ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިއްޖެނަމަ ރާއްޖޭގެ ބިމާއި މިނިވަންކަން ގެއްލިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރާއްޖޭގެ ހަރުމުދާ މި ސަރުކާރުން ވިއްކާލައި އިގްތިސާދު ނަގާލުމާއި ގުޅޭގޮތުން ޕީޕީއެމްއިން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ދަރާފައިވާ 4.2 ބިލިޔަނަށްވުރެ ގިނަ ފައިސާ ދައުލަތުން ދައްކަން ޖެހޭ ކަމަށެވެ.

"ޗައިނާ އަށް މި ދަރަނި ނުދެއްކުނީމަ ދެން އެދޭނީ ޕްރޮޖެކްޓްތަކުގެ ހިއްސާ ދިނުމަށް އަދި މި ހިއްސާއާއި އެކު ދިވެހިންގެ ބިމާއި މިނިވަންކަން ގެެއްލިދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަަށް ވިދާޅުވީ މި ސަރުކާރުން އެ ދަރަނި ދެއްކުމަށްޓަކައި ހިންގަވާ ހަރުދަނާ މާލީ އަދި އިގްތިސާދީ ސިޔާސަތުތަަކަށް ހުރަސްއެޅުމުގެ ޖާގަ ދެވިގެން ނުވާނެކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާ ވަރަށް ޗައިނާގެ ދަރަނި ބޮޑުވެފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ ސަރުކާރަށް ޗައިނާއިން ބޮޑެތި ލޯންތައް ދީފައިވަނީ އެ ފައިސާ އަނބުރާ ނުދެއްކުމުން އެ ގައުމުން ބުނިހާ ގޮތެއް ހަދަން ޖެހޭ ގޮތަށް ހެދުމަށް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮރަލް

    ޔާމީން އޮތީ ފައިސާ ދެއްކޭނެގޮތް ހޯދާފައެވެ. މި އަންނި އަކީ ރައީސްކަމާ ހެދި މޮޔަ ވާ މީހެކެވެ. އިބޫ އަށް ވެސް ޖެއްސުން ކުރަނީއެވެ.

    38
    2
  2. ހޭބަލިވެދާނެ

    ޗައިނާއަށް ދަރަނި ނުދެއްކެންޏާ ނުދެއްކޭނީވެސް 2008 ވަނަ އަހަރު އައި ސަރުކާރުން ހަދާފައިވާ ދޯހަޅި އެއްބަސްވުން ތަކުގެ ސަބަބުން. އޭގެ ތެރެއިން ބައެއް އެއްބަސްވުން ތަކުން މިގައުމަށް ވި ފައިދާއެއް ނެތް. އަނެއްބައި އެއްބަސްވުންތައް ރަނގަޅުކަމަށް ފެނުނަސް އޭގެން ފައިދާއާއި އެއްވަރަށް ގެއްލުން ލިބޭ. ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އައު ގޮތެއް މިސަރުކާރަކަށް އަދި ނުފެނޭ. ނިމިދިޔަ "ވަގު" ސަރުކާރުން ގެނައި އިންވެސްޓްމެންޓް ތަކުން ލިބޭ އެއްޗަކުން މިސަރުކާރު އަދި އެހިންގެނީ. ދެން ކޮސްނުގޮވާ، ގައުމު ދަރަނިވެރިނުކޮށް، ހެޔޮއަމަލު ގިނަކުރޭ..

    35
  3. ނަނާ ހުވަ

    ޥެރިކަމާ ދެންތިވަރުން ހަވާލު ވީ ކީއްކުރަންތޯ؟ތިއިން އެގެނީ މުސާރަފުޅުގެ ބޭނުމުގައި އެކަނިކަމަށް! ޢެމީހަކު ކެޑި ކަޑުލެއްގެ ހިތިފިލުވަން އެމީހަކާ ހަވާލު ކުރުން ބުއްދިވެރިންގެ ގޮތަކީ!

