ސަރުކާރު ބަދަލުވެއްޖެނަމަ ނުވަތަ ޕީޕީއެމްގެ ބާރު ހިނގާ ވެރިކަމެއް އައިސްފިނަމަ ރާއްޖޭގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ދިނުމަށް މިހާރުގެ ސަރުކާރުން ސޮއި ކުރަމުންދާ އެއްބަސްވުންތައް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދެވެ.

ކުއްލި މައްސަލަ ބަލައިގަންނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ 54 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވީ ޔާމީންގެ ވާހަކަފުޅަކީ "ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް" ކަމަށެވެ.

"މިވާހާތަކަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް. އެހެންކަމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މައްސަލަ ހުށަހެޅީ." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިރު ނިންމެވި "ހީލަތްތެރި ނިންމުންތަކުގެ ސަބަބުން" ދުރުރާސްތާގެ ތަރައްޤީ އަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފާކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރް އާއި އެއާޕޯޓް ހަވާލު ކުރީ އެއާޕޯޓް ތަރައްޤީކޮށް އަދި ފައިދާގެ ގޮތުގައި 2.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކަމަށާއި ނަމަވެސް ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް ފަހު ޔާމީން އެއާޕޯޓް ތަރައްޤީ އަށް 800 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އެއާޕޯޓްގެ ޓާމިނަލް އަޅަން ބިންލާދިން ގްރޫޕާއި ހަވާލު ކުރީ ބިޑް ކުރުމުގެ ރަނގަޅު ނިޒާމެއް ބޭނުން ނުކޮށް ކަމަށް ނިހާދު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު އަޅަން ހަވާލު ކުރި ޗައިނާގެ ކުންފުންޏާއި އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އާއްމު ނުކުރާކަމަށް ވިދާޅުވެ އެކަމަށް ވެސް ނިހާދު ފާޑުވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރްއަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ޔާމީންގެ ވެރިކަމުގައި ޖީއެމްއާރް އަށް ބޮޑު ބަދަލެއް ދިނުމަށް ފަހު އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެއް ފެއްޓެވިއެވެ. އެމަޝްރޫޢުގެ ދަށުން ރަންވޭ އަޅައި ނިންމާ ޓެސްޓް ފްލައިޓް ވެސް ޖެއްސިއެވެ. އޭގެ އިތުރުން ތެޔޮ ރައްކާ ކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫޢުއަކާއި ސީ ޕްލޭން ޓަމިނަލްއަކާއި ވީއައިޕީ ޓާމިނަލް އަކާއި ކާގޯ ޓަމިނަލް އަކާއި ފަަސެންޖާ ޓާމިނަލްއެއްގެ މަސައްކަތް ފެއްޓެވިއެވެ. ފަސެންޖާ ޓާމިނަލް ފިޔަވައި އެހެން މަސައްކަތްތައް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ސީ ޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ވެސް އިންޑިއާގެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޙަރާމީ

    ފޭދޫ ގޫބައްޑާ ދައްކާ ދެކޮޅު ނުޖެހޭ ހޮޅިވާހަކަ.

    105
    1
  2. ލީކްސް

    މިހާރުގެ ގެރި މަޖިލިސް އަކީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލެއް،

    104
    2
  3. Anonymous

    އެމްޑީޕީ އިން ސަރުކާރުގައި އަދި މަޖްލިހުގައި މަސައްކަތްކުރާ އެކަކުވެސް ތެދެއް ނުބުނާނެ. ދިވެހިންނޭ މިމީހުން ދައްކާ ވާހަކަ ގަބޫލުނުކުރާތި! ދައްޖާލުގެ އޮޅުވާލުމާ ދޮގަށްވުރެވެސް އެމްޑީޕީއަށް ނިސްބަތްވާ މީހުން ހަދާ ދޮގުގެ ނުބައިކަން ބޮޑުވާނެކަން ޔަގީން.

