1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެެ އިސް މޭސްތެރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރީގެ މިނިސްޓަރުން މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ލުތުފީ ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމާއި ގުޅިގެން ފާއިތުވެދިޔަ މުއްދަތުގައި ފުލުހުންގެ އިސް މަގާމުތަކާއި ހޯމް މިނިސްޓްރީގެ މަގާމުތައް އަދާ ކުރެއްވި ފަރާތްތަކުން ލުތުފީ ހޯދައި ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

"އެގޮތުން އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑްތަކާއި އެ މަސައްކަތާއި ގުޅޭގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިނގަމުންދިޔަ ޑިޕާޓްމެންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވެެއެވެ. އަދި އެ މަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމިއިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތުވެސް މި ސަރވިސްގައި ހިދުމަތްކުރަމުންދާތީ އެ މަސައްކަތާ ގުޅޭގޮތުން އިތުބާރު ހިފޭފަދަ މައުލޫމާތު މިވަގުތުވެސް މި ސަރވިސްގައި ހުރިކަން އެންމެހާ ފަރާތްތަކުގެ ޔަގީންކަން އަރުވަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން މިގޮތަށް ބަޔާން ނެރުނީ، ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ސަރުކާރުގެ ހޯމް މިިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވައިގެން ވާހަކަދައްކަވާފައިވާތީއެވެ.

ފުލުހުން ވިދާޅުވީ، އުމަރު އެ ޖަލްސާގައި އެގޮތަށް ވާހަކަދައްކަވާފައި ވަނީ، ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު، އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ، ފުލުހުން އެ މަސައްކަތަކާއި ގުޅޭގޮތުން ފެންނަން ހުރި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ފުލުހުން އަރުވާފައިވާ މައުލޫމާތާއި އެެއްގޮތަށް މިނިސްޓަރ ދެއްކެވި ވާހަަކަތަކެއް ކަމަށެވެ.

ފުލުހުންގެ އިސް މަގާމުތަކުގައި ކުރި ތިއްބެވި ބޭފުޅުންނާއި މިނިސްޓަރުން ވެސް ލުތުފީ ގެންނަން މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ވިދާޅުވެފައި މިވަނީ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމުން އިމްރާންގެ ވާހަކަފުޅު ކުރީގެ ތިން ޕޮލިސް ކޮމިޝަނަރަކު ދޮގު ކުރައްވާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޣާދިރު

    އެމްސީ ހަމީދުމެންގެ ނާގާބިލް ކަން ފެނިގެން މިދަނީ.. އިމުރާންގެ އަގުވައްޓާލާ މުޅި ގައުމައް ފަލީހަތްކޮއް ބޭޒާރު ކުރުމައް ފަހު ތިޔަނެރުނީ އަސްލު ވާހަކަ..

    77
    2
  2. އިންސާފް

    ދެން ކޮބާ އުމަރު! އޭނާވެސްވަނީ ލައިވު ޓީވީގަ ޤައުމީ ދިފާޢީ މަރުކަޒަށް ހަރުގަނޑު ބަހަށްޓައިގެން ހަމަލާދޭންވިގޮތް ކިޔާދީފަ! އަދި ހަމަލާދިންވަގުތު ހަމަލާދިނުމަށް ކޮމާންޑު ސެންޓަރުގަ ކޮމާނޑުކުރަންއިންކަމަށް އެއްބަސްވެފަ! މީނަ ނުވޭތަ ބާޢީއަކަށް ނޫނީ ޚާއިނަކަށް ނުވަތަ ޓެރަރިސްޓަކަށް!!!! މީ ކޮންކަހަލަ އިންސާފެއް!!

    13
    88
    • ދިވެހިމީހާ

      ދޮންބަންޑާރައިން ވޭތަ ޓެރަރިސްޓަކަށް؟ އަންނިގެ ވެރިކަން ވައްޓާލި ކޮންމެ މީހަކު ވެސް ވާނީ ބަތޮލަކަށް. ތިކަހަލަ މީހުންނަކަށް ނޭނގޭނެ އުތުރެއް ދެކުނެއް ކަނާތެއް ވާތެއް.

      19
      6
      • ދިވެހިބިން

        އެހެންވީއިރު ލުތުފީއަކީވެސް ޢާޒީއެއް! ލުތުފީވެސް ހަމަލާދިނީ އަނިޔާވެރި ވެރިކަމެއްނިންމަން! ކޮންމެ ގޮތެއްވިޔަސް އުމަރުގެ މޭސްތިރިކަމުގަ ދިވެހިރާއްޖޭގެ ދިފާޢީ މަރުކަޒައް ހަމަލާނުދޭކަމަކަށް ނުވާނެ!

