1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދައި ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން އުމަރު ނަސީރު އެއްވުމެއް ބާއްވަން ތައްޔާރު ވެއްޖެވެ.

އުމަރު މިހާރު ވަނީ މި އެއްވުން ބޭއްވުމަށް ކާނިވާ ދިނުމަށް ސިޓީއަކުން ޕްލޭނިން މިނިސްޓްރީގައި އެދިފަ އެވެ.

މި އެއްވުން ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ރޭ 9:00 ގައި ކާނިވާގަ އެވެ.

މިދިޔަ މެއި މަހު 01 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ވަނީ ހާޒިރުވެފަ އެވެ.

އޭގެ 68 ދުވަސް ފަހުން ރޭ ސަރުކާރުން ވަނީ ލުތުފީ މާލެ ގެނެސްފަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ރޭ ވިދާޅުވީ ލުތުފީ ރޭ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިރެއިން ފެށިގެން ގުނަމުންދާ ކަމަށެވެ.

ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ. ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.

ސަރުކާރުން ރޭ ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ށާބަސް

    މަދާނަން އުމަރު އއލވ އުމަރު

    16
    3
  2. އުމަރަށް ސާބަސް

    ރަނގަޅު، ތިޔަ ކާމިޔާބީގައި މިފަހަރު ވާނެ ލުތުފީގެ ތާރީޚު އަލިފުން ޔާއަށް ރައްޔިތުންނަށް ހާމަ ކޮށްދޭން. ޚާއްޞަކޮށް ކެރަފާ ނަސީދުގެ ސަރުކާރުން ލުތުފީއާ ދޭތެރޭ އަމަލުކުރި ގޮތާއި، މިސަރުކާރުން ލުތުފީއަށް އެމްބަސީގައި ހިމާޔަތް ދިން ސަބަބާއި އެކަންތައް އޮޅުވާލަން މިސަރުކާރުން ކުރި ބުރަ މަސައްކަތުގެ ހަގީގަތް ފިސާރި ރަނގަޅަށް ރައްޔިތުނަށް އޮޅުންފިލުވައިދޭންވާނެ.

    26
    2
    • ވިސްނާ

      އުމަރާ ރަންކޮޅާ، ޖަލްސާގައި ނަމަނަމަ ރައްޔިތުންގެ ލޭކައްކުވަން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތެއް ނުފަތުރާތި. ހުރިހާ މައުލޫމާތެއްވެސް ހެއްކާއި ގަރީނާއާ އެކު ހާމަކޮށް މިސަރުކާރުގެ ވެރިންގެ ނަޒާހާތްތެރިކަން ހުރި މިންވަރު ރައްޔިތުންނަށް ހާމަކޮށްދޭތި. ސިޔާސީ ދާއިރާގައި އުމަރަށްވުރެ ޕްރޮފެޝަނަލް މީހަކު މިރާއްޖެއަކުން އަދި ނުދެކެން.

      27
      4
  3. އ. ޖ. އ

    އަޖައިބެއް..ލުތުފީ ގެނައީ މީނާތަ ؟

    7
    15
  4. ޒަމާން

    މަވެސް ދާނަން

    9
    3
  5. ލުޠުފީ

    ކީއްވެތޯ 101 މިލިޔަން ރުފިޔާގެ ވާހަކަ ނުލިޔަނީ، އޭގެތޭރެގައި 19 މީހުންގެ މަރުގެދިޔަވެސް ހިމެނޭއިރު،

    5
    3
    • ބީތާވެދާނެ

      ކަލޯ 101 މިލިޔަން ރުފިޔާއަކީ ބާޣީ ލުތުފީ ގެއަމިއްލަ ލާރިގަނޑެއްތަ، އެއިން ޝަހީދުންގެ އާއިލާތަކަށް މަރުގެ ދިޔަދޭން؟ އަނެއްކާ ކަލޯގެ ހަމައިގައި، ޝަހީދުންގެ މަރުގެ ދިޔަދޭން ޖެހޭނީ ނިމިދިޔަ ވަގު ސަރުކާރުންތަ؟

  6. މުހައްމަދު

    ޢުމަރަކީ ޖަލުގެ ކުޑަގޮޅި ހައްގު މީހެއް ، ބާޤީ އެއް 7 ފެބުރުއަރީ ގެ ބަޤާވާތުގެ މޭސްތިރިޔާ ، މީނާ ވީހާވެސް އަވަހަށް ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލަން

    2
    3