ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މީހަކު ނިޔާވި ކަމަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށާއި އޭނާގެ ގައިމައްޗަށް ވެއްޓުނީ ބައިވަރު ސިމިންތި ބަސްތާތައް އަޅާފައި ހުރި ބޮޑު ޖަމްބޯ ބޭގެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވި މީހާގެ ބޮލަށް ވެއްޓުނީ ސިމިންތި ބަސްތާއެއް ކަމަށް ބުނެވުނީ ކުށަކުން ކަމަށާއި، އޭނާގެ ބޮލަށް ވެއްޓުނީ، ޖަމްބޯ ބޭގަކަށް އަޅާފައި ހުރި ބައިވަރު ސިމިންތި ބަސްތާ ކަމަށެވެ. މި ހާދިސާ ހިނގީ، ސިމިންތި ބަސްތާތައް ޑަބަލްކޮށް ޖަހާފައި ހުރި ޖަމްބޯ ބޭގްތަކެއްގެ ތެރެއިން އެންމެ މަތީގައި އޮތް ބޭގުން ސިމިންތި ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އިއްޔެ ނިޔާވެފައި ވަނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންބެ

    ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގާޅުންގެ ތެރޭގައި ގިނައީ އަމިއްލަ ސަލާމަތަށް ނުވިސްނާ، ވަރަށް ފަރުވާކުޑަކޮށް މަސައްކަތްކުރާ މީހުން.

    22
    8
    • ހައްހައް

      ތިއީ ކީ މާ ހަމަ ޖެހޭ ވާހަކަ އެއް ނޫން. މަސައްކަތް ކުރުވާ ފަރާތުގެ ޒިންމާ މީގަ ވަރަށް ބޮޑު. މަތިން ވެއްޓުނަސް ބިމަށް ނުވެއްޓޭނެހެން ހުންނަން ޖެހޭނީ.

      16
      • ދޮންބެ

        ދޮންކަލޯ، ގިނަފަހަރަށް ވެރިންބުނާގޮތް ނޫންގޮތަށް އަމަލުކޮށްގެން މިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގަނީ. ދެން މަސައްކަތްކުރާ މީހާ ފަހަތުގަ އަބަދަކު ވެރިމީހާއެއް ނުހުންނާނެ އަދި ނުވެސްހުރެވޭނެ ދޯ ވިއްދާފައެއް. މަސައްކަތްކުރާނެ ގޮތް ބުނެދީފަ ވެރިޔާ ހުންނާނީ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލަން.

        1
        4
  2. ތުނިޔަ

    ތިއީ ޖައުސާ ޖައުފަރުގެ ދަރިއެއްގެ ކުންފުންޏެއް! ޢެއެވެރިން ހިތަށް ނާރާނެ ކަހަރުވަކެކޭވެސް!

    11
    2
  3. ސީނާ

    ފުލުހުންނަށް ހާދަ ކުށް މަައުލޫމާތު ދެވެއޭ ދޯ