1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރޭ ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، މާލެ އަށް ގެނައި އިރު އޭނާގެ އަތުގައި ބިޑި ނާޅުވާ ހުރުމަކީ ފުލުހުންގެ ޤަވައިދުތަކާއި ހިލާފަށް ފުލުހުން ކުރި ކަމެއްކަން ހާމަވެއްޖެއެވެ.
ފުލުހުން އަމަލު ކުރުމަށް އެކުލަވާލާފައި އޮންނަ "އާންމު ޤަވައިދު" ގެ 57 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުން މީހަކު އެއްތަނުން އަނެއް ތަނަށް ގެންދަން ވާނީ ބިޑި އަޅައިގެންނެވެ.
ޤަވައިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދާނަމަ ގެންދަންވާނީ، ދެއަތް ފުރަގަހަށް ލައި ބިޑިއަޅައިގެންނެވެ. ނަމަވެސް ޙާލަތަށާއި އެމީހެއްގެ ކިޔަމަންތެރި ކަމުގެ މިންވަރަށް ރިޢާޔަތްކޮށް، ދެއަށް ކުރިމައްޗަށް ވާގޮތަށް ބިޑި އެޅުމުގެ އިޚްތިޔާރު އެސްކޯ އޮފިސަރަށް ލިބިގެންވާ ކަމަށް އެމާއްދާ ބުނެއެވެ.
އެމާއްދާގެ (ނ) ގައި ބުނަނީ ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ވެސް ދެއަތް ކުރިމައްޗަށް ވާގޮތަށް ބިޑިއަޅައިގެން ކަމަށެވެ.
ޤަވައިދުގެ 59 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ބިޑި އަޅަނީ އެމީހާއާއި އެހެންމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ޤަވައިދުގައި މިގޮތައް ބަޔާން ކޮށްފައި އޮތް ނަމަވެސް ލުތުފީ ރޭ ރާއްޖެ ގެނައި އިރު ފްލައިޓް ގައި ވެސް ބިޑި އަޅާފައެއް ނުވެއެވެ. އަދި ވެލާނާ އެއާޕޯޓުން މާލެ ގެނައި އިރު ވެސް ބިޑި އަޅާފައެއް ނުވެއެވެ.
ލުތުފީގެ އަތުގައި ބިޑި އަޅާފައި ނުވާތީ ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ބަލަގަ ރައްޔިތުންގެ ބައިތުލް މާލު ދަވާލާ، ދެމީހެއްގެ މަރުގެ ޒިންމާ އަދި ގޭންގް ތަކުގެ ހިންގުމުގެ އިސްވެރިއެއް ކަމަށް ބުނާ މީހާވެސް، ހެވިފަ، މިނިވަންކަމާއެކު، ރައްޔިތުން ކުރިމަތީ އުޅެމުންދާއިރު ތިޔަ ހަޅޭއް ލަވާނެ މީހަކު ނެތެވެ. ލުތުފީ އަކީ ޚާއިނެކެވެ. ޤައުމުގެ އެންމެ ބޮޑު ޣައްދާރެވެ. އޭނާއަކަށް މާފެއް ނެތެވެ.. އެކަމަކު އަޅުގަނޑު މިބުނި މީހާ ބައިތުލްމާލު ދަވާލީމާ އެވެވުނީ ކޯއްޗަކަށް ހެއްޔެވެ..އެއީ ކިތައް ރައްޔިތުންގެ ހައްގުތޯއެވެ.. އަނިޔާއަކީ ހަމަ އެކަނި ކަނޑި ބަނޑިންދޭ އެއްޗެއް ކަމަށް ދިވެހިން ހީކުރަނީ ތޯއެވެ..
ތިޔަބުނާ މީހާއަށް ދައުވާކޮށް ސާބިތުކޮށް ދެން ބިޑި އަޅުވާށެ !!!