    32
    1
    • ތެދުބެ

      އެއީތެދެއް. ތިހާ ބޮޑު ދަރަންޏެއް ޔާމީން ސަރުކާރުން ނަގާފައޮތްކަން ކުރިން އިނގޭއިރު އަދި އެމްޑީޕީގެ ވެރިކަމުގައި އެފަދަ ބޮޑު ދަރަންޏެއް ދައްކާ ޚަލާސްނުކުރެވޭނެކަން އިނގޭއިރުގައި ކީއްވެތޯ އެމްޑީޕީ ވެރިކަމަށް ކުރިމަތިލީ. ކުރިމަތި ލީމަދޯ ރައްޔިތުން އެމީހަކު އިންތިޚާބުކުރީވެސް. ވީމާ ދެން އެއްމެ ބުއްދިވެރިގޮތަކީ ކުރީ ސަރުކާރުތަކުގެ ދަރަނިތައް ދައްކާފަ އިތުރު ލޯނު ނެގި މީހުންނާ ވެރިކަން ޙަވާލުކުރުން. ކުރިންވެސް ލޯންތައް ދެއްކި މީހުންނަށްދޯ އެލޯންތައް ދެއްކޭނީ. ތަނެއްގަ އަދި މީހަކު ހުއްޓަސް ގައުމެއް ނުހިންގޭނެ. ރީނދޫ ފިޔޮށްތައްވެސް ވެއްޖެ ދޯ މައިފިއްލަން މިހާރު.

      16
  4. ޢަދުރޭ

    ކެނެރީގޭ ބުއްފުޅި ނޫންތޯ ބުނީ ތި ބްރިޖެއް ނޭޅޭނެޔޭ . ކިހިނެއްތޯއޭ އަޅާނީ . ޢެޅީމާ ލަދުޙަޔާތް ނެތްކަމުން ބުނިީ ތިމަން މެންނޭ އެންމެ ފުރަތަމަ ތި ބްރިޖުން ދަތުރުކުރާނީ ތީ ދިވެހި ރައްޔިތުންގެ ފައިސާއިން އަޅާފަ ހުރި ބްރިޖްއެކޭ .. މި ގޮތަށް މިކަލޭގެ އެއްފަހަރު ބުނާ އެއްޗެއް އަނެއްފަހަރު ދިމާނުވިޔަސް ލަދެއް ނުގަނޭ . ބޮލިރަވައެއް ހެން ތަޅުވަމުން ގެންދާނެ . މިކަމާ ދިވެހި ރައްޔިތުން ހާސްވާނެ ކަމެއްނެތް .މިކަލޭގެއަކީ ކުރިއަށްވާން ހުންނަ ކަންތައް އެނގޭނެ މީހެއްނޫން .އަމުދުން ތެޔޮ ބިޑިޔާ ގަންޖާ ޔާ ރަލަކީ މީހާގެ ސާފުތެދު އީމާންކަމުން ލިބޭ އިލާހީ އިލްހާމްތަކަށް ހުރަސް އަޅާ އެއްޗިހި .ޝައިތޯނާގެ ފުށުން މީނަޔަށް އެނގުނު އެއްޗެއް އެއީ ބްރިޖް ނޭޅޭނެކަން . ބުއްފުޅި ދޮހޮއްތު ދެލޯ ހުޅުވާފަ ބަލާބަލަ ނޭޅުނުތޯ !

    27
  5. ކާފަބޭ2019

    ބަލަގަ ޗައިނާއަށް ލޯނުދައްކަންފަށަން އަދި ކިހާދުވަހެއްބާކީއެބައޮތްތޯ ފަޔަށްހިނިއަރާތީތިޔައުޅެނީ ޖަލްސާއެއްބާއްވާފަ މިހާރުހުރިޤާނޫނުތަކާޚިލާފަށް ހަދާއެއްބަސްވުންތައް އެފުށްމިފުށަށްޖަހާނެކަމަށް ބުނުމުންތޯ ކޮންމެމީހަކުވެރިކަމަށްއަޔަސް ޤައުމަށް ގެއްލުންވާގޮތަށް އެއްވެސްއެއްބަސްވުމެއްވާނަމަ އެއެއްބަސްވުމެއް އުވާލާނެ އެއަރޕޯޓުއެއްބަސްވުން އުވާލީއެހެންވެގެން ޤައުމަށްހެޔޮއެދޭއެއްވެސްމީހަކު އެކަހަލަކޮސްއެއްބަސްވުމެއްނުހަދާނެ މިޤައުމުގައި ދިވެހިންނަކީ ދެވަނަދަރަޖައިގެބަޔަކަށްނުހަދާށެވެ.