    87
  4. ފގފދ

    ޖީއެމްއާރަށް، މާލެ ސަރަހައްދުން، ދިވެހި ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް، ހުޅުލެއާއި، ހުޅުލޭވަށައިގެންވާ ކަނޑާއި ވަައިގެ ސަރަހައްދު ދިނުމަށް ޖީއެމްއާރް އެއްބަސްވުމުގައި އޮތީ. މިހެން ދޭ ކޮންމެ ތަނަކީ، ބައިނަލްއަޤްވާމީ ޤާނޫނުގައިވާގޮތުން، ވަކި މުއްދަތަކަށްފަހު، އެތަނެއްގައި ތިބި ބައެއްގެ އަމިއްލަ ތަނެއް. ދިވެހި ދައުލަތަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.

    72
    1
    • Anonymous

      ގައުމުގެ ސަލާމަތަށް ނުރައްކާވިޔަސް ނުވިއަސް ނޭނގޭވަރު ޖާހިލު ބުއްދި ހަމަނުޖެހޭ ހޭބަލި މީހުން މަޖްލިހަށް ލީމަ ވާނެ ހައެތި އެހެރަގެންވަމުންދަނީ. ތިސޮރުމެންގެ ގައިންވެސް މިހާރު ދުވާނީ އިންޑިޔާގެ ކިހި ވަސް.

      40
  5. މޯދީ

    މީ ކޮން ރޫނޑށ. ވާނުވާ ނޭގޭ މީހުން ތިތަނަށް ލާތި. ޢައި.ބީ އަށް މަލާމާތް ކުރި މީހުންގެ ހާލު ފެނެއެއް ނުން. ބަލަ ކަލޭމެންގެ ރޫހާނީ ލީޑަރު އިއްޔެ ދެއްކި ވާހަކަ އާއި ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު އިގްތިޞާދު އޮތް ޗައިނާއިން އެ އޮތީ ބުނެފަ ރޫހާނީ ލީޑަރ ދައްކާ ވާހަކައިގެން ސަބަބުން ގުޅުމަށް ބުރޫ އަރާފާނެ ވާހަކަ. މިނުވޭތަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ކަނޑުކޮހާ.

    72
  6. Anonymous

    ޖީއެމްއާރް މިގައުމަށް އައީ ހުސްއަތާ، އައިދުވަހު އެސިކުންތުންފެށިގެން، ޑޮލަރުތަށް އަތަށް އަރަމުން ދިޔައީ. ޚަރަދެއްނުކޮށް، ދިވެހިންގެ ރަނބިސްއަޅާކުކުޅު ހިލޭ ލިބުނީ، އެޅިހާ ބިހެއް އަމިއްލަ ގައުމަށް އުފުލީ ޝޫޓްކޭސްތަކުގައި. ވިސާއެއްނެތި، 2000 މީޙުންގެ ވަޒީފާ އެއަރޕޯޓުން ކަށަވަރުކުރި. ކުންފުނީގަ ތިބި ދިވެހި މެނޭޖަރުންނަށް ޖެހުނީ އިންޑިޔާގެ ކުނިކިހިލި ވަސްދުވާ އެޑްމިން ކުދިންނަށް ސައިއުފުލަން ތިބެން. މިއީތަ ދިވެހިން ބޭނުންވާ ގޮތަކީ؟

    62
    2
  7. އައިމިރަނި

    ޖީއެމްއާރަށް، ދިވެހި ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަންޖެހުނީ އެއަރޕޯޓް ހިންގައިދޭތީ. ދިވެހިންނަށް ލިބުނު އެންމެ ލާރިއެއް އަދި ވަޒީފާއެއްނެތް. ނުވިތާކަށް، ދިވެހިންގެ ހަޒާނާއިން ކޮންމެ މަހަކު ދެލައްކަ ފަންސާސް ހަހާސް ޑޮލަރު ޖީއެމްއާރަށްދިން. އެއީ އެއަރޕޯޓް ޓެކްސް ނެގުމަށް، މަޖްލިހުން ހުއްދަ ނުދިނުމުން ޖީއެމްއާރަށްވާ ގެއްލުމުގެ ބަދަލޭކިޔާފަ ނެގި އެއްޗެއް. ނިހާދުމެނަކީ، މިއުޑުދަށުގައިތިބި އެންމެ ނުލަފާ ދޮގުހަދާ ހެއްދެވި ފަރާތް ދެކެ އެއްވެސް ބިރެއްގަންނަ ބައެއްނޫން. ތިހެން ދޮގުހަދަހަދާ ތިއްބަ ﷲ ތަޢާލާގެ ރަހުމަތުން ކަލޭމެން ނިކަމެތި ކުރައްވާނެ. އިންޝާﷲ އެދުވަސް ދުރުގައި ނުލައްވާށި. އާމީން.

