ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި 40 އަށް ވުރެ ގިނަ ރިސޯޓް ހުޅުވިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުގައި ކުރިއަށްއޮތް 3 އަހަރުތެރޭގައި 45 ރިސޯޓެއް މާކެޓައް ނެރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބެލިބެލުމުން ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން 70 ވަރަކަށް ރަށުގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި މަސައްކަތް ނުނިމި 10 އަހަރުވެފައި ހުރި ރަށްތައްވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެތައް ސަރުކާރެއް އައިސްސަ މިދިޔައީ، އެބަހުރި 2006 ވަނަ އަހަރު ދޫކޮށްފައި ހުރި ރަށްތަށްވެސް. ދިހަވަރަކަށް އަހަރު ރަށެއް ނުހެދި އޮތުމަކީ ބަލަންޖެހޭ ވަރަށް ނުބަލާ އޮތުމުން ދިމާވާ ކަމެއް. ސަރުކާރުން ދަނީ މިރަށްތަށް ހެދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން. އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންގެ ރަށްތައް ނަގައިގެން، ބަނޑު ދަމާލައިގެން ތިބޭކަށް. ރަށްތައް ހަދާ ހުޅުވަންޖެހޭނެ" ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ ރަށްތަކުގެ ކައިރީރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ މަސައްކަތް ނުނިމުންކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް، ނުހެދި ހުރި 70 ވަރަކަށް ރަށުގެ ތެރެއިން ތިރީހަކަށް ރަށް ވީ އެންމެ އަވަހަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
45ރިސޯޱް ހުޅުވުނީމާ އަލީ އައްވަހީދައް އޮތީ ކޮން ތައުރީފެއް ކަލޭކުރިކަމެއް ތިތާހަރާމުންހަރާން!!
ޕިސް ޕިސް ޕިސް އެއްކަލަ ކަރާ ވަހީދު ކަރައެއް ފަޅާލައިފިއެވެ..
ތޮއްޑޫ ވަނދު ކަރާ.
ސުކުރިއްޔާ ރައީސް ޔާމީން! ސުކުރިއްޔާ ރައީސް ޔާމީން! މި ސަރުކާރަށް އޮތީ ދެއަތާ ދެފައި ޖަހާފަ ރައީސް ޔާމީން ކޮށްފައި ހުރި ކަންކަން ހުޅުވާ ލެއްޕުން. އަންނަނީ ހިނި
ހައްތާވެސް ތިޔައީ ޔާމީނުގެ މަސައްކަތް .މިސަރުކާރުގެ ކަމެއްނެތް .
ދިވެހިރާއްޖޭގެ ރީތިރަށްތައް އެހެން ޤައުމުތަކުގެ ހޮޓާތައް އިސްތިހާރުކޮށް ސޯޝަލްމީޑިޔާގަ މާކެޓް ކުރަން ބޭނުންކުރިޔަނުދިނުން އެދެން! ތީގެން ރައްޔިތުންނައް ސީދާކޮށްވެ ނުސީދާކޮށް ވެސް އެވެސް ތަނަވަސްކަމެއް ނުލުބޭނެ!.
ތީކީ ކަލޯމެން ފެށި މަސައްކަތެއް ނޫން އިނގޭ. ރައްޔިތުންނަށް އޮޅުވާނުލެވޭނެ. ކަރާ މަހުޖަނު.
މޮޅު އެއްޗެކޭ ކިޔަން ފެށީއޭދޯ.. ގިނަ ރިސޯޓުތަކަކީ މައުމޫނާއި އަންނި ޒަމާނުގައި ދީފައި ހުރި ޕްރޮޖެކްޓްތައް. ކުރިއަށް ނުގޮސްގެން ޔާމީނުގެ ސަރުކާރުން ފައިނޭންސް ކޮށްދީ، އާ އިންވެސްޓަރުން ހޯދައިދީ، ސޮވެރިން ގެރެންޓީ ދީ، ކޮންސްޓްރަކްޝަން މެޓީރިއަލްސްތަކުން ޑިއުޓީ ކަނޑާލައިގެން ކުރިއަށް ދާން ފެށި ޕްރޮޖެކްޓްތައް.
އެއް ބަޔަކައް މުޅި އަތޮޅު ދިން އިރު އަތޮޅައް ކުރި އެއްކަމެއް ވެސް.
މަށަށް ވެސް ދީބަ އެއް ރިސޯޓު ހުޅުވަން
އަލީ ވަޙީދު އަށް އެމް.ޕީ އިން ދިން ގޯތި ކޮބައިބާ؟ ޢަލީ ވަޙީދު ކޮރަޕްޝަންގެ ވާހަކަ ދައްކަން ޓީވީ ތަކަށް އަރާއިރު ޢަލީ ވަޙީދު މާލެއިން ބިންގަތީތް ނޫނީ އެމް.ޑީ.ޕީ އިން ބިން ދިނީތަ ނޫނީ އެމް.ޑީ.ޕީ އިން ދިން ފައިސާއަށް ބިންގަތީތަ ކެރޭނެތަ މިވާހަކަ ދައްކަން ލަދެއް ނެތިގެން ޓީވީ ތަކަށް އަރާ ވާހަކަ ދައްކަން ކެރޭކަން ހިތަށްއަރާ.. އެހެން މީހުންނަށް އިނގިލި ދިއްކުރާއިރު ތިމާގެ ޙަލަތާމެދު ވިސްނާ ފިކުރު ކޮށްބަލަ.
އެއީ ރައީސް ޔާމީން މަސައްކަތް ފައްޓުވާފައިވާ 75 ރިސޯޓުގެތެރެއިން މިއަހަރަށް ޓާގެޓް ކޮށްފައިވާ 40 ރިސޯޓާ ފަސްއަހަރުތެރޭގައި ހުޅުވުމަށް ތައްޔާރުކުރާ 35 ރިސޯޓް! މިކަމުގައި ކަލޭގެ އެއްވެސް އަތެއް ނޯންނާނެ! ފަޚުރުވެރިވެފައި މެޑަލް ޖަހާލައިގެން ކާންހުރޭ!