ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫގައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމަށް ދިރާސާއެއް ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ފަރާތުން ކުރިއަށްގެންދާ ރަށްރަށުގެ ފެން ހިނދާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ސ. ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ހުޅުދޫ އަދި މީދޫގައި ފެން ހިނދާ ނިޒާމެއް އެކުލަވާލުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރާނެ ކޮންސަލްޓަންސީ ފަރމެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މިފަރމްގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކާއި އެހެނިހެން ތަފްޞީލުތަށް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އިއުލާން ކުރައްވާފައިވެއެވެ.

މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި ގައެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 ޖުލައި ގައެވެ.

މިމަޝްރޫޢުގެ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ސާފު ވާނެ ކަމަށް ވެސް އެމިނިސްޓްރީން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

ފަހަކަށް އައިސް އައްޑޫގައި ފެން ބޮޑުވުމުގެ މައްސަލަ ދިމާވުން ވަނީ އިތުރުވެފައެވެ. ފެން ބޮޑުވުމުގެ މައްސަލަ އައްޑުއަށް ދިމާވާން ފެށީ 2011 ވަނަ އަހަރު ސާކް ސަމިޓާއި ދިމާކޮށް، ފެން ހިންދާ ނިޒާމެއް ނެތި ބައެއް މަގުތަކުގައި ތާރު އެޅުމުުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޯބެ

    އެއްވެސް ތަރއްގީގެ މަޝްރޫއެއް ނުހިންގާތި. މުޅިންވެސް މީސްމީހުން ބްލެކްމެއލްކުރެވޭތޯ 5 އަހަރުގެ ދައުރުގައި ބަލާތި.
    ބްރިޖް އެޅީމާ ޖަޒީރާވަންތަކަން ގެއްލޭ
    ވެލިކޮޅަކުން ގުޅާލީމާ ކަކޫތާފެނުގައި ކާބަފައިން ދަތުރުކުރިގޮތަށް ކުރެވޭނެ.
    އިންޓަނެޓް އަގުހެޔޮކުރީމާ ނިމުނީ - ހުރިހާ ދިވެހިން ޓިކްޓޮކް ކުޅެން ތިއްބާ މިބައިގަނޑު 5 އަހަރު ނިންމައި ކާނެވަރަކަށް ކައިފައި ގޮސްދާނެ.

