ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ފިލައިގެން އުޅުމަށް ޝައިމް އަށް އެހީވި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރީ ކޮންތަނަކުން ކޮންއިރަކު ކަމެއް ކޮމިޝަނަރ އޮފް ޕޮލިސް ހާމައެއް ނުކުރައެވެ. އަދި ހައްޔަރު ކުރި ދެމީހުންގެ އިތުރު މައުލޫމާތެއް ވެސް ކޮމިޝަނަރ ދެއްވާފައެއް ނުވެއެވެ.

ޝައިމް ގެއްލުނުތާ ދެހަފްތާ ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފުލުހުން އޭނާ ހޯދީ މިމަހުގެ 01 ވަނަ ދުވަހު މާލޭގެ ގެއެއްގެ ތެރެއިންނެވެ.

އޭނާ ފޮރުވައިގެން ގެންގުޅުނުކަން ފާހަގަކުރެވިއްޖެ ނަމަ އެމައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ގެއްލުނީ، ކުޑަކުދިންގެ ހިޔާގައި އެސެސްމެންޓް ހެދުމަށް ގެންގޮސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.

ޝައިމް އަކީ މީގެ ކުރިން ވެސް ތަފާތު ކުއްތައް ކުރުމުގައި ބައިވެރިވެފައިވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިމް މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އުތުރުގެ ރަށެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޙައިޒަމް

  ކޮބާ ލުތުފީ ފިލުވައިގެން އުޅުނު މީހުން... ކޮންއިރަކު ހައްޔަރު ކުރަނީ.؟

  71
  4
 2. ޔާމިން

  ފުރަތަމަ ރައީސް ، އިމްރާން

  10