ހދ ކުޅުދުއްފުށީގެ ފުޓުސަލް ދަނޑުގައި އަޅާފައިވާ ޓާފުގައި އަލިފާން ރޯކޮށްލައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ޙަސަން ވިދާޅުވީ، ފުޓުސަލް ދަނޑުގައި އަޅާފައިވާ ޓާފުގައި އަލިފާން ރޯވެފައި ވަނީ ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަމަށާއި އެއީ އަދި އެއްކޮށް މަސައްކަތް ނުނިމި އޮތް ދަނޑެއް ކަމަށެވެ. ނަމަވެސް ދަނޑުގެ ވަށައިގެން ވަނީ ފެންސް ޖަހާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭގެ 19:59 ހާއިރުގައި ކަމަށެވެ. 10 ވަރަކަށް މިނިޓްގެ ތެރޭގައި އަލިފާންގަނޑު ނިވާލެވުނު ކަމަށައި އަލިފާން ނިއްވާލެވުނު އިރު ޓާފުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ދާދިފަހުން ދިއްދޫގެ ޓާފް ދަނޑަށް ވެސް އެރަށު މީހުން ގެއްލުންދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަށުމީހާ

    ކަލޭމެނައް ތަނެއް ނުހެދޭ ތާންގަ ޔާމީނު ހަދާފަހުރި ތަނެއްގަވިެްޔާ ރޯކުރޭ އެއިރުން ހަތަރެސް ކަން ހަމަވީ!!

    27
    1
  2. ޓެރަރިޒަމް!

    ޓްރަފް ހުންނާނީ މިހާރު ލިބިފަ!

    17
  3. އިހުސާނާ

    މި ކުޅުދުއްފުށީ މީހުންނަކީ ފިސާރި ހިފި ނުހުރެވިގެން އުޅޭ ބަޔެއް! ބޮނޑަށް ބެލެވެނީ މީ ކުޅުދުއްފުށީ ދެކުނު މީހުން ގަނެގެން އުޅޭ ގަނޑެއް ކަމަށް! އެއީ ޔާމީނާ ވަރަށް ފާޑަކަށް ގާތް ބަޔެއް އުޅޭ ކަމަށް ވަނީ ދެކުނުގަ! މި ސަރުކާރާ ރައްޔިތުންނާ ޖައްސަން ދެން ކުރެވޭނީ މި ކަހަލަ ކަމެއް ކަމަށް މި ބަލަނީ!

  4. Anonymous

    މީއެއްކަލަ ހުޅުޖެހިބައިގަނޑުގެ ސަރުކާރު.. މިބައިމީހުން ވަރަށް ހުޅުޖެހުމާ ރައްޓެޖިވެފަ ފަރިތަވާނެ.

  5. ޒީރޯ ޓޮލަރެންސް

    ކާކާށްތަ ދެރަވާނީ!! ތިއަށްވުރެ އަދި މާގައްޑާވާނެ އަމިއްލަ ގޭގަ ރޯކޮށްބަލަ... ކަލޭމެންގެ ހިތުން ޔާމީނަށް ދޯ! ތިޔަ ޖެއްސުން ކުރަނީ!؟