ރާއްޖޭގެ ރަށެއްގައި 30000 ރުފިޔާއަށް ތުއްތު ކުއްޖަކު ވިއްކާލައިފިއެވެ.
ކުއްޖާ ވިއްކާލާފައި ވަނީ ދެކުނުގެ އަތޮޅެއްގެ ރަށަކުން އެއަތޮޅާއި ޖެހިގެން އޮތް އަތޮޅުގެ ރަށަކަށެވެ. މައިންބަފައިން އެމީހުންގެ އެއް އަހަރުގެ ކުއްޖާ ވިއްކާލީ ކައިވެނިކޮށްގެން ވަރަށް ގިނަ ދުވަސް ވީއިރުވެސް ކުއްޖަކު ލިބިފައި ނުވާ ދެމަފިރިއަކަށެވެ.
ކުއްޖާ ގަތް ދެމަފިރިން ނިސްބަތްވާ ރަށުގެ ކައުންސިލުން ވަނީ މިފަދަ ކަމެއް ހިނގިކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.
ކައުންސިލްގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އެކުއްޖާ ވިއްކާލާފައި ވަނީ އެގްރިމެންޓެއްގައި ސޮއި ވެސް ކުރުވުމަށް ފަހުގައި ކަމަށެވެ. އެގްރިމެންޓްގައި ލިޔެފައި އޮތީ ކުއްޖާ ދިނުމުން ހަދިޔާއެއްގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 30000 ރުފިޔާ ދޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީ އަށް މިކަމުގެ މައުލޫމާތު ލިބިގެން ރަށު ކައުންސިލަށް ގުޅާ، ކުއްޖާ ގަތް ދެމަފިރިންގެ އަތުގައި ލިޔުމެއް އޮތްތޯ ސާފުކޮށްދިނުމަށް އެދުމުން ރަށު ކައުންސިލުން ވަނީ އެލިޔުން ޖެންޑާ މިނިސްޓްރީ އަށް ފޮނުވާފައެވެ.
ލިޔުން ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ރަށަށް ގޮސް އެކުއްޖާ ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކުއްޖާގެ މަންމަގެ ލިޔުމެއް އޮއްވާ ކުއްޖާ ގެންދަނީ ކީއްވެތޯ އެރަށު މީހުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ކުރެން ސުވާލު ކުރުމުން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ކުއްޖާ ގެންދަނީ އެކަމުގައި ފައިސާގެ މުއާމަލާތެއް ހިނގާފައި ވާތީ ކަމަށެވެ.
މިކަމާއި ގުޅިގެން ޖެންޑަ މިނިސްޓްރީގެ ބަހެއް ހޯދަން "ވަގުތު" އިން ޖެންޑާ މިނިސްޓްރީ އަށް ގުޅުމުން ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. މިނިސްޓްރީން އެހެން ވިދާޅުވިތާ މިހާރު ހަތަރު ވަރަކަށް ގަޑިއިރު ވެއްޖެއެވެ. ތަކުރާރުކޮށް ޖެންޑާ މިނިސްޓްރީ އަށް ގުޅުމުން ވެސް އިތުރު ޖަވާބެއް ނުލިބުނެވެ.
ކުދިންގެ ބެލެނިވެރިކަން ބަދަލު ކުރުމުގެ ޤަވައިދެއް ރާއްޖޭގައި ވެސް އޮވެއެވެ. އެޤަވައިދުގެ ދަށުން ބެލެނިވެރިން ބަދަލު ކުރަނީ ކޯޓު މެދުވެރިކޮށެވެ.
މިފަދަ ގޮތަކަށް ރާއްޖޭގައި މީގެ ކުރިން ކުއްޖަކު ވިއްކާލި މައްސަލައެއް ފެންމަތިވިކަން އެނގިފައެއް ނުވެއެވެ.
ތީގެ ކޮބާތަ މައްސަލައެއް އެކުއްޖާގެ އަސްލުމަންމައާއި ބައްޕަ ކުއްޖާ ވިއްކާލީ ދެން އެކުންޖާ ގަތް ދެމަފިރިން ކުއްޖާއަށް މަންމައާއި ބައްޕަގެ ލޯބިދީގެން ބަލައި ކިޔަވައިދީ ރަނގަޅަށް ތަރުބިއްޔަތުކޮށްފަ މުޖުތަމަޢަށް ނެރެދިނީމަ އެނިމުނީނު
ޖެންޑާގެ ބެލުމުގެދަށަށް ދިޔައިއްޔާ ބެޑްޝީޓެއްގެ ދަށުގައިއޮށްވާ ވީގޮތެއް ނެނގި ގެއްލިދާނެ
އެހެން ގެއްލިއްޖެނަމަ އިހުމާލުވާނެ ފަރާތެއްވެ ނުވޭ
އިންސާނުން ގަނެވިއްކުމަކީ ގާނޫނީ ކުށެއް
އެޑަޕްޓް ކުރުމަކީ ޙަރާމް ވެސް ކަމެއް
204 މީހުން މި ކޮމެންޓަށް ލައިކް ދިނުމަކީ ހިތާމަހުރި ކަމެއް. މިއީ މަޖާކަމެއް ނޫން. އިންސާނުން×އަޅުވެތިކުރުމާ ގަނެވިއްކުމަކީ އިސްލާމްދީނުގައި ވަރަށްބޮޑެތި ކުއް.