ކޮންވާހަކަ އެއް ދަށްކާކަށް... ބާގީ ލުތުފީ އަކީ ޓެރަރިސްޓެއް، 19 ދިވެހިން ޝަހީދުކުޅަ ހަމަލާގެ މޭސްތެރިއަކަށް ހުރި ނުލަފާ މުޖުރިމެއް. އެމްޑީޕީން ބާގީ ލުތުފީގެ ދިފާއުގާ އުޅޭ ވައްތަރު ފެނުނީމަ އެމްޑީޕީ އަށް ކުރި ސަޕޯޓް ގެންގޮސްފިން ... އަނިޔާ ވެރި ބައިގަޑެއް.
ބަލަގަ ރައްޔިތުންގެ ބައިތުލް މާލު ދަވާލާ، ދެމީހެއްގެ މަރުގެ ޒިންމާ އަދި ގޭންގް ތަކުގެ ހިންގުމުގެ އިސްވެރިއެއް ކަމަށް ބުނާ މީހާވެސް، ހެވިފަ، މިނިވަންކަމާއެކު، ރައްޔިތުން ކުރިމަތީ އުޅެމުންދާއިރު ތިޔަ ހަޅޭއް ލަވާނެ މީހަކު ނެތެވެ. ލުތުފީ އަކީ ޚާއިނެކެވެ. ޤައުމުގެ އެންމެ ބޮޑު ޣައްދާރެވެ. އޭނާއަކަށް މާފެއް ނެތެވެ.. އެކަމަކު އަޅުގަނޑު މިބުނި މީހާ ބައިތުލްމާލު ދަވާލީމާ އެވެވުނީ ކޯއްޗަކަށް ހެއްޔެވެ..އެއީ ކިތައް ރައްޔިތުންގެ ހައްގުތޯއެވެ.. އަނިޔާއަކީ ހަމަ އެކަނި ކަނޑި ބަނޑިންދޭ އެއްޗެއް ކަމަށް ދިވެހިން ހީކުރަނީ ތޯއެވެ..
ކުރީގަ ނުގެނެވުނީމަ ގޯސް.. މިހާރު ގެނައިމަވެސް ގޯސް.. ވަގުތު ކުދިން ގައުމު ހިންގަން ދާންވީނޫންތޯ؟؟
މިދެން ނެތެންނު ސަލާމަތެއް. ބިޑި އެޅުވިޔަސް ގޯސް ، ނޭޅުނިޔަސް ގޯސް.
މަލިކު މީހުންގެ ލަވައަށް ހަމަ.
އަޖައިބެއް ހޮލިޑޭ ހަދާލަން ރާއްޖެ އަންނަ ޓޫރިސްޓުން އަތުގައި ބިޑި އަޅުވާތަ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ވަނީ ހައްޔަރު ކުރާ މީހަކު ހައްޔަރާ ދެކޮޅު ނުހަދާނަމަ އޭނާގެ ގައިގައި ބިޑިއަޅުވައިގެން ނުވާނެ ކަމަށް.
ކުއްވެރިޔަކު އެއްތަނުން އަނެއްތަނަށް އެއްގަމު އުޅަކަށް ލައިގެންވިޔަސް ކަނޑުމަގުން ވިޔަސް ބިޑިއަޅުވަން ޖެހޭ.
ދެކޮޅު ނުހަދާތީ ދޯ މިހާދުވަހު ފިލައިގެން އެއުޅުނީ... ކަލެއަށް އެކަންޏެއް ނޫން ލިޔަންކިޔަން އެނގެނީ
ތިދައްކަނީ ތުހުމަތެއް ކުރެވިގެން ހައްޔަރު ކުރެވޭ މީހާގެ ވާހަކަ. ކުށް ސާބިތުވެގެން ހައްޔަރުކޮށްފައި ހުންނަ މީހުންގެ ވާހަކައެއް ނޫން އޮޅިވާނިލާ
ގަވައިދަކަށް ވުރެ މަތިވާނީ ގާނޫނު. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 42 ބަލާލާ.
