ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު ހަމަނުޖައްސާ، ވަގުތީ މެނޭޖިން ޑިރެކްޓަރަކާއި ހަވާލުކޮށްގެން ކުންފުނި ހިންގަމުން ގެންދަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނަވަނީ ރައީސް ޞާލިހްގެ ބޮޑުބޭބޭފުޅު މޫސާ ޞާލިހެވެ.

އިއްޔެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށާއި އެކަމަށް ދިރާސާކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމްއޭސީއެލްއަކީ އެކެއްގެ ދަށުގައި އޮވެ ހިންގާވަރަށްވުރެ ބޮޑު ތަނެއް ކަމަށެވެ. ނަމަވެސް އަށް މަސް ދުވަސް ވެގެން ދިޔައިރު ކުންފުނި ހިންގުމަށް ބަދަލުތަކެއް ނުގެނެވުނު ސަބަބެއ އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

"އެމްއޭސީއެލްއަކީ މިހާރު ވަރަށް ބޮޑު ތަނެއް. އެއާޕޯޓް ޓެކްނިކަލް އެތަށް މަސައްކަތެއް ކުރޭ. ވިޔަފާރި ކުރާބައެއް އެއީ. އެހެންވީމަ އެއަށް ބަދަލުތަކެއް ގެނެސް އެތަނަށް ސީއީއޯ އެއް ލާފައި ސީއީއޯ އަކާއި ސީއޯ އަކާއި މިހެން ކިޔާ މަގާމު ތަކެއް ހުރޭ، އެމްޑީންނާއި މިހެންގޮސް އެތަށް އެތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ އެ ދިރާސާ ކުރުމަށްފަހު އެތަނަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން." ރައީސް ވިދާޅުވިއެވެ.

އެމްއޭސީލް އަށް ޒިންމާ އުފުލޭވަރުގެ އެމްޑީއަކު ހަމަނުޖައްސާ ގިނަ ދުވަސް ވެގެން ދާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެކުންފުންޏަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ދާއިމީ އެމްޑީއަކު އައްޔަން ކުރެވޭނެ ތާރީޚެއް ރައީސް އިއްޔެ ވެސް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކެޔޮޅު

    ކުންފުންޏައް ބަދަލުތައް އަންނައިރު ކުންފުނީގެ އޮންނާނީ ތޮށިގަނޑު ބޮޑުބެއައް ބޮޑުތަނުން ކުންފުނިއޮންނާނީދަރައި!!

    80
    3
  2. މަރުޒޫގް

    އެމް އޭ ސީ އެލް އައް އެތައް ގުނައަކުން އާމްދަނީ ލިބިފައިވާ އިރުވެސް ކުންފުނީގެ މުވައްޒަފުންނަށް ލިބެންޖެހޭ ބޯނަސް ފައިސާ އަދިވެސް ދެވިފައެއް ނުވޭ... ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނީ ކުރަން ކުރި ކަން ކަން ނިމްމުމަށްފަހު ނޫންތޯ؟

    65
    2
  3. ޢަފްލާ

    ޢިބޫ ފެއިލް ވެއްޖެ ފައިބާ ކަލޯ

    83
    7
    • ޒަނީމް

      އިބޫ ފައިބާށޭ ތި ކިޔަނީ ގަންޖާބޯ އަރުވަންވެގެންތަ..؟

      14
      4
  4. ދޮންކަލޯ

    މުޅިޤައުމުގެ މަތިފަޑީގަހުސް ޢާއިލާމީހުން މިހާރު ޢާއިލީވެރިކަންވެސް ރަނގަޅު މިހިރީ އަމިއްލަ އެދުންހުރިވަރު

    73
    2
  5. ބަންދޭ

    ކުރިން ވެސް ތިތާގަ ހުއްޓެއް ބަންދޭ . މިހާރު ވެސް އޭނަ ތިތަނަށް ލީމާ ތަންވިއްކާލަން ދެކޮޅުހަީހަކު ތިތާކު ނުހުންނާނެ

    42
  6. އައްޑޫސިޓީ

    އިބޫ ސާބަހޭ ދެލޯފުޅާ ހަސަނުގެދެފައި މުޅިއޮޑީގަ. ދައުލަތުގެ އެންމެބޮޑު އެސެޓް ކަމުގަވާ އެމްއޭސީއެލްގެ ވަގުތީ އެމްޑީ އަކީ އިބޫގެ ބޮޑުބޭބެޔޯ.