އެކުއްޖާގެ ހައްޤު ތިގޮތަށް ގެއްލުވައެއް ނުލެވޭނެ. ދަނޑުގޮވާމުގެ ބާވަތްތައްހެން ހައްދާފަ މާރުކޭޓްގަ ވިއްކާ އެއްޗެއްތަ ކުދިންނަކީ
ސުބުހާނައްﷲ ކޮންކަހަލަ މައިންބަފައިންނެއްތީ. ލާރީގެ ދަހިވެތިކަމުގަ ބަނޑު އަޅާ ވިހޭދަރި ވިއްކާލާނީ ހާދަ ރަހުމެއް ނެތީމައޭ
ތިކަހަލަ ކަންތައްވާ ވަރު މަދު. ޢާސަންދައެއް ނުދޭނެ ދަރިން ނުލިބޭތީ ބޭސްކުރަން. ޜާއްޖެއިން ބޭސް ނުކުރެވޭ. ޢަދަބެއްގެ ގޮތުން ފްލެޓެއްވެސް އެމީހުންނަކަށް ނުލިބޭނެ. އެއްވެސް އެސޯސިއޭޝަނެއް ހެދިފައި ނެތް. ޢެއްވެސް ސަރުކާރަކަށް ނުފެނޭ ދަރިން ނުލިބޭ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމެއް. ޢެމީހުންނަށްވެސް އެހީތެރިކަން ބޭނުންވޭ ފަރުވާ ހޯދައިގެން ދަރިން ހޯދަން .ފައިސާވެރިންވެސް އެމީހުންނަށް އެހީތެރިވެދޭ ތަނެއް ނުފެނޭ. ﷲ އެބައިމީހުންނަށް ކެތްތެރިކަން ދެއްވާ ދަރިން ދެއްވާށި. ޢާމީން
އާމީން... އެބައި މީހުން ގިނައިން ދަރިން ދެއްވާށި.... އާމީން ....
ރެންޓް ދީފަ ބޭސްކުރާނެ ލާރި އެއްނެތް. ގޮތް ހުސްވެފަ މިހިރީ. އެހީއެއް ހޯދަން ހަދަންވީ ކިހިނެއް ކަމެއް ދާންވީ ކާކުކާރިއަށް ކަމެއް ނޭނގެ. މީހުން ކާރި އެހީއަށް ކިޔަން ލަދުވެސް ގަންނަ ކަމެއް މީ އަދި ބައެއް މީހުން އެހާ މަލާމަތް ކުރާ ކަމެއް. ރަނގަޅު ވަޒީފާއެއްގައި މިއުޅެނީ އެކަމަކު ސަލާން ޖަހަން މަޖުބޫރު ވެއްޖެ. މިއަޅާއަށް ކެތްތެރިކަން ދެއްވާށި. އަދި ދަރިން ދެއްވާށި
އާމީން
ސުބުޙާނަށްﷲ
ދެން ފެންނާނީ އައިބޭގަ ކުދިން ވިއްކަން ޖަހާފަ ހުއްޓާ
ތީކީ އެއްވެސް މައްސަލައެއް ނޫން. މަންމަ އާއި ބައްޕަ ކާރީގަ ތިބެގެން ދަރިން ކުރިމަތީގަ މަަސްތުވާ ތަކެތި ބޭނުން ކޮށް، ވައްކަން ކޮށް ހަދަމުން ދިއުމަށް ވުރެ އެކުއްޖާ އަށް މާބޮޑަށް ވެސް ތިގޮށް މާ ރައްކާތެރިކަން ބޮޑުހެން ހީވަނީ.
ދަރިން ވިއްކުމަކީ މައިންބަފައިން ކުރަން ރަނގަޅުކަމެއް ނޫން .އިންސާނިޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް އެ ހިތުގައި ނެތީމާ ދޯ!
ކޮބައި ޖެންޑާ މިނިސްޓަރު.