ކަލޭ ތީ ވާނުވާ ބޮއެގެން ހުރިމީހެއްތައް.
އެއީ ލުތުފީކަން ކަށަވަރުތަ؟ ލުތުފީކަމަށް ތުހުމަތު ކުރެވޭމީހެއްތަ ނޫނީ އިންޑިޔާގެ ސިއްރު އެޖެންޓެއްތަ؟
ވަރަށް ރަގަޅު ވާހަކައެއް ބުނަންތަ! ފުލުހުންވެސް ތިފަދަ އަމަލެއް ހިންގާނީ ސަރުކާރާއި ގުޅިގެން. ފުލުހަކަށްވެ ހުރެ ފުލުހުންގެ ގަވާއިދާ ހިލާފުވިޔަސް އެފުލުހެއް ވަޒީފާއަކުން ވަކި ނުކުރާނެކަން ހަމަހޭގަ ތިބި މީހުންނަށް އެގެންޖެހޭނެ. ދެން ތި ދައްކަނީ ޝަހީދުންނަށް ސަރުކާރުން ކުރި މަލާމާތުގެ ވާހަކަ. ބަލަ ޝަހީދުން އެއީ މިގައުމުގެ ބަތަލުން އެބޭފުޅުންގެ މަސައްކަތުން ދިވެހިރާއްޖެއަށް ނަސްރު ލިބުނީވެސް. މިސަރުކާރުން ފަހެ ލަދެއް ނުގަނޭތަ ދިވެހިރާއްޖޭގެ ތާރީހު ބަދަލު ކުރަންވެސް!!!! ?????
ބިޑި އަޅުވަން ޖެހޭނީ ނުރައްކާތެރި މީހުންގެ އަތުގައި، ލުތުފީޔަކީ ރައީސްގެ އެޑްވައިޒަރެއް! އެމްބަސީގަ 60 ދުވަސް! ފަސްޓްކޮލާހުގަ މިކޮޅަށްގެނައީ އާސަންދައިން ބޭސްކޮށްލާފަ ދުވަސްކޮޅަކުން ދޫކޮށްލަން!
މިނިވަނެއްނޫން ޙުކުމައްފިލައިގެންއުޅޭ މުޖުރިމެއް އާދައިގެ ދެރަމީހާ ހޮސްޕިޓަލަކައް ގެންދިޔަސް ބިޑިއަޅުވާ ނަވާރަ މީހުން މަރާފަ ހުރި މުޖުރިމެއް އެއްޤައުމުން އަނެއްޤައުމައް ގެނައިރު(ވައިގެމަގުން) ގެނައިއިރުބިޑިއެއްނާޅުވާ ނުވިތާކައް ވީއައިޕީ ޚިދުމަތް މީތަ ތިޔަކިޔާނުލިބިގެންއުޅޭ އިންސާފަކީ
ކުރާކަށްނުކެރޭނެ މިރައީސަކަށްދޯ ފައިފައްތާނެކަމުގެ ބިރައްޓަކައިވެސް
ވީއައިޕީން އަންނައިރު އެމީހުންގެ އަތުގައި ބިޑިއަޅުވާތަ؟
ޢެކަމަކު އާދައިގެ ނިކަމެއްޗެއްނަމަ ބިޑިއަޅުވާނެ. ޢަހަރެންގެ ރައްޓެއްސެއްގެ އޮޕަރޭޝަނައް ޖަލުގައިހުރި އޭނަގެ ފިރިމީހާގެނައީ ޖަލުހެދުންލައްވައިގެން ބިޑިއަޅުވައިގެން. ދަރިފުޅައް އެމީހުން އެމަންޒަރު ދައްކަންބޭނުންނުވާތީ ރިކްއެސްޓްކޮއްގެން ފަހުންބިޑިނާޅުވާ އެކަމަކު ހަމަޖަލުހެދުމުގަ ބެހެއްޓީ...