    10
    1
  2. ސޯބެ

    ދިވެހިރާއްޖޭގެ އެއްމެ ބިންބޮޑު ، އާބާދީ ބޮޑު، ހުނަރުވެރި މީހުން އެއްމެ ގިނަ، ތަންދޮރު އޮޅުންފިލާ ކެރޭ ތަހްޒީބު މީހުން އެއްމެގިނަ ، އިންޓަރނޭޝަނަލް އެއަރޕޯޓް އޮތް އަދި ދަތުރު ފަތުރު ކުރުމުގައި ފަސޭހަ ގޮތް ތަކެއް އޮތް މިބޮޑު އާބާދީގެ މޭޔަރަށް މިވީ 3 ނުވަތަ 4 ދައުރުގައި އިސްވެ ހުރެގެން ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއް ؟
    އަހަރުމެން ބޭނުންވަނީ ކޮށްމެ ސަރުކާރެއް އޮތަސް އެމީހުންނަޢި ގުޅިގެން ރައްޔިތުންނަށް ފަސޭހަގޮތް ތައް ހޯދައި ދެވޭނެ މީހަކު. ޒާތީވެގެން ކަންކަން ކުރަން 6 ކައުންސިލަރުންް (30 ހާސް މީހުންގެ) ފަރާތުން އެއްބާރުލުން ނުދިނުމުން އެއްކަމެއްވެސް ނުވެފައި މިތިބެން ޖެހުނީ.
    އައްނި ތާރު އެޅި އިރު ބައެއް ތަންތަނުގައި ފަހުން ނަގަންޖެހުނީމާ ނަގާ ގޮތަށް ތާރުއެޅިމާ އޯކޭ.
    ނަމަވެސް ޝަރަފުއްދީން ސްކޫލްކައިރީ މަގު ވަގުތީގޮތުން ނަމަވެސް ޑރ.ވަހީދު ހަދައި ދޭން އުޅުމުން ކަމަކު ނުދިޔަ. އަދިވެސް ހަމަ އެގޮތަށް . ކުދިން އަތައް ބޫޓްނަގައިގެން ކަކޫތާ ފެނުގައި ސްކޫލަށް ދާތަން ނުފެންނަނީ ކީއްވެ. ކީއްވެ ގޮތްދޫކޮށްލާފައި އެވަރު ކަމެއް މިދިޔަ 8 އަހަރުތެރޭ ނުކުރެވުނީ ؟
    ރައީސް އިބޫ އެއްސެވީ އެއްމެ ބޭނުން ކަމެއް ބުނާށޭ. ވަގުތުން ބޮޑު ދިދަ ޖަހަން ބޭނުންވީ. އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަކީ ކޮބާ އެހުރިހިސާބަށް ކަކޫތާފެނުގައި ދާބަޔަކަށް.
    ކުޅުދުއްފުށި ކައުންސިލް ވަގުތުން އެއަރޕޯޓް އަޅަން އެއްބަސްވި. އެކަން އެޮތީވެފައި، ހިންނަވަރު މީހުން ބިންހިއްކަން ފުރުސަތު ދިން، އެކަން ކުރެވުނު. ތިނަދޫމީހުން ރައްތަރައްގީކުރަން އެއްވެސް ހުރަހެއް ނާޅާ. އެކަންވެސް ކުރެވުނު.
    އައްޑޫގައި އެއްކަމެއްވެސް ނުކުރެވުނީ ކައުންސިލްގެ ބަލާ ބޮޑުކަމުން. ހުރިހާ ދުއްޕާނެއް ރައްޔިތުންނަށް.
    ވޭތުވެދިޔަ ސަރުކާރުތަކުގައި އީއައިއޭ ނަހަދައި ކުރިކަންކަން ހުއްޓުވާފައި އައްނި ކުރި ހުރިހާކަމެއް އޯކޭ

    25
  3. އައްޑެ

    އައްޑު އަތޮޅަކީ މިރާއްޖޭގައި އޮތް އެންމެ ތައުލީމީ މީހުން އުފެދުނުތަން، މިހާރު އެއަތޮޅުގަ އުފެދެނީ އެއްވެސް ތައުލީމެއް އަޚުލާގެއް ނެތް ބޭކާރު ދަރިން. އައްޑޫގެ މުސްތަގުބަލް ވަރަށް ބަނަކަމަށް ދައްކަނީ.
    އަދިވެސް ޑްރާމާތައް ބެލުމާއި ގަރުދިޔަފުޅި ގަތުން ދޫލޮށްލާފަ ނިކަން ހޭއަރައިގެން ދަރިން ރަނގަޅަށް ބަލާ އައްޑޫ ކުރިއަރުވަން އުޅެބަލަ.

  4. ިއިބްރާހީމް

    ފުރަތަމަ ބޮޑުމަގުގައި އެޅި ތާރުގަނޑު ނަގާލަބަލަ.

