އެމްޑީޕީން ބުނާ "ދަރަނި ދަންތުރަ" ގޯސް ކަމަަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފް ވުމުން އެކަމަށް ރައްޔިތުންގެ ކިބައިންްްނާއި ގައުމުތަކުގެ ކިބައިން ނަޝީދު މައާފަށް އެދެން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެވެއެވެ.

ސައީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއް ބަޔަކު ރުއްސަން އަނެއް ބަޔަކު ކަތިލާކަށް ނުޖެހޭ ކަމަށާއި ޔާމީން ސަރުކާރުގައި ބޮޑު އަގުގައި ހިންގި ޕްރޮޖެކްޓެއް ބުނެދެއްވަން ސައީދު ވަނީ ނަޝީދު ކިބައިން އެދިފައެވެ.

"އެމްޑީޕީން ބުނާ ދަރަނި ދަންތުރަ ގޯސް ކަމަަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފް ވުމުން އެކަމަށް ރައްޔިތުންގެ ކިބައިންނާއި ގައުމުތަކުގެ ކިބައިން ނަޝީދު މައާފަށް އެދެން ޖެހޭ" ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ޖީޑީޕީގެ 15 އިންސައްތަ އެވެސް ވަކި ގައުމަކަށް ދައްކަންޖެހެއޭ ބުނާއިރު ފާއިތުވެދިޔަ 7 ނުވަތަ 8 ވަރަކަށް އަހަރު ރާއްޖެއަށް ފަތުރުވެރިން އައި ގޮތްވެސް ބަލަން ޖެހޭ ކަމަށެވެ.

"އެމްޑީޕީ ސަރުކާރާއި ހަވާލުވެ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ތިނެގީ ހިލޭތޯ, އަދި އެ ލޯން ދައްކަން ޖީޑީޕީގެ ކިތަށް އިންސައްތަ ދައްކަން ޖެހޭ ތޯ " ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

ރާއްޖޭޭޭގެ ހަރުމުދާ މި ސަރުކާރުން ވިއްކާލައި، އިގްތިސާދު ނަގާލުމާއި ގުޅޭގޮތުން ޕީޕީއެމުުުުން ބޭއްވި އެވުމެގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ދަރާފައިވާ 4.2ބިލިޔަނަށްވުރެ ގިނަ ފައިސާ ދައްކަން ދައުލަތުން ދައްކަން ޖެހޭ ކަމަށާއި ނޫންނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބްރާހިމް

    ސައީދު ތި ދައްކަވާ ވާހަކަތަށް ނަޝީދަކަށް ފަހުމެއްނުވާނެ.

    101
    1
    • Anonymous

      އއީތަކުހުރިމަރުމޯލެއް. ބުރާންޗެއް. ވަހުމެއްވިޔަސް ފަހުމެއްނުވާނެ.

      42
  2. މަރީ

    އެއީ ގަމާރެއް، އޭނަޔައް އިގޭނެ އެއްޗެއް ނޯންނާނެ ކިތަންމެ ވަރަކައް ކިޔާދިނަސް، ގަވްމްގެ ދުވަސް ދުއްވާލުން ފިޔަވާ

    81
    1
  3. علي وحيد

    ނަސީދު ތިދައްކަނީ 4.2ބިލިޔަން ރުފިޔާގެ ވާހަކައެވެ ޤައުމުގެ މިނިވަންކަން ނަގާލަންޖެހޭތޯއެވެ. ނުޖެހޭކަންކަށަވަރެވެ. ސަބަބު 2013އި ގަ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި حوال ވިއިރު މިކުޑަކުޑަ ދިވެހިރާއްޖޭގެ ދަރުވާލާފައޮތީ 33 ބިލިޔަން ރުފިޔާ އަށެވެ. ޤައުމު އަޅުވެތި ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވާފަ 33 ބިލިޔަން ރުފިޔާގެ ދަރަނިއަދާކޮށްފަ ދިވެހިދައުލަތުގެ ރިޒާވު 788.8މިލިޔަން ޑޮލަރުގެ ރިޒާބުއެއް އިތުރުކުރިއެވެ. އިބޫ ހެޔޮނުވާނެ މިޤައުމު ވިއްކާ ނުލާ އިސްތިއުފާ ދެއްވާ