ޔާމީނު މިދޭތެރެއަކުން ފުލިހުން ގެންދިޔައިރުވެސް ބިޑިނާޅުވައޭ، އަދިކިރިއާ މިއެނގުނީ ގަވާއިދާއި ހިލާފުކަން. އަނެއްކާ ތިޔަ ބިޑި އަޅުވަން ހާދަބަޔަކު ކިއުގަ އެބަތިއްބޭ.
ޔާމީނުގެ މައްޗަށް އަދި ކުށެއް ސާބިތެއް ނުވޭ ދޮއްތަ އެހެންވީމަ އެއީ ކުށްވެރިޔެކޭ ނުބުނެވޭނެ އަދި ވައްކަމުގެ ތުހުމތު ތިޔައަޅުވަނީ އެކަމަކާ 19މީހުންގެ މަރަކާވެސް އެއްވަރެއް ނުކުރެވޭނެ މީ މަގޭ ޚިޔާލް
ތީ ލުތުފީތަ ހާދަ ޒުވާނޭ
ކޮބާ މާރާލާފައިވާ 19 މީހުންގެ މަރުގެ ދިޔަ، އަޑިއަށް ދިޔަ ބޯޓުގެ އަގާއި މުދަލުގެ އަގަށްވާ 101 މިލިޔަން ރުފިޔާ، ބިޑިނޭޅުވިޔަސް މިފައިސާ ނުހޯދާ ފަރުނުޖެހޭނެއެވެ. ވަގުތު ނޫހުގައި މިޚަބަރު ނުލިޔާނެއެވެ.
އޭވިއޭޝަން ގަވާއިދު މަނާކުރޭ ފްލައިޓް ތެރޭގައި ބިޑި އަޅުވަން. އެއީ އެމަޖެންސީ ހާލަތެއްގައި ދިމާވެދާނެ ނުރައްކަލަކަށް ޓަކައި.
ކުއްވެރިން މާފުށިން ގެންނަ އިރު ބިޑި އަޅުވަނީ ކީއްވެބާ؟؟؟ އެމީހުން ގެންނަ އިރު ސަލާމަތް ތެރިކަން ކޮބާބާަ؟؟؟؟؟؟؟
ކީއްވެތޯ ބުރޯގެ އަތުގައި ބިޑި ނެތީ
ނުޖެހޭނެ ބިޑިއަޅުވާކައް އެއީ މީހަކައްދެވޭ އަނިޔާއެއް ޕެޕާސުފުރޭވެސް ނުޖެހޭނެ މުގުރުންވެސް ނުޖެހޭނެ އެއީ ރީއްޗަކައް ދައްކަންބަހައްޓާއެއްޗެއް
އޭރުންވާނީ ފުލުހުން އަނިޔާކުރިކަމައް
ހެއު ވެރިކަމެއް ގަ ބިޑި ނާޅުވާނެ.
ފާޑުކިޔާބަޔަކު ހަމަ ފާޑު ކިޔަންވީ. އަމަލުކުރާނީ މަށަށް ފެންގޮތަކަށް. ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.
ލަދު ޙަޔާތްނެތް ސަރުކާރެެއް. ބާޣީ ޢިއްޒަތުގައި ކުށްވެރިއެެއްގެ ގޮތުގައި ގެނައިމީހެއްކަމަށް މަންޒަރުތަކުން ނުފެނެ. އަދި ޖަލުގައި އެންމެ ކުޑަގޮޅީގައި އޭނާ ބަންދުކުރަންޖެހޭނީވެސް.
ބިޑި އަޅުވަަން އުޅޭއިރު އޭނަ ގަދަދައްކާފާނެ އޭރުން މި ނޫހުގެ ބުރޭކިން ނިއުސް ބުނާނެ ފުލުހުން ލުތުފީއައް އަނިޔާ ކޮއްފިއޭ އޭރުން ކަޑައެންނު އޭރުންޖެހޭނީ އަނެއްކާ މަޖިލީހައް ފުލުހުން ހާޒިރު ކުރާކަންނު
ބޮޑެތިމީހުންގެ ބަފައިބެއިންނަށް މޮޅުގޮތް. އާދައިގެ މީހާޔަށް ދެރަގޮތް. ކީއްކުރާނީ.
