ޖިނާއީ މައްސަލަތަކުގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ރާއްޖެއާއި އިންޑިޔާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަށް މަޖިލީހުން ރުހުން ދޭން ފާސްކޮށްފިއެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާ ފާސްކުރަން 65 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 11 މެމްބަރުންނެވެ.

މި މުއާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

މުއާހަދާގައިވާ ގޮތުން ސޮއި ކުރެވޭ ދެ ގައުމަކުން ކުރެ ގައުމަކުން އެދިއްޖެ ނަމަ ތަހުގީގަށް މައުލޫމާތެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށް މީހަކު ގެންދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކަމަށް މުއާހަދާގައިވެއެވެ.

އަދި އެ މީހާގެ ހުއްދަ ވެސް އޮވެގެން ކަމަށް ވެސް އެ މުއާހަދާގައި ބުނެފައިވެއެވެ. އަދި އެ މީހަކު ހަވާލު ކުރެވޭ ގައުމެއްގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން ޖެހިއްޖެ ނަމަ ބަންދު ކުރެވޭނެ ކަމަށާއި ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މުއާހަދާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖިނާއީ ތަހުގީގެއް ކުރިއަށްދާ އިރު ތުހުމަތުކުރެވޭ މީހާ ހުރި ތަނަކާއި މާލީ މުއާމަލާތުގެ ރިކޯޑްތަކާއި ބޭންކިންގް އަދި އިންވެސްޓްމެންޓާ ގުޅުންހުރި ކަންތަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމްއާއި އިދިކޮޅު މެމްބަރުން އެ މުއާހަދާ އަށް ރުހުން ދިނުމާ ދެކޮޅު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގ

    ދިވެހިން އެއްޗެކޭނުކިޔާ ހަމަތިބެނީ ކީއްވެގެންތޯ މިމީހުންމިއުޅެނީދިވެހިރާއްޖެ ހަލާކުގެތެރެއައް ވައްޓާލަން ދިވެހިން މުޒާހަރާކުރަން މަގުމައްޗަން ނުކުންނަން ނުވޭތޯ

    32
  2. ވިސްނާ

    ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮއްދޭނަމޭ ކިޔައިގެން ރައްޔިތުންގެ ގާތަށް ގޮސް ރޮއި އާދޭސްކޮށްގެން ވޯޓު ހޯދާ އަދި ނުލިބިއްޖެއްޔާ ވޯޓު ގަނެގެންވިޔަސް ހޯދި ވެރިކަމާއި ސުޕަ މެޖޯރިޓީއިން ރައްޔިތުންނަށް ވި ފައިދާއެއް ނެތް. ރައްޔިތުންނަށް ވުރެ މިމީހުންނަށް މުހިންމީ އިންޑިއާ. މި ސަރުކާރުން ރައްޔިތުންނަށް ވުރެ އިންޑިޔާއަށް ދޭ އިސްކަން މާ ބޮޑު. ރައްޔިތުން އަޅެ އެއްޗެއް ބޮވިފަތަ ތިތިބެނީ؟

    27
  3. ޤާދިރު

    "ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މުއާހަދާގައި ބުނެފައިވެއެވެ" ގެންދަނީ މާރާލަންކަމުގައިވާނަމަ މަރާލާފަ ހަށިގަނޑު ހަވާލުކުރަން ވާނެޔޭތާ ދޯ މި ބުނަނީ؟ ދިވެހި ޤަވްމު އިންޑިޔާގެ އަޅުވެތިކަމަށް ގޮސް ނިމިއްޖެ! ކޮބައިބާ މައުމޫނު؟

    30
  4. ...

    ސޭކު އިޔާޒް އަދި ޒައިދު އަދި އިލްޔާސް ވަރަށް ސަލާމް. އިބޫ މިކަން ނުކުރައްވާނެ ކަމަށް އުއްމީދު ކޮށްގެން ގޭގަ އޮވޭ. ރީތި ވެއްޖެ އެއްނު؟ . ދުޢާ ދެއްވި ރައީސް. ލޮލް.