    88
    2
  4. އަފީ

    އަދުގެ ސަރުކާރުގައި އިކޮނޮމިކްސް ކިޔަވައިގެ ހުރި ހަމަ އެންމެ މިހަކުވެސް ނެތް

    81
    1
  5. ސޯބެ

    އަޑުގަދަ މީހާ ހަކުރު ގިނަވޭ ބަލަން މިތީބީ ޖިއެމް އާރުން 70 މިލިޔަނަށް ބުރިޖު ވެސް އެއާރޕޯޓް ވެސް 70 މިލިޔަނަށް

    62
    1
  6. ޑޯންވޮނާ

    ރައީސް އިބޫ އެންމެ ފަހުން ބޭއްވި ނޫސް ކޮންފަރެންސް ގައި ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލު ތަކެއް އެބަހުއްޓޭ ފުރަތަމަ ސުވާލަކީ އެއީ ކުރީ ސަރުކާރުން ބިނާ ކުރަމުން އައި ފްލެޓްސް ތައް ކުއްޖޭ ކިޔާ އެފްލެޓްސް ތަކުގެ ސްޓްރަކްޗަރ އަށް ދަންދެން ތަޅާލާ ބޮޑެތި ބަދަލު ގެންނަން އަސްލަންޓޭ މެން އަޑީގައި ތިބެގެން ދަ ރާއްޖެތެރޭގައި އެމެން ގެންގުޅޭ އީގޯ ސިންޑްރޯމް އުސޫލު ގެންގުޅެން އެޕްރޮޖެކްޓް ހުއްޓާލީ އެއީ އެފްލެޓްސް ތައް ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ އެކަކު ގާތު ވެސް އެއާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައި ނޫނޭ އެކަން އެގޮތަށް ކުރީ ކިއެއްވެތޭ ކިއެއްވެތޭ އިބޫ މެން ބާއްވާ ވައްލަކޫޓި ފޯރަމް އެއް ފްލެޓްސް ތައް ލިބޭ މީހުންނާއި އެކު ނުބޭއްވީ ކިއެއްވެތޭ ނުބޭއްވީ ކޮންސްޓްރަކްޓް ކުރަމުން ދާއިމާރާތުގެ މަސައްކަތުގެ %85 މަސައްކަތް ނިމި ނިމި ހުއްޓާ އިމާރާތުގެ މަސައްކަތް ހުއްޓުވާލާ އިމާރާތުގެ ކޮންކްްރީޓް ތަނބު ތައް ތަޅާލާ އަދި އިމާރާތުގެ ސްލެބް ތަޅާލުން އެއީ އިމާރާތް ފުނޑާލުން ނޫންތޭ މަމެންނަށް ޔަގީނޭ ދެން ތިޔާ ފްލެޓްސް އިމާރާތަށް ވަންނަން ހެޔޮނުވާނެ ކަމަށް ދެން ތިޔާ އިމާރާތް ބޮލަށޭ ވެއްޓޭނީ އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން އިޓް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން އިޓް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން އިޓް...

