ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން ކުންފުނިތަކާ ބެހޭ ކޮމިޓީން އިސްތިއުފާވެސް އޭނާ ދެއްވައިފިއެވެ.

ޖާބިރު އިސްތިއުފާ ދެއްވީ ކުންފުނިތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށްދިޔައިރު ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހުގައެވެ.

ކޮމިޓީ ދޫކޮށް ޖާބިރު ވަޑައިގެންނެވީ އިސްތިއުފާ ދެއްވިކަން އިއުލާނުކުރުމަށްފަހުގައި ނިކުންނެއްވިއިރު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމުން އެ ދުވަހުގެ ޖަލްސާގައި އެ މެމްބަރަކަށް ބައިވެރިވެވަޑައިނުގެންނެވޭނެއެވެ. ނަމަވެސް ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފެށުމާއި އެކު ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވުމުން ޖާބިރު ވިދާޅުވީ "މަޖިލީހުގެ ރައީސްކަމަށް މަނިކުފާނު (ނަޝީދު) އިންތިހާބު ވުމުން ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟"

ޖާބިރުގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ، ތިއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ޖާބިރު އިށީންދެ ވަޑައި ނުގެން އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ.

ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި އޮތް ތަން ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ނަޝީދު ވަނީ، ޖާބިރަށް އިށީނުމަށް ނަސޭހަތް ދެއްވައިފަ އެވެ.

ޖާބިރު އިށީންދެ ވަޑައިނުގެންނެވުމުން ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވައިފައެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މިހާ ހެނދުނާ މަނިކުފާނު ތިހާ ކޯފާވެގެން އުޅުއްވަން ޖެހޭ ސަބަބެއް. އަޅުގަނޑު އެދެނީ ކޮފީއެއް ބަލައްވައި ހަދައިގެން ވަޑައިގަތުމަށް،" ނަޝީދު ވިދާޅުވިއެވެ.

ޖާބިރުގެ ނަން އިއްވުމުން ޖާބިރު ވަނީ މަޖިލީހުން ނިކުންނަވާފައެވެ.

ޖާބިރު ތަޅުން ދޫކުރައްވައި ވަޑައިގަތީ އިދާރީ މޭޒު ދޮށަށް ވަޑައިގެން ނަޝީދާ ދިމާލަށް އެއްޗެއް ވިދާޅުވުމަށް ފަހު އެވެ. ނަމަވެސް އަޑު ކަނޑާލާފައި ހުރުމުން ޖާބިރު ވިދާޅުވި އެއްޗެއް ސާފެއް ނުވެ އެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮލް

    މަށަށް ދެރައީ މަޖިލީހުން އިސްތިއުފާ ނުދިނީމަ.. މިހާރު ކާށިދޫ މީހުނަށް ތިބޭނީ ރަނގަޅު އެއްޗެއް ވިސްނިފަ...

    35
    5
  2. މޮހަނު

    މެމްބަރު ކަމުންވެސް އިސްތިއުފާދީ?

    29
    3
  3. ކުރޮޅި އާދަނު

    ޖާބެ މީ މޭންއެއް..

    22
    2
  4. Anonymous

    އަދި މިދައުރުގައި މަޖިލިސް ހިންގަންފެށިފަހުން ރައްޔިތުންނަށް ފައިދާވާނެ އެއްވެސްކަމެއް މަޖިލީހުގެ ތަޅުމުގައި ނުކުރޭ، ނުކުޅެދޭމީހުންނަށް އިނާޔަތެއް އިތުރުކުރަން ހުށަހެޅީމަވެސް ބޮއިކޮޓްކޮށް ފާޅުގާ ދެކޮޅޔހެދީ، ކުރާހާވެސްކަމަކީ ކުރީސަރުކާރުގެ އިސްފަރާތްތަކަށާއި ތިމަންމެން ނަފުރަތުކުރާ ފަނޑިޔާރުންނަށް އަނިޔާދެވޭތޯ ގަދައަޅާ މަސައްކަތްކުރުން، މިއީތޯ ރައްޔިތުން ތިމީހުންހޮވި ބޭނުމަކީ، ތިމީހުންކުޅޭ ރޯލު ރައްޔިތުން ވަރަށްގާތުން ބަލަމުންމިދަނީ

    32
    1
  5. މިއަދު

    ކާށިދޫ ދާއިރާގެ މީހުން މިތިބީ އުފަލުން ޖާބިރު އެދަނީ ޖާބިރު ހޮވާދިން ރަޢިއްޔަތުން ބޭނުންވާގޮތަށް އެމީހުންގެ މަޝްވަރާއާއިއެކު ކޮށްފައިވާޕްލޭނެއްގެތެރެއިން ދެންކީއްވެ ކާށިދޫދާއިރާގެ މީހުން ހޫނުފެނަށް ފައިބަންވީ މަމެން މިހާރުވެސް ބޭނުންވަނީ މަޖިލިހުން ޖާބިރު ސަންޕެންޑް ކޮށް އައުމެންބަރެއް ހޮވުމަށް ފުރުސަތު ހުޅުވާލަން އެކަމު ޖަބިރުއަށް ވާދަކުރެވެންވެސް ޖެހޭނެ އެއީ ވަރަށްލާރިގިވާނެ ބަހާއިރު ނުބަލާނެ ދީލަތިކަމުގެ ލާމަސީލު ބޭފުޅެއް

    15
    1
  6. ކުދުބެ

    ކަލޯ، ކީއްވެތަ މެންބަރުކަމުން ވެސް އިސްތިއުފާ ނުދިނީ. ޕްލީޒް، ލޭގެ ތިޔަ ހޫނުކަންމަތީ އަޅެ ދީބަލަ މެންބަރުކަމުންވެސް އިސްތިއުފާ.. ހުުންންންން.. ކާކަށްތަ ދެރަވާނީ ކޮމެޓީއިން ސިއްތިއުފާ ދިނީމަ. އިސްކޮޅަށްވުރެ މައްޗައް ރުޅިއިސްކުރާ ގޮލައެއްމީ.

    5
    5
  7. އަލްޖިބްރާ

    ތިއީ ތިޔަމަޖްލީހުންވެސް ބޭރު ކުރަން ޖެހިފައިވާ މީހެއް !

    3
    1
  8. އަލްޖިބްރާ

    ކަލޭ އިސްތިއުފާ ދިނަސް އެކަމުގެ ގެއްލުން އެއްވެސް ބަޔަކަށް ނުކުރާނެ ! ވިއްޔާ ވާނީ ފައިދާއެއް !

    3
    1