ކަންކަމުގެ ހަގީގަތް އެނގިގެންނޫނީ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮވާލައްވައިފިއެވެ.

ޝަރީފް މިކަމަށް ގޮވާލެއްވީ، މިދިޔަ ހުކުރު ވިލޭރޭ ޕީޕީއެމް އިން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަަށް ރައްދު ދެއްވަމުންނެވެ.

ޕީޕީއެމްގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސްތައް ނައްތާލި ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ޔާމީން ވަނީ އެހެން ވިދާޅުވެފައެވެ.

ޔާމީނަށް ރައްދުދެއްވާ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ އިލެކްޝަންސް ކޮމިޝަނާ އެކަމާ ބެހޭގޮތުން ސުވާލު ކުރައްވައި ތެދު މައުލޫމާތު ހޯއްދެވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސްތައް ނަައްތާލީ، ވޯޓު ކަރުދާސްތައް ނައްތާ ނުލާންވީ އެއްވެސް ސަބަބެއް ނެތުމުން ކަމަށެވެ. އެެއްވެސް ފަރާތަކުން ވޯޓު ކަރުދާހުގެ މައްސަލަ ބަލާކަން އެނގިފައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން އެންގި އެންގުމުގައި ވޯޓު ކަރުދާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނެތް އަންގާފައެއް. އެއީ ތެދެއް. އެކަމަކު އެމައްސަލަ އެއްވެސް ފަރާތަކުން އޭރު ނުވެސް ބަލާ. އެހެންވީމަ ވޯޓު ކަރުދާސްތައް ނައްތާނުލާ ބެހެއްޓުމުގެ ސަބަބެއް ކޮބާ؟" ޝަރީފް ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އާންމުގޮތެއްގައި އިންތިހާބުން ބަލިވާ ޕާޓީން ކުރާނެ ކަމަށެވެ. އެކަން ހުއްޓުވުމުގެ އެބޭފުޅާގެ ވިސްނުމުގައި ޔަގީނުންވެސް އެބަހުރިކަމަށް އަކްރަމް ވިދާޅުވިއެވެ.

ޝަރީފް އަކީ ކުރިން ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. ޝަރީފަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަން ލިބުނީ ވެސް ޔާމީން، ޝަރީފަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާތީއެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފައެވެ. އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގެ ގިނަ ނިންމުންތައް އައީ ޕީޕީއެމް އާއި ވެސް ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. Anonymous

    މަ އެންމެ ދެކޭ ހިތްވާ ދުވަހަކީ މިކަލޭގެ ބިމަށް ތިރިވާދުވަސް.

    180
    13
    • އަލުން

      އިންޝާއަﷲ ވަގުތު ޖެހުމުން ތިކަން ވާނެ.

  2. ތާޅަފިލި

    އީސީ ސަރީފފފޫފޫ، މައިތިރިވެގެން ލިބުނު ފައިސާގަނޑާއި ކުރެވުނު މޮޚުކަމާއިގެން ހުރެބަލަ. ޥޯޓްކަރުދާސްތައް އަންދާލީ ފުލުހުންގެ ތަހުގީގުގައި ކަރުދާހުގައި ހަދާފައިހުރި މަކަރާއި ހީލަތް ފޮރެންސިކް އެހީގައި ބެލި ޝަރީފްގެ ސޯޓްބޭލިދާނެތީ. ވޯޓަކީ ކަރުދާސްވިއްޔާ އަންދާއަޅިއަށް ހަދާލީމަ ދެއް އެއިންގެއްކޭނެ އެއްޗެއް ނޯންނާނެ ދޯ. ޢެތައްބައެއްގެ ހައްގައް ޝަރީފް ވަނީ އަރައިގެންފަ. ޑުނިޔެމަތީ އެކަން ނުފެނި ނުދާނެ

    180
    10
  3. ސަޒާ

    ހުރިހާ ކަމެއްވެސް ދެނެވޮޑިގެންވަނީ ﷲ ހަމަ ޔަގީނުންވެސް އެގޭ އެއްޗަކީ ކޮންމެސް އެއްފަރާތަކުން ދައްކާ ވާހަކައެއްގައި ހަޤީޤަތާ ހިލާފު ކަންތައްތަކެއް ހިމެނޭކަން

