މާލެއާއި ހުޅުމާލެއާ ގުޅާލަން އެޅި ސިނަމާލެ ބުރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށް ރައްޔިތުންގެ މަހިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ސީސީސީ ކުންފުންޏަށް ބްރިޖް އަޅަން ދިނީ 300 މިލިއަން ޑޮލަރަށް ކަމަށާއި އެހެން ނަމަވެސް އެ ބްރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށެވެ.

"އިންޑިއާގެ ޖީއެމްއާރުން 77 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން މި ޕްރޮޖެކްޓް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުން މިހާރު މިވަނީ ސަރުކާރުން 300 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހިފަ. ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ އިންޓަރެސްޓުގެ އިތުރުން އެމީހުން ކޮށްދީފައިވާ މަސައްކަތުގެ އަގު ވެސް ބޮޑު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޗައިނާއަށް ރާއްޖެއިން މުޅި ޖުމުލަ 3.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވާ ކަމަށާއި އަދި އެކަން ކުރެވޭނީ ހަރަދުތައް ކުޑަކޮށްގެން ކަމަށެވެ.

ނަޝީދު ވަނީ ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިއްޖެނަމަ ރާއްޖޭގެ ބިމާއި މިނިވަންކަން ގެއްލިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ދޮގު ބޯ

    ކަލޭ ދޮގު ނަހަދާ. ތިވާހަކަ ގަބޫލު ކުޜާނީ ކަލޭ ކަހަލަ މުނާފިގުން. ކަންތައް ވާ މީހުން އަނގަ ނުތަޅާނެ. ކޮށް ނިންމާލާނީ.

    154
    4
    • ޙައްގުބަސް

      ރައިސް ނަޝީދަކީ އަބަދުވެސް ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވާލުން އިންތިހާއަށް ބޮޑު މީހެއް! މިއީ މިއަދަކު އިއްޔެއަކު ކުރާކަމެއްނޫން! އެންމެ ކުޑައިރުއްސުރެން ފެށިގެން މިއަދާހަމަޔަށް ވަރަށް ރަގަނޅަށް ކުރަމުން އަންނަކަމެއް! ކަށީގައި ހަރުލާފައިވާކަމެއް! މީގެ އެންމެ ހިތާމަވެރިކަމަކީ މީނާ ހަދަނީ ކަނޑައޅިގެން ބުހުތާން ދޮގުކަން އެގިހުރެ އުފަލުން އަތްޖަހާ މީހުންވެސް މިރާއްޖޭގައި ތިބީތީ! މީނަގެ ސަބަބުން ރައިސް އިބޫސޯލިހުގެ ވެރިކަންވެސް މިހަލާކުވަނީ! މީނާ ދޫކޮށްލާނީ އެކަން އެމަގުންގެންގޮސް ނިންމާފަ! ބްރިޖުގެ ވާހަކަ ދައްކާއިރު އެކަން ނުކުރެވޭނެކަމަށް ބުނެ އެއިރު ދިޔައީ މީހުން ގުނބޯ ހައްދަމުން! ބްރިޖް އަޅާ ނިމުނުތަން ފެނުނީމަ ބުނީ މާއަގު ބޮޑުކޮށޭ ބްރިޖް އަޅަނީ! މިހާރު މިބުނަނީ ޖީއެމްއާރުން 77 މިލިއަން ޑޮލަރަށް ބްރިޖް އަޅާދޭން ހުށަހެޅިއޭ! މިވެސް ހަމަ ދޮގު! ޗައިނާއިން ބްރިޖް އެޅީ 300 މިލިއަން ޑޮލަރަށޭ! މިވެސް ދޮގު! ބްރިޖް އަޅާފަ އެއޮތީ 200 މިލިއަން ޑޮލަރަށް! އެއީވެސް ޗަައިނާއިން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ހިމަނައިގެން! ދިވެހި ދައުލަތުން ދެއްކީ 100 މިލިއަން ޑޮލަރު! އެއޮތީ ދުނިޔޭގެ ފެންވަރުގެ ކޮލިޓީ ބްރިޖްއެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރުގެ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލެއް އަޅާ ނިންމާފަ! ދުނިޔޭގެ ފެންވަރު މުޅިން އާޓާމިނަލެއް އަޅަން ހުރިހާ ކަމެއް ނިންމާފަ ބިންލާދިން ގުރޫޕާ ޙަވާލުކޮށް އަމަލީ މަސައްކަތް ފަށައިގެން އުޅެނިކޮށް ދިވެހި ރައްޔިތުން ރައިސް ޔާމީން ވެރިކަމުން ދުރުކުރީ މާމޮޅުތަކެއް ވާނެކަމުގެ އުންމީދުގަ! މިކަހަލަ ދޮގުހެދުމާއި ފިތުނަ އުފެއްދުން ފިޔަވާ މީނަވެސް ކުރާކަމެއް ނެތް! ހުރިހާ ބާރެއް މުށުތެރެއަށްލާ ރައިސް އިބޫސާލިހު ވެރިކަމުން ދުރުކުރުން މީނަގެ މަގުސަދަކީ!!

      82
      2
      • ޢަބްދުއްލަޠީފު

        ޢެއުޅެނީ ސިވިލްސާވަންޓުންގެ މުސާރަ ކަނޑަންވެގެމް

        33
  2. އައިސީ

    މީހަކު މީނަ ދައްކާވާހަކަ ގަބޫލެއް ނުކުރާނެ. އެމް.ޑީ.ޕީ ގަ ވަރަށް ރަނގަޅުބޭފުުން އެބަތިބި. ނަމަވެސް މިނަޝީދު މީ ބޯކޮހެއް.

