ފުލުހުންގެ ކާ ކޮޓަރީގެ ތެރޭގައި ގިނަ އަދަދެއްގެ މީދާ އުޅޭ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.

"ވޮއިސް" ނޫހުން އާންމު ކުރި މި ވީޑިޔޯއިން ފެންނަ ގޮތުގައި ފުލުހުންގެ ހެޑްކުއާޓަރު ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންްގްގެ މެސް ރޫމުގެ ތެރޭގައި މީދާ ދުވެނަގައި އެތަނުގެ މޭޒު މައްޗަށް މީދާތަކެއް އަރައި ކާއެއްޗެހިތަކާއި ކައިރިވެ އުޅެއެވެ.

ފުލުހުންގެ އިސްވެރިން ބޭނުން ނުކުރާ މި މެސްރޫމަކީ ފުލުހުންގެ ގިނަ އޮފިސަރުން ބޭނުންކުރާ ތަނެއްކަން ވަނީ އެނގިފަ އެވެ.

https://www.facebook.com/248813165823102/posts/365696037468147/?app=fbl

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގަސްސާމު

    ވެރިންގެ ޒިންމާ އަދާއެއް ނުކުރޭ. ވެރިންނަށް ބޭނުން އެއްޗެއް ކާލައިގެން ތިބެވޭނު ބޮޑު ގޮނޑީގަ އަމުރުކުރަން.

    60
    2
  2. މީދާ

    ފުލުސް މައްސަލަ ނެތީ.... މީދާ މައްސަލަ ނެތީ....... ކަލޭ ކޮންމައްސަލަ ހުންނަނީ

    42
    1
  3. މާމިގިލީ މީހާ

    މީދަލައް ވެސް ފުލުސް ކަން ދިނީތަ.

    36
    1
  4. Anonymous

    ޢައްޗީޑި! މީދާ ނުވަންނަ ގޮތް ހަދާ

    34
    2
  5. ާސުނީ ފޭން

    ޢެއީ ފުލުސް މީދަލެއް

    26
    1
  6. ސެންޓަރު

    ފުލުހުންގެ މަސައްކަތް މީދަލާހަވާލުކުރީ ނޫންބާ!
    މީ އަހަރެމެން އިހުތިރާމްކުރާ ސަހީދު ހުސައިން އާދަމް އަށް . އިހުތިރާމް ނުކުރި ސަރުކާރު !
    މިފެންނަނީ އެފަދަ ބޭފުޅުންނަށް ހުރި އޯގާތެރިކަން!
    ފަގީރު މީހަކުގެ ގޭގެމަންޒަރެއް ފަދަ!
    މިފެންނަނީ އެބޭފުޅުންނަށް މަލާމަތް ކުުުރާ މަންޒަރެއް!
    ހެޔޮނުވާނެ މީ ޤައުމުގެ ހިމާޔަތުގަ ތިބިމީހުން ވައްޓާލާފާ ދަށުދަރަޖަ ނޫންތޯ!
    ބަޔަކައް އެޗެއް ވިސްނެން ނުވަނީތޯ އަދިވެސް!
    ސާބަސް ދިވެހި ފުލުހުންނަށް!
    މިސަރުކާރުވީމަ ގުއިރޯނެއްގަ ޖެއްސިޔަސް ހިމޭނުން ތިއްބަވާ! ޗުއްޕެއްވެސް ނުބުނާތި! މަކަރުވެރިކަމުގެ އަނދުން އެޅުވިޔަސް ލޯ މަރުއްވާގެން ތަގުޅި ކުރައްވާގެން ތިއްބެވޭތޯ ބައްލަވާތި ނޫނީ އިލޮށި ހެރިދާނެ ކަން ނޭނގެ ދޯ އޭ ލޮލައް!

    19
    2
    • ކޮލިޕޮލި

      ފާއިތުވި 3 ސަރުކާރުގަވެސް ތިތާ މީދާ ދުވެ ނަގާ ބަރާބަރަށް. ސައިޒުވެސް ރަނގަޅުވާނެ. މުސަޅެއްވަރުވާނެ ތީގެނއ މީދަލެއް.

      2
      9
  7. ސަލާހު

    ފުލުހުންނައް މީދާގުއި ކާންދީފަ ކުއްވެރީންނައް ބިރިޔާނީއާއި ސަރުބަތު.. އެހެންނުން..

    21
    1
  8. ހިސެން

    މިސަރުކާރު އައިފަހުން: ސީޕީ އުޅެނީ އޭނަޔައް ކުރިންވަޒީފާ ގެއްލުނީ މިސްކިތުގަ ސަޖިދައިގަ އޮއްވަ އޭނަގެ ބޮލުގަކަމެއް އަޅުވާފަ ވަޒީފާގެއްލުވާލިކަމަށް ދައްކާ ބަޔަކާދޭތެރޭ ހަސަދައެއް ފިލުވާނުލެވިގެން.
    އާންމު ފުލުހުންދުވަނީ ހޭބޯނާރާ ވެހިކަލްތަކުގަ ސްޓިކާ ޖަހައިގެން ސަރުކާރައް ލާރި ގިނަކޮއްދޭން، މިދިޔަ 6މަހު ރާއްޖޭގެ ރެކޯޑް މިންވަރައް ސްޓިކާ ޖަހައިގެން ލާރިހޯދައިފި. އަދިވެސް އެވަރު ގިނަކުރަން ހަމަ ހޭބޯނާރާ ތެޅެނީ.
    އެހެންކަމެއް ބަލާނެ ވަގުތެއްނެތް.

    12
  9. ނޮން ޑިސިޕްލިންޑް

    އަހަރެން ހީކުރީ ފުލުހުންނަކީ ވަރަށް ޑިސިޕްލިންޑް ބައެއްކަމަށް. މުޑުދާރު ބައެއްދޯ. ކައިނިމިގެން ތަށިވެސް އަމިއްލައަށް ނުނެގޭ. ނަން ވަނީ މީދާ ދޯ

    10
    5
  10. ފަރޭ

    ތީ އޮފިސަރުންގެ މެސްރޫމެއް ނޫން. ތީ ދަށުން މަސައްކަތް ކުރާ ބަކަރި ބައިން ގަނޑުގެ މެސް ރޫމް

    4
    1
  11. ވެލެޒިނީ

    ޖަލު ގައިދީންނަށް މީރުކޮށް ކާންދެވޭތޯ ބަލާ...

  12. އަލީ

    ތީ ވަރަށްދެރަކަމެއް. ތިކަން އިސްލާހުކުރާނެކަމަށް އުއްމީދުކުރަން.