ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގައި ކެސީނޯ ނާޅާނެ ކަމުގެ ޔަގީންކަން މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައީދު ވިދާޅުވެއްޖެއެވެ.
ޒައީދު މިއަދު މިހެން ވިދާޅުވީ، ރާއްޖޭގައި ކެސީނޯ އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ކޯފާވެ ވާހަކަދައްކާފައިވަނިކޮށެވެ. އަލީ ވަހީދު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އަލީ ވަހީދު ހާޒިރުކުރުމުންނެވެ.
އަލީ ޒައީދު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކެސީނޯ އަޅަން ބޭނުންވާ މީހުންނަށް ދަންނަވަން އޮތީ މާތް ﷲއަށް ބިރުވެތިވުން ކަމަށެވެ.
"އެގްޒިސްޓެޑް ނުބައެއް އޮތުން އެއީ އެހެން ނުބައެއް އަޅަން ފަށަން ދެއްކޭނެ ހުއްޖަތެއް ނޫން". އަލީ ޒައީދު ވިދާޅުވިއެވެ.
އަދި މީގެ މާނައަކީ ރަލާއި އޫރު މަސް ހުއްދަވީ ނޫން ކަމަށާއި، ރާއްޖޭގައި ކަސީނޯއެއް މި ސަރުކާރުން ނާޅާނެ ކަމަށް ޒައީދު ވިދާޅުވިއެވެ.
މިއަދުގެ ކޮމެޓީގެ ޖަލްސާގައި ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށެވެ.
"ސަރުކާރުން ކެސީނޯ ހިންގަން ތާއީދު ނުކުރަން. ސަރުކާރުގެ ސިޔާސަތެއް ނޫން ކެސޯނޯ ހިންގުމަށް ހުއްދަދިނުމަކީ" އަލީ ވަހީދު ވިދާޅުވި އެވެ.
މިގޮތަށް އަލީ ވަހީދު ވިދާޅުވުމުން ޖާބިރު ވަނީ ކޯފާ އިސްކުރައްވާފައެވެ.
"ބޮޑު ބަލާއެއް. ކަލޭމެން ބަނގުރާ ވިއްކަނީ. ކެސީނޯ ނާޅާންްވީ ކީއްވެ؟ އަޅުގަނޑު ބޭނުން މިގައުމުގަ ބަގުރަަލާ އޫރުމަސްވެސް ވިއްކުން ހުއްޓާލަން" ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.
އަދި އެ ޖަލްސާގައި ޖާބިރު ވަނީ ކެސިނޯ ނާޅަންވީ ކީއްވެތޯ ތަކުރާރުކޮށް ސުވާލު ކުރެއްވާވަފައެވެ. އަދި އެންމެ ފަހުން އޭނާ ވަނޫ ކޮމެޓީ ދޫކުރައްވައި ނުކުމެ ވަޑައިގެންފައެވެ.
ކޮން ސަރުކާރަކުންތަ އެޅީ. މި ސޭކު މިއުޅެނީ މިސަރުކާރު ކޮއްމެފަދަ ޖަރީމާއެއް ހިންގިޔަސް ލޯމަތީއަތް އަޅައިގެން. ދޮގުހެދުމަކީ ކޮންކަހަލަ ކަމެއްތޯ ސޭކު ބުނެދީބަލަ.
މިއީ މިސަރުކާރުގެ އެޑްވައިޒަރުތަ؟ތިހެންވީއިރު ތިހުރި ފޯރީގަ ޔަގީންކަންދީބަލަ މިގައުމުގެ އިގްސާދު އަދި މިނިވަންކަމަށް އަސަރުކުރާނެ އެއްވެސް އެއްބަސްވުމެ ބޭރުގެ އެއްވެސް ގައުމަކާ މިސަރުކާރުން ނުކުރާނެކަމުގެ ޔަގީންކަން. ހާއްސަކޮށް އިންޑިޔާއާއެކު. މިސަރުކާރުގެ އެއްވެސް ވެރިޔަކު ނުހައްގު ފައިސާއެއް ނުހައްގު މަންފާއެ ނުނަގާނެކަން އަދި ހޯދަނުދޭނެކަން. އަހަރެމެންނަ މިހާރު އޮޅިއްޖެ މިޝޭހުން މަގުއޮޅުނީތޯ ނޫނީ މޑޕ އިސްލާހުވީތޯ ރނަޝީދު ތައުބާވެ އިސްލާމްދީނަށް ރުޖޫއަވީތޯ؟މިމީހުންނަ ޔަގީންވެ ކެސިނޯ މިސަރުކާރުން ނާޅާނެކަން ޔަގީނެނުވޭތަ މިސަރުކާރުގެ އެއްވެސްމީހަކު ކެސިނޯއަކަށް ނުވަންނާނެކަން. ޒައިދު ކަލެއަށް އަހަރެމެން ނަފްރަތުކުރަން. ކަލޭގެ އިލްމުވެރިކަމަށް މަރުހަބާވެސްކިޔަން. ކަލޭގެ އަސްލު ސޫރަ ރައްޔިތުންނަފެންނަނީ ވަރަށް ބިރުވެރިކޮށް.
ކަލޯސޭކާ ކެސިނޯ އެޅި ސަރުކާރެއް ބުނެބަލަ.. ކެސިނޯ އަޅާނީ އެމްޑީޕީ ސަރުކާރުން..ކަލެއެކޭ އެމްޑީޕީ އެކުޓިވިސްޓެކޭ ތަފާތެއްނެތް..
އެމްޑީޕީ އެކްޓިވެސްޓެއް ސަޅި.
މިމީހުން ނުރުހޭ ކަމެއް ވީމަ އެކަނި އަނގަ ހުޅުވަނީ. މިއޮތް ހުރިހާ ދުވަހު ސޭކު އިމްރާން ދޮގުހެދި އިރު މިމީހުން ކޮބާތަ؟ މި ބޮޑު އަނގައެއް ނުފެނޭ މިދިޔަ ދުވަސް ކޮޅުގައެއް. އެކީއްވެތަ؟
އެއްކަލަ ކަލޭގެ! އަނެއްކާވެސް ރެވިތެޔޮލައިގެން ތެޅެންފެށީ! އަބޫޖަހުލަކަސް ޓިސްޓިސް ލިބެންޏާ މިކަލޭގެ ހުންނާނެ އަބޫޖަހުލުގެ ދިފާޢުގައިވެސް!
ޒައިދު ރާވިއްކުން ހުއްޓުވާދެއްވަންވީނުންތޯ ބޮޑު މެޖީރިޓި އެބައޮތެއްނު ޤާނުނު ބަދަލު ކުރަން
މި ސަރުކާރުން ކުރާނެ ކަންތައް ކަލެއަކަށް ނޭނގޭނެ.
ޖާބިރު ސުވާލުތަކުން ބޮޑަށް ވައްތަރީ ރަލާއި އޫރުމަސްވެސް ވުއްކުން ހުއްޓުވުން ކަމަށް ފެންނަނީ. އެމަނިކުފާނު ބޭނުންފުޅުވީ ނިކަން މޮޅުގޮތަކަށް އެޕޮއިންޓް ގެންނަން ކަމަށް ލަފާ ކުރެވެނީ.