1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލުމުގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނައުމުން އޭނާގެ ޙުކުމުގެ މުއްދަތު ގުނަން ފަށައިފިއެވެ.

ނޮވެމްބަރ 03 ގެ އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް އިއްވީ މަރުގެ ޙުކުމެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވަނީ މަރުގެ ޙުކުމް އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކޮށްފައެވެ.

ޖަލު ޙުކުމުގެ ބޮޑުބައި ތަންފީޒު ކުރުމަށް ފަހު ލުތުފީ ވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަކަށް އިންޑިއާ އަށް ގޮސްފައެވެ. އަދި އެއަށް ފަހު ފިލައިގެން ސްރީލަންކާ އަށް އޭނާ ދިޔައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ ސްރީލަންކާގައެވެ.

މިދިޔަ މެއި މަހު 01 ވަނަ ދުވަހު ލުތުފީ ވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ހާޒިރުވެފައެވެ. އޭގެ 68 ދުވަސް ފަހުން މިރޭ ސަރުކާރުން ވަނީ ލުތުފީ މާލެ ގެނެސްފައެވެ.

ކަރެކްޝަނަލް ސާވިސް އިން މިރޭ ވިދާޅުވީ ލުތުފީ މިރޭ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިރެއިން ފެށިގެން ގުނަމުންދާ ކަމަށެވެ.

ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ. ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ. ސަރުކާރުން މިރޭ ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސަޓޯ

    އޭނާ މަރާލާ!!!

    55
    3
  2. ކުބާ

    ސަރުކާރުގެ ބަންދުދުވަސްތަށް ލައިގެންނުގުނާތި އަދިކުރިސްޓިއަނުން ފައްޅިޔަށްދާ ދުވަސްވެސްނުލާތި 100 ދުވަސްވެސްގުނީ ގަޑި ހުއްޓައިގެން އަދިވެސް 100 ހަމަނުވޭ.

    58
    1
  3. މަސީހު

    ފިލައިގެން ނަންބަދަލު ކޮއްގެން އުޅުނީމަ ސަރީއަރު ކުރިމައްޗައް ގެންދާކައް ނުޖެހޭބާ ގާނޫނީ ބޭފުޅަކު ނިކަން މިކަން ސާފުކޮއްދީބަލަ

    61
  4. އަހުމަދު

    ބަލަ ބާކީ ބަޔައް އިތުރުކުރަން ޖެހޭނެ ފިލި ބައިގެ ހުކުމް ވެސް..... ނޫނީ އޭނާ ފިލުވި ނަސީދު އަށް އެބައިދީ

    71
    1
  5. ކީކޭ

    މަރުގެ ޙުކުމޯ، ޢުމުރު ދުވަހުގެ ޙުކުމޯ، 25 އަހަރުގެ ޙުކުމޯ، ބާކީ 4 މަހޯ، މީ ކިހިނެއް ވާކަމެއް. ޢިބޫ ޞާލިޙުވެސް އަދިއެބޮތް ވެރިކަންކުރަން ބާކީ 4 އަހަރާއި ކުޑަ ދުވަސްކޮޅެއް. އެހެންވީމަށް އަދިވެސް ލުތުފީއަށް މިނިވަންވަންދެން ވީ.އައި.ޕީ ފެންވަރުގެ ޚިދުމަތް ދެވޭނެ. ލުޠުފީ ބާޣީއަށް ނަސީބުގަދަ 5 އަހަރުމިއީ. ބޮޑު ބާޣީިިިި

    54
    • އެބުނާހެން

      އުމުރުދުވަހުގެ ޖަލުޙުކުމުގައި ބާކީ 4 އަހަރޭ ކިޔާނެކަމެއް ނެތް. މަރުވަންދެން ޖަލުގަ ބަހައްޓާ، އޭރުންވާނީ އުމުރުދުވަހަށް.

      18
  6. ޢާލިމް

    ތީ އެއްވެސް ކަމެއް ނޫނެއްނު. އަނެއްކާ ބަލިވެގެން ބޭސް ފަރުވާޔަށް ފޮނުވާލީމަ ތިކަން ތި ނިމުނީނު.

    26
  7. ނާސިރު

    ކަމަކު ނުދޭ. ފިލައިގެން އުޅުނު ދުވަސްތަށް ނުޖެހޭނެ ގުނާކަށް.