    160
    5
  4. ވިސްނާ

    ހަގީގަތް ބަލާފައި ތެދުބަހުން ވާހަކަދެއްކުމަކީ މިހާރު މިގައުމުގެ ސިޔާސީ ބޭފުޅުންނާއި އެކްޓިވިސްޓުން ދަންނަ ކަމެއްނޫން. ޚުދު ގައުމުގެ ރައްޔިތުން އެބަޔަކަށް އިތުބާރުކުރާ ވެރީންނާއި މެމްބަރުންގެ ކިބައިގަވެސް ނެތް ތިޔަބުނާ ތެދުވެރިކަމެއް. ތިމާގެ ފިކުރާ އިދިކޮޅުމީހަކާ ދިމާވެއްޖެއްޔާ ދެން އެމީހަކު ހިތަށްއެރި އެއްޗެއް ހިތަށްއެރި ގޮތަކަށް އަނެކާއާ ދިމާލަށް ބުނަނީ ހެއްދެވި ފަރާތަކަށް ޤިޔާމަތަކަށް ބިރެއްނެތި. މިހުރިހާ ކަމެއްވެސް ދިވެހިންނަށް ދަސްކޮށްދިނީ ކެރަފާ ނަސީދާއި އޭނަ ލީޑުކުރާ ޕާޓީން. މިހާރުވެސް އެއުޅެނީ ދޮގުހެދުމާއި ކަންކަން އޮޅުވާލުމުގައި އަވަދިނެތި. އެމްޑީޕީގެ ފޭސްބުކު ޕޭޖުތައް ބަލާބަޔަކު އެމީހުންގެ ނަޒާހަތްތެރިކަން ފެނިފަ ކޮސްވާނެ.

    129
    1
  5. ވޯޓް ގުނާމީހާ

    ޝަރީފް އެބުނަނީ މުޅިން ދޮގު ވާހަކައެއް ނޫން.. އެކަމަކު އެހާ ޒިންމާދާރު ވާހަކައެއް ނޫން..ވޯޓް ގައި ބައިވެރިވި އެއްފަރާތުން ޝައްކު އުފައްދާނަމަ ވޯޓް ކަރުދާސްތައް އަވަސް އަރުވާލާފައި ނައްތާލުމަކީ މަސްއަލައިގެ ބާވަތުން އެއްފަރާތެއްގެ ހައްގުނިގުޅައިގަތުން.. އަދި ވޯޓް އޮޅުވާލިކަމައް އެފަރާތުން ބުނާބުނުމައް އިތުރު ބާރުވެރިކަމެއް ލިބިދާކަމެއް

    71
    2
  6. ރިޔާސާ

    ކަލޭގެ އަގަޔަށް އެމްޑީޕީން ބަސްލައިދީގެން ކޮންމެ އެއްޗެކޭ ވީދުނަސް ކަލޭ ތިޔަހުރީ ތިންމިލިޔަން ޑޮލަރަށް ވޯޓު އޮޅުވައިލަދީގެން. މާތްރަސްކަލާންގެ އިރާދަކުރެއްވިއްޔާ އެކަމުގެ ހިތި ނަތީޖާޔަ ކަލޭ ކުރިމަތިލަންޖެހޭނެ! އެދުވަސް އޮތީވެސް އިންޝާއަﷲ ދުރެއްގަޔެއްނޫން. ކަލޭ ބާކީ ނުކުރާނޭކަމަށާ ކުންފުންޏެއްގެ އިސްވެރިޔަކަށް ކަލޭ ހަމަޖައްސައިދޭނޭކަމަށް އޮތީ ވަޢުދުވެފަ!

