މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ޢަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ގުޅިގެން، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރާނީ އެމައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ފަހުގައި ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނު ސުޢޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ރިލްވާނުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރުމާއި ގުޅޭ ގޮތުން "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އިތުރު ތަފްސީލެއް ނުދެއްވާ ސުއޫދު ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. ރިޕޯޓްތައް އާއްމު ކުރައްވާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ދީނީ ޢިލުމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމުހޫރިއްޔާއަށް މިހާރު ވަނީ ފޮނުވާފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ މަސައްކަތް ތިން މަސް ދުވަސް ތެރޭގައި ނިންމާނެ ކަމަށް ސުއޫދު ކުރިން ވިދާޅުވެފައި ވީނަމަވެސް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް އެކޮމިޝަނުން ކުރި އެއްވެސް މަސައްކަތެއްގެ ތަފްސީލެއް އާއްމު ރައްޔިތުންނަކަށް ނުލިބެއެވެ.

އެ ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާންގެ މައްސަލަ އާއި އަފްރާޝީމްގެ މައްސަލަ ބްލޮގަރު ޔާމީން ރަޝީދު މައްސަލަ ވެސް ގުޅިފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސުހެއިލް

    މީނައަށް (މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް) ބާރުތައް ދީގެންވެސް ވީ ކަމެއްނުވި. މިހާރު އެ އުޅެނީ ބާކައުންސިލް އަށް ކުރިމަތިލައިގެން. މުޅިންވެސް ތާއީދުކުރަނީ އިންގިރޭސިވިލާތުން ކިޔަވައިގެން ތިބޭ ލޯޔަރުންނާ. ޝަރީއާ ކިޔަވައިފިއްޔާ އެމިހަކު ހުންނަނީ ބޭރު ކޮށްލާފަ.!

    39
    2
  2. އަދުރޭ_09

    ތިހުރިހާ މައްސަލައެއްވެސް އެންމެފަހުން ގޮސް ނިމޭނީ ޔާމީނަށް... އެއީ ތިހުރިހާ ކަމެއްވެސް ކުރިމީހަކީ....

    9
    46
  3. ސަމީރު

    ތި ބުނާ މަރުވި މީހުން ތީ ހަމަ ނަތާލާން ވެފަހުރި ބައެއް އަދި މަދު ވަނީ މޮޔަ ނަސީދު ދެން ކަލޭ ެެެެެެެެެެެެެެެެެ

    42
    1
  4. ސުޢޫދު

    ޙުސްނުއްސުއޫދަށް ބަލާލީމަވެސް އިނގޭ ހުސްނުއްސުޢޫދުގެ ހިތުގައި ބަޔަކަށް ނުވަތަ މީހަކަށް ހަސަދަލައި، އެކަމާހެދި ގަރާރުނުވެގެން އުޅޭކަން. އަޅެ އުގައިލު މީދޮގެއްތަ. އުގައިލަށް މިކަން އިނގޭނެ ރަނގަޅަށް އުގައިލު އެހާ މޮޅިއްޔާ.

    55
    4
  5. ރިޕޯރޓް.

    އަދިވެސް ތުހުމަތުދޯކުރެވެނީ. އެހެންވީމަ ކޮމިޝަންގެ މަޤްސަދަކީ ކޮމިޝަނަށް ފެންނަ ބަޔަކު ބަންދުކުރުންތާ. އެއީތާ ކޮމިޝަނަށް ބާރު ދިނުމުގެ ބޭނުމަކީ. ތި ރިޕޯރޓަށް އިތުބާރު ކުރާނީ ކިތަށް މީހުންބާ؟

    48
  6. އަބޯ

    އަސްލު މީހަކީ މިނިވަން ނޫހަސް ލާދީނީ އިންޓަވިއު ދީން މީހާ އެ އިންޓަވިޔު މިނިވަންނޫހުގާޖެހީ ނޫސްވެރިޔަކީ ކާކު ؟ޔަގީނުންވެސް އެ އިންޓވިޔު އައިރިސްޓައިމުން އަޕްލޯޑް ކުރި އެއާގުޅިގެން އެކަން ކުއްވެރިކޮށް ނޫސްބަޔާނެއް ނެރުނު އެބަޔާން އަހާފަ އެގުނީ އައިރިސްޓައިމް . މިކަންބެލި ބާ ؟

    18
    2
  7. ޢަފްލާ

    ޢަފްރާޝީމް މަރާލީ އެމްޑީޕީ މީހުން ބައިވެރިވެގެން ކަމައް2012 ގަ ވާހަކަ ދެކެވުނު އެފަހުން ދެ ވެރިކަން ނިމި އަސްލު މެރި މީހުނާއި ޝަރީއަތް ކުރަން ހަވާލު މިވީ

    38
  8. ޢަބްދުﷲ

    ކުށުގެ ތުުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުވަނީ ފަހަރެއްގައެވެ.