    8
    23
  8. ބަރުގޮނު

    ޙަޤީޤަތުގައި ގޮތެއްނެތިގެން ދިވެހި ރަޢިއްޔަތަކަށް ބޭރު ޤަވްމެއްގައި ހުރި ރާއްޖޭގެ އެމްބަސީއަށް ދިއުމުން ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ ސުވާލެއް އޮތް ކަމެއްނޫން. ސުވާލަކީ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އައިސް ސަރުކާރަށް ފިލައިގެން އުޅޭ ބޮޑު ކުށްވެރިއަކަށް ވީ.އައި.ޕީ ފެންވަރުގައި ޙިމާޔަތް ދިންކަމާ މިކަން ސަރުކާރުން ސިއްރުކޮށްގެން އުޅުނުކަން. ލުޠުފީ ގެ ޙުކުމުގެ މުއްދަތު ގުނަން ފެށުުމަކީ ލުޠުފީގެ މަސްއަލަ ނިމުމެއްނޫން. ދިވެހިސަރުކާރަށް ފިލައިގެން އުޅުމަކީ ތަޙްޤީޤް ކުރެވި ޢުޤޫބާތް ލިބެން ޖެހޭނެކަމެއް.

    28
    1
  9. މޮހަނު

    މިޤައުމުގަ ހުރި އެންމެ ބޮޑު ޚާއިނު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެހެން ކަމަށްވާނަމަ ފިލިމައްސަލަ އާއި ފިލަން ފުރުސަތު ދިން ފަރާތް ތަކުގެ މައްޗަށް ޝަރީޢަތް ހިންގެން ވާނެ އެހެން ނޫނީ ރައީސް ތިޔަ ވިދާޅުވާ އެއްޗެއް ދިމަލެއް ނުވާނެ

    31
    3
  10. އަހަރެން

    ކޮބާ ހުކުމަށް ފިލައިގެން ދިޔަ ކުށް؟ ކޮބާ ވިސާނެތި ބޭރު ގައުމެއްގަ އެތައް ޒަމާނެއް ވަންދެން އުޅެ ބައިނަލްއަގުވަމީ ގަވާއިދު ވަޔަލޭޓް ކުރުން؟ ކޮބާ އައިޑެންޓިޓީ އޮޅުވާލުން؟ އަދިވެސް ކިތަންމެ ކަމެއް ހުންނާނެ. ހުރިހާކަމެއް ތަހުގީގުކޮށް ހުކުމް ކުރަން ޖެހޭނެ. އަސްލު ފުރަތަމަ ލަންކާގަވެސް ޝަރީއަތް ކުރަންޖެހޭ އެގައުމުގަ ވިސާނެތި އުޅުނީތީ. އެހުކުމް ނިމުނީމަ ރާއްޖެ ގެނެވޭނީވެސް. އެކަމަކު އެއައީ ސެލެބްރިޓީއެއް އަންނަހެން ވީއައިޕީ ފެންވަރުގަ. އަސްލުވެސް އެޖެންޑާ19 ނިކަން ތަފާތު.

    27
    • މިފަހަރުގެ ސިއާރު

      އެޖެންޑާ19 - ގައުމުގެ ހަލާކު

      10
  11. އަލީ

    ފިލުމުގެ ދައުވާ ކޮބާ!!!!

    11
  12. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިދައްކާ ދަޅަ އަހަރެމެން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެބައެނގޭ.. ދެން މި ބާގީ އަށް ލިބ3 އިނާޔަތް، ނޫނީ ރާއްޖޭން ބޭރަށްދާން ލިބޭ ބަހަނާ ފުރުސަތުތައް ބަލަން ތިބޭ.. މިބާގީއަށް ގޮތެއް ހަދާލާކަށް މިސަރުކާރަކަށް ނުކެރޭނެ.. އަހިވަކޭ ކިޔާފަ ދިގުމުއްދަތަކަށް މި ބޮޑުބާގީ އަނެއްކާ ބޭރަށް ފޮނުވާތަން ބަލަންތިބޭ.. ބަގީ މިގެނެއީ ޕްލޭން އެއްގެދަށުން.. ޕްލޭން އެކްޓިވޭޓްކުރަން މާދަމާ ފަށާނެ.. ރީންދޫ ބައިގަނޑު މިކޮމެންޓް ކިޔާލާތި..

  13. ޯ

    އިސްލާމް ދީނަށް އުޅޭނަމަ އެއީއްޔޭ ހައްދު ފަހަނަޅާ ދިއުމަކީ އެހެން ވެއްޖެ ނަމަ އެވިީއެމީހަކު އުމުރު ދުވަހު ޖަލުގެ ތޭރި ތަކުތެރޭ ފަނާވާން ރާބޯމީހާޔާ ހަރާންޒިނޭ ކުރާމީހާޔާ ވައްކަން ކުރާމީހާ 3މިތިންވައްތަރަކީ މިއީ
    ދިވެހިސަރުކާރުން ޝަރަފްވެރިން ޤ

  14. އިބްރާހީމް

    ކިހާ ބޮޑު ނޮހޮރޮއްޕާނެއްް. ބާޣީ ލުޠުފީ ފިލުވާލި ރީނދޫ ބައިގަނޑަށްވެސް އަދަބުދޭްޖެހޭނެ.
    ރީނދޫ ސަރުކާރު އިސްތިއުފާ!