    147
    2
  3. ސޮނިބޭ

    ބޭނުމެއްނޫން ޖ މ ރ އަޅާބްތިޖްއެއް ހިލޭދިނަސް ކަލޭ އޮވޭ ކުނި އިންޑިއާ އުނގައްވެއްޓި އެމްބަސީގަ ފިލާ ޤައުމުގެ ހަލާކު މީނަމީ

    140
    3
  4. ގަބޭ

    ދޮގެއްހަދާނުލާ 24 ގަޑިއިވެސް ނުހުރެވޭ ބޭކަލެއް

    126
    2
  5. ރައްޔިތުން

    77 މިލިއަނަކަށް ނޭޅޭނެ

    112
    4
    • އައްޑޫސިޓީ

      އެބުނާ ޖީއެމްއާރުން އެއާރޕޯރޓް ވެސް ތަރައްގީކުރި. އެތައް އާމްދަނީއައް ލިބިލިބި އޮތް ތަނަކަށް އެންމެފަހުން ދައުލަތުން ޖެހުނީއެބުނާ އާރަކަށް ލާރިދޭން. ދެންއެމީހުންނަށް އެޅޭނެ ބުރިޖް ވިސްނާ.

      60
      1
  6. މުޙައްމަދު

    ބަލަ ސިޔާސަތު އެގޭނީ ހަމައެކަނި ތިމީހުންނަށް ކަމަށް ރީނދޫ ކުދިން ޤަބޫލުކޮށް އަތްޖެހިޔަސް ތިކަމުގަ ފޮރުވިފައުވާ އެތަށްކަމެއް އިންނާނެ. 77 މިލޔަން ތީ ބޭރުފުށަށް ދައްކާ ވަރު.. އެހެން ގޮތްގޮތުން ޖީ.އެމް.އާރް. ޢަށް ދޭން އޮންނާނެ ކޮންމެވެސް ރަށްތަކެއް، ފަޅުތަކެއް، ނޫނީ ގިރިތަކެއް... 100 އަހަރަށް.. މިކަހަލަ ކަމެއް ފޮރުވިފަ އޮންނާނެ.. ތިބުނާ 77 މ އަކުން ބުރިޖެއް ނޭޅޭނެ.

    96
    2
  7. ބެއްޔާ

    ކޮބާ އިންޖިނިއަރުން، ކޮބާ ފައިސާ. ދެން ކިހިނެއް 77 މިލިޔަނަށް އެޅޭނީ. ސިކުނޑިއަށް ނުވިސްނުނުކަމެއް އެހެންމީހަކު ކުރީމަ ތިކަން 100 ރުރިޔާއަށްވެސް ކުރެވިދާނެކަމަށް ބުނުމަކީ ހަސަދަވެރިކަމުން ބުނި އެއްޗެއް. މަވެސް ތިވަރުގެ ބުްރިޖެއް 55 މިލިޔަން އަޅާފާނަމޭ ބުނީމަ ކާކު ގަބޫލުކުރާނީ. ފަހަރެއްގަ އެމްޑީޕީގައުޅޭ ނަޝީދުގެ ސިނކުޑިން ވިސްނާބަޔަކު ގަބޫލުކޮށްފާނެ.

    101
    1
  8. ކިހިނެއް ތޯ ބުރިޖު އަޅާނީ

    އަދި ބުރިޖު އެޅިޔަސް ވެސް، މެސް، ޕެސް، ޗެސް، ވަރަށް ވާހަކަ މީ..

    59
    2
  9. ކޮރަލް

    މީނަ ދައްކާ ވާހަކަ ގަބޫލު ކުރާކަށް ނުވާނެއެވެ. މިއީ ޖީއެމްއާރު އާ ހެދި މޮޔަ ވާ މީހެކެވެ.

    90
    1
  10. އ. ޖ. އ

    އޭރު ތިމާވެށްޓޭ މުންޖޭ ފަޅޮލޭ ބަޔަކު ކީމަ ނުވީ..

    65
    2
  11. ކެޔޮޅު

    ނަސީދު އަކީވަރަޢް ރަގަޅު މަޢުލޫމާތުނުހޯދާ ފިތުނަޢައްމަގުފަހިވާގޮތައްވާހަކަދައްކާ ބޭފުޅެއް
    ބުރިޖުއެޅީ 300މިލިޔަނަކައްނޫން 200މިލިޔަނައް ޖީއެމްއާރު ކޮންގައުމެއްގައިބާ ބުރިޖެއްއެޅީ

    86
  12. ޖޯކށަ

    ފައިތަޅާ ބޯތަޅާފަ ރޯށޭ ދެންޖެހެނީ މިސޮރުގެ ނުލަފާކަން މިދިވެހިރާއްޖެއަށް ފެތުރިއްޖެ

    75
    2
  13. ޢަލީ ހަމީދު

    އަވަހައް މާލެ ވިލިގިލި ގުޅިފަޅު ބުރިޖު އަޅަން ޖީއެމްއާރައް ދޭންވީނު.. މަނިކުފާނު ރައީސަކީވެސް އުއްތަމަ އަކީވެސް މަޖިލީސް ރައީސަކީވެސް .. އަވަހައް ބެންބޫ ވިއްދައިގެން ތަގަރި ބޮލުގަ ބަހައްޓަެިގެން ކޮންކުރިޓް އުފުލަންފަށާ..

