ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ގައުމުތަކުގެ ޕްރެޝަރު އޮތީ އިދިކޮޅު ފަރާތް ތަކަށް ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.
ރާއްޖޭގައި އިއުލާން ކުރެވުނު ކުއްލި ހާލަތު ނިންމުމަކަށް އައިސްފައިވާއިރު މިހާރުވެސް އަދި ކުރިން ވެސް އެއްވެސް ވަރަކަށް ޕްރެޝަރެއް އޮތް ތޯ " ވަގުތު" އިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެންގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެއްވެސް ވަރަކަށް ސަރުކާރަށް ވެސް އަދި ވެރިކަން ކުރާ ޕާޓީ ޕީީޕީއެމް އަށް ވެސް ޕްރެޝަރެއް ނެތް ކަމަށެވެ.
" ޕްރެޝަރު އޮތީ އިދިކޮޅު ފަރާތަ ތަކަށް. ބޭރުގައުމުތަކަށް އިދިކޮޅު ފަރާތް ތަކުން ހަދަމުންދާ ދޮގުތަކާއި , އޮޅުވާލާ އޮޅުވާލުން ދަނީ ހާމަވެ ބޭޒާރުވަމުން " ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ އެކި އެކި ގައުމުތަކުގެ ވަފުދުތަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނެ ކަމަށާއި އެބޭފުޅުން ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނުކުރާ ކަމަށެވެ.
" ބޭރު ގައުމުތަކުން ވަފުދުތަށް ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު އިދިކޮޅު ފަރާތް ތަކުން ހަދާ ދޮގު އެބޭފުޅުނަށް ދަނީ ބޭޒާރު ވަމުން. އެބޭފުޅުން ވަޑައިގެންވެސް ބުނަނީ ރާއްޖޭގައި އެއްވެސް ހަމަ ނުޖެހުމެއް ނެތް ކަމާއި ރާއްޖޭގެ މަގުތަށް އަމާން ކަމަށް" ހަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅުއަޅަން އީޔޫ ކައުންސިލްގައި އެދެން އީޔޫ ޕާލެމެންޓުން ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރު ދިވެހި ސަރުކާރާއި ސަރުކާރުގެ ގިނަ ވުޒާރާ ތަކުން ވަނީ ކުށްވެރި ކޮށްފައެވެ.
ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި މި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް ގޮވާލާފައެވެ.
އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.
ރޯނފެށީމަ ބޮޑާހޭކީމަ ބިރުދަށްކާލީ ދޯ ގުއިަނގަ
ސަޓިފިކެޓް ބޮޑަސް ހިލްމު ނެތީމާ ދައްކާންނުވާ ކިތަންމެ ވާހަކައެއް ދެެއްކޭނެ.
ނަމެއްހަމަބުނީ ލާނީ ޖަލަށް!
މީއަޅެބޯގޯހެއްތަ؟މިކަހަލަ މީހުންނަށް މެންބަރުކަން ލިބުނީމަ މިދައްކާ ހަގީގަތާ ހިލާފު ވާހަކައިން ޔާމީނު އެހުންނަވަނީ ހިންދަމާނުލެވިފަ ހަމަކުރު ކަކޫމަތީގަ އެއްތާކުން މުޒާހިރާއެއް އަނެއްގައުމަކުން ބަޔާނެއް ޖަމިއްޔާއަކުން ދަތިކުރުމުގެ ފިޔަވަޅެއް އެކަމު ޕުރެސަރެއްނެތް މާތްކަލާތްކޯ ތިގޮތަށް ތިވާހަކަތައް ނުދައްކަވާ!ކަމެއްކޮށްދެއްވަންޏާ ހަމަޖެހިލައިގެ އެމަނިކުފާނަށް އަވަހާރަ ފުޅު ލެއްޕުވޭގޮތަށް ވާހަކަ ދައްކާ!ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނަމަ ވަރަށްތާއިދުއޮތޭ ކިޔާން ދޮގުހަދާ ކަމެއްކޮށްދެއްވަންޏާ ކަންކަން ހައްލުކުރާނެ ސުލްހަވެރިގޮތް ކިޔާދީބަލަ!