    67
  8. ސެއިޚް އިލްޔާސް ސެއިހް

    ހާދަ އަވަހަކަށޭ ބިރުން ތިއުޅޭނީ ބުނީ ވެރިކަން ލިބިޖެޔާ

    34
  9. ކަތްދަމޫސަ

    ހަރުކޮށް އަތިރިޔަށް ދެވުނަސް ވާނެ ކުއްލި މަސްއަލައެއް ހުށަހަޅަން.

    38
  10. މުސީ

    އެޖެންޑާ 19 ގައި ހިމެނެނީ، ދިވެހިންނަށް ކުއްލި މައްސަލަ ތަޢާރަފް ކޮށްދިނުންތަ؟

    35
    1
  11. އަމީނާ

    މިސަރުކާރަކަށް އަދި މިހާރު އޮތް މަޖްލިހަކަށްވެސް ދިވެހި ގައުމަށް ކޮށްދެވޭނެ އެއްވެސް ހެޔޮކަމެއް ނެތް. އެމީހުންނަކީ، ދިވެހި ޤައުމާ ދިވެހިންގެ ވެސް ދުޝްމަނުން. އިންޑިޔާއިން ގަނެފަތިބި އަޅުންތަކެއް. ގައުމުގެ ދަރިން މަގުތަކަށް ނުކުމެ މިހާރުން މިހާރަށް މިވެރިކަން ނިމުމަކަށް ނުގެނެސްފިނަމަ ދިވެހިންގެ މުސްތަޤްބަލެއް ނޯންނާނެ.

    42
  12. އިކްލީލާ

    ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތައް އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނޭކަމަށް ގަންޖާ ބޮއްޅަބޭ ގޮވައި ނެގިއިރު މީނަ ހުރިބާ؟ ވޯޓުވަގު ސަރުކާރަށް ކަމެއް ނުވިނުވިހެން ލިބެމުންއަނަނަ ހުތުރު ނަންތަކުގައި މަތިއެޅުމަށް އަބަދުވެސް އެހެންދިމާއަކށް ސަމާލުކަން އަނބުރާލުމަށް ޑްރާމާ ކުޅުނަސް ގަލެއް ވަނީ ހަމަ ގަލަކަށް! ސަންގޯރެއް ވާނީ ހަމަ ސަންގޯރަކަށް!

    33
  13. މުހައްމަދުބޭ

    ގައުމީ ސަލާމަތަށް ނުރައްކާވަނީ، މިގައުމުގެ މިނިވަންކަން މީހަކު ދިފާއުކުރުމަށް އުޅުމުންތަ؟ މިގައުމުގައި، އިންޑިޔާގެ 5000 ސިފައިން ބޭސް ހަދައިގެން ތިބުމުން އެއީ ސަލާމަތަށްހުރި ނުރައްކަލެއް ނޫންތަ؟ މަށަށް ފެންނަގޮތުން ތިމަޖްލީހަކީ، މިގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ. ތި މަޖްލިސް އުވާލަންވީ. ރައްޔިތުން ނުކުމެ ތި އެންމެން މައިތިރި ކުރަންވެއްޖެ މިހާރު.

    34
  14. ބުއްބުތަލޯ

    އަހުން އަދުުރޭއައް ވެރިކަން ދޭންޖެހުނަސް ޔާމީނުއަކައް ދެން ނުދޭނަން،އަދިވެސް މާ ޝާހީ ގޮތައްތިއުޅެނީ މީނާއައް ހީވާކަހަލަ ގައުމާ ރައްއެތުން އެއާ މީނާގެހާދިމުންނޭ،ސޮރީ ބޭބެގަޑާ އެއީމާމުސްކުޅިވިއްނެމެއް،ދެންއެއްމެ ރަގަޅވާނީ މިކަލޭގެ މެކްސިކޯއައް ފޮނުވާލީމަ، މިމީހާމީ ނިކަމެތި ރައްއިތުމީހާއައް ހިނތންވެސް ވެލަން ދައްނަ ގޮލައެއްނޫން

    40
  15. ޢަބްދުﷲ

    ސަރުކާރު ބަދަލުވެއްޖެނަމަ !!!!!!!!!!!!!!!!