    69
    1
  14. ޢަދުރޭ

    ބުހުތާން ދޮގު!!! ކެނެރީގޭ ބުއްފުޅި މި ހަދަނީ ތެދެއްނަމަ އެ ބްރިޖްއަޅަމުން ގެންދިޔަ އިރު މީނަ ދައްކަމުން ދިޔަ ޒާތްޒާތުގެ ވާހަކައިގެ ތެރޭ އެވާހަކަ އޮތީހީ ބުނެފަ . މީނަ އޭރު ކަރުން ނާރު ފުއްޕާފަ ގޮވަމުން ދިއައީ ތި ބްރިޖެއް ނޭޅޭނެޔޭ ތީ ތިގޮތަށް ކުރެވޭނެ ކަމެއްނޫނޭ. ! އަޅާ ނިންމީމަ ކީ ފަރިހި ލަވަޔަށް ބަދަލުވެ ދެން ދައްކަންފެށީ ތި ވަރުގެ ބްރިޖެއް އަޅަން ދާ ޚަރަދުގެ ތިން ގުނަ ތި ބްރިޖަށް ޚަރަދުކޮއްފަޔޯ އޮތީ . ! ބުއްފުޅި ދޮހޮއްތުއަށް އިންޑިޔާއިން ހިލޭ ބްރިޖް އަޅައިދޭނެކަމަށްތަ ތި ބުނަނީ ؟ ކަންކަން ކުރެވޭ މީހުންނާ ޤަވްމު ޙަވާލް ކުރޭ ބުހުތާން ދޮގު ހަދައިގެން ރައްޔިތުން މޮޔަ ހައްދަން ނޫޅޭ . . ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނާތި. ޢިރާގު ފުނޑާލީ އިނގިރޭސިންނާ އެމެރިކާއިން ހަމަ މިކަހަލަ ބުހުތާން ދޮގު ހަދައިގެން ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން ( ގެއްލުންދެނިވި ނުރައްކާތެރި ހަތިޔާރު ) ސައްދާމް އުފައްދަނީއޭ ކިއައިގެން . ސައްދާމް މަރާލާފަ ޢިރާގުގެ ޚަޒާނާ ކަޅާކޮއްލި . ލީބިޔާގެ ލީޑަރު ޤައްޒާފީ ވެރިކަމުން ބާލާ ހިންގާފަ މަރާލި ހަމަ މި ގޮތަށް ބުހުތާން ދޮގު ހަދައިގެން . ލީބިޔާގެ އެތައް ޓްރިލިއަން ޑޮލަރެއް އެބަހުރި އިނގިރޭސިން އަތުގަ މިހާރުވެސް. ލީބިޔާ ރައްޔިތުން ތިބީ ބަނޑަށް . މިކަލޭގެއަކީ މި ދެންނެވި ގޮތަށް ބުހުތާން ދޮގު ހަދައިގެން ރައްޔިތުން މޮޔަ ހައްދަން ،އިނގިރޭސިން ކައިރިން އުނގެނިގެން އައިސް ހުރި ބުއްފުޅި އެއް . ލޮބުވެތި ދިވެހި ރައްޔިތުންނޭ!!!
    އަބު ތުމާރޭ ހަވާލޭ ވަތަން ސާތިޔޯ. މިއަދު މިވަތަން ސަލާމަތް ކުރުމުގެ ޒިންމާ އޮތީ ތި ބޭފުޅުން އަތުގަ.

    64
    1
  15. ނިކަތިން

    މީނައަށް އެބަކެރޭދޯ ރައްޔިތުންގެ ކުރިމަތީގައި އަނގަހުޅުވަންވެސް...ބަލަ ކަލޭ މުޅި މިޤައުމު އަންދާ އަޅިޔަށް ހަދާ ދިންހާ ގެއްލުމުގެ ބަދަލާއި ތިޔަބުނާ 77 މިލިއަންޑޮލަރު އެއްކޮށްލަބަ ކިހާވަރެއްތޯވަނީ؟ މިޤައުމަށް ދަރާހުރި މީހެކޭ މިއީ ޤައުމަށް މާހެޔޮއެދިގެން މިއުޅެނީ...

    63
    1
  16. ޝާހް، ރ.ވާދޫ

    ކަލޭ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގަ ތިކަހަލަ ވާހަކަ ނުދައްކާ ގޮސް ކޮންމެސް އެހެންބައެއް ކައިރީ ތިވާހަކަ ދައްކަނީ ކޮންކަމެއް ހާސިލުކުރަންކަން އަހަރުން މިހާރު މާޒީއިން ވަރަށް ރަނގަޅަށް ދަސްކޮށްފިން. މުޅިންވެސް އޮޅުވާލުމާ މަކަރު. ދެން ތި އަގުހެޔޮ މީހުންލައްވާ އެންމެ ބުރިޖެއް މިވެރިކަމުގަ ކަލޭނިކަން އަޅާބަލަ. އަހަރެން މިހިރީބަލަން.

    26
    1
  17. ޝާހް، ރ.ވާދޫ

    ކަންކަން ކުރަން ނޭންގޭހާލުގަ ސަރުކާރަށް ބޯޕޮށްޕާލީމަ، ހުރިހާ މުސީބާތެއްގެ އަޑު މިއޮތީ ރައްޔިތުން އަހަންޖެހިފަ! ދަރަނި ދައްކާނެ ގޮތެއް އެނގޭބައެއްނޫން! ފައިސާހޯދާނެ ގޮތެއް އަމުދުން ޕްލޭނެއް ވެސް ނެތްބައެއް! ވެރިކަމާ ހަވާލުވާން އުޅުނުއިރު މިއަށްވުރެ ގާބިލު އެއްވެސް ބަޔަކު މިގައުމަކުނެތް! ބަޔަކަށް ލާރިދޭންވީމަ އެއްކަލަ މޮޅުމީހުން ގޮތްހުސްވެފަ! ކޮންމެ މަހަކު ދިވެހިރާއްޖޭގެ ރިޒާވްގަ ރައްކާކޮށްފަހުރި ލާރިކޮޅުން މި ސަރުކާރު ހިންގަނީ! އަދިވެސް ކަމެއްކުރަން ނޭންގޭހާލުގަ މާ އެނގޭބަޔަކަށްވެގެން 77 މިލިއަން ޑޮލަރޭ އެބަކިޔައެއްނު! އިސްތިއުފާދީފަ ގޮސް ގޭގަ ތިބެބަލަ!!!!

