ޗާޓްތައް ތައްޔާރުކުރުމަށް މައުލޫމާތު އެއްކުރާ ފްލައިޓެއް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަތުވެއްޖެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ޕްރައިވެޓް ފްލައިޓަކީ ދެކުނު އެފްރިކާގައި ރަޖިސްޓްރީ ކޮށްފައިވާ ފްލައިޓެކެވެ. ފްލައިޓް އޮޕަރޭޓް ކުރަނީ ދުބާއީގެ ކުންފުންޏަކުންނެވެ.

ފްލައިޓް ލަންކާގައި މަޑުކުރީ އިންޑޮނޭޝިއާ އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރި މަގުމަތީގައި ކްރޫ އިން އަރާމު ކޮށްލުމަށްޓަކައި ކަމަށް ލަންކާ ސަރުކާރުން އެގައުމުގެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މިފްލައިޓް ރާއްޖެ އައި ސަބަބެއް ސާފެއް ނުވެއެވެ. ރާއްޖޭގައި ފްލައިޓް ބޭނުން ކޮށްގެން އެއްވެސް މަސައްކަތެއް ކުރަން ރޭވިފައިވާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެއްވެސް ރަސްމީ އިދާރާއަކުން ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެ އައި ފްލައިޓަކީ ޗާޓްތައް ކުރެހުމަށް ބޭނުންވާ ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވޭ ވަރަށް ގިނަ އިކްއިޕްމެންޓް ހަރުކޮށްފައި ހުންނަ ފްލައިޓެކެވެ.

މިފްލައިޓް ރާއްޖެ އަށް ފަހު ދެން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީ އަށެވެ.

ފްލައިޓްގެ ދަތުރާއި ބެހޭ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާތީ މިއީ ކޮން ބޭނުމެއްގައި ދަތުރު ކުރާ ފްލައިޓެއް ކަމެއް ސާފެއް ނުވެއެވެ.

ރާއްޖެ އަށް ފަހު ފްލައިޓް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އަށް ކަމަށް ވާތީ މިއީ އިންޑިއާ ސަރުކާރުން އެދިގެން ރާއްޖޭގެ ބައެއް މައުލޫމާތުތައް އެއްކުމަށް އައި ފްލައިޓެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ގެންދަނީ ސަރުކާރަށް ތުހުމަތަކެއް ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ އާދަޔާއި ހިލާފަށް ބަދަހިވެފައެވެ. ރާއްޖޭގެ ހުރިހާ ސިޔާސަތެއް އިންޑިއާ އިން ބޭނުންވާ ގޮތައް ކުރިއަށް ގެންދާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މޯދީ

    އަހަރުމެން ހޭބައްޔެއްނުވޭ އަދި! ވެރިކަން ހޯދަދޭން އިންޑިޔާއިން ވި އެއްބަސްވުމުގެ ތެރޭ މިގައުމު އިންޑިޔާގެ އަޅުވެތިކަމުގައި އޮތުން މަޖުބޫރުކުރުވާފަ އޮތީ، އެކަންތައް ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންދާނެ މިފަސް އަހަރުތެރޭ!

    81
    3
  2. ރުޒް

    މިވެސް ހަބަރެއްތަ؟ އައީ ފްލައިޓެއްކަން އެކަނި މިއެނގުނީ، ކީއްކުރަން ކޮން ބޭނުމެއްގަ އައި އެއްޗެއްކަމެއް އޮޅުމެއް ނުފިލި، މިމައުލޫމާތުއް ނޭންގިހުރެ މިހަބަރަކަށް ހަދައިގެން ޖެހުމުގެ ބޭނުމަކީ ކޮބާބާއޭ ހިތަށް އަރާ

    9
    72
    • ރިޒް

      ގަމާރުން ގަމާރުކަންމަތީ ކުރިޔަށް !

