8 އޮގަސްޓް 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާނުގެ މައްސަލަ ތަޙްޤީޤްކުރުމުގައި ފުލުހުންވެފައިވާ އިޙްމާލު ބެލުމަށް ބޭއްވި ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔުންތައް ދިރާސާކުރުމަށެވެ.

މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ފުލުހުން ކޮމިޓީއަށް ހާޒިރުކުރަން މަޝްވަރާކުރިއެވެ. އަދި ކުރިން ނިމިގެން ދިޔަ ބައްދަލުވުމެއްގައި ވެސް ވަނީ ފުލުހުންގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައެވެ. އެނގިފައިވާ ގޮތުން ފުލުހުން ހާޒިރުކުރާ ކޮމިޓީގެ ބައްދަލުވުން އޮންނާނީ މާދަމާ 12:00 ގައެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވެފައިވާ އިޙްމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މި މައްސަލާގައި ފުލުހުން އިހުމާލު ވެފައިވާކަމަށް ބުނެ ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފައިވަނީ ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ރިޔާސީ ކޮމިޝަންގެ ފަރާތުން އެމަނިކުފާނާ ހިއްސާ ކުރައްވާފައިވާކަމަށެވެ.

ރިޟްވާން ގެއްލިގެން ހޯދަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ފަސް އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ފުލުހުންނަށް ރިޟްވާނަށް ވީ ގޮތެއް ބުނެނުދެވެއެވެ. ރިޟްވާނުގެ އާއިލާއިން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބޯ

    ރިޒްވާން ވަގަށް ނެގީ ނަސީދު ފޮނުވި ބައެއް ، ވީއިރު ނަސީދާސުވާލު ނުކޮށް ދެވޭނީ ކޮންދިމާލަކަށް . ހައްޔަރުކުރި މީހުންގެތެރޭ ނަސިދުގެ ބޮޑީގާޑަކުވެސް ހިމެނޭ އައިރިސްޓައިމުން އަޕްލޯޑް ކުރި މިނިވަން ނޫހުގާޖެހިލާދީނީ އިންޓަވިޔު މިހާރުވަނީ ޑިލީޓް ކޮށްފަ. އައިރިސްޓައިމްއިން އަޕްލޯޑްކުރުމުން އެކަނ ކުއްވެރިކޮށް ނަސިދު ނޫސްބަޔާނެއްވެސް ނެރުން މި ނޫސްބަޔާން އިވުމުިން އައިރިސްޓައިމް ކިޔާ ނޫހެއް އުޅޭކަން އެގުނީވެސް. ތަހުގީގު ނުބައިދިމާލަކަށް ދާންފެށިމާ ވާނުވާއެއް ނެގޭނެ.

  2. ދެބޯ ގެރި

    ދެފުއް ފެންނަގޮތައް ފާޅުކަން ބޮޑުކޮއް ތަހުޤީޤް ބުހިންގޭ ސަބަބް ވަރައް ސާފް، މިސަރުކާރުގެ ބޮޑުންގެ ބައިވެރިވުންވެސް އޮތްކަމަށް ފެނޭ..

  3. ވިސްނާ

    ދެން ކީއް ކުރަން ނޫސްތަކުގަ ތިވާހަކަ ޖަހަނީ ، ސިއްރު ކޮއްފަ ބާއްވާ . ރިލުވާން ވަގައް ނަގައި ގެން އުޅޭ ކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ނަށް އެގެޔޭ ..އޭގެ ފަހުން ވީގޮތުގެ ވާހަކަ ދައްކަންޔާ ރައްޔިތުންނަށް ސިއްރު..