    33
    1
  18. ފިލިނަޝީދު

    އެހެންވެ އެހާކުޑަ އަގެއްހުށަހެޅީމަ ގަތްގަތްބިރުންދޯ އިސްތިއުފާދީފަ ޖަލުގަނޯވެފިލީ

    34
    1
  19. ށުމަން

    ބަލަކަލޭ ބުނީމެއްނޫން ކޮބާހޭ އޭގެ އިންޖިނޭރިން އަކީ ؟؟ މިހާރު ކަލޭ ކޯޗޭ ކޭ ތިކިޔާނީ..
    މިކަހަލަ ބުރާންތިން ދައްކާ ހާވާހަކަ ގަބޫލުކުރާނެ ބަޔަކު ވެސް ތިބޭނެ..

    28
    1
  20. ބުރޯ

    ނަސީދު ތިޔަ ހައްދަވަނީ ކޮންދޮގެއް. ޔާމީނު ބްރިޖް އަޅާ ވާހަކަދެއްކީމަ ނަސީދު ބުނީ އިންޖިނޭރުން ކޮބާހޭ އެހާފުންތަނެއްގާ އެއްޗެހި ޖަހާނީ ކިހިނެތްހޭ. މިއިންވެސް އެގޭ ތިޔއީ ޖީއެމްއާރުން ދެއްކި ވާހަކައެއްނޫންކަން، ޖީއެމްއާރު އެގްރީމެންޓަކު ރަންވޭ އެއް ހާހިސާބުވެސް ހަދާކަށެއްނެތް. އޭރު އެއާޕޯޓް ވިއްކާލީ އޮކްޓޯބަރ މަހުގެ މުސާރަ ދޭގެ ގޮތެއްނެތިގެން މުސާރަދޭން 78 މިލިއަން ޑޮލަރު ހޯދުމުގެ މަގުސަދުގާ އެކަނި. އޭރު ކޮތީ ބޮޑުކުރި މސާރަތައް ކުޑަކުރަންވެސް ވާހަކަދައްކަފަ ސިވިލް ސާވިސް އާއެކު އެއްބަސް ވުމެއްހެދީ ޖީއެމްއާރުން ފައިސާ ޖަމާކުރިލެއް ލަސްވެ ހަދާނެގޮތް ހުސްވެގެން. ޖީއެމްއާރުން 31 އޮކްޓޯބަރުގަ ޖަމާކުރީ 48 މިލިއަން ޑޮލަރު ބާކީ ފިނޭންސުން ލިބުނުކަމަށް ހަމަޖެއްސީ ނަމ،ަވެސް ފައިސާ ޖަމާވިތަނެއް ނޭގޭ. މިވަރުގެ ބަޔަކަށް 77 މިލިއަން ޑޮލަރުން ބްރިޖް އަޅާނީ ކިހިނެތް. ނަސީދު މީހުންގެ ބޮލަށް ޗިޕްޖަހަން ވާހަކަ ފެތުރީމަ ގަބޫލުކުރާ ބަޔަކު ތިބެދާނެ . މިހާރު މިސަރުކާތުން އެބުނަނީ ވިލިމާލެ ސަރަހައްދު ބްރިޖް އެޅޭނީ ވެސް 488 މިލިން ޑޮލަރުންކަމަށް ވީއިރު 77 މިލިއަނަށް ހުޅުމާލެ ބްރިޖް އަޅާނީ ކިހިނެތް. ؟

    25
  21. މަހުދީ

    ޖީ އެމް އަރ އެޅި ބުރިޖެއް އިންޑިޔާގައި އެބަހުރިބާ؟ މަ 10 މިލިޔަނަށް އެބުރިޖް އަޅާނަމޭ ބުނީމަ މަށައް އެމަސައްކަތް ދޭނެބާ؟

    ކޮސްވާހަކަ ނުދައްކާ، ސީކުރޮސް ބުރިޖަކީ ވަކިކަހަލަ ތަޖުރިބާއެއް ތިބޭ ބަޔަކު އަޅާ އެއްޗެއް. އެދި މަނިކުފާނެއްނޫންތޯ މައުމޫނު ކޮސްގޮވަނީއޭ ބުނީ ބުރިޖް އަޅާވާހަކަ ދެއްކީމާ

    20
  22. މޭރީޔާ

    ކޮބާހޭ އޭގެ އިންޖިނޭރިން އަކީ ؟ނޭލޭނޭ. މިހާރު ބައިރުފިޔާ އަށްބުރިޖެއް

    20
  23. މާލޭމީހާ

    ބްރިޖް އެޅޭނެ 77 ވެސް އަދި 27 އަށްވެސް. އެކަމަކު މިހާރު އަޅާފައި އެހުރި ބުރިޖުގެ ސްޕެސިފިނޭޝަނާއި ކޮލިޓީގައި ބުރިޖެއް އެޅޭނީ ކިތައް މިލިޔަނަށް. ކަނޑުއަޑީގެ އެފުންމިނާއި، އޮއިވަރާއި، ޗެލެންޖުތަކަށް ކޭޓަރކުރެވޭނެ އިންޖިނިއަރިންގެ އިލްމާއި ތަޖުރިބާކޮށްފައިވަނީ ދުނިޔޭގެ ކޮން ކުންފުނިތަކަކުންބާ؟ ޖީއެމްއާރުން މިފަދަ ޗެލެންޖިންގ ބުރިޖެއް އަޅާފައިވޭތަ؟ޖީއެމްއާރ ކުންފުނިން ކަނޑުހުރަސްކޮށް އެންމެ ބުރިޖެއްވެސް އަޅާފައިވޭތަ؟