    64
    1
  7. އަނގޮޓި

    އަނގޮޓި ޝަރީފޫ ހާދަލަހަކުން ރައްދުތިދިނީ މިހުރިހާދުވަހު ވިސްނީތަ ބުނާނެއެއްޗަކާމެދު؟ބަލަ ކަލެއަށްވުރެ ކަންކަމުގެ ހަގީގަތް އިގޭތީއޭ ރޔާމީން އެހެން އެބުނަނީ. ކަލޭ ފެންވަރު އޮޅިގެންއުޅުނަސް ރޔާމީނަށް ލަލެއަކީ ކާކުކަން ނޯޅެޔޭ. މިދުނިޔޭގަ އުޅެވުދާނެ ފުއްޕާފަ އާހިރަތުގަ ރައްޔިތުންގެ ހައްގެ ފޭރުނުަ މައްސަލަ ނުބެލޭނެކަމަށް ހީކުރަނީތަ؟އަހަރެމެން ކަލެއަށް ޝައްކުކުރަން. ވޯޓު އޮޅުވާނުލަންޏާ ވޯޓުކަރުދާސްތަ ނައްތާލުމުގެކުރިން އެކަން ސިޔާސީޕާޓީތަކާ މީޑިޔާއަށް ސިއްރުން ނައްތާލީކީއްވެ.

    86
    1
  8. މަބޭ

    ސަރީފް ތިޔަދެއްކި ވާހަކައިން މިހާރު ޔަގީންވެއްޖެ ސަރީފުމެން ގޯސްތަކެއް ހަދައިފިކަން އެހެންނޫންނަމަ ފަޔަތް ހިނިއަރައިގެން އުޅޭހެން ވޯޓް ކަރުދާސްތައް އަންދާނުލީސް

    91
    1
  9. ދެެރަ

    މިސާލެއްގެގޮތުންބައްލަވާ ޝަޔްޚް ޢިމްރާން އައްވާގޮތް ދޮގުހެދެންއޮއްވާ ތެދެއްނެހެދިގެން އެއުޅެނީ

    69
    1
  10. އާދަނު

    ކުރިންވެސް ހަމަ އެހާ އަވަހަށް ވޯޓް ކަރުދާސް އަންދަންތޯ؟

    74
    3
  11. Anonymous

    ހާދަ ގޮތްކުޑަ ފިރިހެނެކޭ މިޝަރީފަކީ!

    61
    1
  12. އެމްޑީޕީ

    ކުރިންވެސް ހަމަ އެހާ އަވަހަށް ވޯޓް ކަރުދާސް އަންދަންތޯ؟

    39
    4
  13. ޖީސީ ޝަރީފޫ

    ތިހާ އިހްލާސްތެރިނަމަ އަދި ވޯޓް ކަރުދާހުގަ މައްސަލަ ނެތް ނަމަ އެހާ އަވަަހަށް ނައްތަާލންވީ ކީއްވެ. އާސަަރުކާރު ހުވާ ކުރަންދެން ބެހެއްޓީސް ދޯ. ދެން އަންނަ ސަރުކާރެއްގަ މައްސަލަ ބެލި ތި ވަގު ޝަރީފްސޯ ޖަލަޢް ލެވޭނެ. ނުވެސް ފިލޭނެ

    57
    3
  14. ދައްލާދު

    އޮޅުވާލުމާ މަކަރު ހަދައިގެން ފައިސާ ހޯދަން މަސައްކަތް މިއަދު ޝަރީފު އަށް ކުރެވިދާނެ

    59
    2
  15. ޟަނާއު

    ސަރީފު ކަލެއަ އެނގޭތަ ހުރިހާކަމެއް ދެކެ ދެނެ ވޮޑިގެން ވާފަރާތެއް ވާކަން ކަލޭތި ހިންގި ޖަރީމާގެ ރަހަ ދުނިޔޭގައި ކަލެ އަށް اللهދައް ކަވާނެ.إن شاء الله

    60
  16. ޢިޔާބު

    ވޯޓު އޮޅުވާލި ބޮޑު........

    48
    1
  17. އެމް ޑީޕީ

    ތިޔަ ޝަރީފު ތިހިސާބަށް އަރުވައި މޭޒުމަތިން ކާންދިން މީހާގެ އަތުގައި އެޅީ ދަތް! އޭނާއާމެދު އެމް ޑީޕީ ވެސް ވަރަށް ވިސްނަޖެހޭ! އޭނާއަކީ ޙަޤީގަތް ނައްލި މީހާ ދެންކޮން ހަޤީގަތެއްތޯ އެހެންމީހަކަށް ހޯދޭނީ!

