ފުވައްމުލަކުން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ތަހުގީގުކުރުމަށް ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް އެރަށަށް ހިނގައްޖެއެވެ.

ޝަފީއު ގެއްލިފައިވަނީ 14 ޖުލައި 2017 ގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ އެވެ.

މަރުތަކުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ އެކޮމިޝަނުގެ ތަހުގީގު ޓީމެއް، ޝާފިއުގެ މައްސަލަ ބެލުމަށްޓަަކައި ފުވައްމުލަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެކަމުގެ ހަގީގަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ފުވައްމުލަކު ރައްޔިތުން ކުރިއެވެ. އުމުރުން 43 އަހަރުގެ ޝާފިއު ހޯދަން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ޝަފީއު ގެއްލުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަންގާގާ ރިސޯޓުގައެވެ. އޭނާ ގެއްލުނީ ޗުއްޓީއަކަށް ރަށަށް ގޮސް ހުއްޓައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަ

    ކުޅުދުއްފުށީ ލ ހަސަނު ޙޯދަން މި ސަރުކާރުން މަސައްކަތް ކުރަމުން ނުދަނީ ކީއްވެ؟

    18
  2. މުމަތަރީ

    ހަސަން ފަޜީދުވެސް ވަނީ ގެއްލިފަ ހޯދާދޭނެބަ.ހީރާރަސީދު ވަނީ ޖަލްގަ މަރުވެފަ ނާސިރު ވެރިކަމުގަ..

  3. މިލްކި

    ސުނާމީގަ ގެއްލުނު މީހުން ހޯދަން ރައްރަށައް ދާނެބާ..

  4. ސްޓަންޓު

    މިމީހުންނައް އެމް އެޗް 370 ހޯދިދާނެބާ..

  5. އަލިބެއްޔާ

    ޖިންނީންގެ ކަމަކާއި ވައްތަރެވެ. އިހުޒަމާނުގައި މި ރާއްޖޭގައި އެގޮތަށް މީހުން ގެއްލިފައި ފަހުން ފެނިފައި އެބަހުއްޓެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން މިކަމާއި މެދު ބަހެއް ބުނެލުން ރަނގަޅު ކަމެއް ކަމަށް ދެކެމެވެ. ޖިންނީންނަކީ ޙަގީގަތެކެވެ. އިންސާނުން ފަދައިން ބިމުގައި ލައްވާފައިވެއެވެ.

    10
    1
    • ކެކެ

      ޔާމިީނަކީވެސް ޖިންނިއެއް ދޯ..2 ބިލިޔަން ގެއްލި، ރިލުވާން ގެއްލި.....ލޮލް

      2
      6
  6. Anonymous

    ޝިމާ ހޯދަން ލ އަށްވެސް ބުރެއް އަޅާލަބަލަ. ޙުސްނު ވަލް ސޫދު

    8
    1
  7. ބޮލި މުލައް

    ތި ދަތުރުގަ ޝިމާ ފެނޭތޯވެސް ބަލާލައްޗޭ.