    20
  24. އަފިރިންގެ ޚިޔާލް

    ދުވަގަކުވެސް ދޮގެއްނޫނީ ނަހަދާ ،،، ލާދީނީ ފިކުރު، މާމިގިލީ ގާގޮޅި ޖަހާ މީހުންބުނި އެންމެ 3 މިލިއަން ޑޮލަރ ވަރުންވާނޭ... އެއީ ހަމަ ގާގޮޅިޖަހާ ގާދޫކޮލު ހިއްކައިގެން..... ބުރިޖް އެއޮތީ އަޅާފަ، ބަލަކޮހާ އެއީ 190 މިލިއަން ޑޮލަރ،،، ވަރިހަމައޭ 500 މިލިއަން ޑޮލަރ ވިޔަސް،، މަމެން ހާދަ އުފާވެޔޭ ދުއްވާފަދާއިރު.. ބަލަ ފުރުސަތު ނުގެއްލޭ، ވިލިގިލި މާލެ ދޭތެރޭ ބުރިޖް 70 ޑޮލަރުން އަޅާބަލަ...... އަދިވެސް ބުރިޖް އެޅޭނީ ރ. ޔާމިނަށް،،،، ،،،،

    21
  25. Anonymous

    ދެން ތިލަފުށި ގުޅީފަޅު ވިލިގިނލި މާލެ ބުރިޖު 450 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ނާޅާ ގެރިގުއިން އަޅަން ގެރިމޯދީއާ ޙަވާލުކުރަންވީނު.

    25
  26. މޯދު

    އަނަގަ ނުތަޅާ ގޭގައި އޮވޭ، މިވަރަކުން ނުވާނެ ، މީނާ ހައްޔަރުކުރޭ، އަނެއްކާ އަނެއް ވާހަކަ ބޮޑު މޮޔައެއް

    21
  27. ދިވެހި މީހާ

    ތިބުނީ 77 މިލިއަން ޑޮލަރޭދޯ؟ ބަލަ ކަލޭ ބުނީމެއްނު އެއީ ކިހިނެއްވާނެ ކަމެއްހޭ ކޮބައިހޭ އިންޖިނޭރުން؟ މިހާރު ތި ކިޔަނީ ކީކޭ؟ ކަނޑުކޮހާ! ހަމައެކަނި އަގަށް ބެލިޔަކަސް ނުފުދެޔޭ! މަސައްކަތުގެ ފެންވަރަށް ބަލަން ޖެހެޔޭ!

    18
  28. ރާއްޖެ

    ކޮންކްރީޓްގެ ބަދަލުގައި ޓިއްކާ މަސާލާ ހަވާދުގަ އެޅިދާނެ ތި އަގަށް.

    17
  29. Anonymous

    ސުބުހާނަﷲ... މިއީ އަޅެ ފަހެ އަރަތެއްތަ ؟؟؟ މިބާގީ އަންނި އަށް ހީވަނީތަ އަހަރެމެން ދިވެހިން ތިބީ ނުކިޔަވާ ކަން؟؟؟ ކަޓައްވާބައި މޭޒުއަޑިންކިހާވަރެއް އަންނިއަށް ލިބޭތޯ ؟؟

    16
    1
  30. އިކްލީލް

    އަހުރެން ހުށައެޅިން 6 މިލިޔަން ރުފިޔާއށް ބްރިޖް އަޅައިދޭން. މުނާފިގުބޭގަނޑު

    15
  31. Anonymous

    ކެނެރީގެ ކަނޑުކޮހާ އަނގައޮތީތީ ހެދުނުހާ ދޮގެއްހަދާ. ގުއިއެމްއާރުން އިންޑިއާގެ ކޮންތަނެއްގަތަ ބްރިޖު އަޅާފައޮތީ. ކަލެއަށް އީމާންވާ ރީނދޫ ގެރިތައް ތިވާހަކަ އަޑުއަހާފަ ތިވާހަކަ ޤަބޫލުކޮށްގެން ހަތަރެސްފައި ޖަހާނީ.

