ސަރުކާރުގެ 3 މަޝްރޫއެއްގެ ފައިސާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އޭސީސީގެ ވެރިން ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގައި ސުވާލުކުރެއްވުމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް ބަލައިލިއިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވެފައިވާ ކަމަށެވެ.

އޭގެ ފަހުން ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކުގެ ތަފްސީލް ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރު އެ މައުލޫމާތު ހޯދަން ނާކާމިޔާބުވެފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

ކުރިން ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދަން އުނދަގޫ ވިއަސް މިހާރު އެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް ބެލިއިރު ޝައްކުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ބަލަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އެކައުންޓް ބެލިއިރު ޝައްކުކުރެވޭ ކަންތައްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ރައީސް ޔާމީންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރުމާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ އެކު އެކައުންޓުން މުއާމަލާތްކޮށްފައިވުން ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ސަރުކާރުގެ މަޝްރޫއުތަކަކާ ގުޅޭ ފައިސާތަކެއް ވަތް ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ މައްސަލައިގެ ތަފްސީލް އޭނާ ހާމައެއް ނުކުރައްވައެވެ.

އެހެން ނަމަވެސް ވިދާޅުވީ އެއީ މަޝްރޫއުތަކެއްގެ ފައިސާކަން ލިޔުމުން މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

މުއައްވިޒު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 158 ފަރާތްތަކާއި މެދު ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާކޮށްދިނުމަށް އެދުމުންވެސް ދައުވާ ކުރަން ކޯޓަށް ފޮނުވިކަން އެނގިފައިނުވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހުން ހުއްދަ ދޫކުރުމުގެ ކުރިން ބައެއް ފަޅުރަށްތައް އަމިއްލަ ފަރާތްތަކަށް ދީފައިވާ ކަމަށާއި ގާނޫނާ ހިލާފަށް ދީފައިވާ 60 ށް ވުރެން ގިނަ ރަށެއްގެ މައްސަލައެއް އޭސީސީއިން ބެލި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙައުލާ

    މީހުންގެ ބޮލުގައި ދޮގުތުހުމަތު އަޅުވާ! ކޮބައިތަ 956 މިލިއަން ކާލި އަދީބު؟

    33
  2. Anonymous

    ރައީސްކަމުގެ އަގު އަދާކޮށްލަނީ ދޯ؟ ހާދަނުލަފާ ބައެކޭދޯ

    25
    1
  3. ނުނނު

    ކޮބާތަ އެއްމިލިޔަން ޑޮލަރު ދަވާލި ޔާނު ؟

    1
    27
  4. Anonymous

    ފައިސާ އެއްވަނިއްޔާ އެވާނެތަ ޕްރޮޖެކްޓުގެ ފައިސާއަށް. ދެބަންދިހާރުވެފަ ތިތިބީ.

    27
    1
  5. އިމްރާން

    ހޯހޯ ... އާ ރައީސެވެ، ދޮގު ނަހަދާށެވެ، އަހަރަމެންނަށް އިނގޭ ތިއުޅުއްވަނީ ކީއްކުރަންކަން.. ... ޒިންމާދާރު ކަމާއެކު މަދައްކަތްކުރާށެވެ... މަގާމުގައި ި ތިބެ ތެދުހާމަކުރޭ...އެފްޕީ އައިޑީގެ ބޮޑް ޚިޔާނާތު ބައްލަވާ ދެއްވާ..... އ

    35
    1
  6. ހހހހ

    ބަލަ ކަލޭމެން ހިސާބު ކިޔަވަ ބަލަ ފުރަތަމަ. 956 މިލިއަން ކަމެއް 1 މިލިއަން ކަމެއް ގިނައީ ކޯންޗެއްކަމެއް އެނގެނީކީނޫން. 956 މިލިއަން ދިރުވާލިގޮލާ ކުށެއްނެތް. މީހާއަށް ނޭނގި 1 މިލިއަން ޑޮލަރުގެ ޗެކެއްވަތް އެކައުންޓުގެ ވެރިޔާ މި ކުއްވެރިވަނީ. ސަމޫދުގެ އިންސާފު މިލިބެނީ.

    27
    2
  7. ޒުހުރާ

    ތަހްގީގު ކުރާނީކީނޫންތި. މިމީހުން ބިރެއްނުގަނޭތަ ގަޔަށް ހޮނުއަޅާފާނެތީއެއް؟ ދޮގުހަދާ ފެބްރިކޭޓް ކުރުމުގައި މިތެޅިނަގަނީ.

