ފްލެޓް ހޯދަން އެކި ފަރާތްތަކުން ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ފޯމްތަކެއް އަނދައިގެން ގޮސްފައިވާ ކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

މިދިޔަ މަހު ވިލިމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހައުސިން މިނިސްޓްރީގެ މުހިންމު ލިޔެކިޔުންތަކެއް ފްލެޓް ފޯމްތައް ވެސް ހިމެނޭ ގޮތައް އަނދައިގެން ގޮސްފައިވާ ކަމަށް މީސް މީޑިއާގައި ބައެއް މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯ އިން ފެންނަނީ 2005 ވަނަ އަހަރު އަހަރު ހައުސިން މިނިސްޓްރީ އާއި އާބަން ޑިވެލޮޕްމެންޓް އިން ހިންގި ސްކީމެއްގެ ފޯމްތައް ކަމަށެވެ.

"މިއަލިފާނުގެ ހާދިސާ ތަޙްޤީޤު ކުރުމަށް ފުލުހުންނާއި ވަނީ ހަވާލުކޮށްފައި. މިސަރުކާރުން ހިންގި ސްކީމްގެ ހުރިހާ ފޯމްތަކެއް ވަނީ ރައްކާކުރެވިފައި. ސްކޭންކޮށް ޑިޖިޓައިސް ކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހުޅުވާލި 704 ފްލެޓަކަށް 15000 ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވެއެވެ. ސްކޭންކޮށް ރައްކާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނީ އެފޯމްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ނިކަނެތިމީޙުނަށަް އަބަދުވެސް ނިކަމެތިގޮތް

 2. އައިމަން

  އިންސާފުން ކަމެއްކުރަން އަދިވެސް ބޭނުން ނަމަ، މިސަރުކާރުން ހުޅުވާލި ފުރުޞަތަކަށް ދިވެހި ރައްޔިތުން އެތައް މަސައްކަތަކުން މައުލޫމާތު އެއްކޮށް ހުށަހަޅާފައިވާ ފޯމު ކެންސަލްކޮށް އަލުން ފޯމުލާން ބުނުމަކީ މިސަރުކާރުން ކުރި ވަރަށް ދޯދިޔާ ތާކުންތާކުނުޖެހޭ ކަމެއްކަމުގައި ވަރަށް ކެރިހުރެ ދަންނަވަމެވެ. ފަސް އަހަރު ފަހުން އަލުން ފޯމުލައިގެން ފްލެޓްހޯދާކަށް މިސަރުކާރަކަށް ތާއީދެއް ނުކުރަން

 3. ރައްޔިތު

  ކޮބައިތަ ކަލޭމެންގެ ސަރުކާރު ގެންނަން ގުރުބާންވި ބޮޑުކުލިދީގެން މާލޭގަ ދިރިއުޅޭ ތިބުނާ ދަފުތަރުގައި ނުހިމެނޭ އަތޮޅުތަކުގެ މީހުން މުޢިއްޒޫ..!

  • ގެވެށި މީީހާ

   ތިފޯމް ފުރަން މަސްދުވަހު މަސަކަތް ކުރަން ޖެހުނު ވަރަށް ވާހަކަ.

 4. ލުބުނާ ރަސީދު

  ކަލޯ ހަނދާންއެބަހުރިތަ އަހަރެމެންޕާޓީއަށްނަގައިފައި ބާކީ ފުލެޓްހުރިއްޔާއޭ އެހެންޕާޓީ ތަކުގެމީހުންނަށްދޭނީ މިއޮތީއެދުވަސްއައިސް ދެންމަޑަށްތިބޭ