    52
    1
  18. ގެދަބުޅި

    ދިވެހިރައްޔިތެއްގެހައުސިއްޔަތުން ދަންނަވަން. އީސީޝަރީފް އަސް އެއްވެސްމިންވަރެއްގެ އިތުބާރެއްނުކުރަން. ކިތަންމެވާހަކައެއްދެއްކިޔަސް މިހާތަނައް ދިވއހިރާއްޖޭގަ ބޭއްވިދިޔަ ރިޔާސީއިންތިހާބެއްގަ ސުވާލުއުފެދޭ އަދި ޝައްކުކުރެވޭ އެންމެމައްސަލަ ގިނަ އިންތިހާބަކީފާއިތުވިރިޔާސީއިންތިހާބުކަންޔަގީން . ވޯޓްކަރޔދާސްތައް އެއީ ޝަރީފްގެ އަމިއްލަމުދަލެއްނޫން ތެޅިގަންފަ ވީއެންމެއަވަހަކަށް އެއަންދާލީ ހަމަ އޮޅުވާލުންތަކެއްއޮޅުވާލާފަވަތީ . އެހާނަޒާހަތްތެރިކަންހިމެނޭނަމަ އަދިރައްޔިތުންގެއިތުބާރާއިޔަގީންކަން ބޭނުންނަމަ އެގޮތުގައެކަންނުކުރާނެ. ޔަގީންވާކަމަކީ ތިމާކުޅަ ނުބައިއަމަލެއްވާނަމަ އެކަމަކާ ކުރިމަތިލާން ނުޖެހިނުދާނެކަން. ވަރަށްސަލާން.

    40
  19. Anonymous

    އެދުވަހު ވޯޓުލާން ފެށުމުގެކުރިން ކޮމްޕްލެއިންސްބިއުރޯ ދަރުބާރުގެއަށް (އެއްވެސް މުވާސަލާތީ ޚިދުމަތެއް ނެއްތަނަކަށް) ބަދަލުކުރުމުގެ ބޭނުމަކީ ކޮބައިތޯ؟؟؟ އެއިގެ ސަމަބުން ވޯޓްއެޅުމުގައި ކުރިމަތިވި މައްސަލަތަކާއި ބެހޭގޮތުން ޝަކުވާތައް އަންގަން ބޭނުންވި ފަރާތްތަކަށް ޝަކުވާތައް ނެއެންގުނު، ދިމާވި މައްސަލަތަކުގާ ވޯޓްލާންދިޔަ ޕީޕީއެމް މެމްބަރުންގެ ގިނަރައްޔިތުންގެ ރީރަޖިސްޓްރީވެފައި ނެތްކަމަށްބުނެ އެމީހުންވޯޓްލިއުމުން މަހުރޫމުވުމާއި ބައެއްމީހުންގެ އައިޑީކާޑު މަކަރުވެރި ރޭވުމުން ހިފެހެއްޓުން، އަދި އޮޅުވާލައިގެން ވޯޓްފޮށިތަކުގެ އަދަދު އިޢުލާންކުރުންފަދަ ޖަރީމާތައްހިނގިކަން މިއީ ފާޅުކަންބޮޑު ހަގީގަތެއް، ކިތައްމެވަރަކަށް އީސީ ޢައްދާރު ޝަރީފު މިޖަރީމާއިން ރެކިދާނެކަމަށް ޔާމީނާދިމާއަށް ފާޑުފާޑުގެ ޖެއްސުންކުރިއަސް ރައްޔިތުންގެ އެތަކެއް ހައްގެއް ފާޅުގާ ނިގުޅައިގެންފއި ނުވާކަމަކަށް ނުވާނެ، ބޮޑެތި ރިޝްވަތު ބަނޑަށްއަޅައިގެ ތިބީ، ދުޢާއަކީ އެ އައްދާރުންނަށް މިދުނިޔެއިންވެސް އެކަން ދައްކަވާށި އާމީން.

    45
  20. އަލްޖިބްރާ

    ޔާމީނު ކޮންމެ ވާހަކައެއް ގޮވަމުން ދުވިއަސް ޔާމީނުވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ، ކޮންމެ ކަމެއްވެސް " މަތީގަޑިން " ޖެއްސެވުމުން ދެން ޔާމީނަކަސް ، ހާމާނަކަސް ކުރެވޭނެ ކަމެއް ނޯންނާނެކަން ޤަބޫލުކުރުން !

