ކ.ދިއްފުށީގައި ކުޑަ ފިރިހެންކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހައިދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ދީފައިވާކަމަށެވެ.

ދަރިފުޅަށް ވަޅިއަކުން ބިރު ދެއްކި މައްސަލައިގައ ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކުރީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ބިރުދެއްކުމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ 10:36 ހާއިރު ކަމަށް ފުލުހުން އިއްޔެ ވިދާޅުވެފައި ވެއެވެ.

އޭނާ އޭނާގެ ދަރިފުޅަށް ވަޅިން ބިރުދައްކަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް މިހާރު ދައުރުވަމުން އެބަދެއެވެ.

މިމައްސަލަ ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީން ވެސް ދަނީ ބަލައި ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުއްޖާ

    އެ ކުއްޖާ އަޅެ ކިހާ ބިރުގަންނާނެ !!! :'(

    26
  2. އަދާލަތު

    އެކަހަލަ މީހުންނަކީ، މުޅި މުޖުތަމަޢަށްހުރި ނުރައްކަލެއް. އޭނާޔަށް ކުޑަކުއްޖަކު މެރުމުގެ ޙުކުމް އަންނަންޖެހޭނެ.

    20
  3. ހަބީބު

    ހެޔޮނުވާނެ ދަރިންނައް ތިހެން ހަދަން ތީއިންސާނެއްތަ

    22