ބިޑި އަޅުވަނީ ފިލާފާނެތީ. ވަށައިގެން ފުލުހުން ތިއްބާ ފިލުމުގެ އެއްވެސް ފުރޮށޮތެއް ނެތް. ވީމާ ބިޑި ނޭޅުވުން އެއީ އެހާ ބޮޑު މައްސަލަ އެއްނޫން.
އަސްލުގަވެސް ތައް ދެން ގާނޫން އަކީ ބޭކާރު އެެއްޗެއް ތާ... ގާނޫނު ހަދަނީ ކަންކުރަންވިގޮއް ބުނެއްދިނުމަށް އަދި ކޮންމެއްހާލަތެއްގައިވެސް ގާނޫން ގައި ކަންކުރަވި ގޮއްތަ ކަންކުރުމަށްޓަކައި... އެހެން ނޫން ނަމަ ގާނުންގައި އޮންނާނެއެ "ބިޑި ނޭޅުވުން އެއީ އެހާ ބޮޑު މައްސަލަ އެއްނޫން" ކަލޭ ގަބޫލުކުރާގޮތައް... ދެން ހަމަ އެއްޗެއް ހިތައަރާއިރަށް ލިޔެނުގަނެބަލަ މާ މޮޅު މީހަކަ ހީކޮށް.
ކޮބާތަ ކޮމެންޓު ލިޔަ ސަމީރު މި އާޓިކަލް އަށް ކޮމެންޓެއް ޖަހާލަބަލަ
ތީ ލުތުފީ ކަމާމެދު ސައްކު. ތީ ވަރައްބޮޑައް ރޭވިގެން ގެނައި ލުތުފީއާ ވައްތަރު ލަންކާ މީހެއް.
އޭނަ ބަލާލީމަ ވެސް އިނގޭ ނޫންތަ ! އޭނައަށް ދީފަ ހުރި ޚިދުމަތުގެ ރަނގަޅުކަން ، ?ކުށްވެރިއެއް ވަތްތަރެއް ނުވެސްޖަހާ ، ހީވަނީ ފިލްމްސްޓާރެއް ހެން ވިއްޔާ !!!
ޙާދަ ޒުވާނޭ 70 އަހަރު ވީ އިރު... ތީ ހަމަ ލުތުފީ ބާ!!
ލުތުފީ/ޒާން ވަރަށް ސްމާރޓުވެފަ ރީތި. ލަތީފީ
ތީ! ލުތުފީގެ ފޭކު! ދެން ކޮބާ؟ އަސްލު! ތި ލުތުފީ ކަމާމެދު ސައްކު! ހާދަ ޒުވާންވީ!
19 ދިވެހިން މަރާލެއްވީމަ ލިބުނު ޒުވާންކަމެއްތަ! ކޮބާ ؟ ޑީ. އެން . އޭ
ރިޕޯޓު! ހަހަހަ
އެހެންނާ މަސައްވެސް އެއިރު ވަނީ 6 އަހަރު
މިމީހާ އޭރުވެސް މަގޭ ބައްޕަވަރު ވޭ އޭނަ
އުމުރުން! ތި ވަރަށް ޒުވާން ބޭފުޅެއް!
