ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހިމެނޭ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފިނިޝިމް މަސައްކަތްައް ކަމަށެވެ. ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއާކޮންޑިޝަން ހަރުކޮށް ކަރަންޓާއި ފެން ވައިރު ކުރުން ފަދަ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ، ހުޅުވަން ތާވަލް ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު އެވެ.

އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް އާއި އެކު ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެން ދާނެއެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމެން ކައިރިވެފައި ވާއިރު ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އަށް ކުއްޔަށް ދޭން އުޅޭ ކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫޢެއް ފައްޓަވާފައެވެ. އެމަޝްރޫއުގެ ދަށުން ފެށި ގިނަ މަސައްކަތްތައް މިއަހަރު ނިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ލަކީ

  އަބަދު ކުރީގެ ރައީސް ޔާމީން އަމިއްލަ ފުޅު ޖީބުން ހަރަދު ކޮއްގެން ހަދާ ސީޕުލޭން ޓާމިނަލް އެކޭ ބުނެލިނަމަ ފުރިހަމަ ވީސް

  4
  47
  • އާމިނަ

   އަސަރެއްކޮށްފި ދޯ؟ ރައީސް ޔާމީން އަމިއްލަފުޅު ޖީބުންނެއްނޫން، ޗައިނާގެ ލޯނުގަ. މާބޮޑަށް ދެރަވެއްޖެނު. ނަޝީދަކަށް، އަދި މިސަރުކާރަަކަށް މިގައުމަށް ކޮށްދެވޭނެ އެއްކަމެއްވެސްނެތް. އެމީހުންނަކީ އިޚްލާޞްތެރިކަމެއްނެތް، މިގައުމުގެ އަދުއްވުން. ގައުމު އެކީގަ ކައްޕަޅި ރޭޕިސްތާނަށް.

   46
  • ޝަބީނާ

   ބަލަގަ ވެރިކަން ހަވާލުކުރަނީ ސަރުކާރުގެ ފައިސާއިން ތަރައްގީ ކުރާށޭ.. ތިޔަ ފެންނަނީ ޔާމީން ސަރުކާރުން ކޮއްފަ ހުރި މިންނެއް މަސައްކަތް.. އެމްޑީޕީ އިން ސާކުސަމިޓު ބާއްވަން ކުރިކަހަލަ ސަންދޯއްކެއް ނޫން. އަދި ގައުމު ޖީއެމްއާރައް ވިއްކާލިހެނެއްވެސް ނޫން.. ތިޔަ ފެންނަނީ ގައުމީ މިނިވަންކަން ދެމެހެއްޓެނިވި ގޮތައް ބޭރުގެ ފައިސާ އިންވެސްޓުކޮއް އެތަކެއް ވަޒީފާއެއް އުފެދި ގައުމުގެ އުމްރާނީ މުހިންމު ބިނާތައް ތަރައްގީކޮއްފައިވާތަން.. އަދި އެއީވެސް އެމްޑީޕީއިން ޖީއެމްއާރާއި އެކު ހޭވި ހަޑި ސާފުކުރުމައަފަހު އެތަކެއް ބުރައަކާއިއެކު.

 2. ލކފޖފ

  ޗައިނާގެ ލޯނުގައި އަނެއްކާ އަނެއްތަނެއް. އެކްޓިވިސްޓު ސިހުރުޖެހިފަތިބި ބައިގަނދު ދެރަވެއްޖެނު. ނަޝީދަކަށް، އަދި މިސަރުކާރަަކަށް މިގައުމަށް ކޮށްދެވޭނެ އެއްކަމެއްވެސްނެތް. އެމީހުންނަކީ އިޚްލާޞްތެރިކަމެއްނެތް، މިގައުމުގެ އަދުއްވުން. ގައުމު އެކީގަ ކައްޕަޅި ރޭޕިސްތާނަށް.

  33
  2
 3. ބޯކިބާ

  މިއީބާ އަނެއްކާ އެކައުންޓަށް އެއްބައި ކަހާލިކަމަށް އެބުނާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއްބާ.

  16
  11
 4. ޝާން

  ވަރަށް ބޮޑު ހަރަދު ކޮށްގެން މިފެންވަރަށް ޓާމިނަލް ހަދާ މިތަން ޓީއެމްއޭ އަށް ކުޑަ ކުއްޔަކަށް ނުދިނުމަށް ދިވެހި ސަރުކާރާއި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންނަށް އިލްތިމާސްކުރަން. އެމްއޭސީއެލް އިން އަންދާޒާކޮށްފައިވާ ގޮތުން މަހަކު 80 މިލިޔަން ޑޮލަރ މިތަނަށް ލިބޭނެ. މިވަރުގެ ބޮޑު އެއްޗެއް ސަރުކާރުން ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން.

  13
  1
 5. ރާނީ

  އަސަރުކޮށްފިތާ "ލަކީ" އަށް! ޢުމުރުން ތިހުރީ 36 އަހަރުވެފަ! މިފަދަ ބިޔަ މަޝްރުޢުތަކެއްގެވާހަކަ މީހަކު ޔޯލަކޮށްލީތީވެސް އަޑުއެހިންތަ ރައީސް ޔާމީން ވެރިކަމާ ޙަވާލުވުމުގެ ކުރިން؟؟؟