      18
      2
    • ޕާޓީކުއްޖާ

      ބައްލަވާ! މިޙަބަރު މުހިންމުވާނީ މިގައުމާއި އަހރެމެންގެ ދީން(އިސްލާމް) ދެކެ ލޯބިވާ ބަޔަކަށް އެކަނި. މިޙަބަރުން ލިބޭ މެސެޖްތައްވެސް ނަގާގަނެވޭނީ މިބުނާމަދު މީހުންކޮޅަށް އެކަނި. ބައްލަވާ! ގުރުޢާނުގައިވެސް ވަރަށް ސަރީޙަބަހުން އޮންނާނެ ބުނެފައި، އިންސާނުންގެ ތެރެއިން މެޖޯރިޓީ މީހުންނަކީ ދޮގުހަދާ އޮޅުވައިލާ ބައިގަނޑެއްކަމަށް. ވީމާ ފުރަތަމަވެސް ޑިމޮކްރަސީއެއީ ޝައިތޯނީ ސިސްޓަމެއްކަންއެބަ ސާފުވޭ. ލޯމަރާލައިގެން އަޑުނީވޭކަމަށް ހަދައިގެން ވަކިމީހަކު ބުނާއެއްޗަކީ ހަގީގަތް ކަމަށް ގަބޫލްކޮށްގެން ތިބޭބަޔަކަށް މިޙަބަރު މުހިންމެއް ނުވާނެކަން ޔަގީން. ތިބޭފުޅާގެވެސް ސިކުޑިއެއް އެބައިނެއްނޫންތޯ؟ އެބޭނުންކޮށްލަންވާނެ ބައެއްފަހަރު. އެއީ ހަމަތިބޭފުޅާގެ ސަލާމަތަށްޓަކައި ބުނާވާހަކައެއް. ގަމާރުހެދިގެން މީހެއްގެފަހަތުން ދުވެލަދުވެލަ ހުންނަން އަހަރެމެންނަށްވެސް ކިތަންމެހައިވެސް ފަސޭހަ..... އެކަމު... އަޅާނުލާ.... ޕީސް ބުރަދާރ

      24
  3. ކަނބާ

    ''މިފްލައިޓް ރާއްޖެ އަށް ފަހު ދެން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީ އަށެވެ.'' މިވާހަކައާމެދު އެންމެހައި ދިވެހިން ވިސްނާލާށެވެ. މިއީ އިންޑިއާއިން ބޭނުންވާގޮތަށް ދިވެހިރާއްޖޭގެ މަޢުލޫމާތު އެއްކުރުމަށް ކުރާކަމެއްކަމަށް ނުވެ ހިނގައިދާނެހެއްޔެވެ؟

    73
    4
  4. ހާލާ

    ޔަގީން ތިވާނީ ތިޔަކަހަލަ ކޮނމެވެސް ނުބައި ރޭވުމެއްގައި އައިސް އޮތް އެއްޗެކަށް.

    61
    4
  5. ފްލަައިޓް

    ތިވާނީ ރާއްޖެހިފަންއަިބައެއްކަމަށް...

    42
    4
  6. ސްޓަލައިޓް

    ގަބޫލުކުރިޔަސް ނުކުރިޔަސް ތިޔަބޭބޭފުޅުން ސެޓަލައިޓްއޭޗަކިޔާ އެތި އަދިޗަފެނުނީ. މިސޮރުން ނަގާފޮޓޯތަކަކީ ސެޓަލައިޓްއަކުން ނަގާފޮޓޯއޭކިޔާގެން ހައްދާފައެންމެންޗަތިބީ. 🙂

    39
    3
  7. ހަމީދު ބުނި ޖަލީލް

    ތިއީ ހަގީގަތް. ދިވެިރާއްޖެއެއް ނެތް ފައިސާއަށް ވަނީ ވިއްކާލާފައި. މިނިވަންކަމެއް ނެތް

    55
    2
  8. ހުސައިން

    ވަގުތު ނޫހަށް އިނގޭނެ އެބަޔަކު އައި ބޭނުމެއް

    7
    39
  9. ޙަސަން

    ޙަމަ އަސަރެއް ކޮށްލާނީ

    5
    42
    • Anonymous

      އަސަރު އެންމެނަށް ކުރާނީ އެއްވަރަކަށް. ހިމާކުރެވިފައިޗާ އެއްޗެއް ކަމުގެ ސެޓްފިކެޓް އޮތަސް، ނަސްލުގެ ގޮތުން ހިމާޔަތެއް ނުލިބޭނެ.

      12
  10. ޝަރާ

    ދެލޯފުޅާ މިޤައުމު މިއޮތްދަނީ ބެހިގެން. ޢަދިވެސް ދިވެހިން ހޭލަންނުވޭބާ .