    19
  6. ގައްދާރުންގެ އަޅެއްތީ

    ތިދަރަންޏެ މޑޕއަކަށް ނަޝީދަކަށް ނުދެއްކޭނެ. އެފެންވަރެ މޑޕގަ ނަޝީދުގެނެތް. އެހެންވީމަ މިގައުމަށް ހެވަށްއެދެންޏާ ވެރިކަމާ ކައިރިނުވެ ގޮނޑި ދުއްވަން ނަޝީދު ޔޫކޭގަ މަޑުކުރޭ. ރޔާމީންނަ ވެރިކަން ހަވާލުކުރޭ. އެމަނިކުފާނު ތިދަރިނިދައްކާ އަދި އިތުރު ދަރަނި އަދާކުރުމުގެ ގާބިލްކަން ރޔާމީންގެ އެބަހުރި. ރޔާމީނަކީ އުނގުވިޔަފާރިކޮށް އުޅުނުމީހެއްނޫން ރނަޝީދުގޮތަށް. ނަޝީދަކީ އުނގުވިޔަފާރިވެސް ކުރަންދަންނަމީހެއްނޫން. އިންޑިޔާއަށް މިގައުމު އަޅުވެތިކުރަން މިސަރުކާރުންހަދާފައޮތް ކޮއްމެ އެގްރިމަންޓެ މިވެރިކަން ނިމުމުން ބަދަލުކުރަންޖެހޭ.

    16
  7. ހުވާމި

    މި ސޮރަކީ މިޤައުމަށްހުރި ބޮޑު މުސީބާތެއް. ޤައުމުގެ ޒުވާން ޖީލް ހަލާކުކޮށްފި ދޮގު ހެދުމާ ރައްޔިތުން މަގުފުރެއްދުން މިސޮރުގެ ބޭނުމަކީ .ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މި ކެނެރީގޭ ނަސީދުގެ ކިބައިން މިލޮބްވެތި ޤައުމު ސަލާމަތްކޮށް ދެއްވާށި އާމީން.

    22
  8. ތާޖިރު

    މިކަނޑުކޮސް ގޮވާހާ ކޮހަށް އެއްޗެކޭ ނުބުނުން އެންމެ ބުއްދިވެރިވާނީ. ރޯމާދުވާލު މީރޭގަނޑޭ މިކަލޭގެ ބުންޏަސް މިސަރުކާރު ގެންނަން ވޯޓުލީ މީހުންގަބޫލު ކުރާނެ. އެހެންވެގެން ޙަޔާތެއްނެތިގެން އެކަހަލަ ވާހަކަ ދައްކަން ކެރޭނީ. މިކަލޭގެ 2008 ގައި ޖީއެމްއާރާއެކު ކުރިއެއް ބަސް ވުން ރޫޅާ ނުލިނަމަ މިއަދާ ހަމައަށް މިރާއްޖެ ނުއޮތީސް. އެވަރު ނޭގޭ ސަލައިވާއެއް ތިޔައީ.

    12
  9. އ. ޖ. އ

    ރައީސް ޔާމީން ޒިންމާ ނަގަން ޖެހޭ ކަމެއް

    18
    • ޢ ހ ނތ މޒ

      ޓާޓާއަށް ފުލެޓް އަޅަންދިނުމުން ލިބުނު ގެއްލުމާ ޖމރއަށް އެއާރޕޯޓު ދިނުމުން ލިބުނުގެއްލުމާ ދަތުރު ފަތުރުކުރަން ދިން ފަޅުރައްތަކާ ބިންތަކުންލިބުނު ގެއްލުމާ އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލަން މިގައުމަށްގެނައި އިންޑިޔާ ސިފައިންނާ ހެލިކޮޕްޓަރާ މިހެންގޮސް ހުސްނުވާވަރަށް މޑޕއާ ނަޝީދު ހިންގާފަހުރި ޖަރީމާތަކުގެ ޒިންމާ ކާކުބާނަގަނީ. ނަޝީދު ނަގަންޖެހޭ ޒިންމާއެނެތި ރޔާމީން ޒިންމާ ނަގަންޖެހެނީ ކޮންއުސޫލަކުން. ދަރުމަވަންތަ ހޮސްޕިޓަލާ ބްރިޖާ ވެލާނާ އެއާާރޕޯޓާ މިތަންތަނުން ކަލޯމެން ޙިދުމަތްނުހޯދައްޗޭ. ޒިންމާގެ ވާހަކަދައްކަން.

