ކުއްލި ގޮތަކަށް މިދިޔަ ހުކުރު ދުވަހު މެލޭޝިއާގައި ނިޔާވި ދިވެހި ދަރިވަރު މއ. ދޮންވެލި އިބްރާހިމް އަނަސްގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

އުމުރުން 23 އަހަރުގެ އަނަސްގެ މަރާ ގުޅޭ ގޮތުން އާއިލާއިން ބުނެފައިވަނީ އޭނާ މަރުވީ ފިޓު ޖެހިގެން ކަމަށެވެ. މީގެ އިތުރުން އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް މެލޭޝިއާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓުގައިވެސް ބުނެފައިވާ ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ އާއިލާއިން މައުލޫމާތު ދެއެވެ.

އަނަސްގެ ޖަނާޒާގެ ކަންކަން މިއަދު ހަވީރު އާސަހަރާގައި ކުރިއަށް އެބަދެއެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު އާސަހާރާގައި އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އޯވަރޑޯޒް

    ތިޔާއީ ޑްރަގް އިންތިހާ އަށް ބޮއިގެން އޯވަރ ޑޯޒް ވީއޭ މަމެން ބުނަން ނެތީމޭ...

    68
    35
    • މަރީ

      ތީ ވަރަށް ދެރަ ކަމެއް. މީހުންގެ މޫނަށް ބަލައިފަ ޖަޖް ކުރަން ތީ ކާކު

      24
      5
  2. މާހިރާ

    ފޮޓޯ ޖަހާއިރު، ދަރިވަރެއްގެ ގޮތަށް މީހުންނަށް ގަބޫލުކުރެވޭ ކަހަލަ ފޮޓޯއެއް ޖަހާދިންނަމަ ކިހާ ރަނގަޅުވީސް.

    93
    22
    • މަރިއްޔާ

      ސްކޫލް ކުއްޖެކޭ މީހަކު ބުނެފިތަ؟ ކިޔަވާ ކުދިން ވަކި ގޮތަކަށް ހުންނަން ޖެހޭ ކަމެއް ނޭނގެ

      13
      18
    • ނަނާ

      ކިޔަވާ ކުއްޖެއް ނޫން އެއީ. އޭނަ އެތާ ހުރީ ބިޓާއެކީ

  3. އަލްޖިބްރާ

    ތިޔައީ ދަރިވަރެއް ހެން ހިއެއް ނުވޭ ! ހީވަނީ ޑްރަގިސްޓެއް ހެން ! ކޮންމެ ގޮތެއްގަ ނަމަވެސް މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ ސުބްޙާނަޙޫ ވަތަޢާލާ !

    77
    25
    • Anonymous

      ވާނުވާ

      26
      12
    • މަރިއްޔާ

      ކޮބާ ތީގެ މާނައަކީ. މީހެއް ގެ އިސްތަށިގަނޑު ދިގުވުމަކީ އޭނަ ޑްރަގިސްޓަކަށް ވާ ކަމެއް ނޫން. ކޮނޑާ ހަމައަށް އިސްތަށިގަންޑު ހުރުމަކީ ސުންނަތުން ވެސް ސާބިތުވާ ކަމެއް. މާބޮޑަށް އެނގެނީ ބައެއް މީހުނަށް

      26
      7
  4. ޫތޔތ

    ޥަރައްވައްތަރު

    29
    7
  5. ހަހަ

    ކޮމެންޓް ކުރާ މީހުންނަށް ހާދަ އިނގެޔޭ. ބޯ ދިގު ވެއްޖެޔާ ބޯ މީހަކަށް ވޭތަ؟ ބޯ ކުރު ވެއްޖެޔާ އެއީ އެއްޖިންސުން ގުޅުން ހިންގާ މީހެއްތަ

    72
    16
  6. ވިސްނާށޭ

    މީހެއްގެ އިސްތަށިގަނޑުގެ ދިގުމިނަކީ އެމީހާގެ އުޅުން މިނާ ނާށިގަނޑުކަން އަދި ކިރިޔާ މި އެނގުނީ. އެސޮރު ކޮންމެ ގޮތަކަށް ހުއްޓަސް އެސޮރަށް ކިޔެވޭނެ އެއްނު. އަދި މީހަކު މަރުވާ އިރަށް އެމީހާ ގޯހޭ، އެވެނި އެއްޗެއް ބޮޔޭ ގޮވަންޖެހޭ ވިއްޔަ. އެއަށްވުރެ މައްޔިތާގެ ފުރާނައަށް ހެޔޮ ދުއާ ކުރުންމާ ބުއްދިވެރި. ކޮމެންޓުތައް ކިޔާލީމަ ދިވެހިންގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ. ފަހުގެ ފޯނުތައް ގެންގުޅުނަސް ރަނގަޅު ވިސްނުމެއް ނެތް.