އާދެންް ނަމުން ލުތުފީތޯއްޗެއް! ލޮލް ލޮލް
ތީ ލުތުފީއެއްނޫނނނނ
ތީލުތުފީއެނޫޫޫޫނނނ
ތިޔައީ އަނެއްކާ ލަންކާ މީހެއްކަންނޭގެ، ލުތޫ ކަމައް ޝައްކު
ދެރަ2 އަށް ބުނެލަން އޮތީ، ވެރިކަމުގަ މީހަކު ވަގަށްނަގާ ޓެރަރިޒަމްގެ ޢަމަލު ހިންގިމީހާ ހުކުމްކުރުމުން ފިލައިގެންގޮސްފައި އައިސް ނުފުޒުފޯރުވައިގެން އެއީ ނުކުރާ ހުކުމަކަށް ހަދައިގެން މިހާރު އެހެރީ އެންމެބޮޑު މަޖިލީހުގެ ރައީސްކަންވެސް ފޭރިގަނެގެން. ކާކުކީކޭ ކިޔަނީ، އެވަރުން ނުވެގެން ހުކުމް ބަދަލުކުރިމީހުން ދުއްވާލަން މިހާރު މަސައްކަތްކުރަނީ.
ކޮމިޝަނަރ ޖެހޭނެ މިކަންވެސް ބަލަން
ޢެއްފަހަރުބުނާނެއަނިޔާކުރާށޭ މީކޮންކަހަލަބައިގަނދެއް
މައުމޫން ކިތައް ފަހަރު ހައްޔަރު ކުރި އެއްތަނުން އަނެއްތަނަށް ގެންދިޔަ. ބިޑި ހުރީ އަޅުވާފަތަ ނޫނީ ބިޑި ހުރީ ކާންދީފަތަ. މަހުވާ މިމީހުން ނުވާނެ އިސްލާހެއް. ލުޠުފީއަކީ ރާއްޖޭގެ 1 ނަމްބަރު ވިޔަފާރިވެރިޔާއަށް ވީސް. ލުތުފީއަކީ ސިކުނޑި ވަރުގަދަ ވިސްނުންތޫނު މޮޅު މީހެއް. ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް. އެހެންވީމާ ލުތުފީ އުމުރު ދޮއްޓަސް ޒުވާންކޮށް ފެށަންކޮށް އެފެންނަނީ. ވިޔަފާރިވެރި މުއްސަދިން ވެސް އުމުރުން ދުވަސްވިޔަސް ގިނަ ފަހަރު މިހެން ފެންނާނެ
ޔާމީންގެ އަތުގައި ބިޑިއަޅުވާ ޖަލަށްނުލަށް ނުލުމަކީ ކުށެއް
ބިޑި އެޅުވުން އެއީ އޭނާއަށް ކޮށްފައިވާ ހުކުމުގެ ބައެއް ނޫން. މީހާ ގަދަ ނުހަދަނީސް އަމިއްލައަށް ފުލުހުންނާ ހަވާލު ހުރި މީހެއްގެ އަތުގައި ބިޑިއަޅުވާކަށް ނުޖެހޭ.
ލުތުފީގެ މޫނުމަތިން ހަގީގަތުގައި ފެންނަނީ އުފާވެރި ހިނިތުން ވުމެއް ނޫން. އެހުރީ ވަރަށް ހިތި ލަދުވެތި ހިނިތުންވުމެއް. ލުތުފީ އަށް ހަމްދަރުދީ ހީވޭ . އޭނާ ކުރީ ރަގަޅު ނޫން ކަމުގައި ވިޔަސް ލުތުފީ އަށްވުރެ މި ޤައުމަށް މާ ބިރުވެރި މީހުންވެސް އެބަތިބި މިއަދު މިޤައުމުގެ ހުރިހާ ބާރު ތަކެއްދީފަ. ބެނުންހާ ގޮތަކަށް ޤައުމަށް ހަދާ ގައުމު ސުންނާފަތި ކުރަމުން ދާއިރުވެސް ދިވެހީންގެ ލޮލުގަ އަދުނަ އަޅުވަން ލުތުފީ މާލެ އެ ގެނައީ.