    21
  16. މުހައްމަދު

    އޭތް އޭތް ކީއްތިވަނީ މޮޔަވަނީތޭ ތިމާމެންނޫންތަ ބުނަނީ ސިޔާސީގޮތުން ކެމްޕެއިންގަ ގޮވާހާއަކެއްޗަކީ އެކަމަށް ފިޔަވަޅު އެޅޭނެ ކަންކަމެއްނޫނޭ މިހާރު ބަޔަކު އަކުންބަކުން ކުޅުނަސް އެބަމަޖިލީހަށްވައްދާދޯ މުޅިންވެސް މީހުންގެފަސް ފަހަތުންދުވުންތަކަމަކީ ތިޔަށްކިޔަނީ ޚުދުމުހުތާކަން ތިޔަތަނަށް ވަންނަށް ގޮވިހާތަކެތި އެހުރީ ރިކޯޑްކުރެވިފަ އެކަންކަމަށް މަޖިލިހުގަ ކުރާނެކަމެއްނެތިގެން އުޅެންޏާ ބަހުސްކޮށްލަންވީނު އޭރުން ގައިމުވެސް ކަމެއްކުރިކަމަށްވާނެތާ ތިޔަބައިގަނޑު ތިޔަތަނަށްވަނީ ގައިމު ރައްޔިތުންނަށް ކުރީސަރުކާރުން ކޮށްނުދޭ ނުތަ ކޮށްފަހުރިކަންކަން ކޮޕީކޮށް އެކަންކަން އިތުރަށް ރަގަޅުރާކަށްނޫންތަ އެހެންތާވާނީ އުޑެއްބުޑެއް ނުދަންނަބަޔަކަށް ބޮޑުމުސާރަގަޑެއް ދަމައިގަނެވެންޏާ ރަގަޅު ތިޔަގޮތަށް މީހުންގެ މަސްކައއކައިގެންނާ ރޮލާ ކާލަކާލަ ދައުރުރިންމާލާތި ޖާހިލުންގެ ކޮށި ތީ ހެހެހެހޭ

    27
  17. ކޯމަސް

    19 ވަނަމަޖްލިސް ވެގެންދާނީ ކުރީގެ ސަރުކާރުގެ މައްސަލަތައް ތަޙްޤީޤު ކުރާ މަޖްލިހަކަށް..

    23
  18. އަފިރިންގެ ޚިޔާލް

    ނަޝީދޫ، ތިއުޅެނީ ޚޮދު މުޚުތާރު ވެރިކަމެއްކުރަންތޯ... ހަމަ ހިލާ ތިކަމެއްނުވާނެ،،، މަޖްލިސް ބޭނުންކުރަނީ ހަތިޔާރަކަށް، މީހަކު ބޭރަށް ހިންގިޔަސް ހަމަ ކުއްލި މަށްސަލަ، ރައްޔިތުން ގަބޫލް ނުކުރޭ ތިފަދަ ނާތަހުޒީބީ އުސޫލިތައް... ކަމެއް އެފުށް މިފުށަށްޖެހުމީ ކަންހިނގާފަ އޮތްގޮތް ހޯދާބެލުން... ރ.ޔާމިން މުތުލަގަށް އުފާލާނަމޭ ވިދާޅުވިޔަސް، އެއީ އަދި ތެޅެފޮޅެންވީކަމެއްނޫން، މިހާރު ޔަގީން، 2023 ގައި ރައީސްކަން ގެއްލި، އެމްޑީޕީ 2 ފަޅިވެ، ނަޝީދު ބާކީވާނެ.... ހޯހޯ ޑިމޮކްރެސީއޭކިޔާ ޤައުމު ފުނޑުކުރަން ނުއުޅޭތި.....

