ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރުމަށްފަހު އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޗްއާރުސީއެމުން ބުނީ، ގެ މައްސަލައިގައި އެ ކޮމިޝަނުންކޮށްފައި ހުރި މަސައްކަތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ބޭއްވި ބައްދަލުވުންތަކުން ލިބުނު މައުލޫމާތާއި، ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުން ހިންގި ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަންކަން ހިމަނައިގެން ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހަށް ހުަށަހަޅާފައިވަ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

ރިލްވާން ގެއްލުވާލި މައްސަލަ މިހާރު މަރާލެވިފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އަދި މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގު ފުލުހުން އިހުމާލު ވެފައިވާ މައްސަލަ ބަލަން މަޖިލީހުން ނިންމާފައިވާއިރު، މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރު ކުރަން ނިންމާފައި ވެއެވެ.

ރިލްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ވދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒިމީރޫ

    ޒާހިދު ތިތާއިންހާދުވަހަކު ތާހިރުރިޕޯޓެއްތިޔަތަނަކުންނުލިބޭނެ..މައުމޫނާ ޔާމީނުގެ އަވާނެއް..އެ2މީހުންލާފަތިބި ބުނާގޮތަށްކަންކުރާމީހެއްޒާހިދަކީ...މައުމޫނު އިރުގަޔާ ޔާމީނުގެއިރުގާ ނުޙައްޤުން އަނިކޮށް މަރާ، ގެއްލުވާލާ އަދަބުދިންމީހުން ހިސާބުކޮށް ޢަދަދު ނުކުރެވޭނެ،،،،،،،ބޭނުންކުރީ އެޗް އާރ ސީ އެމް ގައިވާ ޒާހިދުކަހަލަމީހުން....

    • ކަޔޯ

      ކިތަންމެލަގޮނޑިއަށް ބާރުކޮށްމޭކަރާތީ މައުމޫނަށާއި ޔާމީނު އަށް ބެވިޔަސް މިގައުމަށާ ރައްޔިތުންނައް ގިނަގުނަފައިދާ
      ޢާއިމަންފާ ކުރަނިވިގޮތުގާވެރިކަންކުރެއްވި އެންމެޚިދަްމަތްތެރި ދެރައީސުންނަކީ ހަމައެދެބޭފުޅުން. ހަޖަމުކޮށްލާ!! އެއްވެސްއިންސާނަކީ ތިޔަބުނާހާ ފުރިހަމަ މީހެއްނަމަ ރައްޔިތުން ގެހިތްތަކުގަ ކޮންމެވެރިޔަކާ މެދުއެއްމިންގަނޑަކުންމިނެ އެއްބީދަޔަކުން ދެކެވުނީސް. ވެރިކަމަކީ ﷲދެއްވާއެއްޗެއް. ﷲއިރާދަފުޅުގަހުރިކަމެއްއެއިރެއްގަވާންހުރިގޮތެއްބަދަލުކޮށްލެވޭނެހަމައެކަކުވެސް ނުވޭ. ހިތްއެދޭހާކަމަކީ ވާނެކަމެއްނޫން
      އަދިހިތްއެދޭހާގަޮތަކީވާނޭގޮތެއްވެސް ނޫންވިޔަތީ އިބޫސޯލިހް އަކީ ކިތަންމެނުކިޔަވާހުރިނަމަވެސް މިއަދުގެ ވަލިއްޔުލްއަމްރު، ރައިސުލްޖުމްހޫރިއްޔާ އަށްވިޔަތީ ކުރަންޖެހޭ އިހްތިރާމް ޖެހޭހަމަކުރަން. އެކަން ހަޖަމްނުވާނަމަ އެއީސިކުނޑީގެ އުނިކަމާބަލިކަށިކަން.

  2. Anonymous

    އީނާޝްއާ ޒާހިދުއާ އަދި އައިޝާއަކާ ތިތާ ތިބެގެން ތި ނޫން ވަރެއް ނުވާނެ. އެޖެންޑާ 19 ގެ ދަށުން ތިއެންމެން ބޭރުކޮށްލާ ތިތަން ޑިޓޯލް ލައިގެން ސާފުކުރޭ.

  3. ޢަބްދުﷲ

    ނިވާ ފަތްގަނޑެއްގެ ގޮތުގައި ތިޔަބާވަތުގެ މައްސަލަތައް ދައުލަތުގެ ޚަރަދުގައި އެފުށްމިފުށަށް ޖަހަމުންދާއިރު، އަދި އެއްވެސް އެދެވޭ ނަތީޖާއެއް ނުލިބޭއިރު، ހިނގާ ޚަރަދުތަކަށް އެއްގޮތަކަށްވެސް ވުޒާރާތަކުން ނުބަލައެވެ.

  4. ށާން

    ޢެމްޑީޕީ ގުންޑާއިންނަށް މިހާރު ވެރިކަމެއް ފެނިގެން ތިއުޅެނީ ޔާމީނާ މައުމޫނު އާ ދެމީހުން މިރާއްޖެއަށް ދެއްކީތީ. ތިމީހުން މިރާއްޖޭގެ ވެރިކަން މިހުރިހާ ދުވަހު ކުރިނަމަ މިރާއްޖޭގައި އޮންނާނީ ނަޞާރާ ދީންކަން ހަމަ ހޭ ހުރި ކޮންމެ ރައްޔިތަކަށް މިހާރު އެނގޭނެ.މިހާރު މަގުކޮށަމުން ތިދަނީ ވެރިކަން ލިބުނީމަ އެދިމާލަށް.

  5. ސާމީ

    އަދުލު އިންސާފުކުރަން އެމްޑީޕީ ރުހޭ ބަޔަކު އެމްޑިޕީގެ ސަރުކާރެއްގައި ކޯޓްތަކުގައި ތިބި ހުރިހާ ފަނޑިޔާރުންކަނޑާލާފައި ތިމާމެން ރުހޭ ބަޔަކު ފަނޑިޔާރުގެތަކަށްލައި ތިމާމެން ރުހޭ ގޮތަށް ޝަރީޢަތް ކޮށްދޭނެ ބަޔަކު ލައި ތިމާމެން އެބަޔަކާ ޒާތީގޮތުން ޖައްސާލައިގެން އުުޅޭބަޔަކު ޖަލަށް ލައި މިއީ އަދުލު އިންސާފުޤާއިމުކުރުންތޯ. ކުރީގެ ސަރުކާރުގެ ފަނަޑިޔާރުގެތަކުގައި ޔާމީން އަށް ތާއިދު ކުރިބަޔަކު ތިބިނަމަ 1ފެބްރުއަރީ އެއްވެސް އެމްޑީޕީ އަކަށް ގެނެސް ނުދެވުނީސް. ހުސް ަހަސަދަ ބާލަން ކުރާކަންތައް.ކިތަންމެ ވަރަށް ޔާމީން ގެ ދުވަސް ދުއްވާލަން އެމްޑީ ޕީ ރޭވިޔަސް މިރާއްޖެ މިދެކޭ ކުރިއެރުމުގެ މޭސްތިރިއަކީ ޔާމީން މިއީ ޙަޤީގަތް. ދެން އިބޫ އާ އައްނި އާ އިންތި އާ މާރިޔާ އާ ހުރިހާ ހަޖަމް ނުވާ އެމްޑި÷ޕީ ލަލަލަލަާ.