    15
  32. ބުރޯ

    ނަސީދަ ކީ ކަމެއްދަންނަ މީހެއްނޫން ތިމާ ކިޔެވީ މެރިޓައިމް ކުރިމަސައްކަތަކީ ސަލާމަތި ސެތްފިކެޓް ދިނުމަށް ވާވެލާ ވެއްޔާ ދިޔަހިއްކާ ފައި ހަމަޔަށް ހުރިތޯ ފުރަތަމަ ބޯޓަކށް އަރާ ފަ މީނަޔަށް ފެނުނީ ދިޔަހިއްކަން އެސްލޯނު ހޮޅިން ޕަމްޕެއްހަދާފަ ހުއްޓާ ބުނީ މީ ދަލަހިއްކާ ފައެއްހޭ .މިކަލޭގެ ދުވަހަކުވެސް ނުދެކޭ އެއްޗެއް ބޭރުގެ މޮޅު އިންޖިނޭރުންވެސް މިކަލަ ދިޔަހިއްކާޕަމްޕެއްނުދެކޭ އިރު މައިޓް ކުންފުނީގެ ފައިސާ އިން ކިޔަވާ މީހުނަށް މިކަހަލަ އެއްޗެހި އެގޭނީ ކިހިނެތް ؟ ނަސީދޭ މަރިޓައިމް ކިޔެވި މީހަކާ އެކޮނޮމިކްސް އިން ބީއޭ ހެދި މީހެއްގެ ހުރި ފަރަގު ނަސިދާ ޔާމީނުގެ ވެރިކަމުން އެފެނުނީ ނަސީދު ހިންގަންހަވާލުވި ސަފާރީޓުވާސް ކިޔާ ކންފުނި އަދި ދިވެހި މޭސްތިރި ވަޑަންގެ ޔާމީނު ހިންގަން ހަވާލުވީ އެސްޓީ އޯ އާއި ސްޓެލްކޯ ވީގޮތް ކިޔާދޭނެލކަމެއްނތް ދިވެހިރައްޔިތުން ނަށްފެންނާނެއެތަންތަނަށް ވީގޮތް ނަސީދުގެ 3 އަހރުގެ ވެރިކަމުންނާ ޔާމ،ީނުގެ 5 އަހަރުގެ ވެރިކަމުން ފެންނަން ހުންނާނެ ގައުމަށް ވީގޮތް ވެސް.. ނަސީދުގެ 3 އަހަރުގަ ކިތައް ކުންފުނި ވިއްކާލި ކިތައްކުންފުނި ތޮއްޓަށް ނުވެހުރީހަމަ ކިރިޔާ . ޔާމީނުގެ ވެރިކަމުގާ ފައިދާ ބޮޑުވެ މީހުންތިބީ ހިއްސާގަތުމަށް ކިޔޫގަ. ވީމާ ނަސީދު ގައުމަށް ހެޔޮ އެދޭނަމަ މިހިސާބުންވެސް ގައުމުގެ ކަންކަމުން އެއްފަރާތް ވެލައްވާ.

    12
    1
  33. ޑައި

    އިންޑިޔާގެ ފެންވަރެއްނޫން މާކަނޑުގަ ބްރިޖެއް އެޅުން އެއީ.އެހެންނެއްނޫން ޗަކަ ކޯރެއްގެ އެމީހުންނަށް ބްރިޖެއް އެޅިދާނެ.ލޮޖިސްޓިކްސް އަދި ލޭބަރ ފޯސްއަށް ބަލައިގެން ހިސާބް ޖަހައިފިނަމަ އިންޑިޔާއިން ބޭނުންވާނެ 12 އަހަރު އެފަދަ ބްރިޖެއް އަޅަން.ޖީއެމްއާރުން ބުނިތަ 20 މިލިއަން ޑޮލަރަށް ބްރިޖްއެޅޭނެެއޭ.އެމީހުން ގާތު ބުނެބަލަ މީރާއަށް ދައްކަންޖެހޭ ފައިސާ ދައްކާށޭ.ނަޝީދަށް ޖީއެއާރްއެއީ މާ ބިޔަ ކުންފުންޏެއްގެ ގޮތުގަ ފެނުނަސް އެއީ ކުޑް ކުންފުންޏެއް.

    10
  34. ހަލޯ ހަލޯ!

    ހެޔޮ ނޭޅިޔަސް. ބާޢީ ލުތުފީ ހައްޔަރު ކުރޭ!

    15
  35. އެޑިޓް

    ބަލަ މަށައްވެސް /- 77 ރުފިޔާ އަށް ވެސް ބުރިޖު އަޅައިދޭން ހުށަހެޅިދާނެ..!
    އިންޖިނޭރުން ހޯދާނީ .. ކަންފަތުލާ މުދިން... މީ ވަރަށް ވާހަކަ..

    11
  36. ޙަލީ

    ދެން ތިޔަ ޖީއެމްެާރަށް ދީބަލަ ތިލަފަޅާއި މާލެވިލިގިލި ގުޅުވާލާ ބްރިޖް 100 މިލއަނަށް އަޅަން

    12
  37. ޅުތުފީ

    ބުނުއްވާ ބައްލަވާ ތި ބުރި ޖު އެޅޭނެގޮތެއް...

    10
  38. ސައީދު

    މިއި މާމޮޅައް ކިޔަވއިގެންހުރި ކަންކަން ކުރަން އިގޭ މީހަކައް ހެދިގެން އުޅޭ ރޯނުއެދުރު ބުރާންޗެއް.މި ކަލޭގެ ގެ2008 ރިޔާސީ ލެމްޕެއިންގައި ބުނީ 3 ރިސޯޓާ ލެޕްޓޮޕްކުން ރާއްޖޭ ހިންގުމުގެ ކަންކަން ހަމަޖެހޭނެއޭ..ކޮބައިތަ ކޮބައިތަ 2008 ރިޔާސީ އިންތިހާބު ނިމުނީ ސަރުކާރު ކަންކަން ހިންގަ ލިބުނު ކަމައްބުނި 300މިލިއަންޑޮލަރު.. އެމްއެމްއޭ އަައްނުވައްދާ ފިނޭސްމިނިސްޓްރީ ގެ އެއްވެސް އކައުންޓަކައް އެފައިސާ ވަދެފައިނުވޭ.. ވަގު ކަލޭގެ ދިރުވާލީތަ އެ 300 މިލިއަންޑޮލަރ ..

    12
  39. މޯދީ

    މީ ކީކޭ ކިޔާ މީހެއް. ދެން މީނަ މިކަން ނުކުރީ ކީއްވެ. 77 މ ޑޮލަރަށް އެމީހުން ބްރިޖް އަޅައިދޭން ބުނި ވާހަކަ ދައްކާއިރު ނަޝީދު އަމިއްލައަށް ބުނީ ކަނޑު ހުރަސްކޮށް ބްރިޖެއް ނޭޅޭނެޔޭ. ދެން ކީކޭ މި ކިޔަނީ.