    31
  19. ނަސީފު

    ހޫނ ހުރިހާ އެއްޗެއް އުވާލާނަން އަޅެ ކަމެއް ކޮށްބަލަ ގަމާރު

    29
  20. ބެއްޔާގެފުތާ

    ދުނިޔޭ ގާއި މިވަގުތުއޮތް ނިއުކުލިޔަރ އެއްބާރު ކަމުގާއިވާ ޗައިނާ އާއި ވިދިގެން އުޅުމަކީ ދިވެހިރާއއޖޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު ރުރަށްކާ ރުހުމުގެ ލޮލަކަށް އާއިބެއް ނުފެންނާނެ

    31
  21. ބުރޯ

    ޖީއެމްއާރު ގެ އެގްރީމެންޓަކީ އެއާޕޯޓް ތަރައްގީ ކުރަން ހަދާފަ އޮތް އެގްރީމެންޓެއްނޫން. އެއީ މުސާރަ ދޭނެ ފައިސާނެތިގެން 78 މިލިއން ޑޮލަރު ހޯދުމަށް އެއާޕޯޓް ވިއްކާލީ ، މީގެ ހެއްކަކީ ޖީއެމްއާރުން ފައިސާ ދެއްކިލެއްލަސްވީމަ ސިވިލްސާވިސްއައެކު އެގްރީމެންޓްކޮށް މުސާރަތައް ކުޑަކުރި ކުރުން. ޖީއެމްއާރުން ފައިސާދެއްކީ 31 އޮކްޓޯބަރގަ އެވެސް 48 މިލިއަންޑޮލަރު އަނެއް 30 މިލިއން ޑޮލަރަށް ވީގޮތެއްނޭގެ އެފައިސާ ލިބުނުކަމަށް ފިނޭސް އިން ލިއުން ހަދާފަ ހުރި ޔާމީން އެބުނަނީ ޖީއެމްއާރެު އެގްރީމެންޓް ފަދަ އެގްރީމެންޓް ނަހަދާށޭ ޖީއެމްއާރު އެގްރީމެންޓް އޮތީ ދަވްލަތަށް ގެލުންވާގޮތަށް އެއާޕޯޓް ތަރައްގިކުރަން ލޯނު ދަވްލަތުން ނަގާދޭންޖެހޭގޮތަށާ ލޯނު އަދާކުރަން ވެސް ދަވްލަތުން މަޖިލީހުންފާސްކޮށްގެން ފަސިންޖަރުންއަތުނމް 30 ޑޮލަރު ނަގަާ ގޮތަށް ފާސްކުރންޖެހޭގޮތަށް. އެ އެގްރީމެންޓަކު ޖީއެމްއާރުން އެއާޕޯޓް ތަރައްގީކުރާކަސެއް އަދި ރަންވޭއެއް ގެ މިންވަރުވެސް ހަދާ ގޮތަކަށް އެ އެއްބަސް ވުމަކު ނެތް. އެއާޕޯޓް ހިންގައިގެން ލިބޭ ހުރިހައެއްޗެއް ޖީއެމްއާރަށް އެއާޕޯޓް ތަރައްގީ ދަވްލަތުން ކުރަންޖެހޭގޮތަސް އެއްބަސްވުން އޮތީމަ އެގްރީމެންޓް އުވާލަންޖެހުނީ . އެގްރީމަންޓް އުވަލަންޖެހުނީ އެއާޕޯޓް ކޮމްޕެނީ ދަރަނިވެރިވެ އެކުންފުނި ނުހިންގޭ ހިސާބަށް ގޮސްގެން. ،މްރިޓައިމް ކިޔަވައިގެން އެކޮނޮމިސްޓަކަށް ވެގެން އުޅޭ ކަލޭގެ މަކަރާ ހީލަތުން ބައެއްގެ ޖީބަށް ބަރުވާގޮތަށް ހަދާފައޮތް މިފަދަ އެގްރީމެންޓެއް އަދިވެސް ވުޖޫދު ވެއްޖެ ނަމަ އުވާލާނަން އެކަން ކުރާކަސް ޔާމީނާވެސް ހަވާލެއްނުކުރާނަން ރައްޔިތުންނިކުމެ އެކަންކަން ހަމަމަގަށް އަޅުވާނީ.