    41
    2
  7. ބޭބެކޮށްކޮ

    މިހާރުއެއީ އެމްޑީޕީ މީހުންގެ ޖަގަހައެއް. އައްޑޫހުވަދޫ މީހުންގެދޮރުއަޅައިގެން އުޅޭތަނެއް. މަހަކުއެއްފަހަރު ވަޒީފާގެކުރިއެރުންދޭންވިޔަސް ލިބޭ.ބޮޑެތިޖަރީމާތައްހިންގާ ހާއްޔެއް. ކުންފުނީގެ މައިއިދާރާގެ އެއްވެސްޒިންމާދާރުކަމެއްނެތް. މުޅިންގުއިރޯނުގަ ޖެހިފާތިބި މީހުންގެއައްޑާއެއް. މިއީހައްތާވެސް އެކުންފުނީގެ މުއައްޒަފުންގެފަރާތުން އިވެމުންދާއަޑުތައް. ބޭބެއަށްވަޒީފާގެކުރިއެރުން ނުލިބުނީ ދެދުވހެއްގަ 3 މިނެއްޓުގަޑިޖެހިފައޮތީމަ. އެކަމަކު ބޭބެއޮފީހަނުދާދުވަހެއްނެތް. އެހެންވިއްޔާބޭބެ ގަޑިޖެހުނީމަވެސް ގެއްލުންވީބޭބެއަށް. އެއީކުންފުނިންގަޑީލާރިކަނޑާނެ. އެކަމަކުގަޑިޖެހިގެން ވެސް ވަޒީފާއަށްދިޔައީމަ ފައިދާވީކުނފުންޏައް.ވީމައެދުވަހުވެސްބޭބެއަށްވީގެއްލުން މިއަދުވެސްމިވީގެއްލުން. ބޭބެގެ މުޅިއުމުރު ކުންފުނީގެ ވަޒީފާގަ ހޭދަކޮށްފަވާއިރު މާފަހުންވަޒީފާއަށް ވަދެފަތިބިއެއްވެސްތަޖުރިބާއެއް އަދިތައުލީމެއްނެތް މީހުންނައްވަޒީފާގެކުރިއރުންތައް ދެމުންދާއިރު އެއީކޮންއިންސާފެއްއޮތްކަމެއްތޯ ވަނީ ސުވާލުއުފެދިފަ.

    30
    1
  8. ޕުރިޔަންކާ

    ބޮޑުބޭބެ އައް އެންމެ ރެވެނިއު ގިނަ ކުންފުނި ހަވާލުކުރުމަކީ ރައީސްއައް ކޮންފުލިކްޓު އޮފް އިންޓުރެސްޓް ހާލަތު އުފެދޭކަމެއް. އެގޮތައް އެކަން ނުކޮއް އޭނާއައް އެޑްވައިޒަރީ މަގާމެއް ހަވާލު ކުރިނަމަ ކޮންފުލިކްޓު އޮފް އިންޓުރެސްޓު ދަށް ކުރެވުނީސް މިހާރު ތިއޮތީ ހަމަ ސީދާ ކޮރަޕްޝަނައް މަގުފަހިކުރުވާ ޑިޒައިންނެއް. މިކަން އޭސީސީއިން ތަހުގީގުކުރަންޖެހޭ. އެހެނީ ކޮރަޕްޝަން ކުރިއަވަޅާ ހުއްޓުވޭނީ މިފަދަ ޑިޒައިންތައް ކޮރަޕްޝަން ނުހިނގަނީސް ހުއްޓުވިގެންކަމައްވާތީ.