ލުތުފީ މާލެ ވަޑައިގެންފިއެވެ. މަރުހަބާ ދެންނެވީ ރައީސްއޮފީހުގެ އިސްވެރިންނާއި ،މި ސަރުކާރުގެ ވެރިންނެވެ
ގަވާއިދަކީ ރައްޔިތުން ގެ ހައްގެއް. ޢަމަލުކުރީވެސް ރައްޔިތުން. ޢޯކޭވާނެ.
ބަލަގަ އަންޑަރ އާމަރ ސްޕޮންސަރ ކޮށްފަ ތިބޭ ސެލެބްރިޓީން ނުޖެހޭ ބިޑި އަޅުވާކަށް! ބާޤީ ލުތުފީ ނަމަ ތާ ބިޑި އަޅުވަން ޖެހޭނީ!
ސަރުކާރަށް އެއީ ކުށްވެރިއެއްކަން ހާއިނެއްކަން ބާގީ އެއްކަން ގަބޫލު ނުކުރެވޭތީ 19 ދިވެހިން ޝަހީދު ކޮއްފިރިންގެ އަބިން ހުވަފަތްވެ ގައުމުގެ ހުރުމަތްތެރިވެގެންވާ ތަންތަނުގެ ހުރުމަތް ކެޓުން .މައްސަލައަކަށް ނުވާތީ ދޯ އެބިޑި ނޭޅުވީ .އެހެންނުނަސް މީއީ ބާގީ ސަރުކާރެއް.އެއްބައެއް ބާގީ ބަފައިންގެ ދަރިންނާއި އެކަމަކަށް ހިތްވަރު ދިންބަޔަކު މިއަދު ސަރުކާރު ކާރުގަ ގުބޯލުން ތިބެން ޖެހޭނީ މިބަޔަކު ކުރާކަމަކަށް އަތްޖަހަންދޯ .
ލުތުފީ އަކީ ވެސް އިންސާނެއް. އޭނާ ކޮށްފައި ހުރީ ވަރަށް ގޯސްކަންތައް . ނުޙައްޤުގައި ތިބި މީހުން މެރުވުމުގެ މޭސްތިރި. ލުތުފީ ބޭސް ފަރުވާއަށް ބޭރަށް ފޮނުވި މީހުންތިމާޒިންމާ ނެގަންޖެހޭނެ. ފޮނުވާފަ އަދީބުއާ ދޭތެރޭ މިހާރުވެސް ކަންތައްކުރި ގޮތަށް ކަންތައްކުރުމަކީ ލުތުފީ ބޭސް ފަރުވާއަށް ފޮނުވިމީހުންކުރަންޖެހޭނެ ކމަެއް. މިހާރު ވެރިކަމުގައި ތިބި މީހުންނަކީ ބަރާބަރށް ލުތުފީ ވީ ތަންވެސް އެނެގޭނެ މީހުން. ތިހުރިހާކަމެއް އެމީހުންދަންނާނެ. އެމީހުން ތިކިޔާއެއްޗެއްވެސް ތިކިޔަނީ ރައްޔިތުން ޕްރެޝަރަށް އައީމަ. އެމީހުން ލުތުފީ ގެންނާކަށް ބޭނުމެއްވެސް ނުވާނެ. ތިނެއް ނޮވެމްބަރ ގެނައި މީހުން މިހާރު ވެރިކަމުގައި އެތިބީ. އެމީހުންނަށް ކޯޗެކޭ ކިޔޭނީ.އެކމަކު ޙުކުމް ތަންފީޒް ވުމުން. ލުތުފީ އަށް މަޢާފް ދިނުމަކީ އިންސާނި ރިވެތި ގޮތް. އިންސާނުންނަށް ވެސް ބޮޑެތި ކުށްތައް ކުރެވޭ. އަދަބު ވެސް ލިބިއްޖެ.އަނިޔާވެސް ލިބިއްޖެ.ދެން ލުތުފީގެ ދުވަސް ދުއްވާލިޔަސް 3 ނޮވެމްބަރ ގައި ލުތުފީ ޝަހީދު ކުޅަ މީހުން އަނބުރާ ނާންނާނެ.