މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 200 ހައުސިންގ ޔުނިޓުގެ ފުރާޅާއި ސީލިންގ ބަދަލުކުރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ 200 ހައުސިންގ ޔުނިޓުގެ ފުރާޅާއި ސީލިންގ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޙް ޖުލައި 15 ވާ ހޯމަ ދުވަހުގެ 13:30 އަށް އިތުރުކުރެވިފައިވާކަމަށެވެ.

ބިޑް ހުށަހެޅުއްވުމުގެ މުއްދަތު އިތުރު ކޮށްފައި ވަނީ މައުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް ގެނައުމަށް ފަހުއެވެ. އިޞްލާޙުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ޖުލައި 08 ވާ ހޯމަ ދުވަހުގެ 10:30 އިން ފެށިގެން މޭ 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ދިއްދޫ ހައުސިން ޔުނިޓްތައް ދިނުމަށް މިސަރުކާރު އައި ފަހުން އިއުލާން ކުރި ލިސްޓެއްގައި 90 އިންސައްތަ އެމްޑީޕީ މެންބަރުން ހިމަނާފައި އޮތުމުން އެމައްސަލަ ހޫނުވެފައިވެއެވެ. މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެފައި ވަނީ އަލުން އިއުލާން ކޮށްގެން ދިއްދޫ ހައުސިން ޔުނިޓްތައް ދޫކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާމިނަތު

    ވަގުންނޭ ގޮވަމުން އައިސަރުކާރު މާބަހީލު މާވަގު

    20
    1
  2. ހަލީމަތު

    މިކަހަލަ ތިންބުރިއަށްއަޅާފައިހުރި ފުލެޓްތަކެއް ދިއްދޫ ގައި ނުހުންނާނެ ހުންނާނީ ކުކުޅުކޮށިގޮތަށް އަޅާފައިހުރިފުލެޓްތަކެއް ވަގުތު މީހުންވެސްރަނގަޅު ފޯޓޯ ހޯދައިފައި ނޫހުގައިޖަހާށެވެ. މިޒަމާނުގައި ފޮޓޯ ހޯދާކަށް މާކައުދަގުލެއްނުވާނެ އަސްލާއި އެއްގޮތަށް ކަންތައްކުރަން ދަސްކުރާށެވެ.

    3
    10
  3. ދދދދދދ

    ބާގައި ގުންޑާއިންތަކަކަށް ދައުލަތުގެ ލާރިގަނޑު ދޭން ކުރާ ކަމެއް. ތިހެން ބަހާ ހުސްވީމަ ދެން ދުއްވައިގަންނާނީ ފިލަން.

    15
  4. ރަށްފުށޭ

    ކިތަންމެ ވަރަކަށް ބަދަލުގެނަޔަސް ތިއީ އިބޫ ސަރުކާރުން ހެދި ތަންތަން ކަމުގައެއް ނުވާނެ! ތިވެސް ހަމަ ދައުލަތުގެ ބަޖެޓުން ބޭކާރު ޚަރަދުތަކެއް ކުރަން ވެގެން ކުރާކަމެއް. ޒީރޯ ޓޮލަރެންސްގެ ދަށުން އަމިއްލަބައިގެ މީހުންނަށް ލާރިތަކެއް ބައިތުލްމާލުން ދޭންވެގެން.

    ކަމެއް ކުރަން ނޭނގެންޏާ އިސްތިއުފާދީފަ ރަށަށް ދޭބަލަ!

    21
    2
  5. އަސީ

    އައްޑޫގަ އަޅާ ހޮސްޕިޓަލްގެ ފުރާޅުޓިނު ބަދަލުކުރަނީ އުޓީމު ގަނޑުވަރުގެ ފޫރާޅުޓިނު ބަދަލުކުރަނީ ފްލެޓްތަކުގެ ފުރާޅުޓިނު ބަދަލުކުރަނީ މީންކޮންމެތަނަކައް ހަރަދު މިކުރަނީ އަނެއްކާ އެއްކަލަ އިންޑިޔާގެ 1 ބިލިޔަން ކުރެޑިޓް ފެސިލިޓީއިންތޯ

    11
  6. ޙހސހެހ

    ޢިއުލާނު ކުރަން އެންގީމަ ވެސް އަދިވެސް ކައުންސިލުން އެއުޅެނީ ނުކުރަން ވެގެން.....

  7. ފުތޫރު

    2017 ވަނަ އަހަރު ފުލެޓްތައް ބަހާލީ ތުބުޅި ސުޖާ ބޭނުންވާ ބަޔަކަށާ އަދި މެޑަމް ފާތުންނަށް ސިޓީފޮނުވި މީހުންނަށް. ހައްޤްވާ ގިނަމީހުންތިބީ ނުލިބި، މީވަރަށްވެސް ހިތާމަހުރިކަމެއް. ހައްޤްނޫންފަރާތްތަކުން ފުލެޓްތަކަށް ވަންނަށް ނުވަތަ އެތަނުގައި ދިރިއުޅެން ބިރުގަންނަންޖެހޭ، ބައެއްގެ ހައްޤަކަށް އަރައިގަނެގެން އުޅެނިކޮށް ބޮލަށް ފުރާޅުވެސް ވެއްޓިދާނެ ނޫންތޯ ނޫންނަމަ ﷲގެ ކޯފާއެއް އައިސްދާނެ ނޫންތޯ، ވިސްނާ ފިކުރުކޮށްލައްވާ

    4
    3