ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް މުހަންމަދު އުމަރު މަނިކު ފައުންޑޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާ ދެެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައި ވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއެވެ.

މިއެއްބަސްވުމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން މިދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ސްކޮލަރޝިޕްތަކާއި، ރާއްޖެއިން ބޭރުން ތަމްރީންގެ ފުރުސަތާއި ދަނޑުތަކަށް ދިމާވާ މައްސަލަތައް ތަހުލީލްކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗްލާސް ޑިގްރީ ހާސިލްކުރަން 3 ސްކޮލަރޝިޕް ދިނުންމަށް މަނިކް ފައުންޑޭޝަނުން ވަނީ ނިންމާފައެވެ.

އަދި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފީލްޑް އޮފިސަރުންގެ ގޮތުގައި މީހުން ތަމްރީނު ކުރުމާއި، ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތައް އަދި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމަށާއި ޕެރަސައިޓް ބްރީޑް ކުރުމަށް ލެބޯޓްރީއެއް ގާއިމް ކުރުންވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯލްޑްއޮން

    އުމަރު މަނިކު ފައުންޑޭޝަނާއެކު ދަނޑުވެރިކަން ކުރިއަރުވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ހީކުރަމޭ ތިޔާއީ މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރަން ކުރާ ކަމަކަށް ތަމެން ތިޔާ ކަން ނަހަދާނެ ކަމަށް ތަމެން ތިޔާ ގޮތަށް ހިންގާ ޓިވެޓް ވެސް އެއީ ބަންޑާރަ އުސޫލުން ހިންގާ ތަނެކޭ އެތަނުން ނެރޭ ކުދިން ގައިގައި އެއްވެސް ފެންވަރެއް ވެސް ނުހުރެއޭ މީންސް ހުރި ގޮތެއްގައި އެކަން ކަން ކުރެވިގެން ދާ ތަން ފެނިގެން ނުދެއޭ އެބަޖެހެއޭ ގުޅިފަޅުގައި 25 ބުރީގެ އިމާރާތެއް ކޮށްގެން އެއިމާރާތުގައި ޔޫވީ ލައިޓްސް ތަކުގެ އެހީގައި އޮގަނިކް އެގްރިކަލްޗްރަލް ޕްރޮޑަކްޓްސް ތައް އުފައްދަން ކޮންމެހެން ރުށް ތައް ހެދެން 20 އަހަރު ނަގަން ނުޖެހެއޭ ބަދަލުގައި 1 އަހަރުން ރުކުން ކާށި ލިބޭ ގޮތް ވެސް ހެދޭނެއޭ އެފަދަ ކަންކަން ބަލާ ދިރާސާ ކޮށް އެބަޖެހޭ މީންސް ހުރި ގޮތެއް ގައި ދަނޑުވެރިކަން މާލެ ސަރަހައްދުގައި ކުރަން މާލެ ސަރަހައްދުގައި ނުކުރާ ކަމެއް ތަރައްގީ ނުކުރެވޭނެއޭ އެއީވާނެ ކަމެއް ނޫނޭ ހޯލްޑް އޮން ޓު އިޓް ހޯލްޑް އޮން ހޯލްޑް އޮން