    20
  7. ކީއްވެތޭ

    މަމެންނަށް ޖަވާބު ނުލިބޭ ސުވާލު ތައް ވަރަށް ގިނައޭ ފުރަތަމަ މަމެން ރައީސް އިބޫ އާއި ކޮށްލަން ބޭނުންވާ ސުވާލަކީ ކިއެއްވެތޭ މާލޭގެ ރަސްފަންނުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ފްލެޓްސް ތައް ހުއްޓާލާ އެ ފްލެޓްސް ތައް ހުޅުމާލެ އަށް ބަދަލުކުރީ އަދި ވެސް އެއުޅެނީ އެކަމުގެ އަމަލީ މަސައްކަތް ނުފެށިގެންނޭ މަމެން ހުވާ ކޮށްފައި މިބުނީ ދެން އެފްރޮޖެކްޓްގެ މަސައްކަތް ނުފެށޭނެއޭ އެކަން އެދިޔައީއޭ މިނިސްޓަރު އަސްލަންޓޭ މެންނަށް ނޭގޭނެއޭ މާލޭގައި ކަންކަން ކުރަންވާ ގޮތް މާލެ ޕްލޭން ކުރަން ނޭގިގެން މަމެން ވެސް ނޫޅެމޭ މަމެންނަށް ނޭގުނު ޕްލޭނެއް އިނގޭނެ އެއް މީހަކު ވެސް ނުހުންނާނެއޭ މުޅި ސަރުކާރުގައި ވެސް ރަސްފަންނުގައި އިމާރާތް ކުރަން ޖެހޭ އިމާރާތް ތައް ހުޅުމާލެއަށް ބަދަލު ކުރުމުން އޭގެ ބޭނުން ދިޔައީއޭ ދެން އެކޮންޑޯސް ތަކާއި އެހޮޓަލުގެ ވިޔަފާރީގެ ޑިމާންޑް އެދިޔައީއޭ މިޒާތުގެ ކަނޑުކޮސް ކަންކަން ރައީސް އިބޫ ކުރަނީ ކުރީ އެއީ ހަސަދަ ވެރިކަން ކުރިއަށް ނެރެގެންނޭ އެކަމަކު މީ ކޮށްގެން ވާނެ ކަންކަމެއް ނޫނޭ..

    16
  8. ކިއެއްވެތޭ

    ޖަވާބު ނުލިބޭ ސުވާލު ތައް މަމެންގެ ވަރަށް ގިނައޭ ސަބަބަކީ މިސަރުކާރުން މާލެ ސަރަހައްދުގެ ތަރައްގީ އަށް އެއްވެސް ކަމެއް ނުކޮށް ލިބުނު ފައިސާ ކޮޅު ވެސް ދަ ރާއްޖެތެރެއަށް އަޅާލާ ބޭކާރު ޚަރަދު ތައް އެފައިސާ އިން ކުރާތީވެ އެކަން އެގޮތަށް ކުރަނީ އެއީ ކިއެއްވެތޭ މަމެން ރައީސް އިބޫ ގާތު ސާފުކޮށްލަން ބޭނުންވެއޭ ދެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެންމެ ގިނަ އަދަަދަށް މަސައްކަތް ކުރަނީ އެއީ ޕްރޮޖެކްޓްސް ތައް ހިންގާ ރިސޯރޓްސް ތަކާއި އަދި އޮޕަރޭޓް ކުރަމުންދާ ރިސޯރޓްސް ތަކުގަިއ ކަމަށްވާއިރު އެކަން ކަން މިސަރުކާރަށް އަހަރު ދުވަސް ވާން ކައިރިިވަމުން ދާއިރު ވެސް އެކަން ހައްލު ނުވެ އޮތީ އެއީ ކީއްވެތޭ އެއީ ސީދާ އެމްޑީޕީގެ ބޮޑުން ތަކޭ އެންމެ ގިނައީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ މީހުންގެ ތެރޭގައި އަދި އިކޮނޮމިކް މިނިސްޓަރަށް ބައިއަޅާ ކުންފުނި ތަކުންނޭ އެންމެ ގިނައިން އެކަން ކުރަނީ އެހެންވެއޭ އޭނާ އެކަން ދިފާއު ކޮށް އެކަން ރަނގަޅު ނުކޮށްގެން އުޅެނީ

    9
    1
  9. ބުރޯ

    ނަސީދަކީ އެއްޗެއްދަންނަ މީހެއްނޫން ކިޔެވީ މެރިޓައިމް ، މެރިޓައިމް ކިޔަވައިގެން އައިސް ފައިނެސްލް ދާއިރާގަ އެކޮނޮމިސްޓަކަށް ވާންވެގެން ވާހަކަ ދެއްކީމަ ދެން އެރޭނީ ފައިން.

