ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ވައްތަރުގެ މަސްތައް ބޭނޭ ކަމުގެ ރިޕޯޓްތައް ލިބުން ވަނީ އިތުރުވެފައެވެ. އާއްމުކޮށް މީގެ ކުރިން ނުބޭނޭ ވައްތަރުގެ މަސްތައް ފަހަކަށް އައިސް ބޭނޭ މިންވަރު އިތުރު ވެފައި ވާއިރު މިއަދު ވެސް ދިވެހި މަސްވެރިޔަކު މިވަނީ އާއްމުކޮށް ނުބޭނޭ ވައްތަރުގެ މަހެއް ބާނާފައެވެ.

މިއަދު ދިވެހި މަސްވެރިޔަކު ބާނާފައި ވަނީ "ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަހެކެވެ. ގެމަނަފުށީ މަސްވެރިންގެ ޓްވިޓާ އެކައުންޓް "ދިވެހި މަސްވެރިން" އިން ވަނީ މިމަހުގެ ފޮޓޯއެއް އާއްމު ކޮށްފައެވެ.

"ފްލައިން ގާނެޑް" އާއިލާ އަށް ނިސްބަތްވާ މަސްތަކަކީ ދޫނީގެ ފިޔަ ހުންނަ ގޮތައް ކޮތަރި ހުންނަ މަހެކެވެ. މިއަދު ރާއްޖެ އިން ބޭނި މަހަށް ދިވެހި ނަމެއް ދީފައިވާކަން ވަނީ ކަށަވަރު ކުރެވޭ ގޮތެއް ނުވެފައެވެ.

"ފްލައިން ގާނެޑް" ގެ މަސްތަކަށް ހެލްމެޓް ގާނެޑް ވެސް ކިޔައި އުޅެއެވެ. މިބާވަތުގެ މަސް އާއްމުކޮށް އުޅެނީ ހޫނު ގަދަ ސަރަހައްދުތަކުގައެވެ. އެންމެ ގިނައިން މިބާވަތުގެ މަސް ފެންނަނީ އެޓްލާންޓިކް ކަނޑުންނެވެ.

މިއީ އާއްމުގޮތެއްގައި މާބޮޑުވާ މަހެއް ނޫނެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މިބާތުގެ މަސް އެންމެ ބޮޑު ވަނީ 20 އިންޗި އަށެވެ. އެންމެ ބަރު މިބާތުގައި މަހުގައި ހުންނަނީ 1.8 ކިލޯ އެވެ.

މިއަދު ދިވެހި މަސްވެރިޔަކު ބޭނު ފްލައިން ގާނެޑްގެ ފޮޓޯ އާއްމު ކުރުމުން ބައެއް މީހުން ވަނީ އެމަސް މޫދަށް ދޫކޮށްލުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އާމިނަތު

    ތިފަދަ މަސްމަހާމެއްސަކީ، ކަނޑުގެ އެންމެ އަޑީގައި ދިރިއުޅޭ ތަކެތިކަމަށާއި، ތިތަކެތި މައްޗަށްއަރަނީ، ދުނިޔޭގެ އެންމެ އަޑީގައި އުފެދޭ ފޯސްއެއްގެ ސަބަބުންކަމަށް ސައިންސްވެރިން ބުނޭ. މި ކާއިނާތުގެ ވެރިއިލާހް ކާއިނާތު ހަލާކު ކުރެވުމަށް އިރާދަކުރައްވައިފިނަމަ ދުނިޔެ ކުދިކުދިވެގެންދާނީ ދުނިޔޭގެ ކޯގައިވާ ލާވާތަށް ތޮށިގަނޑު ފަޅާފައިނުކުމެކަން އެނގޭ.
    މިގައުމުގެ މީހުންގެ ނުބައިކަމަކީ، ދުނިޔޭގެ މީހުން ދުވަހަކުވެސް ނުދެކޭވަރުގެ ނުބައިކަންކަން. ބިރެއްނެތި، ﷲ ސުބުހާނަހޫ ވަތައާލާއަށް މަލާމަތްކޮށް ފުރައްސާރަ ކުރޭ. ދީނެއް ގަބޫލުނުކުރާ، ޖަންގަލީގަ އުޅޭ އަދި ދުވަހަކު އިލްމެއް ނުއުނގެނޭ އިންސާނުންވެސް، ބުއްދި ހުރުމުން، އިލާހެއްވާނެކަން ގަބޫލުކޮށް އެފަރާތަށް ހުތުރު ބަސްތަކުން ވާހަކަ ނުދައްކާ. އެކަމަކު މިގައުމުގެ މީހުން މިތިބީ ޝައިޠާނާގެ ނުބައި ވަސްވާހުގައިޖެހި ބިރުކެނޑިފަ.