ތިކަމުގަ އެ ދެ އާއިލާގެ ނިޔަތް ރަނގަޅުނަމަ އެކަމުގަ ގޯހެއްނެތް ހަދިޔާއެއްގެ ގޮތުން ފައިސާގެ އެހީތެރިކަމެއް ފޯރުވުމަކީ ވިޔަފާރިއަކަށްނުވާނެ ނިޔަތް ރަނގަޅުނަމަ އެދެ އާއިލާއިންވެސް އެކަންކުރީ ރަނގަޅަށް ދަރިން ލިބުމުން މަހްރޫމް ވެފައިވާ އެކަމަށް ބޭނުންވާ އާއިލާއަކަށް އެކަމުގެ ހިތާމަތައް ކުޑަކޮށްދީ ދަރިއެއްގެ އުފާ ހާސިކްލޮށްދިނުމަށް ކުއްޖަކު ހަދިޔާކުރުން އެއީ މައްސަލައެއްކަމަށްނުފެނޭ ދެން ތިޔަ ކަމުގަ ނުރަނގަޅުކަމެއް އެކުލެވިގެންވާކަމަކަށް ޤަބޫލެއް ނުކުރެވޭ
ރަނގަޅު.
ކިހާ ރަނގަޅު ކަމެއް... ރައް މެދައް ވިހާފަ މިއީ އަލައް އޭނާ ކުދިން ދިން ފަހަރެއް ނޫނޭ. ހަނދާންވޭތަ ފބ ގަ ވެސް މީނަގެ ދަރިއެއް ވިހާފަ ދޭން ވެގެން އެއްފަހަރެއްގަ ޖެހި. މިފަހަރު 30000 ރފ ދިނީ ސަޔަކަށޭ ކިޔާ އަޑު އިވެނީ.
ހިއުމަން ޓްރެފިކިންގ ތެރެއަށް ތިކަން ނުވަދޭތަ؟
ސުބުހާނަﷲ މޮޔަވީތަ އަޅެ ދަރިފުޅުވިހެއިމީހާ، ލާރިޔައް ދަހިވެތިވިޔަސް އެދެންް ބޮޑުވަރު
މީ ކޮން ޖެންޑާ އެތް ކަލޭމެންނާ ބެހޭ ކަމެއްތަ ހިމޭނުން ތިބެބަލަ ބެޑު ޝީޓު އަޅައިގެން
ބެލެނިވެރިޔާ އެކުއްޖާޔަށްް ކުރި ހަރަދު ގޮތުގާ ދިން 30000 ރުފިޔާ !!! ކީއްކުރާނީ ސަންތިމަރިޔަބު ބެޑުސީޓު ކޮޑުގަ އަޅުވާގެން ހުރިހާ ތަނަކަށް ވަންނާނެ
ދަރިޔަކުނުލިބި ތިބި ދެމަފިރިޔަކަށް ކުއްޖަކު ހަދިޔާކުރުމަކީ މައްސަލައެްނޫން، ހަދިޔާއަކަށް 30000ރ ދިނަސް ގަތް ކަމަކަށް ޤަބޫލެއްނުކުރެވެ. 30 ވީމަ ކުޑަ.. ނިޔަތް ރަގަޅުކަމަށް ޤަބޫލުކުރެވެ. ދަރިން ނުލިބޭ މީހަކު ދަރިޔަކު ހޯދަން އެމީހެއްގެ ގުނަވަނެއްވެސް ދީފާނެ.
ދީގެން ނުވާނެ.. އަސްލު މައިންބަފައިން ތިބިހާ ހިނދަކު
ޖެންޑާ މިނިސްޓުރީއަށް ކޮންކަމެއްތޯތިއީ މިނިސްޓުރީއަށް މިނިސްޓުރީގެ ބެލުމުގެދަށުގަ ތިބޭކުދިން ވެސް ނުބެލިގެން ތިޔައުލެނީ
ބެޑްޝީޓްގެ ދަށަށް ގެންދިޔައީ ދެއްތޯ....ދެން ތިކުއްޖާ ފެނިއްޖިއްޔާ ރަނގަޅު....
ބަޔަކު މީހުން މަޖަލަކަށް ހަދާފަ މިކަހަލަ ކަންކަން ސިޔާސީ ކުރާތީ ހިތާމަކުރަން...
ރައްޔިތުން ބަނޑަށްޖެހި ދަރިން ވިއްކާ ހިސާބަށް އައީބާ، މިސަރުކާރުވެއްޖެ ބޮޑް ބަލިމަޑުކަމަކަށް... ޖެންޑާ ފެއިލްވެ ހިންގުން ދޯދިއާވާއިރު ރ.ސޯލިހުއަށް މިހުރީ ކިއެއްވެފަތަ....ކުދިން ވިއްކާ ހެދުމީ ބޮޑެތި ޖަރީމާތައް ވ ސީރިއަސް މަށްސަލަތައް...
