ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޗުއްޓީއާ ދިމާވާގޮތަށް ސްކޫލްތަކުގެ ޗުއްޓީ ހަމަޖައްސަން އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް އެޑިއުކޭޝަނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށާއި، އެ މިނިސްޓްރީން އެކަންތައް ކުރިއަށް ގެންދަވާ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަހަރުގެ މެދު ތެރެއަށް ބޮޑު ޗުއްޓީ ބަދަލު ކުރުމަށްއެދި ރިސޯޓް މުއައްޒަފުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެގޮވާލުންތަކުގެ އަޑު ވަނީ ގަދަވެފައެވެ. އަހަރުގެ ފަހު ދުވަސް ވަރަކީ ރިސޯޓްތަކުގައި އެންމެ އޮކިއުޕެންސީ ރަނގަޅު ދުވަސް ވަރަށް ވާތީ، ޗުއްޓީ ލިބުމަށް ދަތިވާ ކަމަށާއި އެކަމުގެ ސަބަބުން އެޗުއްޓީގައި އާއިލާއެކު ވަގުތު ހޭދަ ނުކުރެވޭ ކަމަށް ބުނެ ރިސޯޓް މުއައްޒަފުން ދަނީ ޝަކުވާ ކުރަމުންނެވެ.

އަހަރުގެ މެދު ތެރޭގައި އަންނަ ޖޫން މަހާއި ޖުލައި މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށް ވެއެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ފަތުރުވެރިން ގިނައިން އަންނަން ފަށާއިރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހު ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްހެން ފުރެއެވެ. އޭގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ދުވަސްވަރު ޗުއްޓީއަށް ދިޔުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ގުއިދައިތަ

  ތިޔައީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން. ކޮންމެހެން ކަރާ އަލީ ވަހީދު ކަލޭ ދާއިރާގެ މީހުނަށް މރ. ނައިސްމޭން ހެދެން އުޅޭނެކަމެއް ނެތް. ގިނަ މީހުން ބޭނުންވަނީ ޑިސެމްބަރުގަ ބޮޑު ޗުއްޓީ އޮންނަން.

  107
  12
 2. މާމިގިލީ މީހާ

  ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލު ކުރާކަށް ނުޖެހޭ. ބަދަލު ކޮއްފިޔާ ބެލެނިވެރިންނަށާއި ދިރިވަރުންނައް ބޮޑެތި ގެއްލުންތަކެއް ވާނެ. އެޑިޔުކޭސަނުން ނުޖެހޭ އިޖާބަ ދޭކަށެއް.

  99
  9
 3. އޯކޭތަ

  ކޮންމެ އަހަރަކުވެސް ރޯދަމަހަށް ދިމާވާ ގޮތަކީ އެންމެ ރަނގަޅު ގޮތް

  102
  13
  • ޓީޗަރު މީހާ

   ބޮޑު ޗުއްޓީ އަކީ ޓީޗަރުންނަށް ލިބޭ އަހަރީ ޗުއްޓީ އަކީވެސް.ވީމާ ރޯދަ މަހަށް ޗުއްޓީ ބަދަލް ކުރީމަ ޓީޗަރުންނަށް އަސްލު ޗުއްޓީ ނުލިބޭ.ޗުއްޓީގަ އަހަރެމެންވެސް ބޭނުން އާއިލާ އާ އެއްކޮށް ވަގުތު ހޭދަކޮށްލާ، ރަށުގަ ތިބި އާއިލާ ކައިރިއަށް ގޮސްލާ ހަދަން...

   56
   12
 4. ކެޔޮޅު

  ދެކޮޅަށްލިޔަސް މެދައްލިޔަސް ތަންތަނުގައި ތިބޭ ހުރިހާ މުވައްޒަފުންނަށް އެއްކޮށެއް ޗުއްޓީއެއް ނުލިބޭނެ. ކިޔަވާކުދިންގެ ކަންކަން ނިންމަންވާނީ ކިޔަވާކުދިންނަށް ބޮޑަށް ފައިދާހުރިގޮތަކަށް ބަލައި ދިރާސާ ކުރުމަށްފަހު.