    55
    2
    • މޮޔައެނޮނިމަސް

      ޔަގީންތަ އެބަ ބެހޭކަން

      1
      11
  11. ހަސަންބެ

    ތިއީ މޯދީގެ ރާޑަރު ތަކަށް މައުލުމާތު އެއްކޮއްދޭ ފުލައިޓެއް...މުޅި މަިސަރަހައްދު ތީގެން ނަގާގޮތަށް އޮތީ....މިލިޔަނުން މިފަހަރު ދެމީހަކަށް ލިބޭނެ!!!

    14
  12. ފާއިޒް

    އަމިއްލަ މިނިވަން ޤައުމެކޯ އެއްވެސް އެހުމެއް ކެހުމެއް ނެތި އިންޑިޔާގެ ފްލައިޓް ތައް ބޭނުންގޮތަކަށް ބޭނުން އިރަކު ބޭނުން ކަމެއް ކުރަނީ އަޖާއުބެއްނު....

    16
  13. ވިސްނާ

    ތިޔަ ބޯޓު އިންޑިޔާމަތިން އުދުއްސައިގެން، އިންޑިޔާގައި ތާހިރުކަންމަތީ ފާޚާނާކުރެވޭނޭ ގޮތެއް ނެތިފަތިބި ރައްޔިތިންނަށް އާންމު ފާޚާނާ ބަރިތައް އަޅަން އެންމެ އެކަށޭނަ ތަންތަނުގެ މައުލޫމާތު ހޯދާފަ ގެރިމޯދީއަށް ދީބަލަ. މާތާހިރުވާނެ.

    15
  14. Anonymous

    މިވާނީ މިޖައްބާރު ސަރުކާރުން މިގައުމު އަޅުވެތިކުރުމުގެ ބޮޅުތަކުގެ ތެރެއިން ބޮޅަކަށް.

    36
    3
    • މޮޔައެނޮނިމަސް

      އެއްކަަލަ މޮޔަމީހާ މޮޔަ ގޮވަން ފަށައިފި

  15. ގފ

    މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ތެތެއިން މޑޕ
    ހިންގާ ޑީލެއްކަމަށް ވުން ވަރަށް ގާތެވެ ރާއްޖޭގެ
    ކަންކަން ރައްޔިތުންނަށް ހާމަނުކޮށް ސިއްރިއްޔާތު
    ގައި ކުރަމުންގެންދަނީ ވަކިމީހެއްގެ އަމިއްލަ
    މަސްލަހަތުގައެވެ މިނުރައްކާތެރި ޑީލް ތަކަކީ އޭގެ
    ގެއްލުމާއި ހަލާކު އެތައްޖީލްތަކަށް ދެމިގެން
    ހިގައިދާނެ ކަންކަމެވެ އެހެން އަޑިނުފެންން ކަން
    ކަން ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ

    14
  16. މުހައްމަދު

    ރަައްޔިތުންގެ ތެރޭގައި ހަމަނުޖެހުމެއް އުފެއްދެން އޮތީ ކޮންގޮތޖަކުން ތޯ ބަލާތި

    19
  17. ގޑން

    ބެލެވެނީ އިންޑިޔާގެ ބޭނުމަކަށް ޤައުމު ވިއްކާލާފައިވާތި ބޭނުންވަގުތެެއްގައި ރާއްޖެއަށް އެރޭނީ ގިރިތަމާއި ފަރުތައްވެސް އެނގިގެންތަ.

    13
  18. ސިއްރު

    ތިޔަފެށުނީ ފުރަތަމަ މަރުހަލާ ދެން އިންޑިޔާގެ ސްޕްރީމްކޯޓުން ނެރޭނީ އަމުރު ރާއްޖެ ހިމެނޭ މިސަރަހައްދު މިއީ އިންޑިޔާގެ ކަނޑުގެ ސރަހައދުކަމަށް ވުމާއެކު އެއްބަސްވުމުގަ މާއްދާއެއް ބުނެ މިއީ އިންޑިއާސްޓޭޓެއްކަމަށް މަބުނިގޮތއައްތިވަނީ

    4
    1
  19. ގެރި

    ގެރިމޯދީ ގެރިއަންނި ގެރިސޯލިހު ވަގުންގެ ގުރޫޕު