    28
    • ތުއްފާހު

      ސުވާލަކީ، ފައިދާއެއްނެތް ގެއްލުންހުރި ލާދީނީ ބޮޑުވަޒީރަކަށް ތާއީދު ކުރާނީ ކާކު؟ ޖަވާބަކީ، ބޮޓުން

      20
  5. މަބޭ

    މިކަމައް ރުހުން ދިނުމައް ވޯޓުލީ މެންބަރުން ހަންދާން ބަހައްޓާތި މިކަމުގެ ގެއްލުމާތިޔަ މެންބަރުން ޒިންމާވާންޖެހެހޭނެ އަދި އެކަން ވަރައް އަވަހައް ތިބޭފުޅުންނައް ފެންނާނެ

    19
  6. ހޮޅިމީހާ

    ތިޔަ ޓްރީޓީއެއްގައިި ހިމެނޭ އެންމެ ނުރައްކާތެރި އެއްކަމަކީ މިފަސްގަނޑުގައި، ބޮޑެތި ޖަރީމާތައް ހިންގާ އިންޑިޔާ ރައްޔަތުންނަށް އިމިއުނިޓީ ކަށަވަރުވެގެން ދިއުން. ރިސޯޓުތަކުގައްޔާއި، އެ ނޫނަސް ރާއްޖެޭގެ އިގުތިޞާދު ދަވާލެވޭކަހަލަ ދާއިރާތަކުގައްްްްްްްޔާއި، ސިޔާސީރޮނގުރޮނގުންނާއި، ދީނީގޮތުން ރާވައިގެން ކުރިއަށް އޮތްތަނުގައިި އިންޑިޔާ މީހުން ގާނޫނާއި ޝަރީޢަތާ ޚިލާފު ކަންތައް މި ގައުމުގައިި ހިންގަމުން ގެންދާނެ. އެއިން ކަމެއްގައިި އެއިންމީހަކު ޖަލައް ލެވި، ބަންދުކުރެވޭއިރަށް އިންޑިޔާއަށް ގެނދަން ގެރީގެ އަޅުން އެދޭނެ. އަދިި އެ ތަނަށް ދެވުމުން މިނިވަންވާނެކަން އެނގޭތީ އެ މީހުން ތިބޭނީ ދާން ރުހިގެންވެސްމެ. ރަށަށް ދެވުނީމާ ރާއްޖޭގައިި ކުށެއްކަމުގައި އެ ބެލި ކަންތައް އިންޑިޔާގައި ކުށަކައްވުން ތިޔަ އެއްބަސްވުން ބުނާގޮތުން ލާޒިމު ނުވީތީ ދޫކޮށްލެވޭނެ. މި ފަސްގަނޑުގައި ރިހާކުރުު ފުޅި ނެގުމުން ފެށިގެން ފުލުހަކު ހުރިތަނެއްގައި ކިނބިއްސެއް އެޅުނަސް ދިވެހީން ސަލާމަތް ނުވާނެ. އެކަމަކު އިންޑިޔާގެެ ރައްޔިތުންނަށް ކުށްކުރުމުން ފުރިހަމަ އިމިއުނިޓީ. މިކަން އަންނި އެ ކޮށްދެނީ ގަމާާރުފުޅުން ހައްލާލައިގެން. ޗެއް. އ. ޖެނެރަލޭ. އަމާން މީހެއް ނޫން.

