ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާކުރި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާތީ އެކަމާމެދު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގައި ހިނގި ހާދިސާއާ ގުޅިގެން ކްރިމިނަލް ތަޙްޤީޤެއް ފަށާފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ހާދިސާގައި ބައިވެރިވި މީހުން ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށާއި އެފަދަ މީހުންނަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށް ޝަމީމްވަނީ ސިފަ ކުރައްވާފައެވެ. އަދި މިހެންކަމުން އަނިޔާ ކުރުމުގައި ބައިވެރިވި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރޭ މީހަކަށް ފުލުހުން އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު އެ ވީޑިއޯގައި ފެންނަ ގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ފުލުހުން ކޯޓް އަމުރެއްގެ ދަށުން ވަން ގެއެއްގައި ހުރި މީހަކު ވައްޓާލައިގެން އޭނާއަށް ފުލުހުން އަނިޔާ ކުރެއެވެ. އަދި ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އަނިޔާ ކުރީ ފުލުހުންނަށް ނުކިޔަމަންތެރިވި މީހަކަށް ނޫނެވެ.

އޭނާ ވައްޓާލުމަށް ފަހު ވަށައިގެން ފުލުހުން ތިބެ އޭނާއަށް އަނިޔާ ކުރަމުން ދިޔައިރު އޭނާ މާބޮޑު ހަރަކާތެއް ނުކުރެއެވެ.

ޕޭމަންޓް ގަލަކުންނާއި، ފައިން ފުލުހުން އޭނާއަށް އަނިޔާ ކުރާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ގެ ރެއިޑް ކުރިއިރު ފުލުހުން ބޭނުން ކުރަންޖެހޭ ވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކޮށްފައިވާތީ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެމްސީ ހަމީދު ވަނީ އެ މައްސަލަ ފުލުހުންގެ ޕްރޮޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި، ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ތަހުގީގު ކުރުމަށް އެދިވަޑައިގެންފައި ކަމަށެވެ. އަދި އެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހްމީދު

    ރަނގަޅު ވާހަކައެއް

    9
    5
  2. عبدالله سعيد

    އެއްވެސް ރަނގަޅު ނިޔަތެއް އޮވެގެން އެބާވަތުގެ ކަމެއް ނުކުރާނެއެވެ. އެއީ، ފުލުހުން ކަމަށްވިޔަސް ބަންދުގައި ބަހައްޓައި ތަޙްޤީޤު ހިންގައި ޝަރީޢަތްކޮށް އަދަބު ކަނޑައަޅައި އަދަބު ތަންފީޒު ކުރެވޭނެއެވެ. ދެންތިބި ފުލުހުންނަށް ޢިބްރަތަކަށް ފުދޭ އަދަބެއް ނުދީ ނުވާނެއެވެ.

    10
    5
  3. އިބްރާ

    ބޭރުމީހުންވެސް ރާއްޖޭގައި ޖަރީމާތަށް ހިންގަންވީ. ދެން ފުލުހުންނާއި ސިފައިން އެމީހުންގެ ގައިގައި ފިރުމައި މަސާޖްކޮށް އޮރެންޖާއި އާފަލުކާންދީ ބަލަހައްޓަން ދައުލަތުން މަހަކު 12000ރ ޚަރަދުކުރަންވީ ހުޅަނގުގެ އިންސާނީ ހައްގު ސަލާމަތްކުރާށެވެ.

    16
    2
  4. ޙަސަން

    ކަލޭގެ ހާލު ކަލޭއަށް އިނގޭތަ.....ފުލުހުންގެ ވާހަކަ މިތާ ނުދައްކާ ހުރޭ...

    11
    2
  5. ލާރި

    ކަލޭތީ ގޭންގުތަކާ ވަރައްގުޅުން އޮންނަމީހެއްކަމައް ވަރައްގިނަމީހުންބުނޭ

    9
    1
  6. އަހުމަދު

    މީ ހަމަޖެހޭ ސޮރެއްނޫން. މީނަނަގައިދިން ކިލާހެއްގައި މަގޭ ބައިވެރިވިން. މުޅުންވެސް ނުއަތުވާހަކަ ދައްކަނީ

  7. ސަޓޯ

    ކަލޭ އާދެބަލަ އައިސް ހައްޔަރު ކުރަންވީ ބަޔަކު ދައްކަބަލަ.، ބަަލަގަ މޮޔަޔާ ގުރަތަމަ ކަން ބަލާ ހޯދާ އެއީ ކޮންކޮން ބައެއްކަން އެނގުނީމަދޯ ހައްޔަރުވެސް ކުރެވޭނީ... އެކުލިޕުން އެމީހުންގެމޫނުތައް ވެސް ސާފުކޮށެއް ނުފެނޭ ވިއްޔަ

  8. ފިރުޓޭ

    ސަމީމް ވަރަށް ބާރު ލާފަ ޓުވީޓު ކުރާނެ! އެކަމު އަނދީބަކީ ކޮންކަހަލަ ބޮނޑު ޖަރީމާ ތަކެއް ހިންގާގަ ހުރި އިންސާނެއްކަން އެނގޭ އިރުވެސް، މި ސަމީމޭ ހުރީ އަނދީބުގެ ޑިފެންސް ލޯޔަރަ؛ށް ފުރަތަމައިނުން!

  9. އިހުސާނާ

    ދިންފުށީގަައި ބަޔަކު ވިޖްލާންޓް ވެގެން މީހަކު ރާކޭސް އަރުވާލިޔަކަސް، ފުލުހުންނަކަށް އެފާޑަކަށް ނޫޅެވޭނެ! ހަޤީޤަތުގަ އެ ޒާތަށް ޕޮލިހުން އުޅެއްޖާމުން، އާއްމު މީހާ އަށް ދޭ އަދަބަށް ވުރެ ބޮނޑު އަދަބެއް ލިބެންޖެހޭނެ ކަމަށް ޤަބޫލު ކުރެވެނީ!