ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްއީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފެމިލީ ކޯޓުގެ ޤާޟީ ޙުޒައިފާއާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ބަލަން ނުފެންނަކަމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ، ހުަޒައިފާގެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމީ، މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީން ބެލިބެލުމުން ހުޒައިފާއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާ އަކީ އެއްވެސް އަސާސެއް އޮތް ޝަކުވާއެއް ނޫން ކަމަށް ފެންނާތީ ކަމަށެވެ.

އަދި ހުޒެއިފާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއެއް ބަލައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް އެ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ގާޒީ ހުޒެއިފާގެ މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމިއިރު، ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރުވެސް ދަނީ ބަލަމުންނެވެ. މީގެ ތެރެއިން ބައެއް ފަނޑިޔާރުންގެ މައްސަލަތައް އިތުރަށް ބަލަމުން ގެންދަނީ އެ ފަނޑިޔާރަކު ސަސްޕެންޑްވެސް ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހަރެން

    މައްސަލަ ބެލީމަ ދޯ އިނގޭނީ ގަނެފަހުރި ގަނޑު ހުޒައިފާ މުޙައްމަދު. ކަލޭ ހަނދާންކުރާތި މިނޫން ދުވަހެއް އޮތްކަން. މިހާރު ނުފޫޒުން ހުރިހާކަމެއް ކުރެވިދާނެ. އެދުވަހު ކަލޭ ވަންނާނީ ކޮންތާކަށް؟

    8
    3
  2. ާަާހަކިމު

    ގުޅިގެން ހަސަން ބޭރުކުރަން ހިންގާ ޖަރީމާތައް ބާރަށްކުރިއަށް

    10
    2
  3. ޔަލީ

    ބޮޑު ސޯބު އެނބުރި ކުޅިގަނޑު އޭނާ ވަރަށް ރަނގަޅަށް ހިންގާ އެބަ، އެތަނުން ބޭރުކުރީމަވެސް. ދެން ބާކީ ތިބި މުވައްޒަފުން ކޮޅުވެސް ދުއްވާލަން މަސައްކަތް އެބަކުރޭ ވަރަށް ބާރަށް.. ޖިންސީ ފުރައްސާރައަށް ވެސް ތާއީދު ކުރަނީ ތޯއްޗެ...

    7
    2
  4. ހީނާ

    އޭނާގެ އަގު ވައްޓާލަން މި ކޮމެންޓް ކުރަނީ ކާކުތަ؟؟

    3
    3
  5. ޢަލީ

    ކޮޅު ބަދަލުކޮށްލީތަ؟ ނޫނީ ފޮނުވާ ކޮންމެ މީހަކަށް މުއްދަތު ޖަހައިދޭގޮތަށް އެއްބަސްވީތަ؟ ހީވަނީ ރަނގަޅު ޑީލެއް އަޅުވާލީހެން.

    6
    5
  6. ަލައްބެ

    އައްޔާ. މުއްދަތު ޖަހަނީ ފެމިލީކޯޓުންތަ؟

    4
    1
  7. އެންދެރި

    ބަލަނީ ފިރިހެނުންގެ މައްސަލަ އެވެ.

    4
    2
  8. ޑިމޮކްރަސީގެ އައްޕަ

    ކުލައިގެ ގޮތުން ތިކަންވާނީ ތިހެން.ޖުޑިޝަރީ މުށަށް.އާއިލީ ވެރިަކން މެކުހަށް.ތިންބާރު އަށްބޮޑިއަށް.ސާބަހޭ ޑިމޮކްރަސީގެ އައްޕަތައް.ކުރީގެ ސަރުކާރަށް ވުރެ ޚުދުމުހުތާރު

  9. ލޮލް

    އަންހެނުން ނަށް ގާޒީކަން ކުރެވޭތަ؟؟؟؟