    • ޔާމީނު

      ޒިންމާ ނެގޭނީ ޒިންމާ ނެގޭވަރުގެ އާރާއި ބާރާއިއެކު އިންތިޚާބުވީމަ. ތިޔަގޮތަށް ފުރިހަމަ ޒިންމާ ނަގަންވެގެންދޯ އިންތިޚާބަށް ކުރިމަތިލީވެސް. އެކަމު އިންތިޚާބުގަ މަކަރާއި ޙީލަތް ހަދައިގެން އެމީހުން އެތިބީ ލޯން ދައްކަންޖެހޭކަން އިނގުނީމަ އަނގަ އައްޕަތަހެއް ހަދައިގެން. ބަލަ ޔާމީނު ނެގި ލޯންތަކުގެ ފުރިހަމަ ޒިންމާ ނަގަންނޭ އިންތިޚާބަށް ކުރިމަތިލީ. އެކޮއި. ދެކުނީމެންނު ވެހޭ ވާރޭތެރޭގައިވެސް ރ.ޔާމީނު ރައްޔިތުންނަށް އާދޭސްކުރިތަން. އެކަމު ރީނދޫ ފިޔޮށްތަކާއި އެވެރިންގެ އައުވާނުން ބޭނުމެއްނުވި އެލޯން ދެއްކޭ ވަރުގެ މީހަކު އިންތިޚާބުކުރާކަށް. ކަލޯ ވިސްނާބަލަ

      10
      1
  10. ރަންނަމާރި 19

    ރައީސް މީހާ ހަމައިގަތޯ ތިހުންނަވަނީީ މިދުވަސްކޮޅު. މިހާރުު ސައްކު. މޮޔަނުގޮވާދެން ރީތިކޮންހުރެބަލަ އަނެއްކާވެސް ތިހެން އަގަތަޅަތަޅާފަ. މަގޭ ބޮލުގަ ބަޑި ޖައްސައިގެންރަތްއިތުންގެ މަޖުލީހުގެ ރައީސްކަން ބާލަން އެބަމުޅެއޭކިޔާ ދެން. މިހާރު ތިހިރީ މޮޔަގޮވަގޮވާ. ދެންވެސް ރީތިކޮން ތި ސުންޕާ އަގަ ނާރުވާ މަޑުން ހުރެވޭތޯބަލާ

  11. ހެހެހެ

    ބާޢީ ލުތުފީގެ ކަންތަކުން ސަމާލުކަން އަނބުރަން ނުކިޔާ އެއްޗެއް މިހާރަކު ނެތް.

  12. އަންބުޗު

    ކަލޯ ! ބަލަގަ ތިޔަ ދަރަންޏާ ކޮފިގަތީ ކޮންޗެއް ހަނދާން ވެގެންހޭ! ދަރަނި ނުދެއްކެންޏާ ރައްކާވާށޭ! ފެއްސޭށޭ! އިސްތިއުފާދޭށޭ! ނުފޯރާފޮތިން ފޫގަޅަންޏާ ދެން ފެންނާނީ ޗައިނާއަށް ! ?

    10
  13. ގައުމީ ލޯބި

    މީ މިޤައުމަށް ގެހިފަވާ ވަރަށްބޮޑު ވަބާއެއް.މިވަބާއިން އަޅަމެން ސަލާމަތްކުރައްވާށި. އާމީން

  14. މިއަދު

    ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓަށް ދައްކަންޖެހޭފައިސާ ދެއްކީ ރައިސްޔާމީނުގެ ސަރުކަރުން ޗައިނާއަށް ދައްކަންވާ ފައިސާއެއްއޮތްނަމަ ދައްކަންޖެހޭނީ އިބުރަހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން މިހާރު 5 އަހަރުފަހުން ދައްކަން މިނަގަ ފައިސަ ދައްކާނީ ދެންއަންނަ ސަރުކާރަކުން އެއީ އަބަދުވެސް އެކަން އޮންނާނެގޮތް މިއިންނަ އެއްވެސް ރައީސަކީ 2 ރިސޯޓާއި ލެޕްޓޮޕަކުން ގައުމު ހިންގަން އެނގޭ ރައީސުންނެއްނޫން ކޮންކުރީޓު ބޭނުންނުކޮށް ގައުމު ތަރައްގީކުރަން އެނގޭވެސް ރައީސުންނެއްނޫން އެކަން ކުރަންއެގޭނީ ހަމައެކަނި ރައީސް ނަޝީދުއަށް