    4
    32
  21. ސަމީހާ

    މިވަރުގެ ލަދު ހަޔާތްކުޑަ އިންސާނެއް މި ދިވެހިރާއްޖޭގައި ނުހުންނާނެ. މިކަލޭގެ ނިމުން ކިހިނެެއްވާނެބާ

    43
    1
  22. މޯދީ 100 މިލިޔަން

    ޝަރީފަކީ އަންނިމެންގެ ދުޝްމަނެއް ރިޔާސީ އިންތިޚާބުގެ 6 މަސްކުރިން، ޝަރީފް އަތުއަޅުވާލަން ލިބުނީ އިންޑިޔާއާއި، އެމެރިކާނުން ވަރަށް މަސައްކަތްކޮށްގެން، ޔާމީނަށް މީތި ފަޅާލަން ފުރުސަތު ލިބުނު އެކަމަކު ވަގުތު ކުޑަތަންވެފާހުރީމަ، ޝަރީފަށް ދޯކާނުދެވުނީ! ޝަރީފަކީ އަންނިމެންގެ ބޯއިޔެއް މިހާރު!

    37
    1
  23. ދޮންމޮހޮނު

    ރައީސް ޔާމީން އެއްކަމަކު ވަގުތު ޖެހުނީމަ ކުރެވޭނެ ހަމަ އެއްވެސްކަމެއް ނޯންނާނެ؟

    5
    17
  24. ދެލޯދުންމާރި

    ޔާމީނު ގެންގުޅޭނީ މިކަހަލަ ބޮލުރޮދިން ށަރީފުވަނީ ވަރައްބޮޑަށް ބޫޓުސައިޒު އޮޅިފަ އެމްޑީޕީން މިވަގުކަލޭގެޔައް ބޯކޮށް ފައިސާދީފަވީ

    31
    1
  25. ބޭބެ

    އިނގެންޖެހޭދުވަހުން އިނގޭނެ ހުރިހާކަމެއްވެސް! އެކަމަކު މިއަދު މަކަރު ހަދާ އޮޅުވާލެވިދާނެ! މާދަމާ ބޭޒާރުވާނެ! އަދި ދާން އޮތް މަންޒިލް ވަރަށް އަދިރިވާނެ ވަގުންނަށް! ހީވާކަހަލަ ދާއިމަށް ދުނިޔެ ހަލާކުވިޔަސް ތިމާޔަށް ހުރެވޭނޭ! ތީ، ކުއްހީއެެއްް! އަދި ދުނިޔޭގަވެސް ދައްކަވާނެ! އީީ.ސީ އަށް.(ސރފ)

    24
  26. ޜާއްޖެ އިސްލާމް

    ޝަރީފު ފުއްޕާފަ މިޔަދު އުޅެބަލަ. ވޯޓް ކަރުދާސްތަށް ނައްތާލި މައްސަލޢިގަ ކަލޭ ތާށިނުވާނެ އެއްގޮތެއްވެސް ނޯންނާނެ. އެކަން އެހާދުރެއްވެސްނޫން. މަޖާކުރާވަރަކަށް މަޖާކުރޭ.

    29
  27. އަފީ

    އަޅުގަނޑުގެ ކަޒިން ބޭބޭ އިލެކްސަން ކޮމިސަންގެ ރައީސް ތ.ތިމަރަފުށީ މާލޭގެ އާގެ އަހުމަދު ސަރީފަކީ ކޮރަޕްސަންގެ އައްޕަ.

    18
  28. ޑޭޑް

    އީސީ ސަރީފޫ ޫ ޫ ޫ ޫ ޫ ޫ ޫ ޫ

  29. ނަންނަ

    ޝަރީފޫ ކަލޭ ރައީސް ޔާމިން އާ ޖައްސާލައިގެން ނޫޅެއްޗޭ. ކަލޭ ތީ ކިހާ ފެންވަރެއްގެ ކާކު. ކަލޭ ތިހުރީ އަލިފާން ބަނޑު އަޅައިގެން. ކަލެއަށް ހިތި ފެންނާނެ ވަރަށް އަވަހަށް.