    18
    1
  15. އަޒްގޭޑާ

    ޖަލު ހުކުމުން ފިލީމަ ލިބޭ އަދަބެއް ނެތްތަ؟ 9 އަހަރު ވަންދެން އޭނާ ހޯދައިގެން ގެެންނަން ކުރި ހަރަދުގެ ބަދަލު ދައުލަތަށް ލިބެން ނުޖެހޭނެތަ؟

  16. ޢަބްދުﷲ

    ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ އެންމެކަމެއްގެ މައްޗަކަށްނޫނެވެ. އެކަމަކު، އެޙުކުމް ބިނާވެފައިވަނީ، ގެއްލުމުގެ ބަދަލު ހިމެނޭ ޙުކުމެއްގެ ގޮތުގައެވެ. 19 މީހުންގެ މަރުގެ ދިޔައާއި ނުލާ ޖަލުޙުކުމުގެ މުއްދަތު ހަމަވިޔަސް ލުޠުފީ މިނިވަންނުކުރެވޭނެއެވެ. އެހެނީ، ކޮށްފައިވާ ޙުކުމްުގައި ބުނެފައިވާ 101 މިލިޔަން ރުފިޔާއަކީ، ނެތްއެއްޗެއް ކަމަށް ނުބެލޭނެއެވެ.

  17. ރާޅު ބޯއީ

    ހުކުމުގެ ބާކީ އޮތް 4 އަހަރުން މިކަލޭގެ ދޫކޮށްލިޔަ ދީގެން ނުވާނެ. ފިލައިގެން އުޅުނު ދުވަސްތައް މީނާގެ މައްޗަށް އަންނަން ޖެހޭނެ. މިކަން ކަމާބަހޭ މުައައްސަސާއެއްގައި އަހާލާނެ މީހަކު ނެތްތަ؟ ބާކީ 4 އަހަރު ފިލައިގެން 9 އަހަރު. އެހެންވީމާ 13 އަހަރު މީނާ ޖަލުގައި ހުންނަން ޖެހޭނެ. މުއްދަތު ގުނަން ފެށިއްޔޭ ބުނުމަކުން ނުފުދޭ.

  18. ޢަބްދުﷲ

    ކޮށްފައިވާ ޙުކުމުގެ މުއްދަތު ގުނަމުންދާއިރު، އެޙުކުމުގައި ބުނެފައިވާ 101 މިލިޔަން ރުފިޔާ ނުގުނާ ޞައްޙައެއް ނުވާނެއެވެ. އެހެނީ، މި 101 މިލިޔަން ރުފިޔާގެ ތެރޭގައި 19 މީހުންގެ މަރުގެ ދިޔަވެސް ހިމެނޭއިރު، މަރުގެ ދިޔައަކީ، އިމްރާނަށް މާފުކުރެވޭނެ އެއްޗެއްނޫނެވެ. މިޚަބަރު ވަގުތުގައި ނުޖަހާނެއެވެ.

  19. ސ

    ބާގީ ލުތުފީ އަކީ ޓެރަރިސްޓެއް، 19 ދިވެހިން ޝަހީދުކުޅަ ހަމަލާގެ މޭސްތެރިއަކަށް ހުރި ނުލަފާ މުޖުރިމެއް. އެޑީޕީން ބާގީ ލުތުފީގެ ދިފާއުގާ އުޅޭ ވައްތަރު ފެނުނީމަ އެމްޑީޕީ އަށް ކުރި ސަޕޯޓް ގެންގޮސްފިން ... އަނިޔާވެރި މުޖުރިމުންނަށް ސަޕޯޓް ކުރާ އެމްޑީޕީ އަކީ ވެސް އަނިޔާވެރި ބައިގަޑެއް

  20. މުހައްމަދު

    އެޒަމާނުގަ ވެސް އިސްޅާމީ ބޮޑެތި ވެރިންނަ ވެފަތިބީ އޭގެ ކުރީގައި އިސްލާމް ދީނުގެ އެތައް މާށް ބޭފުޅުން ޝަހީދު ކޮއްފައި ތިބި މީހުން. ކީއްވެ ދެން ލުތުފީއައްވެސް މާފު ނުދޭންވި. ހެޔޮނުވާނެ ކޮންމެސް އިންސާނިއްޔަތުގެ ކަމެއް އޭނަޔައްވެސް ދީބަލަ. އައަރެން ގެ ހިތް ލުތުފީއައް މާފު ކުރާނަން.

    1
    6
  21. ކެނެރީ މުގާބޭ

    ޒަހަރުދީ... ދިވެހިންގެ ޝެރޯންތީ... ގުނަވަންތަށް ބަލިމީހުނަށް ބަހާލާ...

    5
    2
  22. ޑރ ހުސައިން

    ޑރ މުސްތަފާ ލުތުފީ އަކީ ބޮޑުބޭބެ ، ދެން ކިހިނެއް ބިޑިއަޅުވާނީ.

  23. ސަޖާހާ

    ސާބަހޭ،......ސަރުކާރައް....???