    25
    1
  8. Anonymous

    އިންޑިޔާއިން ބިރުގަތީތަ ޔާމީން ދެކެ؟ އަވަހަށް ދޮގުބޮނޑިވަރު ހަދަންފެށީ ދޯ؟

    27
    1
  9. ރައްޔިތުމީހާ

    މިއަދު ތިހެން ކޮޔުމުގެ ބޭނުމެއް ނެތް ކުރިން އެ އެކައންޓުގެ ތަފްސީލް ހޯދަން މަސައްކަތްކުރިކަމުގެ ހެކި ހުންނަންޖެހޭ. ނޫންނަމަ މަޤާމު ދިފާއުކުރަން މިއަދު ތިއުޅުއްވަނީ. ރެކެވަެނެ ޖާގައެއްނެތް ތި މެމްބަރުންނަށްވެސް

    12
  10. ހުސޭނުބޭ

    ޔަޤީންކަމެއްނެތް ތުހުމަތުތަކެއްގެ މައްޗަށް ރާއްޖޭ އޭސީސީ ނޫން ބަޔަކު އަދި މިހާތަނަށް ރިޕޯޓެއް ނުނެރޭ! ވަޒީފާގެ ޒިންމާ ތިހުރީ ބުރަފަތިއެޅިފައެއްނު! ކަލޭމެންގެ ރިޕޯޓެކޭ ކަންމަތީ ތިބެގެން އަވަގުރާނަގޮވާ ޒުވާބުކުރާ މީހުންގެ ބަސްމަގޭ އެއްވަރު! ނިކަން ސާބިތު ވާހަކަ ދައްކާބަލަ! ތިކިޔާ 1 މިލިއަން ޑޮލަރުގެ ވާހަކަ ގެނައިއިރު ތިޔަ ރިޕޯޓު ނެރުމުގެ 2 އަހަރު ކުރިން ކަލޭމެންނާ އެ 1 މިލިއަން ރުފިޔާ ހަވާލުކުރި ވާހަކަ ނެތީ ކީއްވެ! ހީވަނީ ޔާމީނުފަހަތުން އަޅައިގަނެގެން ނެއްޓެން ނޭގެގެން ތެޅޭ އެއްޗެހިތަކެއްހެން! މި ސަރުކާރުގެ ވެރިން ފާޅުގައި އެތަކެއް ބިލިއަން ޑޮލަރު ކައިލިއިރުވެސް ދެލޮލަށް ތިހުރީ ހުދުފޮނުއަރާފަތަ؟ ތި ރިޕޯޓަށްވުރެ ބަނޑު ހަންގަޑޭ ބުނިއްޔާ މާރަގަޅުވާނެ!

    14
  11. ޠހަބދބ

    މީގެ ކުރިންވެސް އޭސީސީ އޮތް. މުއައްވިޒް ހުރި. ޔާމީނު ހުރި. ޢެކައުންޓް ތަފްސީލް އެނގޭ. ކުއްލިއަކަށް މިވަނީ ކޮންކަމެއް؟

    14
    1
  12. ބެއްޔާ

    އޭސިސީގެ ރައީސްކަންދިނީ ކަމަކު. އެކަން މިހާރު ތިކުރަނީ. އެމްޑީޕީން ކޮށްދިން ކަންތަކުގެ އަގު ވަޒަންއެބަކުރޭ. ޔާމީނު ސަރުކާރުގަ މުއައްވިޒުގެ ބޭބެ އާއި ޢާއިލާ މެމްބަރުންނަށް ފްލެޓް ލިބުނުގޮތްވެސް ތަހުޤީޤުކުރަންޖެހޭ. ޔާމީނުގެ މައްސަލަ ބެލީމަ އައްނި ވަރަށް ހެޕީވާނެ

  13. ކާފަބޭ2019

    158 ފަރާތުގެތެރޭގައި ހިމެނޭމީހުންނަކީކޮބައިތޯ 158ފަހަރަށްވެސްލިޔެވިފަވަނީ ހަމައެކަނި ޔާމީނު ޔާމީނު މިހެންތޯ؟ ގޮތްހުސްވާތީޔާމީނުކަތިލައިގެން ސަޕޯޓަރުން ހިތްރުއްސަން ދެންހުރިބައިތައްއޮޅާލީތޯ އިންސާފުހޯދަދެވޭނީ ތިހާވަރަށް

  14. ރުފިޔާ

    މުޅިސަރުކާރާއި ޤައުމުގެ ހުރިހާ މުއަށްސަސާތަކެއްވެސް އަދި މުޅިޝރުޢީ ދާއިރާ މިއުޅެނީއެއްމެ މީހެއްގެ ކިބައިން ސަލާމަތް ނުވެވިގެން. މިއުޅެނީމިމީހުނަށް ޤައުމައްޓަކައި އެއްވެސްކަމެއް ކޮށްނުދެވޭތީ ރަށްޔިތުންގެ ފޯކަސް ނަގާލާން ދެބޯގެރިދުއްވާން. ލޮބުވެތިރައްޔިތުންނޭ މިނާޤާބިލު ސަރުކާރުގެ މިނުބައި ރޭވުމާ މެދު ރަނގަޅަށް ވިސްނާ ސަމާލު ވެ ވަޑައިގަންނަވާ.

  15. ރައްޔިތުމީހާ

    ޔާމީނު ލާރިހޯދީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މުޅިޤައުމުގެ ތަރައްޤީގެ ހެއްކަކަށް ފުދޭނެ
    މިހާރުގެ ވެރިން ކުރަނީ ކޮންކަމެއް އެމީހުންގެ އެކައުންޓު ޗެކުކުރަނީ ކޮންއިރަކު

  16. ޔާމިން

    ދެންކަލެއައްކީއް