    14
    2
    • އިބޫ

      ރައީސް އިބޫގެ ބޮޑުބޭބެ އަކީ ކުރިންސުރެވެސް އެއާޕޯޓްގަ މަސައްކަތް ކުރަމުން އައި ތަނުގެ އިސްވެރިއެއް.އެމްޑީގެ މަގާމަކީ ސިޔާސީ މަގާމެއް ވީމަ ވެރިކަން ބަދަލުވުމުން އެމްޑީ ބަދަލުވޭ.އެހެންވެ އިބޫގެ ބޮޑުބެ އެހުރީ އެކްޓިންގ އެއްގެ ގޮތުގަ.އޭރުން މޫސާ ސޯލިހް ކުރިންހުރި މަގާމުގަ އޭނަ މިހާރުވެސް އެހުންނަނީ.އިތުރު ޒިންމާއެއް މިހާރު އިތުރުވީ.ކުރިންހުރި އެމްޑީ އާދިލްވެސް އެމްޑީކަން ލިބުމުގެ ކުރިންހުރީ ފައިނޭންސްގެ މަތީމަގާމެއްގަ.ވެރިކަން ބަދަލުވުމުން އޭނަގެ މަގާމު ގެއްލުނީ.އާދިލް އަކީ ސްޓާފުންނަށް ރަނގަޅު މީހެއް.ތަން ހަލާކު ކުރަނީ ތަނުގަ ބާރުހުރި މަގާމުތަކުގަ އުޅޭ މޯޑޭމެން ، ކުރިންހުރި ބޮޗޭ ބޭބެ އަލީ ރިފާއު މެންކަހަލަ އެހެންމީހުންނަށް ވުރެ ގިނައިން ކާން ބޭނުންވާ މީހުން.ބޯނަސް ދޭންވެސް އެމީހުން ބޭނުންވަނީ ބޭސިކް މުސާރަ.އޭރުން މަތީ މަގާމުގަ ތިބޭމީހުންނަށް 35ހާހުން 50 ހާހުން ބޯނސް ލިބޭ.އާދައިގެ މީހާގެ ބޭސިކް މިއިންނަނީ 6000 ރުފިޔާގަ.އޭރުން އާދައިގެ މީހާއަށް ބޯނަސްގެ ގޮތުގަ ލިބެނީ 6000 ރުފިޔާ.

      6
      1
  9. ހަސީނާ

    ކުންފުންޏައް ބަދަލު ގެންނަންށޭ ކިޔާފަގޮސް އަނބިދަރީންނާއި ގާތްތިމާގެ މީހުންނައް އެކިއެކި ސަރުކާރުގެ އިސްމަގާމުތައް ދިނުމަކީ އިންޓެގުރިޓީ ގެއްލިފައިވާކަމުގެ ނިޝާނެއް.

    10
    1
  10. ކޮތަރު

    ކުންފުންޏަށް ވުރެ ޤަވްމު މާބޮޑު. އެހެންވީމާ ތިޔަ ވިދާޅުވާ އުސޫލުން އެންމެ އެމް.ޑީ އަކަށް ކުންފުނި ނުހިންގޭއިރު މުޅި ޤަވްމު އެއްމެ ރައީސަކަށް ވެސް ނުހިންގޭނެތާ. ކޮންމެ އަތޮޅަކަށް ރައީސަކު ހަމަޖައްސަން ވަރަށް ބޮޑަށްފެނޭ.

    8
    2
  11. ނާޒުކު

    ސަރުކާރު ކޮންމެ ކުންފުންޠެއްވެސް ހަމަ ތިޔާފަދަ. ސްޓެލްކޯވެސް އިބޫ ކުޑައިރުގެ ރަހުމަތްތެރިން ދަށުގެ ވަޒީފާގައި ތިއްބަސް އެމީހުންގެ ބާރު ވެރިޔަކަށް އަގައިން ބުނާކަށް ނުކެރޭ. ސާބަހޭ އިބޫ ތިވަރެއްނެތް.

    2
    1
  12. Anonymous

    ތަންދޮރު ނޭގިމަކީ ޖާހިލް ކަމެއް ވިއްޔާ

  13. ހަސަން ހުސައިން

    އިބޫ ފައިބާށޭ ތިކިޔަނީ ގަންޏާބޯ އަށް ސަޕޯރޓްކުރާ މީހުންބާ