  5. މަށޭ

    އާމްދަނީއެއް ލިބޭނެ އެއްވެސް ވަސީލަތެއް ނެތް އައްޑޫގެ އިސްވެރިން ނިކަން ވިސްނާލަބަލަ އެތަނުގަ ކުރެވޭނެ ކަމެއް.
    * އިންޓަރނޭޝަނަލް ބޮޑު ސީ ޓްރާންސިޓް ބަނދަރެއް އަޅަންވީ ގަމުން ފެށިގެން މަރަދޫ ކޮޅާ ހަމަޔަށް.
    * ބޯޓް ފަހަރުތަކަށް ބޭނުންވާނެ ބަންކަރިން އަދި ޕްރޮވިޒަން ފަސޭހައިން ލިބޭނެގޮތް ގާއިމް ކުރަންވީ.
    * މައުމޫންގެ ވެރިކަމުގަ ނައްތާލި އައްޑު އަތޮޅަށް އިނގިރޭސިން ދެއްވި ބަންކަރިން ފިއުލް ފާރމް މަރާމާތުކޮށް ކާގޯ ބޯޓްފަހަރަށް ޑީސަލް އަދި ހެވީ ފިއުލް އޮއިލް ލިބޭނެގޮތް ގާއިމް ކުރަންވީ.
    * ގއ، ގދ، ޏ، ސ މި ހަތަރު އަތޮޅަށް ބޭނުންވާ ކާގޯ ސީދާ ބޭރުން އައްޑު އަށް ގެނެވޭތޯ ބަލާ.
    * އުމުރާނީ ތަރައްގީ ގެނެވޭތޯ މަސައްކަތް ކުރަންވީ.
    * އަތޮޅަށް އާމްދަނީ ވަންނާނެ މަގު ކޮށަންވީ
    * ދައުރެއްގަ ކޮށްދޭ ކަންތައްތައް ބަލައިގަނެ އަނެއްދައުރުން އެކަމުގެ ފައިދާ ލިބިގަންނަންވީ.
    * އެކިވައްތަރުގެ ސްޕެއާރ ޕާރޓްސް ލިބޭނެ ތަނަކަށް ހަދާ އައްޑޫ ޕަންޗިގާވައްތަ އޭ ކިޔަންވީ.
    * ސަރުކާރުން ނައްތާލާ ވެހިކަލްތައް ވެސް ގެންގޮސް ބޭނުންވާ ސްޕެއަރ ނަގާ ބާކީ ބާދަނގަޑަށް ވިއްކާލަންވީ.
    * ސަރުކާރުގަ އެދިގެން އިތުރު ކުންފުންޏެއް އުފައްދާ މޯލްޑިވްސް ރިޔޫސްޑް އެންޑް ރިސައިކަލިން ކޮމްޕެނީ ލިމިޓެޑްގެ ނަން ކިޔާ ބަޔަކާއި ހިންގަން ހަވާލުކުރަންވީ.

  6. ހެޔޮއެދޭ

    ތެދެއް. ޓުވައިރިޒަމް އައްވުރެން ބޮޑަށް ބޮޑު ބަނދަރެއް އަޅަން ފެނޭ. ނޫނީ އިނގިރޭސިންނަށް އަލުން އައްޑޫ ދޭންވީ މިސަރުކާރުން ވަކިކޮށްފަ.

  7. ވިސްނާ

    އައްޑު އަކީ ކިތަންމެ ކުޑައަތޮޅެއް ކަމުގައިވިޔަސް ކަމެއް ކުރަން ދިރާސާކުރަން އެންމެ އެންމެ އުނދަގޫ ޖިއޮގްރަފީ އެއްއޮންނަނީ އެތަނުގައި ކަމަށްވަނީ ބެލެވިފައިއެވެ. މިހެން މިކަން ބެލެވެނީ ދުވަހަކުވެސް އެދިރާސާތައްކޮށް ނުނިމޭތިއެވެ. 21 ވަނަ ގަރުނުގެ 2019 އާއި ހަމައަށް އާދެވުނުއިރުވެސް ދިރާސާތައް ނުނިމިގެން ތަރައްޤީކުރަން ފެއްޓޭގޮތެއް އަދިވެސް ނުވެއެވެ. ހަނދަށް ތަރައްގީގެނެވުނަސް އައްޑުއަކަށް ތަރައްޤީނުގެނެވޭނެއެވެ. އެއީ މާސްއަށްވުރެ ދުރުގައި އައްޑު އަތޮޅު އޮންނާތީއެވެ.

    • ސޯބެ

      އެއީ ވެރިންނަށް ކޮހުން ބޭތިއްބީމަ ވާގޮތް.

  8. އައްޑު ރަދުން

    ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފެންހިންދާ ނިޒާމެއް ޤާއިމްކުރަނީ....
    ވާއު، ވާއު. ހާދަ އުފާވެރިކަމެކޭ، ހާދަ އުފާވެރިކަމެކޭ...