    14
  30. ކުކުޅޭ

    ބޮޑުވަގު ކޮންތާކުން ހޯދި ލާރިގަނޑަކަށްތަ ސްޓާރ ސިނަމާ ހުރި ބިން ގަންނަން ފިޔައީ؟؟؟؟؟؟؟

    11
  31. ނަހޫ

    ނަހުލާ ބުނިގޮތައް މުންޑޫ މީހުން ކިޔާަ ބަޔަކުލައްވާ ޕެޓިޝަނެއް ގައި ސޮއި ކުރުވީ. ކަލޭ ތީ އެޕެޓިޝަން ނުދޭން ތިޔަވަރު ދައްކަނީ ގޯސް ތަކެއް ހެދިގެންކަމަށް އަކުރަމް ބުނި

    11
  32. މިއަދު

    2018 ރިޔާސީ އިންތިޚާބުގެ ވޯޓްގައި މަކަރާއި ހީލަތް ނެތްކަމަކަށްނުވާނެ މިއަދު ޤާނޫނީބާރުގަ ޝަރީފަށްތިހެން ބުނެވިދާނެ ތިބަސްމަގާއި ތިރާގު ވ އަވަހަށްބަދަލުވާނެ
    މުނާސަބުވަގުތުޖެހުމުން ހަޤީގަތް ހާމަކުރާނެކަމަށްބުނެ އަޑުފެތުރި އަދި އަޑުއުފުލި ރިޔާޒުވެސް ހަމަބިމަށް ތިރިވީމައެބުނީ ހާމަނުކުރާ ކަމެއްނޯންނާނެކަމުގައި ތިޝަރީފަށްވެސް ހަމަދުވަސް ފެންނާނެ އިންޝާﷲ

    11
  33. ރާޅު ބޯއީ

    ލާރި ކެވިފަ ހުރީމަތާ މާލެއިން ބޮޑު ގޯއްޗެއް ގަންނަން މިކަލޭގެ ނަގުދު ފައިސާ ހިފައިގެންދާނީ.

  34. ކަނބުލޮ

    އެނޯނިމަސް: މަވެސް ދެކެން އެންމެ ބޭނުންވާ ދުވަސް ތީ. މާތް ﷲ އެ ދުވަސް އަވަސް ފުރުޞަތެއްގެ ތެރޭ ދައްކަވާށި އާމީން!

    1
    1
  35. އިހުސާނާ

    ސަރީވެސް މޮޅުވާ އަތަކަށް ދީލާލާނެއެއްނު! އަނެއްކާ ކޮންމެވެސް ހައްދެއް އޮންނާވާނެ ދޯ ވަގު ހެދުމުގަވެސް! ވަކަ ވަރަކަށް ދޯ ސަރީ މެނަށް ޑާޓީ ލޯންޑްރީ އުފުލޭނީ!

  36. އައްޑޫ މީހާ

    ހަމަ ރަނގަޅަށް މިބުނީ މަމިހުންނަނީ އެއްޗެއް ނުބުނެވޭތޯ، އެކަމަކުވެސް މީގޮލާގެ ކަންތައް މާމައްޗަށް ދިޔައިމަ ދެން ނުހުރެވޭނެ އެއްޗެއް ނުބުނެ އީސީ ޝަރީފް ކަލޭ ނިކަން ކެރެންޏާ ވުޟޫކޮށްގެން ހަތިމުގަ އަތްލައި ދިވެހިރާއްޖެގެ ޓީވީއާއި ހަބަރުފަތުރާ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް މާތްﷲ ގަންދީ ހުވާކޮށްބަލަ ތިމަންނަ ވޯޓް އޮޅުވާ ނުލަމޭބުނެ ކެރޭނެތަ؟ އަޅެ ގަޓްހުރިއްޔާ މިކަން ކޮށްލަދޭންވީނުން މަމިހިރީ ހުވާކުރަން ކަލޭ ވޯޓް އޮޅުވާލިކަމަށް ކަލޭ ކޯޗެއްކިޔަންތަ ކުރުވާހަކައޭ ލޮނުމިރުހޭ ކިޔައިގެން ވާހަކަ އޮއްބަން ތިއުޅެނީ ކަލެއަށް ގިޔާމަތް ދުވަހު ކުރުވާހަކަ ކިޔައިދޭ އަޑު އިވޭނެ ރައްޔިތުންގެ އެތަކެއް ހައްގެއް ނިގުޅައިގެން ބަނޑު އަޅައިގެން ހުރޭ އެދުވަހަކުން އަމިއްލަ އަނގައިން ކުރުވާހަކަ ކިޔައިދޭނެ