    33
  10. އެބައުޓްއަސް

    ޖަވާބު ނުލިބޭ ސުވާލު ވަރަށް ގިނައޭ މަމެންގެ ރައީސް އިބޫ މެން އިންޑިއާގެ އެމްއެމްއެކްސްޕޯރޓަށް ފައިސާ ދޭން ވެގެން ސްކޫލް ތަކުގެ ހެދުނު ނާސްތާ ޕްރޮގްރާމް އޭ ކިޔާ 1 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ނަގާ އިންޑިއާގެ އެމްއެމްއެކްސްޕޯރޓަށް ދޭއިރު ރައީސް އިބޫ ވައުދު ވެފައިވަނީ އެއީ ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ދޭނީ މުޅިން ވެސް ދިވެހި ކުންފުނި ތަކަށް ކަމަށް ކޮބާތޭ ދިވެހި ކުންފުނި ތަކަށް ދެވިފައި މިކަން ކަން ރައީސް އިބޫ މެން ވެފައިވާ ވައުދާއި އެއްގޮތަށް ނުކުރަނީ އެއީ މަމެން ދެކޭ ގޮތުގައި ދިވެހިރައްޔިތުން ސިޑިއަކުން ފައިބަ ފައިބާ ހުއްޓާ ފުރަގަހަތުން އައިސް ކޮޅު ފައިން ދިވެހި މީހާ ފޫކޮޅުގައި ޖަހާ އޭނާ ސިޑިން ވައްޓާލުން ފަދަ ކަމެކޭ މިކުރަނީ ރައީސް އިބޫގެ ވެރިކަމުގައި ރައީސް އިބޫގެ ކެބިނެޓުން ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ

    11
  11. ނާނަ

    ރައީސް ނަޝީދު ރޯމާދުވާލު މީ ރޭގަނޑެކޭ ވިދާޅުވިޔަސް އެންޑީޕީ މީހުން އެބަހަށް އީމާންވާނެ. އެހާވެސް ވަފާތެރިވާނެ.

    23
    2
  12. ޢަބްދުﷲ ސަޢީދު

    ތަންދޮރު ފިލާވަރަށް ޢިލްމު ލިބިފައި ހުއްޓަސް މީހާގެ އުޅުން ވަރަށްގޯހެވެ. 2004 ގެ ފަހުން މިރާއްޖެއަށް ދިމާވަމުން މިދަނީ، ވަރަށް ބަދުނަޞީބު ދެރަގޮތެވެ. ލީބިޔާއާއި ޢިރާޤާއި މިޞްރާއި ސޫރިޔާގެ ޙާލަތަށް މިރާއްޖޭގެ ޙާލަތު ނުގޮސް މިއޮތީ، މިތާނގައި އެއްދީނެއްގެ، އެއްނަޞްލެއްގެ ބަޔަކު ދިރިއުޅެމުންދާއިރު، މިތަނަކީ، ކުޑަކުޑަ ތަނަކަށްވުމުންނެވެ. والله اعلم

    15
  13. އިބުރާހީމޫ

    ޔާނު ޤައުމެށްނުހިންގާ.. އޭރުބައިތުލްމާލު ބޭރަށްހިންގީ....ޤައުމުހިންގީކީނޫން...ޤައުމުދަރަނިކުރުވީ، ދިވެހިން އެއަށްވުރެރޯފިލާތީއިލެކްޝަނުގަ ޔާނުބޮޑުތަނުންބަލިކޮށް ބޭރުކޯށްލީ.....ޔާނުކުރިކަމަކީ ލޯނުތައްނަގާ އޭގެންބޮޑުބައިޖީބަށްލާ ފޭރި ބައިތުލްމާލު ލޫޓުއަރުވާލީ...ހިފާހައްޔަރުކުރޭ

    1
    7
  14. ބާނީ

    ސަޢީދު ވިދާޅުވީ ތެދުފުޅެއް މަޖިލީހަކީ ޝަރުޢީކޯޓުތަ މިސަރުކާރުން އެތަނުގަކުރަނީކީއްތަ