މި ސަރުކާރުން ކެސީނޯއެއް ނާޅާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކެސީނޯ ހިންގަން ހުއްދަ ނުދެއްވާނެ ކަމަށެވެ.

"ސަރުކާރުން ކެސީނޯ ހިންގަން ތާއީދު ނުކުރަން. ސަރުކާރުގެ ސިޔާސަތެއް ނޫން ކެސޯނޯ ހިންގުމަށް ހުއްދަދިނުމަކީ" އަލީ ވަހީދު ވިދާޅުވި އެވެ.

ބަނގުރާ ވިއްކަނީ ކޮން ގާނޫނެއްގެ ދަށުންތޯ ޖާބިރު ސުވާލު ކުރެއްވުމުން އަލީވަހީދު ވިދާޅުވީ ބަނގުރަލާ އޫރުމަސް ވިއްކަން ފެށީ މި ސަރުކާރުުުުން ނޫން ކަމަށަވެ. އަދި އެކަން ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހެދިފައި ހުރި ގާނޫނާ ގަވާއިދުގެ ތެރެއިންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ބޮޑު ބަލާއެއް. ކަލޭމެން ބަނގުރާ ވިއްކަނީ. ކެސީނޯ ނާޅާންްވީ ކީއްވެ؟ އަޅުގަނޑު ބޭނުން މިގައުމުގަ ބަގުރަަލާ އޫރުމަސްވެސް ވިއްކުން ހުއްޓާލަން" ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ކޯފާވެ ޖާބިރު ވަނީ ކެސިނޯ ނާޅަންވީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރެއްވުމަށްފަހު ކޮމެޓީ ދޫކުރައްވައި ނުކުމެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޟ

    ާއަޑުގަދަކުރިއަކަސްނުވާނެ ހައްލުހޯދަން މަސައްކަތްކުރިމަވާނި

    6
    4
  2. ަސދަސ

    ޖާބިރުގެ ވާހަކަ ރަނގަޅު.
    މީހުންނާއި ނުއިނދެ ޖޯޑް ޖޯޑް އައިސް ބޭނުން ކަމެއް ކުރެވޭ
    އަންހެނުންނާއި އިނދެގެން އުޅޭ އަންހެނުން އަދި ފިރިހެނުންނާއި ފިރިހެނުން އިނދެގެން އައިސް ހަނީމޫން ހެދޭ
    ބީޗްގައި އޮރިޔާން ވީޑިއޯ ކުޅެ ނަގާ
    ރާ ލިބޭ
    އޫރުމަސް ލިބޭ
    ދެން ކޮންކަމެއް ބަންދުކުރަން ތިއުޅެނީ.

    27
    7
    • ޑ

      އިތުރު ނުބައި އަމަލުތައް ފައްޓައިގެން ނުވާނެ. ކެސީނޯއާ ދެކޮޅު.

      13
      5
  3. ޖާއްބެ

    ބަލަ ޖާބުރޫ އެއް ނުބައި ކަންތައް ކުރުން އެއީ އަނެއް ނުބައި ކަންތައް ކުރަން އޮތް އުޒުރެއް ނޫން. ހިސާބު ބައްލަވާ ދުވަހު އެންމެ ނުބައިކަމެއް އިތުރު ވެގެންވެސް ނުބައި ކަންތަކުގެ ތިލަފަތް ބާރުވެ ނަރަކައަށް ދާން ޖެހިދާނެ.

    34
    3
  4. އ. ޖ. އ

    ޖުވާ ކުޅޭ މީހުން ވަރަށް ގިނަ.. ކެސީނޯ އަޅައިފިއްޔާ މިކަން އާންމު ކަމަކަށް ވެދާނެ

    25
    2
  5. ރަންނަ

    މިސަރުކާރުން ނޫންތޯ އެއްޖިއްސުން ގުޅުންހިންގުމަށް ފާޅުގައި ވާހަކަދެއްކީ މިސަރުކާރުން ނޫންތޯ އިރަށްއަޅުކަންކުރާ ދުވަސް ފާހަގަކުރީ މިސަރުކާރުންނޫންތޯ ފައްޅިއޅަންޖެހޭނެ ކަމަށްވަކާލާތު ކުރީ އަދި ބަނގުރާ ވިއްކައިގެން ރައްޔަތުން މުއްސަނދިވާނެ ކަމަށްބުނީ ދެންއަލީވަހީދު ކޮންކަރަލެއް ....tifalhaneެ.

    27
    6
  6. ހަނދާންވަނީ

    ޖާބިރު އެބުނީ ތެދެއް ، ތާހިރު ގޮތަކައްތިކަންނިމޭނީ!-

    6
    3
  7. ޙަސަން

    ޖާބިރު ކަލޭ ނައިޓް ކްލަބެއް ހިންގަބަލަ. ތިޔަ ކަލޭގެ މީރާއަށް ވަރަށް ގިނަ ފައިސާ ދައްކަން ޖެހޭނެ.

    6
    1
  8. ޛ

    ޖާބިރު ދެކެ ހާދަ ފޫހިވެޔޭ.

    4
    4
  9. ކެޔޮޅު

    ދިވެހި ރައްޔިތުންގެ ހާލާމެދު ހިތާމަކުރަން. ޙާއްޞަކޮށް މާއްދީ ފައިދާއަށްޓަކައި ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހަށް ހޮވާފައިވާ މެންބަރާމެދު އިންތިހާއަށް ހިތާމަކުރަން.

    6
    3