        5
        7
      • ދަންޑަހެލު

        ސުބުހާނަﷲ! ދޮންބަންޑާރައިންނަށްވެސް މަލާމާތްކުރަނީތަ؟ ދޮންބަންޑާރައިން ދަޢުލަތުގެ ތިޖޫރި ވަގަށްނެގިމީހާޔާއެއްބައިވިތަ؟

        5
        4
      • ދަންޑަހެލު

        ސުބުހާނަﷲ! ދޮންބަންޑާރައިންނަށްވެސް މަލާމާތްކުރަނީތަ؟ ދަޢުލަތުގެ ތިޖޫރީއިންތާ ބާގަނޑެއްހެދިމީހާއާ ދޮންބަންޑާރައިން ބައިވެރިވިކަމެއް ތާރީޚުން ފެންނާކަށްނެތް

        2
        4
  3. ދޯނި

    އަސްތަޣުފިރުﷲ، އެމްސީ ހަމީދުގެ މަގާމް ގެއްލެން ކައިރިވީތި. މާލަހެއްނުވެ އިވޭނެ ހަމީދު މަގާމުން ވަކިކުރި ހަބަރު.

    68
    5
  4. ޏަމްޏަމް

    ކެކެނީ ކެކެނީ ބޮޑިބައްކެެކެނީ

    50
    2
  5. މޮހަނު

    މިކިޔާ އެއްޗެއް އެބަ އެނގޭތަ?

    37
    1
  6. އަފިރިންގެ ޚިޔާލް

    ފުލުހުންގެ ކެރުމާއި ހިތްވަރަށް ސާބަސް، ވަކި މީހެއްގެ ނުފޫޒުގައި ނުތިބެ، ޤައުމިއްޔަތާއި އިސްލާމްދީން އަށް ވަފާއްތެރިކަމާއެކު މަސައްކަތްކުރައްވާ... އަޅުގަނޑުމެން ޕީންކީންގެ ފުރިހަމަ އިހުތިރާމާއި ލޯބި ފުލުހުންނަށްވއަބަދުވެސް އޮންނާނެ ، ފުލުހުން ގާގަ ތަޅަން ކުދިންކޮޅެއް ހޯދަން ދުވަހަކުވެސް ހިތްވަރުދީ އެކަމެއް ރ.ޔާމިންގެ ސަޕޯޓަރުން ނުކުރާނެ... ސާބަސް ޤައުމާއެކު ކުރިއަށް....

    54
    1
  7. ފައިސަލް

    ޖަލުން ފިލުމަކީ ކުށެއްނޫންތަ؟

    48
    1
  8. ބަފާބޭ

    ބަޢާވާތް ކުރަން ހަނދާންނައްތާލާ..

    3
    49
    • ބުރޯ

      އަމިއްލަޔަށް ބަގާވާތެއް އުފަން ކުރުވަނީ

      25
      1
    • ނާޒިމް

      ކުރާނަން. ޕުރާނީ އެކްސްޕީރިއަންސްހޭ ހަމާރޭޕާސް

      25
      3
    • މޯދީ

      ލޭ އޮހޮރުވާލާގެންވެސް މިވެރިކަން ދިފާއު ކުރާނަން..

      7
      22
  9. ާއަދހުމަދު

    ދޮގުހަދާމީހުން ޝޭހުންނަށް ވާނެތަ ނޫނީ ޝޭހުން ދޮގުހަދާނެތަ

    33
    1
  10. އިމްރޯން

    ތީގަ ހަމަ ފުލުހުން ތިފަލީހަތްވަނީ އިމްރާންގެ މައްސަލައެއް ނެތެއްނު

    6
    26
  11. ކޮރަލް

    ލުތުފީ ފިލި މައްސަލައިގާ ހުކުމެއް އަންނަން ޖެހެއެވެ .

    23
    1
  12. ޣައްބަރޭ

    ލުތުފީވެސް ދިޔައީ ބޭސް ފަރުވާ އައް ރާއްޖެއިން ބޭރައް ގޮސް ފިލީ ދެން ރާއްޖެ ގެނައީ އިއްޒަތުގަ، އަންނިވެސް ބޭރައްބދިޔައީ ގާ ލޮލައް ބޭހައް ހަމަދެވުނި މި ވަގުވެސް ފިލީ ދެން މިކަލޭގެވެސް ރާއްޖެ ގެނައީ އިއްޒަތުގަ ހުސް ބާގީ

    24
    1
  13. ގައުމުގެ ދޫ

    މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، "މިނިސްޓަރު އިމްރާން މި މަހުގެ އަށްވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން، ދައްކަވާފައިވާ ވާހަކަތައް ބިނާކޮށްފައި ވަނީ ފުލުހުންގެ އިދާރާއިން ފޯރުކޮށްދިން ރެކޯޑުތަކުގެ މައްޗަށް" މިފަދައިންނެވެ.

