަމެއް ނުވެސްއެގޭ އިންޑިޔާއިން އައި ސިފައިގެން މީހެއްތަތީ....... ކުރޮފިބޯ

  17. ތަސްމީނު

    ކަލޯ ކަލެއަކަށް ނޭގޭނެ އެމް.އެން.ޑީ.އެފް ބޭފުޅުން ކަންކުރަންވާ ގޮތެއްކިޔާދޭކަށް އެފެންވަރު މީހެއްނޫންތީ، ކަލެއަށް ތިފެންނަނީ އަމިއްލަ ހިޔަނި ބޮޑާވެ ކިބުރުވެރި ބަސްތައް ނުމޮށިހުރޭ....

  18. ބަކޫ

    "ޤާނޫނާއި ހިލާފު ތަންތައްތަކެއް ހިންގާ ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން ނިންމާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ" ވަގުތުން ބަޔާސްޑް ނިއުސް ނުފަތުރާނެ. ޔާމީނުބުރޯ ދެއްވާ ފައިސާބޮނޑި ފެނުނަސް ތިދެން ބޮޑުވަރު.. ހަަހަހަހަހަހަހ ހުހުހުހުހުހު މާދަމާ ދީނީ ހަބަރެއް ލިޔައްޗޭ

  19. އަލީ

    މިބައި މީހުން އެންމެ ފަހަރަކުވެސް ވިސްނާލިންތަ މިދުނިޔޭގައި މިހިގާ ކަންތައްތައް ފަލަސްތީނަން އެހެންވީ ކީއްވެބ؟ މިއަދު ސޫރިޔާގައި މިކުރަނީ ކޮނަކަމެއްބާ؟ އިސްލާމީ ޤައުމުތަކުގައި މިކުރާ ހަގުރާމަކުރަނީ ކޮންބައެއް؟ ލޭ އޮހޮރި މަރުވެގެންދަނީ ކޮންބައެއް؟ ތިޔަ ސަޕޯޓް ކުރާ އިންޑިޔާއިންވެސް މުސްލިމުން ބޭރުކޮށް ހުސްކުރުމަށް ނިންމައި. ކާރިރުން ދުވަހަކުވެސް މުސްލިމަކަށް ހެޔޮގޮތެއް ނޭދޭނެ. މިއީ ވިސްނާލަންވި ވާހަކަ...

  20. ހަމަހަމަ

    އިދިކޮޅެފަރާޠްތަކާއެއްކޮޅު ކޮމެންޓެއް ޖަހަން ބިރުގަންނަނީތަ ވަރައް ފާހަގަކުރެވޭއެކަން

  21. އެކްޓިވިސްޓް / އެމްޑީޕީ

    ސާފްކޮށް މިބުނަނީ ނުދާނަމޭ ކުޑަޔަސް ބޮޑަސް ހެޔޮ!

  22. މަންޖެ

    މަހޭ މޮޔަވެބަލަ. މުޅިރާއްޖެއިން މީހުން މާލެ އަރަންގޮވި ފެބްރުއަރީ 7 ގައިވެސް. އަންނާނެ އެކަކުވެސް ނުވި. ދެން ލަލަލާ

  23. ފިލާވަޅު

    ނަސީދު ބުނީ ކުޑަކޮށްނޭ އިންޑިޔާ ގެރިތައް ރާއްޖެއަށް އަންނާނީ! މުޒާހަރާވެސް ކުޑަކޮށް ގޮސް ކޮސްގޮއްވާ ބޮޑުވެ އާއްމުންނެރެ ފިލާ އޮންނާނީ! ނަސީދު ވެސް ފިލީ! ހެހހެހެހހެހެ