ކ.މާފުށީގައި ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބޭކަމަށް ބުނެ ރަށުގެ ރައްޔިތުން މިއަދު މުޒާހަރާކޮށްފިއެވެ.

މިއަދު ހަވީރު ރަށުގައި، ބެނާތައް ހިފައިގެން ރައްޔިތުން ނުކުމެ ބުނަމުން ދަނީ، ރަށުގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ، އެރަށަކީ އެންމެ ގިނައިން ދައުލަތަށް ޓެކްސް ދައްކާ އެއް ރަށް ނަމަވެސް، ރަށުގެ ސިއްހީ ނިޒާމް މިހާ ދަށު ދަރަޖައިގައި ހުރުން ބަލައިނުގަނެވޭ ކަމަށެވެ.

އަދި ރަށުގެ ސިއްހީ ފަރުވާދިނުމަށް އެކަށީގެންވާ ސާމާނު ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

"ނަމެއްގައި ލެބޯޓްރީއެއް ބޭނުމެއް ނޫން. އެކްސްރޭ އެއް ނުނެގޭ. ސްކޭން ނުކުރެވޭ. ބިދޭސީން އެހާ ގިނަ ސްރީން ނުކުރެވޭ، ދެފަހަރުން އެއްފަަހަރު ފާމަސީއަކުން ބޭހެއް ނުލިބޭ". މުޒާހަރާގައި ބައިވެރިވި އެރަށު ޒުވާނެއް ބުންޏެވެ.

އިތުރަށް އޭނާ ބުނިގޮތުގައި، އެރަށަކީ ރާއްޖޭގެ މައި ޖަލު އިންނަ ރަށަށް ވި ނަމަވެސް އެމާޖެންސީ ހާލަތުގައި އެރަށުގައި ގައިދީންނަށް ފަރުވާދެވޭނެ ގޮތެއް ނެތެެވެ.

އަދި މިކަން ހައްލު ކުރުމަށް ކައުންސިލުން އެދެވޭ މަސައްކަތެއްކޮށްދީފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ބޮޑަށް މިކަން ހައްލު ނުކުރެވިދަނީ ކައުންސިލުންވެސް އެދެވޭ މިންވަރަކަށް މަސައްކަތް ކުރެވޭތީކަން އެ ރަށު ޒުވާނުން ބުނެއެވެ.

"ސަރުކާރުގެ ލެވެލްގައި ކަންކަން ކުރިއަށްދާކަމަށް މައުލޫމާތު ލިބޭ. އެކަމަކު ކައުންސިލުން އެދެވޭ ވަރަށް ޕުޝް ނުކުރާތީވެ އެކަންކަން ލަސްވެގެން މިދަނީ"

އެރަށު މީހުން ބުނާގޮތުގައި، އެރަށަށް ބޭނުންވަނީ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިސްއިޒްއިޓް

    މާފުއްޓަކީ މާލެ އަތޮޅުގައި އޮތް މީހުން ދިރިއުޅޭ ރަށެކޭ މާފުށީ މީހުންގެ އަމިއްލަ ރަށެއް ނޫނޭ އެއީ އަދި އެއީ އެމެންގެ އަމާ ބަފާގެ ތަރިކަ މުދަލެއް ވެސް ނޫނޭ މާފުށިން ހުރިހާ މީހުން ބާލާ ހުޅުމާލެ އަށް އަޅާލާ މާފުށި އަތުލާ މާފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދު މާލޭގައި ތިބި އަމިއްލަ ވިޔަފާރިވެރިންނަށް ކުއްޔަށް ދީ އަދި އޭގެ ފަހުން މާފުށީ ފަޅު ހިއްކާ އެތަނުގައި އެއާރޕޯރޓެއް އަޅާ މާފުއްޓަކީ އެއީ މާލެ ސަރަހައްދުގެ މާލޭގެ ބަޔެއް ކަމުގައި ކަނޑައަޅަން ނިންމަން މަމެން ސަރުކާރަށް ގޮވާލަމޭ ނުޖެހޭނެއޭ މާފުށީގައި އިތުރަށް ސިއްޚީ ނިޒާމަށް އިންވެސްޓް ކުރަން ދިސްއިޒްއިޓް...

    7
    15
    • އިބްރާހިމް

      މާފުށި ފެންކޮޅަކާއި ލައިގެން ދިރުވާލަަބަލަ...

      7
      2
  2. ނެތީމޭ

    މާފުއްޓަކީ އެއީ މާލެ އަތޮޅު މާލޭގެ ބަޔެއް ކަން މިހެން ހުރުމުން މާފުށި އެންމެން މާފުށިން ބާލާ މާލެ ސަރަހައްދަށް އަޅާލާ މާފުށިން މީހުން ހުސްކޮށް އޭގެ ފަހުގައި މާފުށި ހިއްކާ މާފުށިން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ލާރި ސަރުކާރަށް ދައްކާ ގޮތަށް ހަދާ މިކަން މިމަގުން ކުރުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ފައިދާ އެއް ކުރާނެއޭ މީއޭ އިކޮނޮމިކް ނޯރމްސް ތަކަކީ މިމަގުން މިކަން ކުރުމަށް މަމެން ސަރުކާރަށް ގޮވާލަމޭ ބުނަން މަމެން ނެތީމޭ....