  125
  5
 5. ސެއިޚް އިލްޔާސް ސެއިހް

  ކުރާނެ ނުކުރާނޭ ކަމެއް ނޭގިގެންތަ ތިއުޅެނީ މަންމަ ކިއްލި ތަޅާ ދުވަސް ކޮޅާ ބޮޑު ޗުއްޓީ ހަދަންވީ ނޫ

  85
  2
 6. ނާދިރާ

  ރަގަޅު ނިންމުމެއް ނޫން

  87
  10
 7. ޢަލީ

  މަސައްކަތް ކުރާ އެންމެނަށް އެންމެ ރަނގަޅު ދުވަސްވަރަކު ޗުއްޓީއެއް ލިބޭނެ ގޮތެއް ނުހެދޭނެ. ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ހަމަޖެއްސުމުން ދަތިތަކެއް ކުރިމަތިވާނެ، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މިހާރު މި އޮންނަ އުސޫލު.

  77
  5
 8. ފުރައްސާރަ

  މޮޔަވެބަލަ. ދެން ހަމަ ހުރިހާ ރިސޯޓަކުން އަހަރު މެދުތެރޭ ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ދޭނެތަ؟ ނުދޭނެ. އަނެއްކޮޅުން ތީ ރިސޯޓް އޯނަރުން އަޑީގައި ތިބެގެން، ރިސޯޓް މުވައްޒަފުންނަށް ދަޅަދައްކައިގެން ޖަހަންއުޅޭ މަޅިއެއް. ހުޅަނގު ޖޫން ޖުލައިއަށް ކުދިންގެ ޗުއްޓީ ހަދާފަ، ކުކުޅު ހާ ވެސް މި ގައުމަށް އަރާމުކޮށްލަން ނާންނަ ދުއްޕާން ދުވަސްވަރަކަށް ޗުއްޓީ ހެދުމަކީ ކުރާ މަލާމާތެއް. އަތޮޅު ތެރޭގެ ރައްޔިތުން ބޭސްފަރުވާއަށް ފުރަފުރައިގެން ނުދެވޭ ގޮތަށް ދޭ އަނިޔާއެއް. މުއްސަނދިން ފުރައިގެން ބޭރަށް ދިޔަކަސް އަހަރެމެން ނިކަމެތިންނަކަށް ނުދެވޭނެ. ތީ އަހަރެމެން ނިކަމެތިންނަށް ކުރާ މަލާމާތަކާއި ފުރައްސާރައެއް.

  74
  7
 9. ވާވާ

  ވަރަށް ރަގަޅު ކަމެއް. އަޅުގަނޑަކީވެސް ސިވިލް ސަރވިސް މުވައްޒަފެއް. ސަރުކާރުގައި 20 ވަރަކަށް އަހަރު ބަޖެޓް މަސައްކަތުގައި. ބަޖެޓް މަސައްކަތްތައް ކޮންމެ އަހަރެއްގެ ފަހުކޮޅުގައި ވަރަށް ބޮޑަށް އިރުރުވެގެންދޭ. އެ ދުވަސްތަކުގައި މުވައްޒަފުން ޗުއްޓީ ނެގުމުން މުޅި އޮފީހަށްވެސް އެކަމުގެ އަސަރު ކުރޭ. ސިވިލް ސަރވިސް ގިނަ މުވައްޒަފުންވެސް ތިގޮތަށް ބޭނުންވާނެކަމަށް ލަފާކުރެވޭ.

  16
  93
 10. އަހްމަދު

  ވަރަށް ރަނގަޅުކަމެއް... ރިސޯރޓްތައް އެކަންޏެއް ނޫން... ރިސޯރޓް އޮޕެރޭޝަނާއި ގުޅިފައިވާ އެހެނިހެން ވިޔަފާރި ތަކާއި އަދި އިމިގްރޭޝަން، ކަސްޓަމްސް، އެމް އޭ ސީ އެލް... މިހެންގޮސް ކިތައްމެ ތަންތާ މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އަހަރު ފަހުކޮޅު ޗުއްޓީ ތައް ހުންނަނީ ވަރަށް ބޮޑަށް ލިމިޓު ކޮށްފަ.... ރިސޯރޓުތައް ބިޒީ ވަންޏާ މިތަންތަންވެސް ހަމަ ބިޒީވާނެ... އެހެންވީމަ މީ ހަމަ ވީހާވެސް އަވަކަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް....