    5
    2
  14. ދިވެއްސެއް!

    ކޮންމެހެން ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް! ހައްތަހާވެސް ފޭލު ވެފަ ތިބިމީހުން! ނޫނީ ހުސްވަގުން! މިފަހަރު ވެސް ނުގެނައީ ނުގެނައިސް ނުވެގެން! ކުރިން ނުގެނެސްވާން އޮތީތީ ފުއްދާލީ! ދިވެހިން ގަޅި ޖެހިފަ ބައިބައިވެފަ ތިބޭ! އެއްބަޔަކު ހަމަ ފަިދާ ނަގަމުން ދާނެ! މަގޭ ގާތަށް އަންނަނީ ހިނި! ބަލަ އެއުޅޭ ނަސީދަށް މައުމޫނު ޖަލަށް ލާންކެރުނުތަ ؟ ޔާމީނަށް ނަށިދު ޖަލަށްލާފަ ހިފަހައްޓާލަން ކެރުނުތަ ؟ އަދި މިހާރު އިބޫ އަށް ޔާމީނު ޖަލަށް ލާން ކެރޭނެތަ ؟ ނުކެރޭނޭ!!!!! މޮޔަ ނުވޭ ދިވެހީންނޭ!! ވަގުތުންވެ މިކޮމެންޓު ޖަހާލާން ކެރޭނެހެން ހިޔެއްނުވޭ! އެމީހުނަކީވެސް މި ގުރޫޕުގެ ގޮތްޕެއް! އަނެއް ގޮތްޕަކީ ރާ ޓީވީ! އަސްލު މަޤުސަދު ހަމަ އެކައްޗެއް! ކެރެންޏާ ޖަހާލަބަލަ މިކޮމެންޓު! ބުއްދި ހުރިއްޔާ މީ ތެދުކަން އެނގޭނެ!! ކެކެކެކެ

    2
    1
  15. ސެންޓޭ

    މީނަ މިހާރު ހީރޯއަކަށް ވީތަ؟ ނޫނޭ ވާ ސަރުކާރެއް މިއޮތީ؟

  16. 1111

    ބާޣީންނަށްވީ ލުތުފީމެން އެކަނި! ނާސިރު ގެ ވެރިކަމާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖެހި މީހުން ވަނީ ކޮން ބަޔަކަށް؟ 2000 ވަނަ އަހަރު ފަހުން އޭރުގެ ވެރިމީހާއާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖެހި މީހުން..، 2009 ގައި.. އަދި 2014 ގައި އޭރުގެ ވެރިކަމާ ދެކޮޅަށް ނުކުމެ އޭރު ވައްވައްޖަހި މީހުންވަނީ ކޮންބަޔަކަށް؟ ހަތިޔާރާއެކު ވެރިމީހާއާ ދެކޮޅަށް ނުކުތީމަ ނުވަތަ ބޮޑުވަރުވީމަތަ ބަޣާވާތަކަށް ވަނީ! އިސްލާމް ދީނުގައި ސައްހަ ސަނަދުން ބަޣާވާތް މާނަ ކޮށްފައިވާގޮތް އޮޅުން ފިލުވަން ވެއްޖެއެއް ނޫންތަ!

    4
    1
  17. ޢަފްލާ

    ޅުތުފީ ގެނެސްސީމޭ ބުނާއިރު ގެނައީ އަލީ ލުތުފީ އަލީ ލުތުފީ އަކީ ވ ވަރުގަދަ ކޮއް ހުރި ހަށިގަނޑެއްގެ ވެރިއެއް އަބްދުﷲ ލުތުފީ ގެ މިހާ ހަށި ހެޔޮ ނުވާނެ ކުދަކޮއް ބަލިކަމެއްވެސް ހުންނާނެ ލުތުފީ ކަމައް ދައްކަން އުޅޭނެ ކަމެއްނެތް އުގެއިލުގެ ތިހާ މޮޅިއްޔާ މީހުންގެ ތިބި ބައްޕަ ނޭނގޭ ކުދިންގެ ބައްޕަވެސް ބުނެދޭންވީނުން

  18. ދިވެހިބިން

    އެހެންވީއިރު ލުތުފީއަކީވެސް ޢާޒީއެއް! ލުތުފީވެސް ހަމަލާދިނީ އަނިޔާވެރި ވެރިކަމެއްނިންމަން! ކޮންމެ ގޮތެއްވިޔަސް އުމަރުގެ މޭސްތިރިކަމުގަ ދިވެހިރާއްޖޭގެ ދިފާޢީ މަރުކަޒައް ހަމަލާނުދޭކަމަކަށް ނުވާނެ!

    1
    7