ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ރާއްޖެ ގެންނާނެ ކަމަށެވެ.

މަޖުބޫރު ހާލަތުގައި އެތަނަށް ގޮސްފައި ތިބި މީހުން ވެސް އެބަތިބި. ގަބޫލުކުރަންޖެހޭ ކަމެއް މިއީ. އެމީހުން ގެނެވޭނެ ގޮތެއް ބަލައި، ގެނެވެން އޮތް އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސީރިޔާ އިން ގެންނަ މީހުން އަނބުރާ ގެނެސް މުޖުތަމައު އަށް ދޫކޮށްލުމަކީ މުޅި މުޖުތަމައު އަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށާއި އެހެންކަމުން އެމީހުން ރާއްޖެ ގެނެސް މުޖުތަމައު ތެރެއަށް ދޫކޮށްލުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެ މީހުން ރާއްޖެ ގެނެސް މުޖުތަމައުއަށް ދޫކޮށްލުމުގެ ބަދަލުގައި އެ މީހުން ފުރަތަމަ ރިހެބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މީހުން ރާއްޖެ ގެނެސް ބައިތިއްބާނެ ތަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން އެ މީހުން މިހާރު ތިބި ކޭމްޕްތަކުން ރާއްޖޭގެ ބާރު ހިންގާ ތަނަކަަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މީހުން ރާއްޖެ ގެންނނަން ނިންމި ކަމުގެ މައުލޫމާތު އެ މީހުންގެ އާއިލާތަކަށް އެމަނިކުފާނު ދެއްވާނެ ކަމަށެވެ.

ސީރިޔާގައި ގާތްގަނޑަކަށް 54 ދިވެހިން އެބަ ތިބި ކަމަށް އެ އާއިލާތަކުން މައުލޫމާތު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރާޅު ބޯއީ

    މިކަހަލަ ތަރައްގީ ފެނިފަ އަންނަނީ ހިނި.. ބޯގޯސް ލާދީނީ ސަރުކާރުން ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން މިއުޅެނީ އަޅެ މޮޔަވެގެންތަ؟

    41
    15
  2. އުފާ

    ﷲ އަކްބަރު !! ރައީސަށް ހެއު ރަޙްމަތް ލައްވާށި! އާމީން

    45
    36
  3. ބަލާ

    އިހަށް ދުވަހު ބޮޑުވަޒީރު އަމްއަލަށް ހެދިގަނެގރން އުޅޭ ބުނި އެމީހުން ނުގެންނާނަމޭ މިތށކަށް ދެން. އަދި ވަޒީރު ބުނި ތިމްނައާ ބަރާނަރަށް މަސްވަރާވެސް ކިނބޫ ކުރެޔޯ. ބަލަ މިކަމުގައި ދޭތި ދެގޮތަށް މިކިތަނީ މަސްވަރާ ހުއްޓާލީތަ ދެމީހުން މިހާރު. ހަމަ އަހާލީ ރުންކުރުވށނެ ކަމެއް ނެތް.

    37
    3
  4. އިބޫ އަންހެނުން

    ސާބަހޭ ރައީސް....ގެންނާނަން...ގެންނާނަން..ގެންނާނަން...މިބުނީނު ގެންނާނަމޭ...އެހެންވެސް ދިވެހިން ހުން މިނިވަންކޮށް އެމީހުން ދިރިވެސް އުޅޭނެ މިރާއްޖޭގަ...ސާފުވެއްޖެތަ ..ނުރުހޭ މީހުން އަނގަނުލާ ކަނާއަތު ޝަހާދަތް އިނގިލި ބޯލަބޯލަ ތިބޭބަލަން..

    18
    21
    • ޝް

      ހާދަ އަދަބުކުޑަ މީހެއްތީ! ލުތުފީތަ ތީ ކޮމންޓުކުރަނީ!

      11
      • ސަގަރޭ

        ކަލޭއަމާމީ..

