އިމާރާތަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހި މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައެވެ. ނިޔާވެފައި ވަނީ އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހިގެންނެވެ.

ނިޔާވި މީހާއަކީ އެ އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރި ބަގީޗާ ހިނގުމުގައި ޖާހް އިންވެސްޓްމެންޓްގެ ފަރާތުން ހަދަމުންދާ އިމާރާތެއްގެ މަތިން މީހެއްގެ ގަޔަށް ސިމެންތި ގޯންޏެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:25 ހާއިރު ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވިގޮތުގައި، މި ހާދިސާގައި ނިޔާވެފައި ވަނީ އެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުންދާ 24 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެ މީހާ ނިޔާވީ ލިބުނު ކޮން ކަހަލަ އަނިޔާތަކެއްގެ ސަބަބުންކަން ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    އަޅެފަހެ ވިގަނި އެޅީތަ، މިސަރުކާރުގެ ނުކުޅެދޭކަން، މާލެ ސިޓީ ކައުންސިލުގެވއިހުމާލުތޯ، އޮގަސްޓް 2015 އެއީ ސިޓީ ކައުންސިލްގެ ދަށުން ސަރުކާރުގެ ދަށަށް މަސައްކަތް ވަދަލްވެ 2018 ނޮވެމްބަރ އާއި ހަމަޔަށް އެއްވެސް ވަރެއްގެ އަނިޔާއެއް މަރެއް މިފަދަ އިހުމާލަކުން ނުހިގާ، އެއީ ރ.ޔާމިންގެ ސަރުކާރުގެ ހިންގުން ހަރުދަނާކަން...

    50
    3
  2. ހުސެން

    އަނެއްކާވެސް މަރެއް.މިއީ އަޖާއިބެއް ކަހަލަ ކަމެއް

    39
  3. ސަހަރޯ

    ތި މައުލޫމާތު އަދި ސައްޙައެއްނޫން ޖާހް އިންވެސްޓްމެންޓް އާާގުޅުއްވާ މައުލޫމާތު ސާފް ކުރައްވާ

    4
    14
  4. ސަހަރޯ

    އެމެޖެންސީ އަށް ވެއްދިއިރު މަރެއްނުވޭ އަޅުގަނޑުމީ އޭނަ އެމެޖެންސީ އަށް ވެއްދުމަށް އެހީތެރިވި މީހެއް އޭރު އޭނަ ފާޑެއްގެ އަޑުތަކެއްލައްވާ ނޭވާވެސް ލާ އަޅުގަނޑު މީ ޑޮކްޓަރެއްނޫން އެކަމަކު އެވަރު އިގޭ

    36
    1
  5. އ ސ

    ކުރިސަރުކާރު

    19
    2
  6. ހަނަފީ

    މީ ލިފްޓް ވެއްޓުނު އިމާރާތް ދޯ.

    17
    1
  7. މިއަދު

    މިސަރުކާރުން ކަންކަން މިކުރަނީ ހާދަ ފަރުވަކުޑަކޮށެދޯ މިއީއަދިވެސް ކުރީސަރުކާރުން އެކަން ކޮށްފައި އޮތްގޮތުންވީކަމެކޭބުނޭ މިހެންވަނެ ސަރުކާރުގައި ބަސްބުނެ ކަންކަން ބަލަމޮނީޓަރ ކުރަންތިބީއަކީ ހޭބުއްދިވާބައެއް ނޫނިއްޔަ

    29
    1
  8. މާމިގިލީ މީހާ

    ބަންގާޅީން ގަސްދުގައި މީހުންގެ ބޮލައް އެއްޗެހި ވަރަނީ.

    10
    19
  9. ޙެހެ

    ތިކަމުގަވެސް މަޖިލީހުގަ ކުއްލި މައްސަލައެއް ގެނެސް ޔާމީންގެ ބޮލުގަ އަޅުވާފަ އޭނަގެ މަސް ކެވުނީމަ ނިމުނީ

    30
  10. އަމާނީ

    ވޯޓުން ވައްކަންކޮށްގެން ޙަރާމީ ވެރިކަމެއްކުރާ މި ދިވެހިރާއްޖެ ނާމާންވެ ޤަވްމު ފުނޑެމުންދާތަން ބަލަން ދިވެހިންނަށް ކެއްކުރެވޭކަމޭ އަމާނީ ހިތަށްއަރާ!!!1

    26
    1
  11. މަރީނާ

    ސިޓީ ކައުންސިލް އިސްތިއުފާ

    30
    2
  12. ބޮލި މުލައް

    ސޫދޫ މިކަންވެސް ބަލާލައްޗޭ.
    މީ މި ސަރުކާރުގެ ކޮންސްޓްރަކްޝަން ސިޔާސަތު.

    8
    1
  13. އަފްޝީން

    ސިމެންތި ގޯންޏެއް ނޫން ޖަމްބޯބޭގެއް..

  14. މީހެެެއް މީ

    ދެން މީހަކު މަރުވިޔަސް ސަރުކާރު..ދިވެހިން ދިވެހިންގެ ގޮތުގައި..އަބަދުވެސް ކޮންމެސް މީހަކަށް އެއްޗެހި ކިޔުން ކަމަކީ

    3
    1