ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވީ މަޖިލީހުގައި ގޮނޑިޖަހާފައިވަނީ ގަވައިދުގައި އެގޮތަށް އޮވެގެން ނޫންކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ގޮނޑި ޖަހާފައިވާ ގޮތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

1932 ވަނަ އަހަރު އެންމެ ފުރަތަމަ މަޖިލީސް އިށީންނެވިއިރު ރަދުންގެ 8 މެމްބަރުން ތިއްބެވީ ކުރީގައި ކަމަށާއި 1968 ފެށިގެން ރަދުންގެ 8 މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅައި ކުރީ ގޮނޑި ބަރީގައި ތިއްބަވަމުން ގެންދެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިހާރު ތި ތިއްބެވި ގޮތަށް އިށީނދެވަޑައިގެން ތި ތިއްބަވަނީ، ކުރިއްސުރެ ފަށައިގެން އެކަން އެގޮތަށް ކުރަމުން އަންނާތީ. އަޅުގަނޑު އަމިއްލަ ގޮތަށް ދެކޭ އިރުގައި އަޅުގަނޑަކަށްވެސް ނުފެނީ މީކީއެއް މި މަޖިލިހުގައި މެމްބަރުން އިށީނދެ ތިބެންޖެހޭ ގޮތެއް ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އާންމު ގޮތެއްގައި މަޖިލީސްތަކުގައި މެމްބަރުން އިށީންދެގެން ތިއްބަަވަނީ އެއް ޕާޓީއެއްގެ މެމްބަރުން އެއްދިމާލެއްގައި އަދި އެއިރެއްގައި އޮންނަ ސަރުކާރަކާއި އިދިކޮޅު މެމްބަރުން އެއާ އިދިކޮޅު ދިމާލެއްގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަން އެހެން އޮތުމުން މަޖިލީހުގެ ކަންކަން ހިނގާނީ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތަށް ކަމަށާއި އެމަޖިލީހުގެ ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރަންޖެހޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

މިހާރު މަޖިލީހުގައި ހުރި ގޮނޑި ތަރުތީބަށް ބަލާއިރު ހުންނަނީ މާލެ މެމްބަރުން ކުރީ ބަރިތަކުގައި ތިއްބަވާފައި ހއ. އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރި ދާއިރާތަކުގެ މެމްބަރުން އަތޮޅުތަކުގެ ތަރުތީބުން އޭގެ ފަހަތަށް ވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމީރު

    އާން ވަރަށް ރަގަޅު ކަމެއް. އަދި ތިޔަ ތަރުތީބު ކުރާއިރު މި މޮޔަ ނަސީދު ގޮޑި ބަހަޓަންވާނީ އިންޑިޔާގެ ޓިވެންޑުރަމްގައި އެއީ އޭނާއަށް އެއްމެ އެކަށީގެން ވާ ތަން. އޭރުން ދިވެހިންނަ މި ނަސީދު މުސީބާތުން ސަލާމެއްވާނެއް.... ދެން އަޅެއް މިކަހަލަ މޮޔަ ސޮރަކަށް ތާއިދުކުރަނީ ކޮންކަހަލަ ބައެއްބާއޭ އޭމީހުން އަމިލައް ޔަ ވިސްނާލަބަލަ.

    30
    1
    • Anonymous

      ތީމޮޔައެއްނޫން، ތި ހުރިހާކަމެއްވެސް ތިކުރަނީ ގަސްތުގައި، ހުރިޖައްބާރުކަމެއްގެ ބޮޑުކަމުން.

      17
      2
  2. ޢަލީ

    ތީ ބަރުލަމާނީ މަޖްލިސްތަކުގައި ގޮނޑިޖަހާގޮތް، އެގޮތް ވާންއުޅޭއިރު، އެހެން ހެދުމަކުން ގޯހެއްނެތް، އެހެންނޫނަސް ތީކީ މިހާރު ރައްޔިތުންގެ މަޖިލީހެއްވެސް ނޫނިއްޔާ، ތީ ކެނެރީ ފެމެލީ ސައްލާކުރާ މަރުކަޒު، ކެނެރީގޭ ކުދިން ބޭނުންވާ ގޮތަށް ގޮނޑިޖަހާ. ތިތާކުނެތް ދެކޮޅުހަދާނެމީހަކު،

    27
  3. ޓުކުރި

    ގޮނޑިބައިންދާ ބޯމަތީގަ.

    17
    • ނޫސްކިޔާމީހާ

      އަޅެ ކީކުރަން އިށިދެއިންނަންވީ ކޮޅަށް ދުންމާރިދީފަ ރިޔާސަތު ކައިރީ ބައިތިއްބާ ފުނެން

      15
  4. ސަޓޯ

    އަޅުގަނޑު ހިޔާލެއް.... އެމްޑީޕީ ހުރިހާ މެމްބަރުން މަޖްލިސް ބޭރުގައި ގޯޅިގަނޑުގައި ބައިތިއްބަން ވީނު؟

    22
  5. ޙެހެ

    ރާއްޖޭގަ ރާވިއްކުން ހުއްޓުވަބަލަ ނަށީދޫ

    11