  7. ޒަމާން

    ވަގުތު ކުދިން އަތުގަ އެ އެއްބަސްވުން އޮތިއްޔާ އެ ހިއްސާކޮށްލަ ދިނުން ވަރަށް އެދެން... އެއްބަސްވުމުގަ އިނީ ދެގައުމު ދެމއދު މީހުން ބަދަލު ކުރާވާހަކަ.( މީހުން ) މިލަފްޒުގެ ދަށަށް ވަންނަނީ ދިވެހި ރައްޔިތުން...
    ވެރިން
    ކޯޓުތަކުގެ ގާޒީން
    މެމްބަރުން
    ކައުންސިލްތަކުގެ ވެރިން
    ވިޔަފާރި ވެރިން
    އާންމު ރައްޔިތުން ( ދީނީ މީހުނާއި ލާދީނީ މީހުން(
    މީގެ ތެރެއިން މައިގަނޑު ގޮތެއްގަ އިންޑިއާއިން ހައްޔަރު ކުރަން ބޭނުންވާނީ އިންޑިޔާއާ ދެކޮޅަށް ތެދުވާ ވެރިންނާއި ބަސްވިކޭ ވިޔަފާރި ވެރިން...އަދި އިންޑިޔާއާ ދެކޮޅަށް މައްސަލަބަލައި ހުކުމްކުރާ ގާޒީން... ދެން އާންމު ފަރުދުންގެ ތެރެއިން ދީނަށް ލޯބިކުރާ މީހުން.... އޭރުން ގާތްގަނޑަކަށް ރާއްޖެ އޮންނާނީ އިންޑިޔާގެ މުށުތެރޭ ކޮންމެ ޕާޓީއެއް ވެރިކަމުގަ އޮތަސް.. އަދި އޭރުން ފުލުހުންނާއި ސިފައިންގެ ތެރެއިން ، ސަރުކާރު ލާދީނީވެ ހައްދުފަހަނަ އެޅުމުން ދެކޮޅަށް ނިކުންނަ މީހާގެ ދުވަސް ދުއްވާލާންކަން އެގުމުން ސައިޒުވެ މައިތިރިވާނެ....
    މިހިސާބުން ޙާސިލްވާ ނަތީޖާ
    ފުލުހުންނާއި ސިފައިންގެ ތެރެއަށް އިންޑިޔާ ސިފައިން އިތުރުކޮށް ސެކިޔުރިޓީ ބެލެހެއްޓުން... އަދި އިންޑިޔާސިފައިން ތަހުގީގުގެ ނަމުގަ ދިވެހި ރައްޔިތުން ހަނާއަރުވާލާނެ.... އޭރަށް އެ އަނިޔާލިބުނު މީހުން ކެތްނުވެގެން ދެކޮޅަށް ނިކުންނާނެ.... ނަމަވެސް އޭރު އޮންނާނީ ދިވެހިންގެ ތެރެއިންވެސް ބަޔަކު ބުދުދީން ގަބޫލު ކޮށް އިންޑިޔާ މީހުނާއެކު ފައްޅިއެޅުމަށް ވަކާލާތު ކުރަން ފަށާފަ... އަނެއްކޮޅުން ކްރިސްޓިއަން ދީންވެސް އޮންނާނީ އޯޕެން ކޮށްލާފަ... އޭރަށް ނަޝީދު އިނގިރޭސިންނަށް ވައުދު ވީހެން ނަޞާރާދީންވެސް ގެނެވުނީ އަދި މޯދީ ބޭނުންވާ ބުދިޒަމްވެސް އައީ 800 އަހަރަށް ފަހު އަންދަލުސް ފަދައިން ބުދިޒަމް އަށް ދިޔައީ... ދެން އޭރަށް އަނިޔާލިބޭނީ މުސްލިމުންނަށް... ދިވެހިންގެ ތެރެއިން ކްރިސްޓިއަން ދީނަށް ނުވަތަ ބުދުދީނަށް ވަތްބަޔަކު އެމީހުންގެ އަނިޔާއިން ސަލާމަތްވާނީ.. މުސްލިމެއްގެ ގޮތުގަ ހުރި މީހެއްވިއްޔާ ހަންދަމާލާފަ ދޫކޮށްލާނީ... މިހާރުވެސް އަމިއްލަ ގައުމުގެ މުސްލިމް ރައްޔިތުންނަށް ކުރާވަރު އެހެރީ... ދެން އެހެން ގައުމެއްގެ މުސްލިމަކަށް އިހުތިރާމު ކުރާނީ ކިހިނެތް... މިއީ ގާތްގަނޑަކަށް އާޚިރުގަ ކަންތައް ވާނެކަމަށް ލަފާކުރެވޭގޮތް... މާދަން ތިބާގެ މަންމަ ނުވަތަ ދައްތަ ނުވަތަ އަންހެން ކޮއްކޮ ނުވަތަ ލޯބިވާ އަނބިމީހާ ރޭޕްކޮށްލާނީ ސިކު ހިންދީންތައް ނިކުމެ.... މިއަދު ނުވިސްނިއްޔާ މާދަމާ ވިސްނޭނެ އޭރު ޖެހޭނީ ރޯން... ނޫސްވެރިން މިކަން އިޝޫއަކަށް ނުނަގައި ކަނުލޮލެއް ދިނީމަ ދެން މިކަމާ ވިސްނާނީ ކާކު؟

  8. ޢަލީ ހަމީދު

    ގެރީގެ ކަރުގަ އަޅުވާ ގިގުނިފަތި ދިވެހިން ކަރުގަ އެޅުވީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާ...އިމުރާން ކަހަލަ އިލުމުވެރި ބޭފުޅުންވެސް .މިއަދު މަޅިފަތީގަ ޖެހުނީއޭ...

  9. ހުސެން

    ރާއްޖޭގައި ހުރި އިންޑިޔާ ކުންފުނީގެ ޖިޕެއްގެ ފަހަތުގައި ދެފަރާތުގައި އެލުވާފާއި އޮތީ ގެރީގެ ނިގޫ.އެޖެންޑާ 19 އިންޑީޔާ ރާއްޖޭގެ ކޮމަންލޯ ފާސްވީ.ރައީސަށް މިދަންނަވަނީ ތަސްދީޤު ނުކުރުމަށް،މިކަމާ އިދިކޮޅުން އޮތީ ހަނު.ރައްޔިތުން ދެން މިކަމުގައި ގޮތެއް ނިންމާނީ