  14
  69
 11. ކުންބެ

  ތިކަންކުރާއިރު ރާއްޖެގެ މުުުޫސުމަެއް ބެލުން ވަޜައް ރަގަޅު ވާނެ

  59
  2
  • ...

   ތާއީދު.. ޗުއްޓީ އަކީ ވަރައްގިނަ ތަންތަނަށް އާއިލާތައް ދަތުރުކިރާނެ ދުވަސް ކޮޅެއް...މޫސުން ވ މުހިއްމު

   25
   3
 12. ޢަލީ

  ޖޫން ޖުލައި އެއީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރު... އެހެންކަމުން ބޮޑު ޗުއްޓީ ވާނީ ފެން ޗުއްޓީއަކަށް...

  35
  1
 13. ީމީން

  އާނ ނުން!

  7
  2
 14. ހެޔޮ އެދޭ މީހާ

  ސްކޫލް ތަކުގެ ޗުއްޓީއާ ކުޅޭ އިރު ހަނދުމަފުޅު ބަހައްޓަވާތި އެއީ ޓީޗަރުންނަށް އިންނަ އަހަރީ ޗުއްޓީ ކަންވެސް....

  39
  1
 15. ނަމަ

  ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ހެދުމުން ބޭރުން ނަގާ އިމްތިހާނު ތަކައް ބުރޫނާރާނެ ނަމަ ހަމަ ހެދުން ރަގަޅުވާނެ އެންނު

  11
  11
 16. ޙުއްބުލް ވަޠަން

  ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް މޫސުމް ރަނގަޅު ދުވަސްތަކުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވޭ.

  15
  1
 17. ޓުކުރި

  ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުނަގަންވީނުންތަ.

  13
 18. ޓޫވެލް

  ރާއްޖޭގެ ރިސޯރޓްސް ތަކުގެ އިންސައިޑް ސްޓޯރީ އެނގިއްޖެ ނަމަ އެކަން އިނގޭ މީހަކު އެކަނި ހުރެ ރޮއި ރޮއި ހަލާކުވާނެއޭ ސާރވިސް ޗާރޖް އަށް އެބަނަގާ މަހަކު 1 ލައްކަ ޑޮލަރު މިކުރާ ކަމަކީ ސްޓާފް ކެއުން ނަގަނީ ބޮލަކަށް 9 ޑޮލަރުގެ ރޭޓުން ގެސްޓުންނަށް ބޭނުންވާ ކުކުޅާއި ގެރިމަސް އަދި ފަރުމަސް ގަތުމަށް ސްޓާފުންގެ ކެއުމަށް ނަގާ ފައިސާގެ އަދަދުގެ %60 ސާރވިސް ޗާރޖް އިން ނަގައޭ ދެން ބާކީ ހުންނަ ފައިސާ އިން ޖީއެމް ނަގައޭ 20 ހާސް ޑޮލަރު ސީއެފްއޯ 10 ހާސް ޑޮލަރު ދެން ބާކީ ހުންނަ ފައިސާ އޭ މިބަހާލަނީ މީއޭ ސާރވިސް ޗާރޖްގެ އިންސައިޑް ސްޓޯރީއަކީ ރިސޯރޓެއްތޭ ޕްރޮޖެކްޓް ވިއަސް އަދި އޮޕަރޭޝަން ވިއަސް ވީނޯ ފުލް ޑީއެންއޭ ޓޫރިޒަމް މިނިސްޓްރީން އަނބުރާ ގޭސް ގަނޑު ވެސް މަމެން ދަންނަމޭ އިން ޑީޓެއިލް ކޮށް ދިވެހިން ވަޒީދފާ އިން ވަކި ކުރަން އެބައަންގައޭ މިނިސްޓްރީގެ ބޮޑުން ރިސޯރޓްސް ތަކުގެ ޖީއެމް މެންނަށް ރިޕްލޭސް ކުރަނީ ބޭރު މީހުންނަށޭ އޯއް އައިހޭވް ސީން އިޓް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް އޯލް އޯލް އޯލް ޓޫވެލް...