        1
        1
  5. ޙުއްބުލް ވަޠަން

    ރައީސް އެވިދާޅުވީ ދިވެހިރާއްޖޭގެ އެއްމެ މަތީ ވެރިޔާގެ ބަސްފުޅު ހުންނަންވާނެ އެއްމެ ރީތިގޮތް. ކޮއްމެ ދިވެހިރައްޔިތެއްގެ ވެރިޔާއަށް އެއްވެސް ރައްޔިތަކައް ދެރަގޮތެއް ނުހެއްދެވޭނެ. ކުށެއްކުރި މީހަކަށް ދެއްވަންވާނީ އެކަމުގެ ޙައްގު އަދަބު.
    މައިންބަފައިން ކުރި ކުށެއްގެ އަދަބު ކުޑަކުޑަ މަޢުސޫމް ދަރިންނަށް ދޭން ނުޖެހޭނެ.
    ފިރިމީހާ އޮޅުވާލައިގެން އޭނާގެ އަނބިދަރިން ތަނަކަށް ގެންދިޔުމުން ކުއްވެރިވާނީ ފިރިމީހާ.

    47
    5
  6. ޢާލިމް

    ދެން އިތުރު ވާހަކައެއް ނުދައްކާތޯ؟ ޚަބަރަކަށް ލިޔާވަރު ވާހަކައެއް ރައީސް ނުދައްކަނީތޯ؟ އެހެން ނޫސްތަކުގައި ހާގަ ޚަބަރެއް އެބަހުއްޓޭ މީ އަހަރެމެންގެ ނޫސް މިނޫހުގައި ރާއްޖޭ ޚަބަރުތައް ހުންނަންވާނެ ވަރަށް ތާޒާކޮށް

    13
  7. ސަމީރު

    ޢެއްކައްލަ ނަސީދު މިހާރު ހުންނާނެއް ގުއި ކެވިފަ... ޏު ގެންނާނާވޯ ކަލޭ ތީ ކާކު ތައް

    19
    1
  8. ދިމާނުވާ

    ނަސީދު ނުކުރާނަމޭބުނެފި އެކަމެއް އެއީކުރާނެކަމެއް!
    ސީރިޔާތިބި މީހުންނުގެންނާން ބުނެފިޔެންނު އެހެންވީރު އެއީގެނައުން!
    ކަމެއްނުކުރަން ބުނެފި! އެކަމެއްކުރާހިތް އޮތްލެއް ބޮޑީ
    ބަހާއަމަލާދިމާނުވާ! ހުސްހޮޅިވާހަކަ!

    22
  9. ތީބޭކާރު އަމަލެއް

    ގެނެބަލަ ވާގޮތް ބަލާލަން! އެއީކޮން ބައެއްކަން އަދިނޭނގިގެން ތިއުޅެނީ، ތިވާހަކަ ބޭރުޤައުމަކައް އެނގިއްޖެނަމަ ވާނެޤޮތް ވިސްނާމިހާރު މާލަސްނުވަނީން!

    13
    2
  10. ޙސކސކ

    ފުރަތަމަ ތިމީހުން ތިތަނަށް ފޮނުވި ބަޔަކު ހާމަކޮށްބަލަ.

    12
    2
  11. ރަށްވެހި

    އެމީހުން ރާއްޖެ ގެނެސްފިނަމަ އެހުރިހާ އެންމެން މީހުން ނޫޅޭ ރަށަކަށް އަރުވާލަންވީ. އެމީހުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ހުރި ބިރެއް. އެމީހުންނަކީ ހަމަ ސީދާ އަނިޔާވެރިން. ސީރިޔާއަށް ނުގޮސް ރާއްޖޭގައި ތިބިނަމަ މިހުރިހާކަމެއް ނުވީސް. މަގޭ ރަށަށް މިބައިގަނޑު އަތުވެއްޖެ ނަމަ މަގޭ އާއިލާއާ އެކު މަ ދާނީ ކޮންމެވެސް ބޭރު ގައުމަކަށް ހިޖުރަކުރަން. ރާއްޖޭގައި އަމާންކޮށް ނޫޅެވޭނެ ތި އައި އެސް (އިސްލާމިކް ސްޓޭޓެއް ނޫން ، އިސްރާއިލް ސްލޭވްސް) ހިޔާލުގެ މީހުންނާ އެކު. ލަދުވެސްގަނޭ ތިމީހުންނަށް އިސްލާމުންނޭވެސް ކިޔަން.

    4
    5
  12. ޏާނު

    ބޮޑު ވަޒީރު ބުނީ ތިހެނެއް ނޫން