    114
    11
  7. ޒުވާނެއް

    ފޮޓޯ ބަލާލީމަވެސް އެނގޭ ފިޓް ޖެހިގެންކަން މަރުވީ. އާންމުކޮށް "ޒުވާނުން" މަރުވާނީ ފިޓް ޖެހިގެން. ދެން ފޯއް ކޮށިއަރައިގެންވެސް މަރުވޭ. ކުރިޔަށް އޮތް ތަނުގަ މިގޮތަށް "ފިޓް" ޖެހިގެން މަރުވާ "ޒުވާނުން" ނަކީ ޝަހީދުންކަމުގައި މަޖިލީހުން ނިންމުމުގެ ފުރުސަތު ބޮޑު.

    57
    48
  8. އަބޯ

    މީހާގެ ބޮލުގެ އިސްތަށިގަނޑު ހުންނަގޮތަކީ މުޅިދުނިޔޭގަވެސް މީހާގެ ރަނގަޅު ނުރަނގަޅު ބަލާ އެއް މިންގަނޑު ، ހާއްސަކޮށް މުސްލިމުންގެތެރޭ ހިމެނޭ ތަފާތު ގޮތަކަށް ހައްދުފަހަނަޅާ ގޮއްސަ ހުރިކަން ބަލާ މިންގަނޑެއްވެސް މެ ، އަދި މީހާގަ ބުރުސޫރަޔާ ރީތިކަމާ މީހުންގެ ގަދަރުވެސް އިސްތަށިގަނޑުގެ ސަބަބުން ނެތިގެންދޭ.

    60
    10
    • ދިވެހިން

      ދިވެހިން ވާނެ ނޭންގުނަސް ނުބެހުނަސް މާ އިންގިގަނެގެން ކޮމެންޓް ކުރަން. ޚޮން ބެހޭކަމެއް. ޢެމީހަކު ކުރި ކަމެއް އެމީހަކަަށް. ގޮތް ނިންމަވާނީ ހެއްދެވި ފަރާތް.

      22
      6
  9. މުހައްމަދު

    ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަގޮތަކަށް ވާހަކަށްކާނެ އެއީ ސަބަބެއް ނެތިއެއްނޫން މައިންބަފައިންނާ އާއިލާގެ މީހުން ނަކަށް އެއްވެސް މީހެއްގޯހެއްނުވާނެ ވާނީހަމަދޮންފުތު މިގޮތަށްތިބޭމީހުންގެ ނަޒާހަތްތެރިކަން މިހާރު މުޅިރާއްޖޭގައި ވެސް ފާޅުގައެތިބެނީ ސިއްރެއްނެތި ހާމަކޮށްފެންނަން އެހެންވެ ބުނާނެ ކިޔޭނެ އަދި ކިޔާނެ ކޮންމެހެން އަނަސް ވެގެންނެއްނޫން މެލޭޝިޔާގަ ތިބޭދަރިވަރުންނޭ ކިޔާކުދިންވެސް އުޅުންހުންނަގޮތުން އެތަންތަން ފެންނާތީ މިހެންވަނީ މައިންބަފައިންގެ ބެލުމުގެ ދަށުގަތިބޭކުދިން ކިތަންމެ ނުބައިކަމެއްގަ ބެދުނަސްބުނާނީ ވަރަށްޞޯލިހު ގެއިންވެސް ބޭރަކަށްނުދާނޭ ނަމަވެސް ދަންވަރުދަޅާގަ ނިކުމެގުރޫޕު ހަދައިގެން ކޮށްލާކަންތައްތައް އެންމެންދަނޭ ކޮންމެގޮތެއްވިޔަށް އަނަސްއެވަނީ މަރުވެފަ ވީމާ އަހަރެން އެދެނީ އާއިލާޔަށް ކެތްތެރިކަންދެއްވާ އަނަސްއަށް ހެޔޮރަހުމަތްލެއްވުން އާމީން

    20
    2
  10. އިންސާނާ

    ދަރިވަރު އަނަސް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  11. ށސށސ

    ދިވެހިންގެ ނާތަހުޒީބު ވިސްނުން ދޫ ކުރާނީ ކޮންއިރަކުންބާ؟..މީހެއްގެ އިސްތަށިގަނޑު ހުންނަގޮތށް ބަލާފަ އެއީ ކޮންކަަހަލަ މީހެއްކަން ޖަޖެއްނުކުރެވޭނެ!

    11
    5
  12. މާޔޫސް

    މީހުންގެ ދަރިންނާ ދިމާއަށް އެެއްޗެހި ކިއުން އަދި ތިފަދަ ކޮމެންޓް ކުރުން ވަރަށް ދެރަ