  5
  1
 19. ޓޫވެލް

  ރާއްޖޭގެ ރިސޯރޓްސް ތަކުގެ ބެކް އޮފް ހައުސް އަށް ވެސް އެބަޖެހޭ ބޮޑެތި ބަދަލު ތަކެއް ގެންނަން ލޭއައުޓް އެއްކޮށް ބަދަލު ކުރަން އެބަޖެހޭ އެގޮތުން ސަރުކާރުގެ އިމާރާތެއް އެބަހުންނަން ޖެހޭ 10 ބުރީގެ އެއް އިމާރާތް ދެން އަންހެން ކުދިން ވަޒީފާ އަދާ ކުރާނަމަ އެމެންނަށް ވަކިން 10 ބުރި އިމާރާތެއް އެބަހުންނަން ޖެހޭ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނީ އަންހެން ފުލުހުންނޭ އަދި ޕްރީ ސްކޫލް ނާސަރީ ސްކޫލް އެބަޖެހޭ ހަދާ ހިންގަން އަދި ޕްރައިމަރީ ސެކެންޑަރީ ހެލްތް ސާރވިސް ދެވޭނެ އުސޫލުން އޭޑީކޭ ނުވަތަ ޓްރީ ޓޮޕް ގެ ހޮސްޕިޓާ ތައް އެބަޖެހޭ ހުންނަން 10 ބުރީގެ އިމާރާތެއް ގައި އަދި އިތުރަށް 2 ކޮޓަރީގެ އެޕާރޓްމެންޓް އެޕާރޓްމެންޓެއް މަހު ކުއްޔެއްގެ ގޮތުގައި މަހަކު 2 ހާސް ރުފިޔާ އަށް ކުއްޔަށް ލިބެން އެބަޖެހޭ ދެ މަފިރިން ވަޒީފާ އަދާ ކުރާނަމަ އެމެން ނަށް ހައުސް މެއިޑް އެމެން އަމިއްލަ އަށް ޕޭކުރާ ގޮތަށް ގެންގުޅެވެން އެބަޖެހޭ މިއުސޫލުން 360 ޑިގްރީ ގައި މިކަން މާލެ ސަރަހައްދުގައި އެބަޖެހޭ ކުރަން އެނބޫދޫ ފަޅުގެ ދެން ބާކީ ނަހަދާ ހުރި ރަށް ތަކުގައި ރިސޯރޓްސް ހަދާ އިރު މިކޮންސެޕްޓް އެބަޖެހޭ ހިމެނެން އެއިރުން ދިވެހިން ރިސޯރޓްސް ތަކުގައި ވަޒީފާ ވެސް އަދާ ކުރާނެއޭ ރިސޯރޓްސް ތައް އޯނަރުން އަމިއްލަ އަށް އެމެން ބޭނުންވާ ކޮންސެޕްޓަށް ޑިޒައިން ކޮށް ގެން އަޅަން ނުދޭންވީއޭ އައި ކޭން ޕިކްޗަރ އިޓް އާފްޓަރ އޯލް ދީސް ޑޭޒް އިޓް މައިޓް ބީ އޯކޭ އައި އޭމް ފަައިންޑިންގް އިޓް އޯލް ޓޫވެލް ވީއާރ އޯލް މޯސްޓް ދެއަރ އޯއް އޯއް އޯއް އޯއް އައި ރިމެމްބަރ ދިސް މޯމެންޓް އޯލް އޯލްއޯލް އޯލް އޯލް ޓޫވެލް ޓޫވެލް ޓޫވެލް އޯއް އޯއް އޯއް އޯއް ޓޫވެލް ޓޫވެލް ޓޫވެލް ޓޫވެލް...