  40. ހަމަތަ

    ތި އިންޑިޔާއިންއެޅި ފުލެޓުތައްވެސް މިހާރު އެއޮށް ބޮލަށް ފައިބަނީ. ނަސީބެއް ބުރިޖު އަޅަން ހަވާލު ނުކުރިކަން.

  41. ޖާނު

    ޖީއެމްއާރަކީ ގާތްކުރާ ވަރަށްވުރެ މާބޮޑަށްވެސް ކޮރަޕްޓް ކުންފުންޏެއް. އެއަރޕޯރޓް ހިންގިއިރު ލިބުނު ޑޮލަރުތައް ރާއްޖޭގެ ބޭންކެއްގަ ނުޖައްސާ ފޮށިފޮށީގަ ބަންދުކޮށްގެން ޕްރައިވެޓް ޖެޓުގަ ރާއްޖެއިން ބޭރުކުރި ކަމަށްވަނީ. ވަރަށް ގޮތްކުޑަ ބައެއް.

  42. އަލީ

    އިންޑިއާ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި ޗައިނާ ހިނގާ މަގަކުންވެސް ދަތުރުކުރެވޭނެ ބަޔަކައްނުވާތީވެ ކުފޫހަމަނުބާ ބަޔަކށް އެކަހަލަ ކަމެއް ހަވާލުކުރުން ރަނގަޅެއް ނޫން އަދި 77 މިލިއަން އަކީ މިކަހަލަ ތަނެއް ގައި އިންޑިޔަައިން ލަކުޑިން އަޅާނެ ބުރިޖް ސިމެންތިން އަޅަންޏާ 300 މިލި ޑޮލަރު ރަނގަޅު. އެމްޑީ ޕީ މީހަކަސް އަޅުގަނޑު ހަގީ ގަތް ގަބޫލުކރަން މަނިކްފާން

  43. ނަފާ

    މިކަލޭގެ ހީިކުރަނީދިވެހިއްނަ ހަމައެއްވެސް އެއްޗެއް ނޭގޭކަމެއްތަ. ތިމައްނަ ބުނާަކޮއްމެއެއްޗެއް ގަބޫލުކުރާނެކަމަށްތަ.

  44. އަރޭދް

    އިންޑިޔާގެ ޖީއެމްއާރަށް ޖެހޭނެ ފޮޑިއެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވޭ. އެމީހުން އެއަށްވުރެ މާ ނުލަފާ. ރާއްޖޭގެ އެއަރޕޯޓް ދީފައި، އޭގެން ބިލިޔަނުން ފައިދާވަމުން ދިޔައރުވެސް ދިވެހިން އަތުން ޖިޒީނަގަމން ސަރުކާރުން ފައިސާ ދައްކަނމުން ދިޔައީ. އެކަމަށް ކުޑަކޮށްވެސް ލުޔެއް ނުދީއޮވެފަ، އިމުރާނުމެން އެވެރިން ބޭރުކުރާނެކަން ޔަޤީންވީމާ ދެން އުޅުނު ވާހަކަ ދައްކާށޭ ކިޔައިގެން. އޭގެ ކުރިން ކަހާތަން ހިރުވާވެސް ނުލި ބައެއް ތިޔައީ. ނުވާނެ ތިޔަކަމެއް އެމެންނަކަށް.

  45. Nanrey

    މީދެން ކިހާ ދެރަކަމެއްތަ މީނަގެ ސުންޕާ ކަމުން ދިވެހިން ސަލާމަތް ކޮއްދެއްވާށި އެވެ. އާމީން

  46. އަހަނދު

    ކުރިން ކީ 200 މިލިޔަން ޑޮލަރޭ
    މިހަރު 300 މާދަމާ ކިހާވަރެއްވާނެބާ؟ ބުރިޖު އަޅަން ހޭދަވީ 200 އެތަނުން 115 މިލިޔަން ޗައިނާގެ ހިލޭއެހީ. އެއީ ލޫނެއްނޫން. ބާކީ 85 މިލިޔަން ރާއްޖެއިން 11 މިލިޔަން ކަންނޭގެ ދިން. ބާކީ 74 މިލިޔަން އެއީ ލޯނު. ދެން ކޮބާ ބޮޑުއަދަދަކީ 74ތަ ނޫނީ 77ތަ؟ ހަމަ ކުރިމަތީގަ ފެނިފެނި ހުންނައިރުވެސް އަޅެ އެބަ ދޮގުހަދާ އޮޅުވާކައޭ.

  47. ދދދދދދ

    ބޭނުމެއް ނޫން ގެރިބުދާމެން ލައްވާ ބްރިޖް އަޅާކަށް. އެހެންނޫނަސް ކަލޭ ނަހަދާނެ ތެދެއް. ޗައިނާ ލޯނޭ ކިޔައިގެން ހަދާހާ ދޮގުތައްވެސް ދެކިބަލަ. ކަލޭ އަސަރު ކުރަނީ ދީ؟