    22
  9. ބުރޯ

    އަސްލު މިކޮމިސަނުގެ ބޭނުމަކީ އަފްރާސީމްގެ ގާތިލުން ސަލާމަތް ކޮށް އެހެން ބައެއްގެ ބޮލުގާ އިލްޒާމް އެޅުވުން، އަދި ރިޒްވާނު ވަގަށްނެގި އަސްލުމީހާ ސަލާމަތް ކުރުމާ އެހެން ބައެއްގެ ބޮލުގާ އިލްޒާމް އެޅުވުން. މިސަރުކާރު ގަ މިތިބީ އަފްރާސީމް އާ ރިޒްވާނަށް ގޮތްހެދިމީހުން ކަމަށް ތުހުމަތުކުރެވޭ މީހުން.

    29
  10. ދޮންބެ

    މަނިކުފާނު މިހާރު ތިޔައުޅެނީ ހޮނިހިރު ދުވަހު އޮންނަ ބާރ ކައުންސިލްގެ ވޯޓު ހޯދަން!

    24
  11. ޖަޑިބު

    ތުހުމަތަކައް ހައްޔަރެއްނުކުރެވޭނެ ހައްޔަރުކުރަންޖެހޭނީ ސާބިތުވީމާ އެހެންވީމާ އަދިވެސްތިއުޅެނީ އެކަންކުރިބަޔެއް ނުހޯދިގެން ކިހެނެއްހޯދާނީ ކުރިމީހުންވިޔަ ތިއުޅެނީ

    25
    2
  12. ހޫދު

    ނަޝީދު ގެ ނުބައި ނުލަފާ ރޭވުމުގެ ތެރެއިން ނަޝީދު ނަފްރަތު ކުރާވަކި ބަޔެއްްގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައި އުފެއްދި ކަމިޝަން ތަކެއް ތިޔައީ. ސޫދު އަކީ ވެސް އަމިއްލަ އެދުމައް ކޮންމެ ކަމެއްވެސް ކޮއްފާނެ މީހެއް..މާފަންނުއާގެއިން ބަޔެއް ސޫދު ހޯދިގޮތް ސާފު ކޮލަން ވެސް ކޮމިޝަނެއް ހަދަންޖެހޭ

    28
  13. ރައްޔިތުމީހާ

    މިވަގުތު ތި ވާހަކަ ދެެއްކުމުގެ ބޭނުމަކީ ބާ އެސޯސިއޭޝަނަށް ކެމްޕޭން ކުރުންކަމަށް ބެލެވޭ 13 ގައި އިންތިޚާބު.
    މައުމޫން ޙަމީދު ހޮވަން ހުރިހާ ލޯޔަރުންނަށް ގޮވާލަން.

  14. އައްޔު

    ވަކި ގޮތަކަށް އަލްމަރުހޫމް އަފްރާޝީމް އަލީގެ މައްސަލައެއް ނުނިންމޭނެ އެކަން ކުރީ ހުމާމް އެއީ ސާބިތުވާކަމެއް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާކުރީ އެކަން ކުރި މީހުންނަށް އޮޅުވާލައިފިއްޔާ އަތަށްގޮވާނެކަމީ ޔަޤީން ކަމެއް

    9
    1
  15. ހުސޭނުބޭ

    ހަސަދަ ފިލުވާލަން ބޭނުންވާ މީހުން ހައްޔަރުކޮށްގެން ދޯ! މަށަށް ޔަޤީން .... އެހެން މީހަކު ތި މައްސަލަ ތަޙްޤީޤުކުރިއްޔާ ތި މައްސަލާގައި އެންމެ ފުރަތަމަ ބެދޭނީ ފޮޓޯގައި މީނި ބުރާންތި!

  16. ހިޔަޅު ބުއްދި

    މީ ހުސްދޮގުހަދާ މީހެއް..ހުސްވައިގަ ތެޅުން. ކުޅިބަލަން މިތިބޫ..

  17. މިއަދު

    ސުޢޫދު ތިކުރައްވާ މަސައްކަތަކީވެސް ވ މުހިއްމުމަސައްކަތެއް މަގުކުނިކަހާމީހާއާއި ޖަންގުޝަން ސާފުކުރާމީހާވެސް ކުރަނީ ވ މުހިއްމު މަސައްކަތްތަކެއް އެއީ އެމީހުންގެ ވަޒީފާ އެވަޒީފާގެއްލިދިއުމަކީ އެއަށްވުރެ މޮޅުގޮތެއް ނުފެންނަހާހިނދު އެމީހުން އެދޭނެކަމެއްނޫން ހަމައެގޮތަށް ސުޢޫދު ވެސް ތިއަދާކުރަނީ ސިޔާސީ ވަޒީފާއެއް 5 އަހަރުވަންދެން ތިފަދަގޮތަކަށް ތިކަމުގައި ދެމިހުންނާތި ނަތީޖާނުދެއްކޭހާލަތުގައި ބައެއްގެބޮލުގައި ތެތްގޯނިއަޅުވައިގެންވެސް ތިއިން ކަމެއް މަދުވިއްޔަ ނުދޭތި