  2
  1
 20. ހުސައިންފުޅު

  ކޮބާ މައްސަލަ އަކީ އިންޑިއާގެ ވެސް ސުކޫލް ކުދިންގެ ޗުއްޓީ އަކީ އަހަރު މެދުތެރެ. ނިކަން ހޭޖެހިބަލަ ދިވެހި ރައްޔިތުންނޭ

  5
  12
  • ގުއިދައިތަ

   އިންޑިޔާ މީހުން ކޮށްފިއްޔާ އޯކޭ ދޯ ކަލެއަށް؟؟ އެމީހުން ކީއްވާނީ ޑިސެމްބަރ އަށް ބޮޑު ޗުއްޓީ ބަދަލު ކުރިއްޔާ!! އެމީހުން ކުރިއަސް އަހަރެމެން ނުޖެހޭ ކުރާކަށް.. ކަލޭ އޮވޭ ގޮސް މޯދީގެ ދެފައިގަ ބޮސް ދޭން.

   12
   1
 21. އެސް.އެމް.އެސް

  ރޯދަ މަހާ ދިމާވާ ގޮތަށް ބޮޑު ޗުއްޓީ ހެދުމަކީ ގިނަ ގޮތް ތަކުން ފައިދާ ވާނެ ކަމެއް. ހަމަ އެކަނި ޓޫރިޒަމް އަށް ނުވިސްނާ ދަރިވަރުންގެ ކިޔެވުމާއި ދީނީ އަޅުކަންތަކަށް ވިސްނުން މުހިންމު.

  5
  2
  • ރާއްޖޭގަ ވެސް ބޭރުގަ ވެސް ހަމަ ތިބީ އަރުމެންގެ ދަރީން......

   ތިޔައީ ވަރަށް ބޮޑު ތެދެއް. ތިޔަކަމަށް ތާއީދު. ކޮންމެމީހަކުވެސް ކޮމެންޓެއް ކުރާއިރުގަ ހުރިހާ ކޮޅަކަށް ވެސް ވިސްނާލާފަ ބުނެލުން އެދެން. ބޭރުގައުމުތަކުގަވެސް އަހަރުމެންގެ ދަރިން ކިޔަވަމުން އެބަދޭ އެކުދިންގެ ޗުއްޓީއާ މާލޭގަ ކިޔަވަމުންދާ އަހަރުމެންގެ ކުދިންގެ ޗުއްޓީއާ ދިމާ ވުމީ ހުރިހާ ގޮތަކުންވެސް ކުދިން ނަށާ އަރުމެން ބެލެނިބެރިންނަށް ވެސް އުފާވެރިކަމަކަށް ވާނެހެން ހީވަނީ. އަނެއް ކޮޅުން ރޯދަމަހަކީ އަބަދު ޖޫން ޖުލައި އާ ދިމާވާ މަހެއްނޫން. މިކަންތައް ތަކަށް ހުރިހާ އެންމެންވެސް ސިޔާސީ ވިސްނުން ދޫކޮއްލާފަ ރާއްޖެއާ ބޭރު ޤައުމުތަކުގަ ކިޔަވަންތިބި އަހަރުމެންގެ ދަރިންގެ ބެލެނިވެރިން ގެ ގޮތުގަ ތިބެ އަދި އެއްފަހަރު މިކަމާ ހުރިހާ އެންމެންވެސް ވިސްނާލަބަލަ. ކޮންމެކިމެއް ސިޔާސީ ވާން ވެއްޖެއްޔާ ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ އެއީ އޭރުން ރަނގަޅުގޮތް އިނގި ހުރެވެސް ވިސްނޭނީ ޒާތީ ވިސްނުން.

 22. އުގޫފާރު މީހާ

  ތިޔައްވުރެއްމާ ރަގަޅުވާނެ ދަރިން ސުކޫލަށްވައްދާ އުމުރު ޖޫ 30 ހަމައަށް ބަދަލު ކުރިއްޔާ.