    55
    1
    • ސައެންސް

      ޖާހިލުން ތިމަންމެންމީ ޖާހިލުންކަން ދަނެގެން އެފެންވަރުގައި ތިބޭނަމަ މީހަކު މަލާމާތެއް ނުކުރާނެ.

      4
      10
      • ޙައުލާ

        ޖާހިލުވަނީ 3 ގޮތަކަށް، ﷲ އަސް އީމާންނުވުމާެއި، ތިމާއަށް ނޭނގޭކަންކަން އެނގޭކަމަށް ހެދުމާއި، ތެދެއްބުންޏަސް ގަބޫލުނުކުރުމުން. ފެތޭގޮޅިއެއް އަމިއްލައަށް ކަނޑައަޅާ.

        10
        • ކޮސް

          ﷲއަށް އީމާންނުވާނަމަ އެއީ ޖާހިލެއްތަ؟ މާތްކަލާނގެއަށް އީމާންވީމަ ކަމު ނުދަނީތަ؟ ތިހެންވީއިރު ދުނިޔޭގައި ގިނައިން މިތިބީ ހައްތާ ޖާހިލުންތާ!

          3
          1
        • ޖަލްޕަރީ

          3 ގޮޅިއަށްވެސް ފެތޭ މީހެއް އެއީ..ތަނެއްގަ ލިޔުމެއް އޮތިއްޔާ ކޮމެންޓުކުރާނެ.ކުރާނީ ހުސްވެސް އަމިއްލަނަފްސަށް ފުރައްސާރަކޮށްފަ ހުންނަ ކޮމެންޓު..

  2. ފފފފފ

    ﷲ އަށާއި، ނަބިއްޔާއަށް މަލާމަތްކޮށް އުޅޭ ގައުމަކަށް ﷲ ގެ ކޯފާ ނުފޮނުއްވާ ނުދާނެ. ތިއީ ކަނޑުގެ އެންމެ އަޑިންއަރާ އެއްޗެހިކަމަށް ބުނޭ. ތިއެއްޗެހި އަރަނީ، ކަނޑުއަޑީގައި ފޯސްއެއް އުފެދުމުންކަމަށާއި، ކޮންމެ ބޮޑު ބިންހެލުމަކާ ކައިރީގައި ތިފަދަ ތަކެތި މައްޗަށްއަރާކަމަށް އިލްމްވެރިން ހާމަކުރޭ.

    39
    1
  3. ރައްޔިތުން

    މީގެ މަހެއް ތިނަދޫ މީހުން މީގެ ކުރިން ބާނާފައި ވޭ

    5
    5
  4. ޖާހިލިއްޔަތު

    ސުބުހާނަﷲ ކިޔާ ކުދީން ކޮބާތަ؟ މިވެސް މުސްލިމުންގެ ހޯދުމެއް ނޫންތަ؟

    7
    15
  5. ވަގުތު ހޭޓަރ

    އަސޭލާ ގެ ކަމެއް ބާ

    1
    4
  6. ޭހަމީދު

    ނައިފަރު އިބްރާހިމް އެއީ

    5
    1
  7. DHONA

    މިހާރުގެ މީހުންނަށް ކޮންމެ ކަމެއްވެސް ވާނީ އާ ކަމަކަށް.....

  8. ބޭބެ

    ނައިފަރު އިބްރާހިމް އާމު ނަމުންނަމަ (ގޮހޮޑާ) އެއީ