    30
  22. އަސީ

    މަޖުލިސް އައްކެރެނީވިޔާ ޖީއެމްއާރް އެއްބަސްވުމައް އާއެކޭބުނި އޭރުގެ އެމްއޭސީއެލް ބޯޑުގެ މެންބަރުންގެ މައްސަލަ ބަލަން ކެރޭނެތޯ އެމީހުން ހޯދާފަހުރި ނާޖާއިޒު މުދާލާ އެއްޗެހި އެހެރީ ފެންނަން

    28
  23. ހުސޭނުބޭ

    ކާކަށް ބިރުދައްކަން ތި އުޅެނީ! އަލަށްތަ މަޖިލީހަށް އިންތިޚާބުވެގެން ތި އުޅެނީ! ގަމާރާ އެއީ ކަލޭމެންނާ ވާ ބެހޭކަމެއްނޫން! ޔާމީނު ސަރުކާރެއްގައި އެ އުވާލެވޭނެ!

    31
  24. Anonymous

    އަދި މިބައިގަނޑުގެ އަޢުލަބިއްޔަތުގެ ދަށުން މަޖިލިސް ހިންގަންފެށިފަހުން ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ހުށަހެޅުމެއް ހުށަހަޅާ ބަހުސެއްވެސް ކޮށްފައިނުވޭ، ހަ ލި

    21
  25. ޏާގްރާޖް

    ރައީސްޔާމީންއެވިދާޅުވީ ހަމަރަނގަޅައް ދެންމިހެން ޝޯޝިއަލް މީޑިއާގެމީސްކޮޅެއްބުންޏޭ ކިޔާފަ މަޖްލިސް އައް ކުއްލިމައްސަލައެއްވައްދަންވީނު

    23
    1
  26. ގޫޅާބޯ

    ބިރެއް ނުގަން ނާނެ ޔާމީން އެއް

    21
  27. Anonymous

    ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދަކީ ބުއްދިހުރި މީހެއްތޯ ފުރަތަމަ ބަލަންޖެހޭ! މަޖިލީހަށް ކުއްލި މައްސަލް ބަލައިގަތުމުގެ ކުރީން މީނަގެ ބުއްދީގެ ޓެސްޓް ހެދުން މާ މުހިންމު

    20
  28. ރީދޫ ބޭބެ

    އެމްޑީޕީ މަޖިލިސް މެމްބަރުން ނަށް އިންޑިއާގެ ރިޝްވަތު އޮހެނީ އެވެރިން މިގައުމު ވިއްކާލަފަ ފެލަން އެއުޅެނީ ރަށްޔަތުންނޭ ނިކަން ހޭއަރާ ތިބެއްޗޭ

    12
  29. ހ މ ޒ

    ނަޝީދުގެ ސަބަބުން މިގައުމައް ލިބެމުން މިދަނީ ފޫނުބެއްދޭވަރުގެ ގެއްލުން!!!

  30. ޢަދުރޭ

    ރާއްޖެޔަށް އެކިގޮތްގޮތުން އެހީވާ އެތައް ޤަވުމެއް ދުނިޔޭގައި އޮއްވާ އަދި 20 ހާސް ދިވެހި ރައްޔިތުންނަށްވުރެ ގިނަ ދިވެހިން އެތަނެއްގައި ވަޒަންވެރިވެ ދިރިއުޅެމުންދާ ސްރީލަންކާ . އަޅުގަނޑުންނާ އެންމެ ކައިރީގައި އޮއްވާ.
    ދިވެހި ރައްޔިތުންގެ މައްޗަށް ބާރުހިންގުމުގެ ހުއްދަ ހަމައެކަނި އިންޑިޔާ އަށް އެމްޑީޕީ ސަރުކާރުން މިދިނީ އެމްޑީޕީ ބޭނުން ބަޔަކަށް ބޭނުން ގޮތަކަށް ވިއްކަން ލިބިފަތިބި އަޅުންތަކެއްތަ ދިވެހި ރައްޔިތުންމީ ؟ . ޔާމީނުތަ އަދިވެސް ގޯސްވަނީ މި ހުއްދަ އެފުށް މިފުށަށް ޖަހާ ބާތިލްކުރާނަމޭ ބުނީމަ ؟ ދިވެހި ރައްޔިތުންނަކީ ކަނޑުކޮހުންނަށް ނަހަދާ އިނގޭ ރައްޔިތުންގެ މަޖުލީހުގަ ހުރެގެން .