    5
    5
  3. ކްލޯސްޑް

    މާފުށީގައި ސިއްޚީ ޚިދްމަތް ގާއިމް ކޮށްގެން ސަރުކާރަށް ފައިސާގެ ގޮތުން ދެކޮޅު ނުޖެއްސޭނެއޭ އަދި ދަ ރާއްޖެތެރޭގައި ތިބޭ އެއް ހިއްސު މަދު މީހުން ތަކެއް އެއްވެލާ ސިއްޚީ ނިޒާމް ގާއިމް ކޮށްދޭށޭ ބުނިނަމަވެސް މަމެން މާލެ ސަރަހައްދުގެ ޓެކްސް ޕޭޔަރ ސަރުކާރަށް ދޭ ޓެކްސް ފައިސާ އިން އެންމެ ރުފިޔާ އެއްވެސް މާފުއްޓަށް އެއްވެސް ކަމަކަށް ޚަރަދުކޮށް ގެން ނުވާނެއޭ މަމެން މިއަދުން މިއަދަށް މިއަންގަނީ ސަރުކާރަށް މާފުށީގައި މީހުން ތިބި އަދަދު ބަލާ އެއިން ކޮންމެ މީހަކަށް ހުޅުމާލޭން 2 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި 1000 އަހަރު ވަން ދެން ދައްކާ ގޮތަށް ހަދާ އެއަށް ފަހު މާފުށި ފަޅުކުރުމުގެ ކަންކަން ރޭވިފައިވާ ސްޓްރެޓެޖީއެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށް ތަކުގެ ތެެރެއިން މާލެ ސަރަހައްދު ފިޔަވައި ދެން ހުރި ރަށް ތައް ޖެހޭނެ ފަޅު ވާން 2030 އައުމުގެ ކުރިން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

    7
    6
  4. ގައުމު

    ތިރަށު މަިހުން ދައްކާ ހާ ޓެކްސް ފައިސާ ސީދާ ރަށު ކައުންސިލަށް ދައްކާއިން ހަރަދު ކުރޭވެނެ އިންތިޖާމެއް ކަނޑައަޅަން ވީ..އަދަ ސިދާ ރަށައް ލާރި ވަންނަ ގޮތް ހަމަ ޖެެހެން ވީ ގެސްޓްހައުސް ޓެކްސް ގޮތުގަ.

    11
    3
  5. ހުސޭނުބޭ

    ވަޢުދުބޭ ކަލޭމެން ކައިރިޔަށް ގޮސް ބޮލުގައި ތަތްގޯނި އަޅުވާފައި އައިމާ ހޭބަލިވެގެން ވޯޓުދިނީމަވެސް އެކަން ނުފުއްދާދެނީތަ؟ ދެންވެސް ވޯޓެއް އޮތިއްޔާ އަވަހަށް އެމީހުންނަށް ދީ!

    17
    1
  6. ޢަލީ ހަމީދު

    ތިޔަތަނުގަ ނެތް މާފުށި އެކަކުވެސް..އަމިއްލަ ސަރުކާރާ ދެކޮޅައް މުޒާހަރާ..ތިޔަތިބީ ރާކަނިމަސް ކެވިފަ..ތިޔައޮތީ ހޮސްޕިޓަލް އެޅިފަ. ދެން ލަލާ

    19
    1
  7. ޒާ

    މާފުށީމީހުން ހޮވިސަރުކާރުން ހިއްކަންބުނި ބިންކޮބާ

    11
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ މާފުށީ ރައްޔިތުންގެ މުޒާހަރާ؟؟ ހައެއްކަ މީހުން ހެވިފަ ފޮޓޯއަކަށް ހުއްޓިއެއްނޫންތަ ތިތިބީ؟؟

  9. ޢަބްދުﷲ

    ކުރިޔަށް 5 ފިޔަވަޅު އަދި ފަހަތަށް 5 ފިޔަވަޅު އަޅަމުންދާއިރު، ތިޔަހުރިހާ ކަމެއް ފެންނާނެއެވެ. އެހެނީ، އަޖުމަބެލުމުގެ ގޮތުން ދެވޭ ފުރަތަމަ 5 އަހަރު އެދެވޭ ނަތީޖާއެއް ހޯދާފައިވިޔަސް ރައްޔިތުން ވޯޓްދޭއިރު، އެކަންކަން ފާހަގަނުކުރެތެވެ.