ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، 5 ޖުލައި އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިރޭ ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު މޫސާ އަކީ 1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.