  48. ސަންތިމަރިޔަބު

    މާލެ އަތޮޅު ގުރާއިދޫ މަރުކަޒުގާއި ތިބޭމީ ހުންވެސް ބުނި އެއްލަކަ ޑޮލަރަށް ބުރިޖު އަޅާއިދޭން މަނިކު ފާނުގެ ވެރިކަމުގާއި ކީއްވެތޯ އެކަން ނުކުރަށް ވާ އަވަސް އަރުވާލަށް ވާފަ އެމް އޭ ސީއެލް ބޯޑު އެފުއްމިފުށައް ޖެއްސެވުމަށް ފަހު 77 މިލިޔަން ޑޮލަރަށް އެއާޕޯޓް ވިއްކާލެއްވީ މިހާރު ތިވާގޮޔެއް އެބައެގޭ ބަޖެޓް އަޑިއަޅަންފެށީ ބަހާނާދަށްކާއިގެން ތަރަށްގީގެ ބޮޑެތި ޕްރޮޖެކްޓްތަށް ކުރިޔަށް ނުގެންދެވޭނެ ކަންއެގެންފެށީ ދެންއިވޭނީ ސަރުކާރު މުވައްޒަފުންގެ މުސާރައިން ޕަސަންޓް ކަޑަންޖެހޭވާހަކަޔާއި ބަހަނާޔަކަށް ފަހުބަހަނާއެއް ފެންމަތިވާނެ އެންމެ ފަހުން އޮޑި ދޫކޮށްލާފަ ފިލާރަށްކާވެދާނެ މަނިކުފާނުގެ ޕާޓީ ސަރުކާރުންވެސް އެބައޮތެއް ނޫންތޯ މާލެ ވިލިގިލި ތިލަފުށި ހުޅުމާލެ ގުޅާލުމުގެ ބިޔަމަސްރޫއު ނިކަން އެއް އަހަރު ކީކުރަންތޯ 5 އަހުން ވެސްނިންމާލަބަލަ މި މަރިޔަބު ދަތްގޯނި ކޮޑައްލާއި ގެން މާލެ އިން ވިލިގިއްޔަ ވިލިގިލިން ތިލަފުއްޓަށް ތިލަފުށިން ހުޅުމާލެޔަށް ހުޅުމާލެ އިން ޔާމީނު ބުރަކަށި މަތީގަ ދުއްވާލާފަ މާލެޔަށް އައިސް ކެނެރީގެޔަށް ވަދެ މަނިކުފާނަށް ރީތި ހުދު ދަތްޕިލާއެއް ޖަހާދޭނަން 1 ޑޮލަރަށް ބަލަ ޔާމީނު ސަރުކާރަށް އެތެރޭން ނާއި ބޭރުން އިންތިހާޔަށް ނޮހޮރުއްޕާން ކުރަމުން ފަތުރުވެރިކަން ބޯއިކޮޓް ކުރަން ގޮވަމުން މޭޑޭ ފާހަގަކުރަމުން ދިޔައިރުވެސް މާސިންގާބިޔަ ޕުރޮޖެކްޓުތަށް ފަތުއަޑުކިޔާފަ ދިޔައީކުރިޔަށް ޖީއެމްއާރަށް ދައްކަން ޖެހުނު ފާއިސާތައް ވެސް ދައްކަމުން ނޭދިޔައީ ސިކުޑީގެ ބަދަލުގަ މީދާކޭ އުބެއް ބޮލަށް ޖަހާފައިނީމާ ވިސްނުން ހުންނާނީ ތިހާކަންހާވަރަށޭ ހަމަ ހިނިއަންނަނީ

  49. ޜައްޔިތު

    ރައީސް ޔާމީން ގެ ރަގަޅުކަން މިހާރު އިހުސާސް ކުރެވޭ ދިވެހިން ކަޅު ދުވަސްތަކެއް ދެކުމުގެ މަގުމަތީގައި ޔާ ރައްބު މި ވަތަން މި ނުބައި ހީލަތްތެރިންގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ. ޢާމީން.... ދިވެހީންނަށް އިހުސާސް ކުރެވޭނީ ކަމެއް ލައިގަތީމަ

  50. މުކި

    ޗައިނާއަށް އެއަރޕޯރޓް ދިންނަމަ 5 މިލިއަނަށް ބްރިޖް އެޅާދޭނެ

  51. ސިކަންދަރު

    އެހެންތާވާނީ އެއީ ހިތްތަކުގެ ރައީސް، މިގައުމުގެ ރަށްޔަތުން އަޅުންނައް ހަދައިފި ޖީއެސްޓީއޭ ކިޔާފަ ޖިޒީނަގަން ފެށީ އެފައިސާއިން މުސާރަޔާ އިނާޔައް ނަގަނީ ސަރުކާރުން ވިޔަފާރި އެއް ނުކުރާނޭ ކިޔާފަ ބޭރުމީހުންނައް އެއަރޕޯޓްދިނީ ބިންތައްދީގެން ފުލެޓް އަޅައިގެން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގަނީ ރައްޔަތުންނަށް މީއަނިޔާއެއް ނޫންތޯ ޕުރިމެއިޑުމެނައް ރައްތައްދީ ރައްޔަތުންގެ މުދާ ނަހަމަގޮތުގައި ބޭނުންކުރީ އެ މަނިކުފާނު ވެރިކަމާއިގެން އުޅުއްވަނީ އެހެންވީމާ ހަސަދަވެރިން ކޮންމެ ޔޯލައެއް ގޮވިޔަސް ގަބޫލުކުރާމީހުން ގިނަވާނެ އެހެންނޫނަސް ލޯތަބަކީ ފާޑެއްގެ އެއްޗެއް އެއީ ކަނުލޯބި އެހެންވީމަ ނޫންތޯ ވެރިކަމުގަ 98އާގް ބޯޓްގެ މަސްއަލަވެސް ނުބެލުނީ ރައްޔަތުންގެ ތަރިކަ މުދާ ވެރިކަން ހަވާލް ކޮއްލީމަ ތިޔަ ހުސްކޮއްލަނީ ވެދުމާ ސަލާމް