ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކު ފިތުރޯނު ގަހެއްގެ ބުނޑުގައި ނިދާފައި އޮތް ކަމަށް ފެންނަ ވީޑިއޯއަކީ ކުޅެފައިވާ ވީޑިއޯއެއް ކަމަށާއި، އެކަން ކުރީ ޕަބްޖީ ކުޅޭތީ ބައްޕަ ފޯނު އަތުލުމުން ކަމަށް އެ ވީޑިއޯއިން ފެންނަ ކުއްޖާ އަމިއްލައަށް އިއުތިރާފުވެއްޖެކަމަށް ރާއްޖޭގެ ނޫހެއް ކަމަށްވާ "ހަފްތާ"ނޫހުން ބުނެފިއެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި، މީސް މީޑިއާގައި އާންމުވި އެ ވީޑިއޯއަކީ އެކުއްޖާ ނަމާދު ނުކޮށް އަބަދު ޕަބްޖީ ކުޅޭތީ އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ފޯނު ބައްޕަ އަތުލުމުން އެކަމާ، ރަހުމަތްތެރިންނާއިއެކު ހެދި ފޭކް ވީޑިއޯ އެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ކުއްޖާގެ މައްސަލައަކީ ޖިނާއީ މައްސަލައަކަށް ނުވާތީ އެކަން ފުލުހުން ބަލަމުން ނުދާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ބައްޕައާއެކު ގެއަށްވެސް ގޮސްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ކުއްޖާ ގެއިން ނެރެލާ އަނިޔާކޮށްފައިވާކަމަށް ބުނެ މީސް މިީޑިއާގައި އިއްޔެ ވަނީ ވީޑިއޯއެއް ދައުރުވެފައެވެ. އެކަން ޖެންޑާ މިނިސްޓްރީންވެސް ބަަލަމުންދާ ކަަމަށް މިއަދު އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަބުރު

    މިފެންނަނީ ގައުމީ އަބުތޯލުން. ބާޣީންނާ ދެކޮޅަށް ހަނގުރާމަކޮށްކޮށް އޮއްވާ އެއަތުލީ ބަޑި. އެހެންވީމަ އެވަރުކަމެއް ވެދާނެ.

    37
    1
  2. ޢާލިމް

    ތަންދޮރު ބަލާނުލާ އެ ކުއްޖާގެ މައިން ބަފައިންނަށް ބަވާ މީހުން ހަމަ ބަވާނެ ދޯ. ކަންކަމުގެ ދެކޮޅު ބަލަންޖެހެނީ މިހެންވެ.

    62
  3. ޢަބްދުﷲ

    މައިންބަފައިން ބަހަކީ، އެއްވެސް އަގެއްހުރި އެއްޗަކަށް ނުވެ މީޑިއާގެ ބަހަކީ އަގެއްހުރި އެއްޗަކަށް ނުހެދޭނެއެވެ.

    64
  4. ޕަބްޖީ

    ޕަބްޖީ ކުޅުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއްނޫން! އެއީ ﷲ ހަނދުމަކުރުމުން ދުރުކޮށް ހަވާނަފުސު އަނދަވަޅަކަށް ވެއްޓި މީހާ ހަމަބުއްދިފިލާ ޝައިޠާނީ ވަބާއެއް! ދަރީންނޭ ޕަބްޖީ އާއި ދުރުވޭ!

    15
  5. ކުއްޖާ

    ކަމާބެހޭފަރާތްތަކުން މިގޭމް ބްލޮކް ކޮށްދެއްވުން އެދެން.

    8
    4