ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އައު ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގަވައިދަށް އަމަލުކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ހެޔޮ ގޮތްތަކެއް ފަހި ކޮށްދެވި އިންވެސްޓަރ ކޮންފިޑެންސް ވަރުގަދަވެ ރައްޔިތުންގެ އުއްމީދުތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.

އަދި މިގަވާއިދުގެ މަގުސަދަކީ ތަރައްގީކޮށް ނިމިފައިނުވާ ތަންތަން އަވަހަށް ތަރައްގީކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ އެ ތަންތަނަށް ވީހާވެސް އަވަހަަކަށް ނިންމުމަށް އެފަރާތްތަކަށް ހިތްވަރުދިނުން ކަަމަށެވެ.

އަދި މި ގަވާއިދުގެ އަނެއް ބޭނުމަކީ އިންވެސްޓަރުންނަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާ ދުވަސްވަރެއްގައި ތަރައްގީގެ އިންވެސްޓްމެންޓްތައް މެނދުކެޑުމެެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމުގެ އިޖްރާއަތެއްގެ ގޮތުގައި ސީއެސްއާރް ހުށަހަޅަން ޖެހޭނީ މީރާ އަށެވެ. ސީއެސްއާރް ނެގުމުގެ ޖަދުވަލެއް ހިމެނުމުގެ މައިގަނޑު ބޭނުމަަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ހަރުދަނާކޮށް ކުރުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗާބޫކުން

    މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން 17،000 ވަޒީފާ ނެރެވޭނެ ކަމަށް ރައީސް އިބޫ ވިދާޅުވުން ނޫން ކަމެއް އެއަކު ނުކުރެއޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންނެތޭ ބަލާފައި ރިސޯރޓްސް ތަކުގައި ކްރިއޭޓް ކުރެވޭ ވަޒީފާ ތަކަށް ބަލާއިރު ދާއިމީ ވާރކް ވިސާ ދެނީ ކިތައް މީހުންނަށް ތޯ އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ބޭރުމީހުންނަށް ސަރުކާރުން ދާއިމީ ވާރކް ވިސާ ބޮޑެތި މުސާރައިގެ މީހުންނަށް ދެނީ އެމަގާމް ތަކަށް ދިވެހިން ލިބޭތޯ ބަލާފައި ކަން ސްކްރީން ވެސް ނުކޮށޭ އޭގެ ސަބަބުން ރާއްޖޭގެ ވަކި ވަކި ފަރުދުންގެ އާންމު ހާލަތު އަދި އަންއެމްޕްލޯއިމެންޓް ރޭޓް ވަނީ ވަރަށް ބޮޑު ތަން މަތިވެފައޭމާ...

  2. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ރިސޯރޓްސް ތަކުގައި ވަޒީފާ އުފެދޭ މިންވަރު ރައީސް އިބޫ މެން 17 ހާސް ވަޒީފާ އުފެދިއްޖެ ކަމަށް ބުނާއިރު އެތަނުން ދިވެހިން ވަޒީފާ ގައި އުޅެނީ ކިތައް ވަޒީފާ ގައި ތޯ ނުބަލައޭ ޔަގީނުންވެސް 17 ހާހުގެ %97 އެއީ ބޭރުމީހުންނޭ ދެން އެންމެ %3 އެއީ ދިވެހިންނޭ އެވެސް ތިބޭނީ ދަށް ފަންތީގެ ބާރެއް ނެތް ބަޔަކަށް ހަދާފައޭ ރާ އަތޮޅު މަޑުއްވަރީ ކުރިމަތީ އޮތް ފަސްމެންދޫ ރިސޯރޓް މީ ނަމޫނާ އަކަށް ބަލާލަން ރަނގަޅު ރިސޯރޓެކޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ވަރަށް ބޮޑަށް ތަދުވެ ބުރަކަށީގައި ރިއްސަން ފަށައިފިއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ...

  3. ދިސްވޭ

    ރިސޯރޓްސް ތަކުގައި އެތައް ހާހުން ވަޒީފާ އުފެދުނު ނަމަވެސް މިހާރު ރިސޯރޓްސް ތަކުން ކުރާ ކަމަކީ ފުރަތަމަ ވެސް އެޗްއާރުގެ ބޮޑަކަށް ނަގަނީ ބޭރު މީހެކޭ ދެން އެއަށް ފަހު މިހަދާ ގޮތަކީ މުޅި ރިސޯރޓްގެ ހުރިހާ ވަޒީފާ ތައް ޖޮބް މޯލްޑިވްސް ގައި އިއުލާން ކޮށްލަނީއޭ އެގޮތަށް އިއުލާން ކުރާއިރު އިއުލާނަށް ދިވެހިން އެޕްލައި ކުރި ނަމަވެސް ދިވެއްސަކު ޝޯރޓް ލިސްޓް ނުކުރާނެ ދެން މުޅިން ބޭރު މީހުން ޝޯރޓް ލިސްޓް ކޮށްފައި ސަރުކާރަށް އަންގަނީ ދިވެއްސަކު ނުލިބެއޭ ދެން މުޅިން ވެސް ބޭރުމީހުންނޭ ރިސޯރޓްސް ތަކުގެ ވަޒީފާ އަށް ނަގަނީ މިރާއްޖޭގައި އިޓަލީ މީހުން ރިސޯރޓްސް ތައް ތަރައްގީ ކުރި ވަރަށް އާރލީ ސްޓޭޖް ގައި އެމެން ނަށް ކުރިއެރުން ނުލިބުނީ އެމެން ދިވެހިންގެ ބަދަލުގައި ބޭރު މީހުން ނަގައިގެން މާފިޔާ އުސޫލުން ކަންކަން ކުރާތީއޭ ނޫނޭ...