ބާޣީ ލުތުފީ ރައްޖެ ގެނައުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް އިމްރާނުގެ ދިފާއުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތެދުވެއްޖެ އެވެ.

ބާޣީ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައަށް ޖަވާބުދާރީވަމުން އިމްރާން ވިދާޅުވީ 1988 ވަނަ ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ބާޣީ ލުތުފީ ދިރިއުޅޭ ތަން 2014 ވަނަ އަހަރު އެނގުނު ކަމަށާއި އޭރު ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން ކަމަށެވެ.

އިމްރާނުގެ މި ވާހަހަކަތަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފުލުހުންގެ އިސްވެރިންވެސް ދޮގުކުރައްވާފައިވާ އިރު މިކަމާ ގުޅިގެން އިމްރާނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވެއެވެ.

ބާޣީ ލުތުފީ ރާއްޖެ ނުގެނެސް ވީއައިޕީ ޚިދުމަތް ލަންކާގައި ދޭ ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުން އަމާޒުވެ ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައި އޮތްވައި ސަރުކާރުން ވަނީ ރޭ ބާޣީ ލުތުފީ މާލެ ގެނެސްފައެވެ.

ބާޣީ ލުތުފީ މާލެ ގެނައިތާ އިރުކޮޅެއްގެ ތެރޭގައި ނަޝީދުވަނީ އިމްރާނު ދިފާއުކުރައްވައި ޓުވީޓެއް ކުރައްވާފައެވެ.

އިމްރާނަށް ތައުރީފުކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ. އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔައިރުވެސް ލުތުފީ ރާއްޖެ ގެނެވިފައެއް ނުވޭ. އެކަމަކު އެކަންވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ރައީސް ކަމުގައި، އިމްރާން އަބްދުﷲ ގެ ހޯމް މިނިސްޓަރު ކަމުގައި، އެމްސީ ހަމީދުގެ ޕޮލިސް ކޮމިޝަނަރު ކމުގައި."

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މިއަދު

    ފޮރުވާފަ އޮތް އެއްޗެއް ފެންނަނީ ދެއްކީމަދޯ

  2. މަސީހު

    ނަސީދު އިމްރާނުގެ ދިފާއުގް ނުކުމެއްޖެ ކަމައްވަނީނަމަ މީވަރައް ވިސްނަންޖެހޭކަމެއް އިމްރާނައް ބޮންޑިޔެއްނުދީ ދޫކޮއްލާނެކަމާމެދު ސައްކު

  3. ކާރިމު

    ތިޔައީ ދެއްކެންކުރި ކަމެއް! ޢިމްރާނު ބޭުރުވާދުވަސް ތިޔަ ކައިރިވީ! ތިތިބީ ޙަޤީޤީ ދެ ދުޝްމަނުންކަން ރައްޔިތުން ދަންނާނެ!

    12
  4. ބަރުގޮނު

    ޢިމްރާނުގެ ވާހަކައިން ކްރެޑިޓް ލިބެނީ އެމް.ޑީ.ޕީ އަށް . ޢިމްރާނުގެ ދިފާޢުގައި މަޖްލިސްގެ ރައީސް ޓްވީޓް ކުރަނީ އެހެންވެ. ލުޠުފީ އެ ގެނައީ ކީއްވެ...؟؟ އަތަށް ގޮވާ ހަތަރު އުދަރެސް ފެނުޖެހިގެން.

    16
  5. ޥިންދު

    އަހިވަކާޖެހި އަހިވަށް ފައިވާނެ ބުނެއުޅޭ. ނުބައި މީހަކާއި އެކު އުޅެންޏާ އެ އަސަރުކުރާނެ.

  6. ޓުކުރި

    ތިމާގެ ދެމީހުންތަ؟

  7. ބބބބބ

    ފުޅިމަދު އުނގުރި ވިއްޔަ ކޮންމެކަމަކަށް އޯކޭވާނެ ...ކަލޭ ނިކުމެބަލަ ލައިލާ ގެ ދިފާއުގަ....ހިތާވީތަ

  8. މަ

    އެބަޔަކު ކެހި ކަނޑުލުގެ ހިތި ފިލުވަން ވާނީ އެބަޔެއްނު. ފިލުވައިގެން އުޅުނީ ކޮންބައެއް ކަން މިހާރު އެބަ އެނގޭ.