ސިދާތާ މޮޔަފުޅުވީތޯ ދަރިން ލިބުމުން މަހުރޫމުވެފަ ތިބި ދެމަފިރިއަކައް ހެޔޮހިތުން ކުއްޖާ ދިނީމަ ކޮބާތޯ މައްސަލައަކީ ހަދިޔާ އެއްގެ ގޮތުން އެއްޗެއް ދިނީމަ ހާދަވަރެކޭ ތިވަނީ ބުއްދި ގަބޫލް ނުކުރެވޭ ކުޑަ އަގަކައް ވިއްކާލާނެ ކަމަކައް ޒިންމާ އަދާ ނުކުރެވެންޔާ އިސްތިއުފާދީފަ ފެއްސޭ
ތީގަ ނެތް ގޯހެއް..އެވަރުގެ މަންމަޔާ ބަފައެއް ކައިރީގަ ބެހެޓުމަށްވުރެ ހަބައި ރަގަޅުވާނެ ދަރިން ނުލިބިގެން ހިތާމަ ކުރާ ދެމަފިރިންނަށް ދިނިއްޔާ....އެމީހުން އަމިއްލަ ދަރިޔެއްގެ ލޯބި ދީގެން ބޮޑު ކުރާނެ މާ ރަގަޅަށްވެސް
ކޮމެންޓުތަކަށް ބަލާލީމަ އަދި ލައިކް ދީފަ ހުރިގޮތަށް ބަލާލީމަ އެބައިނގޭ އަސްލުވެސް ޔާމީނަށް ތާޢީދު ކުރާމީހުންގެ ވިސްނުމުގަ މައްސަލައެއް އެބައުޅޭކަން!
އަދިވެސް ހަމަ ދަތްގޯނި އިސްތިޢުފާނުދޭންތަ މި ގަދަދައްކަނީ؟
ދަތްގޯންޔެއް ނޫން، ކިނބޫ ބަޑުވަގު، ބޮޑު ޖާހިލު ބޮޑު އިބިލީސް،
އިންޑިއާގެ ސަޤާފަތް ޢާންމުވެއްޖެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، އަންހެނުން ރޭޕްކުރުން، ކުޑަކުދިން ވިއްކުން، މީހަމަ އިންޑިއާގެ މިހާރުގެ އާދަކާދަ، މި ކަމުން ދޭހަވަނީ އަޅުވެތިވެ ބިރުވެރި ނާމާން ކަމެއްގެ ތެރެއަށް ގެންބިފައިވާ މިންވަރު، މި ކުޑަ ދިވެހިރާއްޖެ އަށް އަޑިގުޑަންކަން މެދުވެރިވެ ދިވެހިން ބިކަވާކަށް ވަގުތެއްނެތް އެކަން ވަނީ ވެ ނިމިފަ، ދެން އޮތީ މި ޤައުމަށް ލިބިދާނެ ޤުދުރަތީ ނުރައްކާތެރިކަން އެކަން ކަން ވެސް މިހާރު ތަހަންމަލް ކުރަމުން ދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް، ޔާﷲ މި ޤައުމު މި އަނދިރި ނާމާން ކަމުން ސަލާމަތް ކުރަށްވާށި، އާމީން
ދަރިއަކު ނެތްނަމަ ވިސްނޭނީ
ތިޔަ ހިޔާއިން ފަސޭހަ ގޮތެއްގައި ބޭނުންވާ މީހުންނަށް ކުދީން ދޭނަމަ މިމައްސަލައެއް ނުނިކުންނާނެ
ޖެންޑަރ މިނިސްޓްރީއަކީ އުވާލަންވެފަ ހުރިތަނެއް
ނޫނީ ލިބުނު ދަރިން މަރުވެއްޖިއްޔާ ވެސް ވިސްނިދާނެ
ކުއްޖަކު ވިއްކާލި ކަމަށް ކިޔާއަޑު އަހަން ވަރަށް އުނދަގުލެވެ. އިންސާނުން ނަކީ ފައިސާއަށް ވިއްކާލެވިގެން ވާނެ ބައެއް ނޫނެވެ. ޢެހެންނަމަވެސް ހެޔޮނިއަތެއްގައި އަދި އެކުއްޖާއަށް ރަނގަޅު މުސްތަޤުބަލެއް ލިބޭނެ ކަމުގެ އިތުބާރު އޮތްނަމަ ދީނުގެ އިންތަކުގެ ތެރެއިން އެފަދަ މުައާމަލާތެއް ކުރެވިދާނެ ކަމަށް ވާނަމަ އެކަން ކުރުން އަޅުގަނޑަކަށް ގޯހެއްނޫނެވެ.
އަޅޭ
ތ.އޮމަދޫ ގަމުން ގަތީ
އިންޑިއާގެ ފިކުރުުތައް ފިލްމުތަކުންނާއި ސަރުކާރުން ޤައުމަށް ގިނަވެ ރޭޕްކުރުމާއި، ޅަދަރިންނަށް ނިކަމެތިކަންދިނުމަކީ ޢާމުކަމަކަށް މިދަނީވަމުން.
....